އޮކްޓޫބަރ 24، 2021؛ އިޒްރޭލުގެ އުތުރު ސަހަރެއް ކަމަށްވާ އީލާތުގައި އޮންނަ އޮވްދާ އަސްކަރީ ވައިގެ މަރުކަޒުގައި، ބްލޫ ފްލެގް"ގެ ނަމުގައި، ގިނަ ގައުމުތަކެއް ބައިވެރިވެގެން ބޭއްވި ވައިގެ ދިފާއީ ތަމްރީނުތަކުގައި ބައިވެރިވި، އެމެރިކާގެ އެފް-16 މަރުކާގެ މަތިންދާބޯޓެއް. --އޭއެފްޕީ
03 ނޮވެމްބަރ 2021 - 11:49
އީރާނަށް ހަމަލާއެއް ދިނުމަށް، އިޒްރޭލާއި އެމެރިކާ ސިފައިން ގުޅިގެން ތަމްރީންތަކެއް ހަދަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލު ސިފައިންގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލް "12" އިން ބުނި ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ "ޓާސްކް ފޯސް 51" ފައުޖު އިއްޔެ ވަނީ، އިޒްރޭލު ސިފައިންނާ އެކުގައި، އިޒްރޭލުގައި ތަމްރީނުތަކެއް ފަށައިފަ އެވެ. މި ތަމްރީނުތަކުގައި އިޒްރޭލުން ބައިވެރިވަނީ، އިޒްރޭލުގެ ކޮމާންޑޯޒް ލަޝްކަރުގެ ސިފައިންނެވެ.
މީގެ އިތުރުން މި ތަމްރީނުތަކުގެ ވަކި މަރުހަލާއެއްގައި އިޒްރޭލުގެ ކަނޑުގެ ސިފައިން ވެސް ބައިވެރިވާނެ އެވެ. މީގެ ބޭނުމަކީ އިޒްރޭލު ސިފައިންނާއި އެމެރިކާ ސިފައިންނާ ދެމެދުގައިވާ ބަދަހި ގުޅުމާއި އެއްބާރުލުން، އީރާނަށް ދެއްކުން ކަމަށް އިޒްރޭލު ޓީވީން ބުނެ އެވެ.
މިދިޔަ އޮކްޓޫބަރު 30 ވަނަ ދުވަހު އެމެރިކާގެ "ބީ-1ބީ" މަރުކާގެ ބޮން އަޅާ ބޯޓު، ހޮރްމުޒް ކަނޑުއޮޅި މަތިން ހުރަސްކޮށް އަރަބި ގަލްފަށް ދަތުރުކުރި އިރު، އެ ބޯޓާ އެކުގައި އިޒްރޭލުގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ދަތުރުކުރި އެވެ. ހޮރްމުޒް ކަނޑުއޮޅި ސަރަހައްދަކީ އީރާނުގެ ބާރު ދަމަހައްޓަން އެ ގައުމުން މަސައްކަތް ކުރާ ސަރަހައްދެކެވެ.
އީރާންގެ އެއްގަމު ސިފައިންގެ ލަޝްކަރާއި އިންގިލާބީ ލަޝްކަރުގެ ސިފައިން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ތަމްރީންތަކެއްގައި ސިފައިންގެ މީހަކު ބޮޑުބަޑީގެ އުންޑަތަކެއް ހިފައިގެން. --އޭއެފްޕީ
އިޒްރޭލާއި އީރާނުން ދެކޭ ގޮތުގައި އަނެއް ގައުމަކީ އެންމެ ބޮޑަށް އަދާވާތްތެރި ދުޝްމަނުންނެވެ. މިހާރު ވެސް ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދާފައިވާ އިޒްރޭލުން، އީރާނަށް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން އަންނަނީ، ހަތިޔާރު އުފެއްދޭ މިންވަރަށް އީރާނުގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކުރަމުން އަންނަ ކަމަށް ބުނެ އެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގެ ބޭނުމަކީ އެގައުމަށް ބޭނުންވާ ކަރަންޓު އުފެއްދުމެވެ.
އިޒްރޭލުގެ ޓީވީ ޗެނަލުން ބުނި ގޮތުގައި އެމެރިކާ އާއި އިޒްރޭލުގެ ސިފައިން ތަމްރީންތައް ހަދަމުން ދަނީ، އީރާނުން އެމެރިކާގެ އެމްބަސީއެއް ހިފައިފި ހާލަތެއްގައި ނުވަތަ، ގަލްފު ސަރަހައްދުގެ ކަނޑުން އީރާނު ސިފައިން، އެހެން ގައުމެއްގެ އާގުބޯޓެއް ރަހީނުކޮށްފި ހާލަތެއްގައި، އެކަމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތަކަށް ބަލައިގެންނެވެ.
މީގެ ކުރިން ވެސް އެމެރިކާ ސިފައިންނާއި އިޒްރޭލު ސިފައިން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ކިތަންމެ ފަހަރަކު ބާއްވާފައިވެ އެވެ. ނަމަވެސް، އީރާންގެ ފަރާތުން ކުރިމަތިވެދާނެ ވަކި ހާލަތަކަށް އަމާޒުކޮށްގެން ދެގައުމުން ތަމްރީންތަކެއް ހަދާ ފުރަތަމަ ފަހަރު ކަމަށް އިޒްރޭލު ޓީވީން ބުންޏެވެ.
މި ތަމްރީނުތަކުގައި ބައިވެރިވާ އެމެރިކާގެ ކަނޑުގެ ސިފައިން އިޒްރޭލަށް އައީ މަނަވަރެއްގަ އެވެ. އެއަށް ފަހު، އިޒްރޭލުގެ ސަހަރާއެއް ކަމަށްވާ ނަގަބް އަށާއި އިޒްރޭލުގެ ދެކުނުން އަގަބާ ކަނޑުއޮޅީގައި އޮންނަ ބަނދަރު ރަށެއް ކަމަށްވާ އީލާތަށް އެމެރިކާ ސިފައިން ދިޔައީ ހެލިކޮޕްޓަރުތަކުގަ އެވެ.
އިޒްރޭލު ސިފައިންނާ އެކުގައި ހަދާ ތަމްރީނުތައް ނިމުމުން، އެމެރިކާގެ ކަނޑުގެ ސިފައިން ދާނީ، ގަލްފުގެ އެހެން ގައުމަކަށެވެ. އެއީ އީރާނާ ދެކޮޅަށް ހަމަލާއެއް ދޭން ޖެހިއްޖެ ހިނދެއްގައި އެކަމުގައި ބައިވެރިވުމަށް ތައްޔާރީ ހާލަތުގައި ތިބުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފުރާސިޔާބު
04 November 2021
ތިކަން ކޮށްލަން ކެރޭނެބާއޭ މަގޭ ހިތަށްއަރާ! ތިޔަ އީރާނުން ޕާޝިއަން ގަލްފަށް އަތްގަދަކޮށްގެން އުޅޭތާ ކިތަންމެ އަހަރެއް. އަރަބި ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާދީ ކޮންމެ ދުވަހަކު އެދަނީ ގެއްލުން ދެމުން. އިޒްރޭލާއި އެމެރިކާއާއި އީރާނަކީ ހަމަ އެކައްޗެއް. އަރަބިންގެ މުއްސަނދިކަން ދަމައިގަތުމަށްޓަކައި 3 ގައުމުން ހިންގާ ޕްރޮޕެގެންޑާއެއްތީ. ދުވަހަކުވެސް އިސްރާއީލަކުން އީރާނަކަށް ހަމަލާއެއް ދީފައި މިހާތަނަށް ނެތް.
ޔަމަނޭ.
03 November 2021
ތިއަށްވުރެ މާ ތާހިރުވީސް ތިމަންމެން މިއުޅެނީ ރަސިއާއަށް ނޫނީ ޗައިނާއަށް ހަމަލަދޭށޭ ބުނިނަމަ. އަފްގާނިސްތާނުގައި ބޮނޑި ބޮއިގެން އެމެރިކާ ފިލީ. ހިޒްބުﷲ އަތުން ބޮނޑިއެއް ބޮއިގެން ރަޖާ އަޅައިގެން އިޒްރޭލް އޮތީ. އެހެންވީމާ ތިއާއީ ސަންތި މަރިޔަނބު ދަތްގޯނި ކަހަލަ ވާހަކައެއް. 140 މިލިއަން ޑޮލަރަށްވުރެ އަގުހުރި ރާޑަރަށް ނާރާ އަޑަށްވުރެ ބާރަށް ދަތުރުކުރާ އެމެރިކާގެ ޑުރޯން 60.000 ފޫޓު މަތީގަ އޮއްވާ ވައްޓާލީ އިރާނުގެ ވައިގެ ލަޝްކަރުން އިހަށްދުވަހު..
އަހްމަދު1
03 November 2021
ފަލަސްތީނު މުޖާހިދުންގެ ކުދިކުދި ރޮކެޓްތަށް ދަށުން ސަލާމަތް ނުވެވޭ ބަޔަކަށް ކިހިނެއްބާ އިރާނަށް ހަމަލަދޭން ކެރޭނީ.... ތީ ހުސްވާހަކަ. ނުކެރޭނެ އިޒްރޭލަކަށް އަދި އެމެރިކާ އަކަށްވެސް އިރާނަށް ހަމަލަދޭން...
ރޫޓް
03 November 2021
އިޒްރޭލުން އީރާނާށް ގެއްލުން ލިބޭނީ އިޒްރޭލަށް
ބިލް ކުލިންޓަން
03 November 2021
ހަނދާންކުރާތި. އިރާނަކީ އިރާގު ނޫނީ ލީބިޔާއެއްނޫން. އެއަށްވުރެ މާވަރުގަދަ ފަހުލަވާނުން އިރާނުގާ ތިބީ.
ރަދީފްއޮފިޝިއަލް
03 November 2021
އިރާނަށް ހަމަލައެއް ދީފިނަ ރައީސީ ޖެހޭނެ އިޒްރޭލް ޗާޓުން ފޮހެލަން.ތިޔާ ބަރު ހަތިޔާރުތައް ފޮރުވައިގެން ނުތިބެ މިފަހަރު އޭގެ ބޭނުން ކުރަން ރައީސީ ޖެހޭނެ.
ކަހަނބު.
03 November 2021
އިޒްރޭލް މަހަށްދޭ. ފަރަށްދޭ. ނޫނީ ރިހާކުރު ކައްކަން ފަށާ. މާ ތާހިރުވާނެ.