ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެމްއެންޕީގެ އިސް ބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލީހުގައި ބައްދަލުކުރައްވަނީ.
27 އޮކްޓޯބަރ 2021 - 09:53
މިދިޔަ ދެތިން ދުވަހު ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރައްވަައި މަޝްވަރާތައްް ކުރެއްވީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން އެދި އެކި ފަރާތްތަކަކުން މަޖިލީހަށް ހުށަހަޅަމުން ގެންދާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އޭގެ އެންމެ ހެޔޮ ނަތީޖާ ނުކުންނާނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަަށް އަމަލުކުރުމުގައި ހުރި ދަތިތައް އެންމެނަށް ވެސް މިހާރު ފެންނަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޕާޓީތަކާ ބައްދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެކިއެކި ފަރާތްތަކުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެދި މަޖިލީހުގެ އިދާރާއަށް އެބަ ހުށަހަޅާ އަދި މަޖިލީހުގެ އިދާރާގައި އެބަ އެދޭ. ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހެޅުމެއް އެބަވޭ،" ނަޝީދު ވިދާޅުވި އެވެ.
އިއްޔެ އާއި އޭގެ ކުރީ ދުވަހު އިދިކޮޅު ޕީޕީއެމްޕީއެންސީ ކޯލިޝަނާއި ޖުމްހޫރީޕާޓީ އާއި އެމްއެންޕީއާ ވެސް ނަޝީދު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ކުރި މަޝްވަރާތަކާ ބެހޭ މައުލޫމާތު އާއްމުކުރީ އެމްއެންޕީން އެކަންޏެވެ. އެ ޕާޓީން ބުނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އެކުލެވުން ބަދަލުކުރުމުގެ އިތުރުން، ވެރިކަންކުރާ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުުން ވެސް ނަޝީދު މަޝްވަރާކުރެއްވި ކަމަށެވެ.
ނަމަވެސް ބައްދަލުވުންތަކާ ބެހޭ ގޮތުން މަޖިލީހުގައި މިއަދު ދެއްވި ތަފްސީލުގައި ނިޒާމަށް ބަދަލުގެނައުމުގެ ވާހަކަ ނަޝީދު ވިދާޅެއް ނުވެ އެވެ.
ނަމަވެސް ވިދާޅުވީ މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރުމުގައި ހުރި ދަތިތައް އެންމެނަށް އަންނަނީ ފެންނަަމުން ކަމަށެވެ.
"މިގާނޫނުއަސާސީއަށް އަމަލުކުރަމުން ގެންދާތާ މި، ތޭރަ ސާދަ އަހަރުވެގެން ދިޔައީ. މިގާނޫނުއަސާސީއަށް އަމަލުކުރަމުންދާއިރު ދިމާވާ ދަތިތަކާ އަދި ހުރި އުނިތައްް، އިސްލާހުކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން އެންމެނަށް ވެސް މިދަނީ ފެންނަމުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ މިދިޔަ އާދިއްތަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ހައްްލެއް ހޯދުމަށާއި ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށެވެ.
ނަޝީދުގެ އިއްޔެ ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ލީޑަޝިޕްގެ ބޭފުޅުންނާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރަނީސް ނަޝީދާ އެކު ސިޔާސީ މަޝްވަރާ ކުރަން އިދިކޮޅުން ވަނީ ދެކޮޅު ހަދައިފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމުހުރީއަލިބެ
27 October 2021
ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި އޮންނަ ފަދަަ ދުވެލި ހަލުވި ޕާލަމެންޓަރީ ނިޒާމަކަށް ގައުމު ބަދަލުވެގެން މެނުވީ ކުރިއެރުމެއް ނުލިބޭނެ ޖަޕާނާއި ސިންގަޕޫރު ވަނީ އެކަން ތަޖުރިބާކޮށްފައި . ބަރުލަމާނީ ނިޒާމަށްތާއީދު
ބައި
31 October 2021
އެހެެންކަމުންތާ ބަންގާޅާއި އިންޑިޔާއާއި ނޭޕާލް އެހާކުރި އަރައިގެން ގޮސްފައި އެއޮތީ.
ބަރުތީލަ
27 October 2021
ބަދަލުގެނައުމަށް ތާއިދު . ގާނޫނޫ އަސާސީއަށް ބަދަލުގެނެސްގެން ނަމަވެސް ވައުދުތައް ފުއްދާދޭން ޖެހޭ
ދޭސީ
27 October 2021
ދިވެހިރައްޔިތުން ހުރިހާ ސިޔާސީންނަށް ނޫނެކޭ ބުނަން ވެެއްޖެ. މުޅިން އަމިއްލަ އެދުމައިގެން..
ކުދުބެއްޔާ
27 October 2021
އާދޭސް ކޮށްފާ ބުނަމެވެ. ވެރިކަމުގެ ނިޒާމާ ގުޅޭ އެއްވެސް ބަދަލެއް ގާނޫނު އަސާސީއަށް ނުގެންނާށެވެ. އަހަރެންގެ މިހުށައެޅުން ގަބޫލު ކުރައްވާށެވެ. އަހަރެންވެސް މިހުރީ މިގޮތައް އެދި މަޖްލީހުގެ އިދާރާއަށް އެއްހާސް ސިޓީވެސް ފޮނުވާގޮތަށެވެ.
ޙަލީމުދޮންބެ
27 October 2021
އަޅުގަނޑަކީ ވެރިކަން ބޭނުންވި މީހެއްނޫން އެކަމު ރައީސްކަމާއި ބަގުޑިބެއްދިން! އަޅުގަނޑަކީ މަޖްލީހުގެ ރައީސްކަން ބޭނުންވި މީހެއްނޫން އެކަމު މަޖްލީހުގެ ރައީސްކަމާ ބަގުޑީބެއްދިން! އަޅުގަނޑަކީ ބޮޑުވަޒީރުކަން ބޭނުން މީހެއްނޫން......! ވެރިކަމަށް ބޫތެއްނުކަން! ހަމަ ރައްޔިތުންނައްޓަކާ މިއުޅެނީ! ގިނަމީހުން ގިނަ މީހުން އެބަ ބުނޭ އަޅުގަނޑަށް މިލްކުކޮއްފަ ދައުލަތްދޭށޭ ތިންބާރުވެސް މަޖުލީހަށް ފުރޮޅާލާފަ!
ހުސެންް
27 October 2021
ގާނޫނު އަސާސީ ބަދަލުކުރަން އަހަރެމެން ބޭނުމެއްނޫން. ބޭނުންވަނީ ހަމަޖެހިލައިގެން އުޅެން.
ހާމަ333
27 October 2021
ތިކަން ކުރަން އެދެނީ ހަމަ ނަޝިދު ކަލޭ އެކަނި...އަމިއްލަ އެދުމުން ވެރިކަމާހެދި ބޫތުކާފަހުރި ވަރު ނިކަން ބަލާބަލަ...ރައްޔިތުންނޭ ކިޔާފަ އަނގަހުޅުވަން ކަލޭ ލަދުގަންނަންޖެހޭނެ މިހާރު
އިސްމާލި
27 October 2021
ވަރަށް ގިނަ މީހުން އެދޭ ތިބޭޅާ އިނގިރޭސި ވިލާތަށް އެނބުރި ގޮސް މި ތަނުގެ ކަންކަމާ ނުބެހި ދޮން މީހުން އުޅޭ ގޮތަށް އުޅުއްވަން ހުންނަވަން. އެކަން ކުރައްވަން ކެރިދާނެތޯ؟
އެލެކޮސް އޮބި
27 October 2021
ގާސިމް،ނަޝީދު ނާޒިމް،މައުމޫނު،ވަހީދު،ސޯލިހު އަދި ޔާމިނު މުޅިންވެސް ވެރިކަމާއި ހެދި އުޅުއްވާބޭފުޅުން. ޔާމިނު ވެރިކަމުގައި ރީނދޫ ޕާރޓީ ޑިމާންޑުކުރީ ރޫހީ ލީޑަރ ދޫކޮށްލުމަށް، މިއަނދު ޕިންކް ޕާރޓީން އެދި ގޮވަނީ ޔާމީނު ދުކުރަން. ކޮބައިތޯ ކުއްވރިންނަށް ލިބިދޭ އަދަބު. ކޮންމެވެސް ޖާދުލަކުން ސިޔާސީ މީހުން ދޫކުރަން ސިޔާސީ ޕާރޓީތަކުން ގޮވާނަމަ އެވެރިންގެ އިހުލާސްތެރިކަމަކީ ކޮބައިތޯއެވެ. ދިވެހިނަށް ވިސްނޭނީ ކިހާ ހިސާބަކުންބާއެވެ. އިސްލީޑަރ ހަމަ ރަނގަޅީތީއެވެ.
ކޮރަލް
27 October 2021
މަޖްލީހައް ރައްޔިތުން ވޯޓް ދިނީ ރައްޔިތުންނަށް މުހިއްމު ގާނޫނު ތައް ހަދާށެވެ. ބަރުލަމާނީ އަކަށް ބަދަލު ކޮށް ވޯޓް އަކާ ނުލާ ވަކި މީހަކަށް ބޮޑުވަޒީރު ކަން ދޭކަށް ނޫނެވެ.