ޙ
21 މާޗް 2025 - 09:09
މިއީ ދުނިޔެ މަތީގައި ނ. ވެލިދޫ, އާމިނަތު އަބްދުއްރަހްމާން (އާމިންދައިތަ) 64، އަށް ކުރިމަތިވި އެންމެ ހިތްދަތި ހާދިސާ އެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވިޔަސް އޭނާ މި ވާހަކަ ކިޔައިދޭ އިރު އަދިވެސް އަޑުން އަޑު ނަގައި ރޮއެ އެވެ. ހަގު އުމުރުގައި ދެ އަންހެން ކުދިން މަރުވީ ނޭނގި އަމިއްލަ އަތުން ޒަހަރު ކާންދެވިގެންނެވެ.
ދެ ދަރިންގެ މަރަކީ އާމިންދައިތަ ބުނާ ގޮތުގައި މީހަކު ދިން ވަރުގަދަ ކެއްސެކެވެ. އެ ކުދިންނަށް ކާންދެވުނީ ކޮކަޑި އެވެ. އެއީ މީދާ މަރަން ކުރިން ގެންގުޅޭ ހުދު ކުލައިގެ ހިމުން ފުށެއްހެން ހުންނަ ވަރަށް ބާރުގަދަ ވިހައެކެވެ.
ފަޅު ރަށެއްގައި އާމިންދައިތަ އާއި ފިރިމީހާ އުސްމާނާ އެކުގައި އުޅުނު މީހަކު ރަށުން ފޭބިއިރު އިންޒާރު ދިނެވެ. އެކަމަކު އާމިންދައިތަ ބުނީ އެއީ ދެ ދަރިންގެ މަރާ ގުޅިފައި އޮތް ކަމެއް ކަން ނޭނގޭ ކަމަށެވެ.
ވާހަކަ ކިޔައިދިން އިރު އާމިންދައިތަ ރޮނީ. -- ފޮޓޯ | މިހާރު
"ދަމުން ބުނީ ކޮއްދިއްޕަރުގައި ތިބި ދެ.... ވަރު ހުރި ކެއްސެއް ދީފައޭ މިދަނީ. އޭނަ ރަށުން ފޭބީ ފުށް ޑަބިޔާ ތެރެއަށް ކޮކަޑި އަޅާފައި."
މިކަން ނޭނގި އެ ފުށުން ފޮޅި ފިހެފައި ކުދިންނަށް ކާން ދެވުނީ އެވެ.
ތުހުމަތުކުރާ މީހާގެ ނަން ކިޔައިދިން ނަމަވެސް މި ލިޔުމުގައި ނަން ނުހިމެނީ އެއީ އޭނާ ކުރި ކަމެއް ކަމުގެ ހެކި ލިޔުމުން ނުލިބުމުންނެވެ. އޭރު ސިފައިން މައްސަލަ ބެލި ކަމަށް ވެ އެވެ. އެކަމަކު އެ ހާދިސާއާ ގުޅޭ ލިޔުމެއް ލިބޭކަށް ނެތެވެ.
އާމިންދައިތަ އަށް އޮޅިގެން ކުރެވުނު ކަމެކޭ ވެސް ކިޔަ އެވެ. ވެލިދޫގެ ދުވަސްވީ މީހުންނަށް ސާފުކޮށް މި ހާދިސާ ހިނގި ގޮތެއް ނޭނގެނީ, އެކަން ހިނގީ ތިން މީހުން އެކަނި ދިރިއުޅުނު ރަށެއްގައި ކަމަށް ވާތީ އެވެ.
ގިނަ މީހުން ގަބޫލުކުރަނީ އާމިންދައިތަ ދައްކާ ވާހަކަތަކަށެވެ.
ދެ ދަރިންގެ މަރަކީ، އާމިންދައިތަ ބުނިގޮތުގައި، ހިތްފަޅައިގެން ދިޔަ ހާދިސާއެކެވެ. އަމިއްލަ އަތުން ދިން އެއްޗަކުން ލޯ ކުރިމަތީގައި ދެ ކުދިން ދުނިޔެއިން ވަކިވީ އެވެ.
އެ ދެމަފިރިން އާމްދަނީ ހޯދީ ފަޅު ރަށްރަށުގައި ރާވެރިކަން ކޮށްގެންނެވެ. ރުކުން ރާ ބޭލުމުން ހަކުރަށް ހަދައި ވިއްކަނީ އާމިންދައިތަ އެވެ. މި ހާދިސާ ހިނގީ މި އަތޮޅު ކޮއްދިއްޕަރު ކިޔާ ފަޅު ރަށެއްގައި ރާ އެރި ދުވަސް ވަރެވެ.
އެ ދެމަފިރިންނާއި ތިން އަންހެން ކުދިންގެ އިތުރުން އެ ރަށުގައި ދެން އުޅުނީ ދެ ދަރިންގެ މަރަށް ތުހުމަތުކުރާ ފިރިހެންމީހާ އެވެ. ހިތްހަމަނުޖެހިގެން އޭނާއާ ދިމާލަށް އެއްޗެއް ބުނަން ޖެހުނީ އާމިންދައިތަގެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުމުންނެވެ.
އާމިންދައިތަ: ދެ ކުދިން މަރުވުމަކީ އޭނާއަށް ކުރިމަތިވި އެންމެ ހިތާމަވެރި ހާދިސާ
"އަތިރިމައްޗަށް ގޮސް ތެލި ދޮވެގެން އައިއިރު ދަރިފުޅު ރޯމަހެއް ހެން ރޮނީ, ތެޅެނީ. ފެންވަރުވަން ބަލާލި އިރު އެނގުނީ އެ ކުއްޖާއާ ބެހިފައި ކަން ހުރީ. މަ ބުނެފިން (ނަން ކަނޑާލާފައި) ހެޔޮނުވާނެ ނޫންހޭ މީހެއްގެ ޅަ ދަރިއެކޭ މީ."
އުސްމާނަށް އެކަން އެނގުމުން ހިތްހަމަނުޖެހި ބޭނުންވީ އަވަހަށް އޭނާ އެ ރަށުން ފޮނުވާލާށެވެ.
އޭނާ ރަށުން ފައިބާން އެއްބަސްވެ އެދުނީ ހަކުރު އަޑުބައަކަށެވެ. ފުރާ ހުރި އަޑުބައެއް ދޭން އާމިންދައިތަ އާއި އުސްމާން ދެކޮޅު ހެދީ އެވެ. ނުކައި ހުރި ހަކުރު އަޑުބައެއް ނުދެވޭނެ ކަމަށާއި ކަމުން ދިޔަ ހަކުރު އަޑުބަ ގެންދަން އުސްމާން ހުއްދަ ދިން ކަމަށް އާމިންދައިތަ ބުންޏެވެ.
އެއީ އޭނާ ހިތްހަމަނުޖެހުނު ސަބަބެވެ.
"ދެން އެ ސޮރު ފުރައިގެން ދާން ގެއިން ނުކުންނަމުން ބުނީ ކީކޭ؟ ވަރުހުރި ކެއްސެއް ދީފައޭ މިދަނީ،" ރޮމުން އާމިންދައިތަ ކިޔައިދިނެވެ.
އެ އިންޒާރު ދިނަސް އާމިންދައިތަ ބުނީ އެހާ އަނިޔާވެރި ކަމެއް ކޮށްފާނެ ކަމަކަށް ހީނުކުރާ ކަމަށެވެ. ޖެހިގެން އައި ދުވަހު އާމިންދައިތަ އާއި އުސްމާން ވެލާ ބިސް ނަގައިގެން އުޅުނީ އޭގެއިން ކުދިންނަށް ފޮޅި ފިހެދިނުމަށެވެ.
ބޮޑު ދެ ކުދިންނަށް ކާންދޭން އުޅުނީ ގާތުން ދޭ ދަރިފުޅު ނިންދަވައިފަ އެވެ.
"ކާންދޭން ވެގެން ފިނި އަށި މައްޗަށް ކޮންމެ ކުއްޖަކަށް ސައި ތައްޓަކާއި ކުޅި ފޮޅިއަކާއި ފޮނި ފޮޅިއެއް އެރުވީ. އިރުކޮޅަކުން އެއް ކުއްޖަކު ވެއްޓުނީ. ބޮޑު މީހާ ކިޔައިފި މަންމާ ކޮއްކޮ ނިދިގެން ވެއްޓިއްޖޭ."
ފެން އަޅައި ތަޅުވައި ހެދީމަ ވެސް އެ ކުއްޖާ ނުހޭލި އެވެ. ރީއްޗަށް ހުރި ދަރިފުޅަށް ކުއްލިއަކަށް ވީ ގޮތެއް އުސްމާނަށް ނޭނގުނެވެ.
މުވާސަލާތު ކުރުން ދަތި ދުވަސްވަރަކަށް ވާތީ ރަށުގައި ކަމެއް ހިނގިިއަސް އެކަން އަންގަން ޖެހެނީ ވަރަށް އުނދަގުލުންނެވެ. ކަމެއް ހިނގައިފި ކަން އުސްމާނު އެންގީ މުޅި ރަށުގައި ހަން ޖަހައިގެންނެވެ.
ދޯންޏެއް އެ ރަށާ ކައިރިކުރުމުން އޭގައި ތިބި ދެ މީހުންނާ އެކު އުސްމާނު ގެއަށް ދިޔައީ ކުއްޖާއަށް ވެފައި އޮތް ގޮތެއް ބެލުމަށެވެ. އެ މީހުން ދިނީ ދަރިފުޅުގެ މަރުގެ ހިތާމަވެރި ޚަބަރެވެ.
"އުސްމާން ކައިރީގައި އެ މީހުން ބުނީ ބިގަރަކަށް ތެޔޮ އަޅައި ހަދައިގެން މިރޭ 12 ޖަހާއިރު އަންނާނަމޭ ކުއްޖާ ހިނަވާ ހަދައި ވަޅުލަން. ބިގަރު ދިއްލަން އުޅެ ނުދިއްލުނު. އެހެންވެ އަލިވިލެންދެން ބޭއްވީ."
އޭރު ވިހައިގެ އަސަރު ދެން ހުރި ދަރިފުޅަށާއި އާމިން ދައިތައަށް ވެސް ކޮށްފި އެވެ. އެ މީހުން ވަގުތުން ގެންދިޔައީ މަނަދުއަށެވެ.
އެ ރަށަށް ގެންގޮސްގެން އަންހެން ކުއްޖާ އާއި އާމިން ދައިތައަށް ވެސް ބޯންދިނީ ކާށިކިރެވެ. އެކަމަކު ދެ ވަނަ ދަރިފުޅު ވެސް ސަލާމަތް ނުކުރެވި އުޅެނިކޮށް މަރުވެގެން ވެއްޓުނީ އެވެ.
ކުޑަ ދަރިފުޅު އޮތީ އާމިންދައިތަ ސިފަކުރި ގޮތުގައި "ވެސްނޫ ގަނޑެއްހެން" ވެފަ އެވެ. މަނަދުއަށް އައި ހިސާބުން އޭރު އޮތީ އެ ކުއްޖާއަށް ގާތުން ނުދޭން ވެސް އަންގައިފަ އެވެ. ފޮޅި ފިހެގެން ރަހަ ބެލުމުގެ ތެރޭގައި އާމިންދައިތައަށް ވެސް ހުރީ ވިހަ ކެވިފަ އެވެ.
"އަށް ރޭ އަށް ދުވާވި އިރު ވެސް ތަނެއް ދޮރެއް ނޭނގެ, ދުނިޔެއަކު ކަމެއް ވެސް މި އުޅެވެނީ،" އާމިން ދައިތަ ކިޔައިދިނެވެ.
ހަގު ކުއްޖާ ނަސީބަކުން ސަލާމަތްވީ އެވެ. އޭނާ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.
ފަޅު ރަށުގައި އެ މީހުންނާ އެކު އުޅުނު މީހާ ކުރި ކަމެއް ކަމަށް ތުހުމަތުކުރަނީ އެ ރަށުން އައި ދުވަހު އާމިންދައިތަ ބައްޕަގެ ގާތުގައި ދެއްކި ވާހަކައަކާ ވެސް ގުޅިގެންނެވެ.
"ކުދިން ކޮބައިހޭ އެހީމަ އޭނަ ބުނަނީ މިވަގުތަށް ރަނގަޅޭ. ފަހުން ވާނެ ގޮތެއް ނޭނގެއޭ. ބޮނޑިއެއްދީފައޭ މިއައީ, މަށަށް ހަކުރު ނުދިނީމާ."
އާމިންދައިތަ ބުނީ ރަށުގައި ހުރި ހަކުރު އަޑުބާތަކަށް ވެސް ވިހަ އަޅާފައި ހުރެދާނެ ކަމަށް ބަލައިގެން އަޑުބާތަކުން މީހެއްގެ ގޭގެ ތަޅުން އަޅަން ދިނީ ކަމަށެވެ. ފިރިމީހާ އުސްމާން ވެސް ނިޔާވީ ދަރިން މަރުވުމުގެ ހިތާމައިގައި ވަރަށް ގިނަ ދުވަހު އުޅެފަ އެވެ.
އޭގެ ފަހުން އާމިންދައިތަ މިހާތަނަށް އުޅެނީ އެކަންޏެވެ. މަސައްކަތެއް ކުރަން ވެގެން މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން ގާޑިޔާ ވެސް ހިންގި އެވެ. ރަނގަޅު އާމްދަނީއެއް އެކަމުން ލިބުނެވެ. ފަހުން ރަށަށް ބަދަލުވީ ބަލި ހާލަތު ވެސް ހުރި ގޮތުންނެވެ.
ބަލިކަމުން ކިރިޔާ ހެލިފެލިވެ އުޅެވެނީ އެވެ. އާމިންދައިތަ ބުނީ ދެދަރިންގެ މަރަށް ތުހުމަތުކުރެވޭ މީހާ އަށް ދުވަހަކު ވެސް މާފު ނުކުރެވޭނެ ކަމަށެވެ.
"އޭނައާ ދިމާލަށް ބުނިން ކަލެއަކީ ވެސް މާތްﷲ ހެއްދެވި އިންސާނެކޭ. އަހަރެމެންނަކީ ވެސް ހެއްދެވި އިންސާނުންނޭ. މީހަކަށް ދެރަގޮތެއް ހަދާފައި ކުރިއެއް ނުލިބޭނެއޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައިސް
22 March 2025
ލިޔުމުން ކޮން އަރެއްގަ ހިނގި ކަމެއްކަންވެސް އިނގޭނަމަ ދޯ
ރިފާހު
21 March 2025
ހިތްދަތިކަން ލިބުނު އާމިންދައިތައަށް ދައުލަތުން ޤާނޫނީ އެހީތެރިކަން ދީގެން، ތިޔަ މަސްއަލަ ރަނގަޅަށް ބަލާ އިންޞާފު ޤާއިމްކޮށް ދެއްވުމަށް ފެނޭ.
އަލީބެ
22 March 2025
އޮންބޮޑުޕާސަން ކުޑަކުދިންގެ ހައްގަކީ ވަކިމީހަކަށް އޮތް ހައްގެއްނޫން. ތަހުގީގުކޮށް މައްސަލަ ބަލާކަށް ވަކި ދުވަހެއްނެތް
ހާމާނު (ކަރުބުޑުން)
21 March 2025
މީ ކޮންޒަމާނެއްގާ ހިނގިކަމެއް؟ ކީހިރު ހީވަނީ 90 ގެ އަހަރުތަކުތެރޭގާ ހިނގާފައިއޮތް ހާދިސާއެއްހެން.
ދެރަވެ
21 March 2025
މީ ހަމަ ތެދެއް، އޭގެ ސަބަބުން، އެ ކޭފަހުން ކަމަށް އަޅުގަޑު މަންމަ ކިޔައިދޭ، އައިމިދައިތަވެސް، ގާތުން ދެވުނު ދަރިފުޅުވެސް މުޅިއަކުން ބޯ ހަމައެއްވެސް ނުޖެހޭނެ. އެކަމަކު އެއީހާދަ ނުލަފާ މީހެކޭ ހިތަށް އަރާ، ޖިންސީ ގޯނާގެ ފާފަކޮށްފަ، އެދެރައިގަ ތިއްބާ މަރާލަން އެ މަސައްކަތް ކުރީ، އޭރުވެސް މިހާރުވެސް ރާއްޖޭގައި ނިކަމެއްޗަކަށް ލިބޭނެ އަދުލު އިންސާފެއް ނެތުމުން އެދެމަފިރިން އެހިތާމައިގަ މުޅިޢުމުރުދަނީ. އައިމިން ދައިތަ މިވާހަކަ އަބަދު ކިޔައިދީ ރޮއިހަދާނެ.
ތަމެންއެމެންދޯ
21 March 2025
މިރާއްޖޭގެ ފުލުހުން އަދި ސިފައިން އަދި ކޯޓް ތައް އެއީ ރައްޔިތުންގެ ފައިސާ އިން ބޮޑެތި މުސާރަ އާއި އިނާޔަތް ތައް ދީގެން ހިންގާ ތަންތަނޭ މީހުންމަރާ މީހުން ހެކިނެތޭ ކިޔާ އެހާ ފަސޭހައިން ދޫކޮށްލާއިރު ދެން މީހުން މަރަން ދެން ތިބޭ ބަޔަކު ފަސް ނުޖެހޭނެއޭ ރާއްޖެތެރޭގައި ސިހުރު ހަދައިގެން އެވަރަށް މީހުން މަރާ މިހާރު އެމެން ކުރާ ކަމަކީ މާލޭ ވިޔާފާރިވެރިން ބޮޑެތި އިންވެސްޓް ކޮށްގެން ހިންގާ ގެސްޓް ހައުސް ތަކަށް ސިހުރު ހަދައިގެން އެވިޔާފާރި ފުނޑާލަނީއޭ..
އަބްޑޫޅް +
21 March 2025
އަނެއްކާވެސް ބީރަށްޓެހިންގެ ވާހަކަ.
ޕައުލާ އަބްދުލް
21 March 2025
މީކާކު އަދި؟
ޢެލޮން
21 March 2025
ފުރައިގެންދާންވީނުން ނާސާ ޖައްވީ ސްޓޭޝަނަށް
ކިޔުން
21 March 2025
ހިތާމަވެރި ހާދިސާއެއް. ރީތި ދިވެހި ޖުމުލަތަކެއް އެބަހުރި: އައްރޭ އައްދުވާ ވީއިރުވެސް، ވެސްނޫ ގަނޑެއްހެން..
ޞަލްމް
21 March 2025
ކަލޭ ޝާއިރީ ކިޔަން ގެޔަށް ދޭބަލަ
raajje
21 March 2025
މިހާދުވަސްވީއިރުވެސްމިހާވަރަށް ދައިތަ ރޯތީ މިއީ ދައިތަގެވާހަކައަކީ ތެދުކަންދެއްކުމަށް ކުރާކަމަކަށްވެދާނެ، ކޮންމެޔަކަސް، މިހާރުދެން އެވަރަށްދެރަވެފަރޯންޖެހޭކަމެއްނޫންމީކީ، ބޮޑަށް އަޅުކަމައިގެންއުޅެ ދާންއޮތްދުނިޔެއަށްތައްޔާރުވުން ރަނގަޅުވާނެ، ޕުރޮފެޝަނަލްބަޔަކު ތިޔަކަން ތަހުގީގުކުރަނިކޮށް ދެފަރާތުގެވާހަކައަށް ބިނާކޮށްވެސް ކަމުގެހަގީގަތްހޯދޭނެ، ކޮކަޑިދިންކަމަށްބުނާ މީހާދުނިޔޭގައިހުރިނަމަ ކަމާގުޅޭއިދާރާތަކުން މިކަންބަލަންޖެހޭކަމަށްފެނޭ
ޙާދިމު
21 March 2025
މިއަށްވުރެ ބޮޑަށް ރޯންޖެހޭކަމެއް ނޯންނާނެ. އިންސާނިއްޔަތު ކަމެއްވެސް ނެތް !
ގމރ ފދނ
21 March 2025
ކަލޭތީ ދަރިއެއް ހުރި މީހެއް ނޫން ކަމެއް ނޭގެ، އެކަމަކު ހަމަގައިމުވެސް ތިބޭޅގެ ހިތެއް ކިޔާ އެއްޗެއް ނެތް. ތެދުފާޅުވާނެ ދުވަހެއްވެސް އެބައޮތް.
raajje
21 March 2025
އަޅުގަނޑުގެ ކޮމެންޓަށް ޑިސްލައިކު އަދި އެންގުރީފޭސް މިޖަހަނީ ދައިތައަށް ހެޔޮނޭދޭމީހުންކަން ފާހަގަކުރަން، މިބައިމީހުންބޭނުންވަނީ ދައިތަރޮއިރޮއި ހަލާކުވާން، މޮޔަވާން، ނަމަވެސް ހަގީގަތަކީ މަރުވީމާ އެނިމުނީ އަހަރެމެން އެންމެންވެސްމަރުވާނެ، އެއީކީ ތާއަބަދުރޮއި ހިތާމަކުރަންޖެހޭކަމެއްނޫން، ދިރިތިބީން ދިރިއުޅެންޖެހޭ އާހިރަތްބާއްޖަވެރިކުރުމަށް ގަދައަޅާ މަސައްކަތްކުރަންޖެހޭ، ޑިސްލައިކު އަދި އެނގުރީފޭސްޖަހަނީ ރައްދުގައިކުރާނެ ކޮމެންޓެއްނޭންގޭތީ ހެހެ
ރާއްޖެ
21 March 2025
މީ ދަރިއަކުވެސް ނެތް މީހަކަށް ވާނީ. ދަރީން އެގޮތަށް ގެއްލިގެން ދިޔުމުގެ ޓްރޯމާއަކީ އުމުރު ދުވަހަށް ހުންނާނެ އެއްޗެއް. އެކަރުނަ މަރުދުވަހަށްވެސް ނުހިކޭނެ. މަންމަގެ ލޯބި އެއީ ފަނޑުވާ އެއްޗެއް ނޫން.
ޏާއްކޮ
21 March 2025
ކޮންކަހަލަ ރަހުމް ކުޑަ ކޮމެންޓެއް؟ ބަލަ ދަރިން މަރުވީމަ ނުރޮވޭނެ އިރެއް ނާންނާނެ. އެކި މީހުންނަށް ރޮވޭނީ އެކި ވަރަށް، އަދި މިއީ މުސްކުޅި ދައްތައެއް ދޯ
ނާރން
21 March 2025
ވިސްނާލާ... އެމީހާ ފަކީރަށް އެހާބޮޑު ހިތްދަތިކަމެއް ލިބިފަ އަދި އެކަމަށް އިންސާފު ނުލިބި އުމުރު ދުވަހު އެއުޅެނީ. އަދިވެސް އެދުވަހު އެހިތުގަ އެޅިވޭން ތާޒާކަންމަތީ ހުރިއްޔާ މިހާރުވެސް އެވާހަކަ ދައްކާއިރު ރޮވޭނެ. އެކިމީހުންނަށް ހިތްދަތިކަން ތަހައްމަލް ކުރެވޭނީ އެކިވަރަށް.
ލޮއްލަ
21 March 2025
ރާއްޖެ: ދީނުގެ އެއްފަޅީގެ އެއްްބައި ކިޔަވައިގެން މިތާނގަ ތިޔަ ހާސަރެއްދަމާނެ ކަމެއްނެތް. ކަލޭގެ ބުއްދި ހިނގާ ގޮތަކަށް ނޫން ދުނިޔެ ހިނގަނީކީ. ހިތާމަ ހުރިކަމެއްގެ ތެރެޔަށް ކަލޭގެ ޖާހިލުކަމާ އިންސާނިއްޔަތުގެ ކުލުނެއް ނެތްކަން ވަރަށް ސާފުކޮށް ކޮމެންޓުން އެބަދޭހަވޭ. ހެޔޮވަރުގެ ރިއެކްޝަން ކޮޅަކާ ރިޕްލައިކޮޅެއް ލިބިއްޖެއްނު.. އެސްއެސް ނަގާ ސްޓޯރީއަށްލާ އަވަހަށް. ޓިޔަހުރީ ދެދުނިޔެ ދަސްވެފަ.
raajje
21 March 2025
އަސްތާ އަސްތާ އަޅުގަނޑުބުނިއެއްޗެއްގެމާނަމިވަނީ ވަރަށްގިނަ ބޭފުޅުންނަށްއޮޅިފަ، އަޅުގަނޑުބުނީ މިހާދިސާއަކީ ރޯންނުޖެހޭކަމެކޭ ނުވަތަ ދެރަނުވާނެކަމެކޭނޫން، ދުނިޔޭގައިއުޅޭއިރު ލޯބިވާމީހުން ވަކިވެދިޔުންފަދަހިތާމަތަކާ އެންމެންވެސްކުރިމަތިލާ، އަޅުގަނޑުބުނެފައި އެވަނީ އެކަމާ އަޑުންއަޑުނަގާ އަބަދުރޯކަށްނުޖެހޭނެޔޭ، އާޓިކަލްގައިވާ ހާދިސާއަށްވެސް އެތައްއަހަރެއްވެއްޖެ މިހާރު މިކަމާ އަޑުންއަޑުނަގާ ރުއިމަކީ ވަގުތުބޭކާރުކުރުން އަދި އަމިއްލަނަފުސައްޖައްސާބުރައެއް
raajje
21 March 2025
ޏާއްކޮ، ރާއްޖެ: އަޅުގަނޑުގެ އަނބިންނާ ދަރިންވެސް އެބަތިބި ٱلْحَمْدُ لِلَّٰهِ، އަޅުގަނޑު ބުނެފައިއެވަނީ ދަރިންމަރުވީމާ ނުރޯނެއެކޭނޫން، ނަމަވެސް އެހިތާމައިގަ އުމުރުގެ ބާކީދުވަސްތައް ބޭކާރުކޮށްނުލާށޭ، ރުއިމާ، މީހުންގެ މެދުގައި އަޑުންއަޑުނަގާރުއިމާމީތަފާތުދެކަމެއް، ގިނަމީހުންގެވިސްނުންހުރީ ދައްތައަކީމުސްކުޅިއެކޭ އެޔެކޭމިޔެކޭ ވާންޖެހޭގޮތަށްވުރެން ބޮޑަށްސިންޕަތީކޮމެންޓުފެންނަނީ! މީހަކުރޯރުއިމަކީ އެމީހާދަށްކާވާހަކައަކީ ތެދުކަމަށް ދަލީލުކޮށްދޭކަމެއްނޫން
raajje
21 March 2025
ލޮއްލަ: ލޮއްލައަށް އެނގޭތަ، ރިއެކުޝަނާއި ޕޮޒިޓިވު އަދި ނެގެޓިވު ރިޕުލައި ލިބެނީ އޮށްޓަރުހުރި ބާރުހުރި މާނަހުރި ކޮމެންޓުތަކަށް، މިގޮތުން މިއާޓިކަލްއަށް ކޮށްފައިވާ ކޮމެންޓުތަކުގެ ތެރޭން އެންމެގިނަ ރިއެކުޝަނާއި ރިޕުލައި ލިބިފައިވަނީ އަޅުގަނޑުގެ ކޮމެންޓަށްކަން އުފަލާއެކު ފާހަގަކުރަން، ބައްލަވާލައްވާ
ޛހގގ
21 March 2025
މީ ވަރަށް ރަހުމުކުޑަމީހަކު ކޮށްފަ އިން ކޮމެންޓެއް.. ދަރިޔަކު ލިބި މީހެއްގެ ނުބައިކަމުން އ ދަރި މަރުވެގެން ދިޔައިމަ މަޔެއް ގެ ހިތަށްކުރާނެ އަސަރު ތިކަހަލަ ރަހުމު ކުޑަ މީހަކަށް ނޭގޭނެ
ލޮއްލަ
21 March 2025
ލޮއްލަގެ ކޮމެންޓަށް ރާއްޖެ ދިން ރިޕްލައި އިންވެސް އެނގިގެންދޭ ކަލޭގެ ހުރި ބޮޑާކަމާ ޖާހިލުކަން. އިތުރަށް އެވެސްއެޗެއް ބުނާކަށް ނެތިން.
raajje
21 March 2025
ޛހގގ: ދެން އެނގޭމީހާ އަޅެބުނަލަދޭންވީނުން، މިރާއްޖޭގައި ކިތައްމަންމައިން އެބައިމީހުންގެ ދަރިންނަށް އަނިޔާކޮށް މަރައިފިތޯ؟ ކިތައްމަންމައިން ކުދިންވިހާފައި ކުޑަދަރިފުޅު ކުނިގޮނޑަށް ފާހާނާތައްޓަށް ނުވަތަ ދަޅަކަށްލާފައި އެއްލާލިތޯ؟؟ أَسْتَغْفِرُ اللَّٰهَ އެހެންވީމާ މަޔެއްގެހިތެކޭމިތާކުކިޔޭކަށްނެއްދޯ؟ ހެހެ
ވަރަށްހީވޭ
21 March 2025
ކަލޭ އާއިލާމީހަކު ނޫނީ ކަލޭ ބައްޕަ ކުރިކަމަކާ ހާދަވައްތަރޭ އަވަހަށް އެކުދިންގެ މަންމަ ބޮލަށް އެކުދިންގެ މަރުކަނޑާލަން ތިއުޅޭގޮތުން
ނޫދަރި
21 March 2025
ތީ ހާދަ ހިތްހަރު މީހެއް! އޭނަގެ އެންމެ ދަރިއެއް ނޫނޭ އެ މަރުވީކީ! ދަރިންގެ މަރުން މައިންބަފައިން ދުވަހަކުވެސް އަރައިނުގަނެވޭނެ!
ރަދީފްއޮފިޝަލް / ނަތަންޔާހޫ ހައްޔަރުކުރޭ
21 March 2025
ހާދަ ނުލަފާ ފިރިހެނެކޭ ދޯ.އާމިންދައިތަގެ ކެތްތެރިކަމަށް ސާބަސް.
ދަލޭކަ ދައިތަ
21 March 2025
އަޅައިގަންނަ ތަންކޮޅެއް. ކީއްވެބާ ދަރިފުޅާބެހިގެން ރަށުން ބާލަން ޖެހުނުމީހަކު އެއްޗަކަށް ޑިމާންޑް ކުރަންޖެހުނީ އެރަށުން ފައިބަން. މިކަމެއް ކުރިކަމަށް ބުނާމީހާ ބުނާއެއްޗެއްވެސް އެނގެންއޮތްނަމަ ރަނގަޅު.
ކައްދައިދީ
21 March 2025
އެންމެ ބޮޑަށް އަޅައިގަތް ތަންކޮޅު ތީ. ދެން ދަރިއާ ބެހުނު މައްސަލަ ނުޖެއްސީ ކީއްވެބާ
ޒައިކް23
21 March 2025
އެ ޒަމާނަކީ އެކަހަލަ ޒަނާނެއް.. 3 މީހުން އެކަނި އުޅުނީ ކުދިންނާއެކު.. ފަޅު ރަށެއް އެކަކުގެވެސް އަމިއްލަ ރަށެއް ނޫން.. އެހެންވީމަ ރަށުން ދާން ބުނީމަ އޭނާވެސް ޑިމާންޑެއް ކޮށްލީ އީޒީކޮށް ނުދާންވެގެން.. މިހާރުގޮތަށް އެފަދަ މައްސަލަތަކަށް މާ ސީރިއަސް ނަޒަރަކުން ބެލި ޒަމާނެއްވެސް ނޫން..
raajje
21 March 2025
ކައްދައިދީ: އޭރަށްބަލާއިރު ތީކީއަޅައިގަންނަކަމެއްނޫން، އޭރު ޖެންޑާއެއްނުހުރޭ ނުވަތަ ޖިންސީގޯނާއެއް ދަންނަމީހަކުނޫޅޭނެ، އޭރުއޮންނަނީ ގަދަމީހާގަދަވުން، "އަޑުގަދަމީހާގެ ރުއްގިނަވާއުސޫލުން" ކަންކަންވަމުންދިޔަޒަމާންއެއީ، މިހާރު ޖެންޑާއާ ޕޮލިހާ ޗަޔަލްޑު ޕުރޮޓަކުޝަންހުރިއިރުވެސް ކަންކަން ރަނގަޅަށްނުވާތަންމިފެންނަނީ، އެހެންވީމާ އޭރުގެ ހާލަތުވިސްނާ، ހަގީގަތުގައި ދުނިޔެފެށިގެން މިއަދާއަމައަށްވެސް ހިނގަމުންދާއުސޫލަކީ ބާރުގަދަމީހާ ގަދވުން، މިހާރުބާރަކީފައިސާ
ޙަސޭ
21 March 2025
އޭރު ދަރިއަކާބެހުނަސް ދާނެތަނެއްނޯވޭ. އެންމެން އުޅޭނީސިއްރުކުރަން. އިތުބާރުކުރާނީ ބޮޑާށް ފިރިހެނުންގެ ބަހަށް.
ދައިތަގެ ބޯ
21 March 2025
މި މީހުންގެ ކޮމަން ސެންސްވެސް ނުހުންނަނީތަ؟ އެ ދައްކަނީ އިއްޔެ ވީކަމެއްގެ ވާހަކައެއް ނޫން. މީގެ ވިހި ތިރީސް އަހަރު ކުރީގެ ވާހަކަ. ފޯނާއި މުވާސަލާތީ ގުޅުން ނެތް ޒަމާނެއްގެ ވާހަކަ، އަތޮޅު ތެރޭގެ ރަށެއްގައި ފުލުހުންނާއި ސިފައިން ނެތް ޒަމާނެއްގެ ވާހަކަ. އެޒަމާނުގައި ކުޑަކުއްޖަކާ ބެހުނުކަން ސާބިތުކޮށް ދިނުމަކީ ފަސޭހަ ކަމެއް ނޫން. އަދި ހަކުރުއަޑުބަޔަކަށް ޑިމާންޑް ކުރުމަކީ އޭރު ނުވާނެ ކަމެއްވެސް ނޫން.
ދެރަ
21 March 2025
އެއީ ކޮން ޒަމާނެއް މީ ކޮންޒަމާނެއް؟ ހުރިހާ ޒަމާނަކުވެސް ބާރު ހުންނަ މީހާގެ ބާރު ދައްކާ، ބަލި ކަށި މީހާ އިތުރަށް ބަލި ކުރުމަކީ ބައެއް އިންސާނުންގެ އާދައެއް. އެމީހުން އަބަދު މިވާހަކަ ދައްކާ، އިންސާފު ލިބޭގޮތެއް ނުވަނީ، އަދި އެކަން ކުރީ އެހެން ރަށެއްގެ މީހެއް. ޢެމީހާވެސް އެއްކަމެއްވެސް އޭނާއަށް ނުކުރެވޭތީ އެ ފޮނިކަޑާފަ އެހެރީ