ރ. އިންނަމާދުއަށް ގިނަ ކަންތައްތަކެއް ރައީސް ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އިންނަމާދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ރަށަކީ ރާއްޖޭގެ އިގުތިސޯދުގައި މުހިއްމު ބައިވެރިއެއް ކަމަށެވެ.

ވަޑާމުގައި އެންމެ ފުންނާބު އުސް އެއް ރަށް އަދި ކުޅަދާނަ މަސައްކަތްތެރިން މި ރަށުގައި އެބަތިބި ކަމަށާއި އެކަމަކު އެ މީހުންނަށް ވެސް ދިމާވާ ދަތިތައް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ކެމްޕޭނަށް އިންނަމާދޫ: މި ރަށުގެ ރައްޔިތުން އެދުނު ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.
ރައީސް ކެމްޕޭނަށް އިންނަމާދޫ: މި ރަށުގެ ރައްޔިތުން އެދުނު ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.

އޭގެ ތެރޭގައި އިންވެސްޓްމަންޓް ފެށުމަށް ފައިސާ ހޯދުމުގެ ދަތިކަން ހިމެނެ އެވެ. ރައީސް ވިދާޅުވި ކުރިއަށް އޮތް ދައުރުގެ އެއް އަމާޒަކީ އެފަދަ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހެދުން ކަމަށެވެ.

އަދި ސަރުކާރުގެ އެކި ސްކީމްތަކުގެ ތެރޭގައި ވެސް އެ މީހުންނަށް ބައިވެރިވެވި، ފަސޭހައިން މާލީ އެހީ ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މި އަތޮޅު އިންނަމާދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އިންނަމާދޫގައި ފައިބަރު މަސައްކަތްކުރާ މީހުން ވަނީ، މި ރަށް ކައިރީގައި އޮންނަ ވަންދޫގައި އެ މަސައްކަތް ކުރާނެ ބިން ހަމަޖައްސައިދިނުމަށް ރައީސްގެ އަރިހުން އެދިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރަހައްދުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކޮށްފައިވާ ވަންދުން އެކަމަށް ބިން ކަނޑައެޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަން ދިގުލައިގެން ދާތީ މި ރަށު މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރައީސަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުމެ. -- ފޮޓޯ | އެމްޑީޕީ
ރައީސަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުމެ. -- ފޮޓޯ | އެމްޑީޕީ

ނަމަވެސް އެކަން ހައްލުކޮށް ވަންދޫގައި ފައިބަރު މަސައްކަތް ކުރެވޭނެ ރަނގަޅު ގޮތެއް ހަދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ސްކޫލަށް ބޭނުންވާ އޮފީސް އިމާރާތާއި އިތުރު ފެސިލިޓީސް ގާއިމްކޮށްދިނުމާއި ޒުވާނުން ކުޅިވަރު ކުޅޭނެ ޔޫތު ސެންޓަރަކާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ރަށުގައި ރޯހައުސް ނޫނީ ފްލެޓު އަޅައިދެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ.