ޚަބަރު / މީހުން މެރުން

ނަރުހުގެ މަރު: ފިރިމީހާގެ ލޯބިވެރިޔާގެ ފޯނު ހިފަހައްޓައިފި

މޭރީ އާއި އޭނާގެ ފިރިމީހާ މާވިން

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ޝައްކު އުފެދި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައި ވަނިކޮށް، ފިރިމީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ތަހުގީގަށް ހިފަހައްޓައިފި އެވެ.

މަރުވި މޭރީ ގްރޭސްގެ ފިރިމީހާ މާވިންގެ ލޯބިވެރިޔަކީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެން ނަރުހެެކެވެ. މޭރީގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ދިވެހި ނަރުހުގެ ފޯނު ހިފަހައްޓާފައި ވާއިރު، އޭނާ ހުރީ އައިޖީއެމްއެޗްގެ ވަޒީފާ އިން އެކަހެރިކޮށްފައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މާވިން އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ. އޭނާ އާއި ދިވެހި ނަރުހުގެ ލޯބީގެ ގުޅުން އެތަނުގެ ގިނަ ބަޔަކަށް އެނގެ އެވެ.

މީގެ ކުރިން "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި މާވިންގެ މައްސަލާގައި ދިވެހި ނަރުހާއި މޭރީއާ ދެމެދު ބައެއް ފަހަރު އަރައިރުން ވެސް ހިނގަ އެވެ. އަދި އިިންޒާރުގެ މެސެޖު ވެސް މޭރީ އަށް ފޮނުވާ ކަމަށް އޭނާ ބައެއް މީހުން ގާތު ބުނެފައިވާ ކަމަށް ވެސް ބައެއް މީހުން ކިޔައިދިނެވެ.

ދިވެހި ނަރުހުގެ ފޯނު ހިފެހެއްޓުމުގެ އިތުރުން އޭނާއާ ގުޅުން ހުރި ބައެއް ތަންތަން ފާސްކުރި ކަމަށް އެނގިފައި ވިޔަސް މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ. މަރާ ގުޅޭ ގޮތުން އަދި މިހާތަނަށް ފުލުހުން ހާމަކުރި ހަމައެކަނި މައުލޫމާތަކީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނުމެވެ.

މޭރީ އާއި މާވިން ދަންނަ މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި މޭރީ މަރުވުމުގެ ކުރިންނާއި ފަހުން ވެސް މާވިން ދިވެހި ލޯބިވެރިޔާއާ އެއްކޮށް ވަރަށް ފާޅުގައި ދިޔައީ އުޅެމުންނެވެ.

މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ ހޮސްޕިޓަލްގެ ޑިއުޓީގައި ހުރެފައި ބްރޭކަށް ލިބުނު ވަގުތުކޮޅެއްގައި ގެޔަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ދިޔައީ ފިރިމީހާ މާވިން އެވެ.

މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުންޏަސް އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުގައި ނެތުމާއި ދަންޖެހުނު ކަމަށް ބުނާ ތަނުގައި މީހަކަށް ދަންޖެހެވިދާނެ ކަމަށް ނުބެލެވުމާއި ފުލުހުން ދިޔައިރު ގޭތެރެ ސާފުކޮށް ސީން ނައްތާލާފައި އޮތުމުން މަރާ މެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފަ އެވެ.

26 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 38%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޗީ

02 November 2021

މަކަންބޮޑު ލޯބި އުތުރިއަރާތީކީ ނޫން. މަކަންބޮޑުވަނީ ތިމީހާ އަށް ހުކުން ކުރީމަ މަދައްކާ ޓެކްސް ލާރިން އެމީހާއަށް ކާންދީ ބޯންދީ ޖަލުގައި ބާއްވާތީ. ގައިދީއަކަށް މަހަކަށް ޙަރަދު ކުރާވަރު އިވުނު ފަހުން ނިދަންވެސް އުނދަގޫވޭ.

The name is already taken The name is available. Register?

ޗިކު

03 November 2021

ދެން ކިހިނެއްތަ ހަދަންވީ ހުރިހާކުއްވެރިންތަކަށް؟ ހުރިހާ ޖަލުތައް ބަންދުކޮއްފައި އެންމެން ދޫކޮށްލަންވީތަ؟ ނުވަތަ ކުށެއްކުރާ ކޮންމެ މީހަކު މަރާލަންވީތަ؟

The name is already taken The name is available. Register?

ނަގުލަންދާށި

01 November 2021

ތިވަރުގެ ވިޔާނުދާކަމެއް އޮފީސް މާހައުލުގައި ކުރަމުން ދިޔައިރު ހިޔުމަން ރިސޯސަސް ކޮބާތަ އައިޖީއެމްއެޗުގެ؟ އަޅާނުލާ ތިބީ. އަންހެނަކަށް ތިޔައޮފީހުގެ ދެމީހަކުވެގެން އެވަރުގެ ނަފްސާނީ އަނިޔާއެއް ދެމުންދިޔައިރު ލޯމަރާލައިގެން ތިބީ؟

The name is already taken The name is available. Register?

އަސްލުސް

08 November 2021

ދޮގެއް ނޫން.

The name is already taken The name is available. Register?

މަރުމޯލް

01 November 2021

މީހަކު ދެކެ ހިތާވެދާނެ އުޅެވޭގޮތސކުން ، ނަމަވެސް ދިވެހިނަރުސް ކުއްޖާ ގޯސްވިތަންކޮޅަކީ ، މަރުވި ފަހުންވެސް އެކުގައި ފާޅުގައި އުޅެމުންދާޚަބަރުން ، މިއިން އެގުނީ މިމަރުގެ މިދިވެހި ކުއްޖާގެ އަތެއްވެސް އޮވެދާނެކަން

The name is already taken The name is available. Register?

ސުންޓޭ

01 November 2021

ލޯބިލޯބި ކުޑަ އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން އުމުރަށް ފުނޑާލި މީހެއްގެ ޙިދުމަތް އަހަރެން އަދި އަހަރެންގެ އެއްވެސް އާއިލާ މީހެއް ބޭނުމެއް ނޫން. ތިޔަ ނަރުސްގެ ވަނަވަރު އެނގެން ބޭނުން.

The name is already taken The name is available. Register?

ނައިކަ

01 November 2021

ތިޔަ އައިޖީއެމްއެޗަގަ ޑަކުޑަރުންނާ ނަރުހުންގެ ލޯބީގެ ކުޅިވެސް އެހާބޮޑު..ތިޔަކަމަށް ފިޔަވަޅުއަޅާ ހަރުދަނާ އުސޫލުތަކެއް ނެރެން ވެއްޖެ..

The name is already taken The name is available. Register?

Coronavirus

01 November 2021

ތިކަހަލަ ދިވެހިން އަހަރެމެން ބޭނުމެއް ނޫން. ކުޑަކުޑަ ކުއްޖެއްގެ މުޅި ދިރިއުޅުން ތިހަލާކު ކޮއްލީ. އެކުއްޖާއަށް ކުރާނެ އަސަރު އެއްމެ ފަހަރަކު ހިތައް އެރި ބާ؟ ދުނިޔޭގައި ފިރިހެނުން ހުސްވީތަ މީހުންގެ ފިރިންނާ ދިމާ ކުރަނީ. މިއީ ކިހިނެއް އުޅެން އުޅޭ ބަޔެއް ބާ؟

The name is already taken The name is available. Register?

1828

01 November 2021

އަންހެނުންނަށް ކަމުދަނީ މީހުންގެ ފިރިންނޭ. ފިރި ކެޓެނީ ފިރިގެ ގޮތެއް ނެތީމައި. ފިރިއަށްވެސް އިނގެން ޖެހޭނެތާ ދަރިއަކު ހުރިކަން؟

The name is already taken The name is available. Register?

މުލޭ

01 November 2021

ފޯނު އެކަންޏެއް ނޫން. އޭނަ ވެސް ހިފަހައްޓަންވީ.

The name is already taken The name is available. Register?

އައި ޖީ އެމް ހޮސަޕިތާލް

01 November 2021

ދިވެހި ނަރުސް ކުއްޖާގެ ވަނަވަރު ހާމަކުރަން ޖެހޭ ، ކީއްވެ ތޯ ނުކުރަނީ

The name is already taken The name is available. Register?

1828

01 November 2021

ނުޖެހޭ

The name is already taken The name is available. Register?

ޔެސް

02 November 2021

ޔެސް. އޭނަގެ ވަނަވަރު ހާމަ ކުރޭ!

The name is already taken The name is available. Register?

އނަސް

01 November 2021

ދިވެހި އަންހެނުންގެ ފެންވަރު ވަރައްދައް. މަސައްކަތު މާހައުލުގަވެސް ވަރކް އެތިކްސް ނެތް. ފިރިހެން ބޮސް ގެ ގަޔައްބޮލައް އަރާ ޓައިގަ ހިފާ ވަރައްކަންކަން ހިންގާ. ފްލަރޓް ކުރުމަކީ ދިވެހި އަންހެނުންނައް މާރީތިކަމެއް. ދެން އަތްޖަހާ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

01 November 2021

މިހާރު މި ގޯސްވީ ދިވެހި އަންހެނުން. އިހަށް ދުވަހަކު ބަނގުލަދޭޝް މީހުން.

The name is already taken The name is available. Register?

ފާނަ

01 November 2021

ޢައި.ޖީ.އެމް.އެޗް އެކަންޏެއްނޫން. ޢޮފީސް ލޯތްބާއި ކަނު ލޯބީގައި ދިވެހިން އޮޔާދަނީ.. މިކަމުގައިހުސްހަށިބައި ކުދިންނަށްވުރެ ކައިވެނިކޮށްގެންއުޅޭ މީހުންގެހާލުބޮޑު.

The name is already taken The name is available. Register?

ފަލަ

01 November 2021

އިޓްސް ސޯ ފަން ޑޫޑް

The name is already taken The name is available. Register?

ބަންގުލާބޭފުޅާ

02 November 2021

އަދި ލިސްޓަށް އިތުރުކޮށްލާ ބޮންދު ލޯބި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454