ހިޔާ ފްލެޓް ސަރަހައްދުގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި ދިރާގުން މިއަދު ސޮއިކޮށް، އެއްބަސްވުން ބަދަލުކުރަނީ.---ފޮޓޯ: އެޗްޑީސީ
27 އޮކްޓޯބަރ 2021 - 20:30
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ސަރަހައްދުގެ މޮބައިލް ކަވަރޭޖު ރަނގަޅު ކުރުމަށް އެޗްޑީސީން ދިރާގާއެކު މިއަދު އެއްބަސްވެއްޖެ އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނިން ބުނީ މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވައި އަދި ވަކިން ހާއްސަކޮށް ހިޔާ ފްލެޓް ސަރަހައްދުގެ މުވާސަލާތީ ގުޅުމާއި މޮބައިލް ކަވަރޭޖް ރަނގަޅުވާނެ ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި ފޭސް ދޭއްގެ ޕްލޭނާ އެއްގޮތަށް އިތުރު ޓަވަރުތަކެއް ވެސް ހަރުކުރާނެ އެވެ. އެ ޓަވަރުތައް މެދުވެރިކޮށް، މުވާސަލާތީ ހިިދުމަތް ފޯރުކޮށްދޭން އެ ދާއިރާގައި މަސައްކުރާ އިތުރު ކުންފުނިތަކާ އެކު ކުރިމަގުގައި އެއްބަސްވުންތައް ހަދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ޓަވަރުތަކުގެ ބޭނުމަކީ އެ ކުންފުނިން ބުނިގޮތުގައި، ވަކިވަކިން ގިނަ ޓަވަރުތަކެއް އެކި ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލޭ ފޭސް ދޭއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަށީގެންވާ ވަރަށް ޓަވަރު ހަރުކޮށް، ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދިނުމެވެ.
"މި ގޮތަށް ޓަވަރުތައް ބޭނުން ކުރުމުން މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ކުރަން ޖެހޭ އިންވެސްޓްމަންޓް ހަރަދު ކުޑަވެގެންދާނެ އެވެ،" އެޗްޑީސީން ބުންޏެވެ.
މިގޮތަށް އެކި ސަރަހައްދުތަކުގައި ޓަވަރުތައް ހަރުކުރުމުން ބިމުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުޑަވުމާއި އާންމުންނަށް އަވަހަށް ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނާގޮތުގައި އެ ކުންފުނިން އަންނަނީ ހުޅުމާލޭގައި ފުރިހަމަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، މުވާސަލާތީ ހިދުމަތްތަކުން ގުޅައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިމަގުގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ރޫފްޓޮޕް ޕޯލްސް އާއި ސްޓްރީޓް ޕޯލްސް ހަރުކުރާނެ އެވެ. މި ހުރިހާ ޓަވަރުތަކާއި ޕޯލްތަކަކީ ވެސް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ބޭނުން ކުރެވޭނެ ގޮތަށް ހަރުކުރާނެ ވަސީލަތްތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮކިޔާ 2021
28 October 2021
ހިޔާފުލެޓްތަކުގެ ސަރަހައްދުގައި މޮބައިލް ފޯނުގެ ހިދުމަތް ހޯދަންޖެހެނީ ސަރވިސް ޕްރޮވައިޑަރުންނަށް އާދޭސް ކުރަން ހެއްޔެވެ؟ މިއީ ދެން ހިދުމަތްތައް މޮނޮޕޮލީ ކުރަން ޖައްސާ ގޭމަކާ ހާދަ ވައްތަރެވެ.
އަލީ އިދުރީސް
28 October 2021
އަޖައިބެތް ނުން ތީ ، ދެން އަހަރެމެން ވީ ދިރާގު ނަންބަރ ބަދަލު ކުރަންތަ.. ކޮބާ އޮރީދޫ
ކަވަރޭޖްމުޅިގައުމަށް
28 October 2021
ތި އެގްރީމަންޓްތަކުގައި ސޮއިކުރުމާއި ހަމަޔާ ޓަވަރު 15 ގެ ކަވަރޭޖް ރަނގަޅު، އެކަމު ދެ ދުވަސްވެއްޖެ މިހާރު އެއްގޮތަކަށް ވެސް މިޓަވަރަށް ކަވަރޭޖް ނުލިބޭތާ. މިވާ އެއްޗެއް ނޭގުނުތާ.....
ސްސި
28 October 2021
މުޅި ރާއްޖެއަށް މޯބައިލް ކަވަރޭޖްދޭކަމަށް މީގެ އަހަރުތަކެއް ކުރިން އިސްތިހާރުކުރި، ދެން މާލެެ ސަރަހައްދުގަ ހުރި ތަނަކްށް ވަކިން ހިދުމަށް ރަގަޅުކުރަން އެއްބަސްވުން ހަދަން ޖެހޭބާ
ކޮރަލް
27 October 2021
އޫރީދޫ އަށް ފުރުސަތު ނުދީ ހަމަ އެކަނި ދިރާގަށް ފުރުސަތު ދިނުމަކީ ކޮރަޕްޝަނައް މަގުފަހި ވާނެ ކަމެކެވެ.
އަވާ މެންދުރު
27 October 2021
މި ރާއްޖެގެ ބޯހިޔާވަހިކަމަކީ އަވާ މެންދުރެށް ލިބޭ އެއްބަޔަކަށް ލިބެނީ
ބޮޑުމީހާ
27 October 2021
ކޮބާހޭ އަގުހެޔޮކުރި މޯބައިލް ޑޭޓާ
ޖަމީލުބެ
27 October 2021
އަހަރެމެން ރަށަށްވެސް ޚިދުމަތް ލިބޭނީ އެއްބަސް ވުމެއްގަ ސޮއިކޮންގެންތަ؟ ތި ސޮއެ ނުކޮށްފިއްޔާ ދިރާގުން ޚިދުމަތް ނުދޭނެތަ؟
މުލޭ
27 October 2021
އަދި ތަންކޮޅެއް އަވަސް ތި މަސައްކަތަށް. އަދި މަޑުކޮށްލަންވީނުން 2023 އާ ހަމައަށް. ކޮބާހޭ އުރީދޫ. އަހަރެމެން ބޭނުންކުރަނީ އުރީދޫ.
2222
27 October 2021
މިއީވެސް އެއްބަސްވުން ހަދަންޖެހޭ ކަމެއްބާ؟