22 މެއި 2020 - 12:38
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، ޔާމީނަށް ތައުރީފް ކުރައްވާފައިވާ ޓްވީޓްތަކެއް ރީޓްވީޓް ކުރެއްވި ސަބަބު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.
ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓްތަކެއް ރޭ ރީޓްވީޓް ކުރައްވައިފަ އެވެ. މިއީ، ގިނަ ބަޔަކު ސުވާލު އުފެއްދި ކަމެކެވެ.
Yameen ah thaureefu kuri tweet thah Nasheed retweet kuravvaifi
The most trusted news source in the Maldives
Mihaaru
ޔާމީނަށް ތައުރީފް ކުރެއްވި ޓްވީޓްތަކެއް ނަޝީދު ރީޓްވީޓް ކުރެއްވުން
އެކަން ސާފުކޮށްދެއްވަން ނަޝީދުގެ ސަޕޯޓަރުންނަށް އެމަނިކުފާނު ފޮނުއްވި ނޯޓެއްގައި ވިދާޅުވީ ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ކަންބޮޑުވުން މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ފާޅުކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ ޝަރީއަތަށް ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތު ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުން ވަނީ ޔާމީންގެ އެންގެވުމުގެ މަތިން ހިޔާނާތްތެރިވި ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.
ނަޝީދުގެ ނޯޓްގައި ދެން ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލްނުވެވުމެވެ. މި ސަރުކާރު ވެރިކަމަށް އައުމުގައި އެއީ ވައުދަކަށް ވާއިރު، ކުރާނެ ކަމަށް ބުނި ކަންކނަް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދުގެ ނޯޓުގައި ވިދާޅުވި އެވެ.
ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން އުފެއްދި މަރު ކޮމިޝަނާއި ކުރީގެ ސަރުކާރަށް ތުހުމަތުކުރި ކޮރަޕްޝަންގެ ބޮޑު މައްސަލަތައް ބަލައި ގެއްލުނު ފައިސާ ހޯދަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރި ނަމަވެސް މިހާތަނަށް ނަތީޖާ ނުނެރެވެ އެވެ. ދައުވާކުރަން ފޮނުވުމާ އެކު ބޮޑެތި ބާރުތަކެއް ދީފައިވީ ނަމަވެސް ދެ ކޮމިޝަނުން ބެލި އެއްވެސް މައްސަލައެއްގައި އަހަރެއްވީ އިރު ދައުވާކުރަން ފޮނުވައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދޭހޭ
24 May 2020
ކާކުހޭ ބުނީ ޔާމީނު އެކަނި ޖަލަށްލާށޭ؟ ދެން ތިބި މީހުން ދޫކޮށްލާފަ މިކިޔަނީ ޔާމީނު އެކަންޏޭ؟
ރީތި މޫސަ
24 May 2020
މިކަމަކީ އަބަދުވެސްކުރާކަމެއް ކަންކަންގޯސްވެ ރައްޔިތުން މާގިނައިންއެއްވާހައެއްދައްކަންޏާ ކޮންމެސް އެހެންމިސްރާބަކަށް ރައްޔިތުން އަބުރާލަން ކޮންމެސް ނުގުޅޭ ވާހަކެއްދައްކައިގެން ރައްޔިތުންގެފިކުރާކުޅޭނެ މިދުވަސްވަރު މާގިނައިން ކަރޮޕްޝަންވާހަކަދައްކާތީ އެކަންއޮއްބާލަންކޮށްލިކަމެއް
ދަތްދޮޅިވެއްޓިއްޖެ
23 May 2020
އާނ އާނ ދެރައީސުން އެއްގަލަކަށް އެރިގެން ތިއަނބުރަންއުޅޭ އުޑި އެނބުރޭނީ. އެކަމަކު ކުރިއަށް ގިނަކުޅި ކުޅޭ ރައީސަކު ގައުމު އުރުވާލަން އާނބަހެއް ނުދޭނެ.
ސޮނިވެއްޓިއްޖެ
23 May 2020
800 މިލިއަން ޑޮލަރ ނެގިކަމައް ތަހުމަތު ކޮއް ‘ސްޓީލިންގ ޕެރަޑައިސް’ ފިލްމު ހެދިމީހުން ބޮޑުވަޒީރުކަން ބޭނުންވީމާ’ އެހުރިހާ ޖަރީމާއެއް އެއްވެސް އޯކޭވީ؟!!! މަ ސޮނިވެއްޓިއްޖެ!
ޓެގު
23 May 2020
ޑީލެއްހަދަނީތޯ.ތީ ކަތުރުފަނި.
އެސްކޮބާރ
23 May 2020
ކުރީގެ ވެރިކަމުގެ އަނިޔާތަކަށް އިންސާފު ހޯދައިދޭނެކަމަށް ބުނެފައި 2008 ވަނައަހަރު ވެރިކަމަށް ވަޑައިގެން ކުރީގެ ވެރިކަމުގެ ކަރަޕްޝަނާއި އަނިޔާ އެއްވެސް މިންވަރަކަށް ނުބަލާ ދޫކޮށްލެއްވި ބޭފުޅަކު ތިވާހަކަ ދެއްކެވީމާ އަންނަނީ ހިނި. މިހާރު ބޭނުންފުޅުވެގެން ތިއުޅުއްވަނީ މުޅިއުމުރުދުވަހަށް ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވުންކަން އެންމެންނަށްވެސް އެގޭ.
ދެއްވަދޫ
23 May 2020
އަބަދުވެސް ބޭނުންވަނީ މީޑިއާ ސްޓަންޓު ޖައްސައިގެން އުޅުއްވަން ، ދެވަނަ ޓރމޕ ވައްތަރީ
އެޑަމް
23 May 2020
ޚިޔާލަކީވަރައްތަފާތުއެއްޗެއް ހިޔަޅައްމޭބިސްކަދުކޯޅިއެއް ފެންނަންއޮތިއްޔާ އަބަދުވެސްއެދަމައިގަންނާނެގޮތަކައްވިސްނާނެ އެކާނުލެވޭހާހިނދަކު ނިދިވެސްނާންނާނެ ތަފާތުގޮތްގޮތައްރާވާނެ އެގޮތުން ކައިރީގައުޅޭ މަކުނުތަކައްވެސްބައިއަޅަންއޮންނާނީރާވާފައެހެންވީމާ ތީވެސް ހީވަނީމިހާރު ބައިގިނަކޮއްގެންގަސްވައްޓަލަންރާވާރޭވުމެއްހެން އެނޫންގޮތެއްދެންނެތީކަމައްވެދާނެ ހައިރައްފެންނަނީ ކިހިނެއްތޯ??
ޢިހްސާސް
23 May 2020
ނަޝީދު ބުންނަސް ޔާމީނު އެކަންޏެއްނޫން އެވައްކަމުގަ ޖަލުގަ ހުންނަންޖެހޭނީކީ. އޭގެތެރޭގައި މިސަރުކާރުން ފޮރުވައިގެން އުޅޭ މޮހޯޔާ އަދީ ބާ އމޑޕ ބައެއްކުދިންނާ ޕޕމ ޕއނސ ކުދި ންކޮޅެއްވެސް ތި ބެންވާނީ ޖަލުގަ. ފަހަރުގަ އެ ހެން ބުނާ މީހާވެސް.
ހިޔާލު3
23 May 2020
ދަވްލަތުގެ އިސް މަގާމުތަކުގައި ތި ބި ގިނަ ބޮޑުން ހުރިހާ ނު ބައެއްހަދައި ވައްކަމުގެ ފައިސާގަޖެހި ރައްޔިތުން ގުނ ބޯހައްދަނީއެވެ. އިހުމާލުންނާއި ގަސްދުގައި ހުރިހައި ފައިސާއެއް ބޭނުން ކުރީވެސް އެމީހުން އިންސާފާ ބޭ އިންސާފުން ހުކުމް ކުރަނީވެސް އެމީހުނެވެ.