މޭރީ އާއި އޭނާގެ ފިރިމީހާ މާވިން
02 ނޮވެމްބަރ 2021 - 09:04
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު ދަންޖެހި މަރުވި ކަމަށް ބުނާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެ ފޮނުވައިފި އެވެ.
ޑައިލިސިސް ސެންޓަރުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.
ދަންޖެހުމުގެ މައްސަލައެއްގެ ގޮތުގައި ރިޕޯޓުކުރި ނަމަވެސް އެ މަރުގައި ބޮޑެތި ޝައްކުތަކެއް އުފެދިގެން އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފި އެވެ. އެ މައްސަލައިގައި ޝައްކު ކުރެވިގެން އޭނާގެ ފިރިމީހާ، މާވިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ.
އަދި އެ މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ދިވެހި އަންހެން ނަރުހެއްގެ ފޯނު ވެސް އިއްޔެ ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ ހޮސްޕިޓަލްގެ ޑިއުޓީގައި ހުރެފައި ބްރޭކަށް ލިބުނު ވަގުތުކޮޅެއްގައި ގެޔަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ދިޔައީ ފިރިމީހާ މާވިން އެވެ.
މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުންޏަސް އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުގައި ނެތުމާއި ދަންޖެހުނު ކަމަށް ބުނާ ތަނުގައި މީހަކަށް ދަންޖެހެވިދާނެ ކަމަށް ނުބެލެވުމާއި ފުލުހުން ދިޔައިރު ގޭތެރެ ސާފުކޮށް ސީން ނައްތާލާފައި އޮތުމުން މަރާ މެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނާނީ
02 November 2021
އައި.ޖީ.އެމް.އެޗް ގެ ހިންގުން ހަރުދަނާ ކުރަން އެބަޖެހޭ. މުވައްޒަފުންގެ ދޯދިޔާކަމުން ޖެހޭ މެޑިކަލް އެރާ ތަކުން އާއްމުންނަށް އެތަކެއް ގެއްލުންވެ އެތައް ބައެއްގެ ފުރާނަ ގެއްލެނީ ތަނުގެ މުވައްޒަފުންގެ އިހުމާލުން. މިފަދަ އިހުމާލުތަކަށް ހޮސްޕިޓަލް ޒިއްމާ ކުރެވޭނެ ގާނޫނެއް މިރާއްޖެެއަކު ނެއް. ހޮސްޕިޓަލުން މުވަޒިފުން އެމީހުންގެ މެޑިކަލް އެތިކްސް އާއި އެއްގޮތަށް އުޅޭތޯ ނުބަލާ. ހުރިހާ ގެއްލުމެއް ރައްޔަތުމީހާ އަށް
ދިލް
02 November 2021
މިކަމާ އައި.ޖީ.އެމް.އެޗް އާ އޮތް ގުޅުމަކީ ކޮބައިބާ؟ މީ 3 ނަރުހުންގެ ޒާތީ މައްސަލައެއް...!
ދިލާ
02 November 2021
ތިކަމާ އައިޖީއެމް އެޗާއި އޮތް ގުޅުމަކީ މުއައްޒަފުންގެ އެތިކަލް ފިޔަވަޅު ނޭޅުން . ވޯކް އެތިކްސް މައްސަލަ އަކީ .