ބޭނުންވާތަކެތި

150 ގުރާމު ކަނަމަދު (ކައްޗަށް ކޮށާފައި)

150 ގުރާމު ހަކުރު (މިކްސްޗަރުން މުގުރާފައި)

150 ގުރާމު ފުށް

1 މޭޒުމަތީސަމުސާ ބޭކިން ޕައުޑަރު

1 ސައިސަމުސާ ވެނީލާ އެސެންސު

2 ކުކުޅު ބިސް

1 މޭޒުމަތީސަމުސާ މާޖިރީން

½ ޖޯޑު ލެކުނޯ މިލްކް ނުވަތަ ޑަޗް ލޭޑީ މިލްކް

ހަދާނެ ގޮތް

ފުށާއި ޕޭކިން ޕައުޑަރު އެއްކޮށްފައި ފުރޭނުން. މާޖިރީނާއި، ބިހާއި، ހަކުރު އެއްކޮށްފައި ހޭންޑް މިކްސަރަކުން ގިރުން. ފުށާއި، ކިރު އެޅުން. އެ އަށް ފަހު، އަނެއްކާ ވެސް ގިރުން. ރަނގަޅަށް ގިރުމުން ކަނަމަދާއި ވެނީލާ އެސެންސު އެޅުމަށް ފަހު، ދެން ސަމުސަލަކުން ރަނގަޅަށް އެއްކޮށްފައި، ޓްރޭއަކަށް (ފުލުގައި ތެޔޮފޮދެއް ހާކާފައި) އެޅުމަށް ފަހު ފިހުން.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.