ރިޕޯޓް / އެޑްވަޓޯރިއަލް

ރައްޔިތުންނާ އެންމެ ގާތީ ހަންނާން، ތަފާތު ދައްކާނެ

ށ. ކޮމަންޑު އަށް އުފަން އަބްދުލްހަންނާން އިދުރީސްއަކީ މޯލްޑިވްސް ނޭޝަަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމުގެ ކުރިން ސިޔާސީ ކަންކަމާ ވަރަށް ދުރު ބޭފުޅެކެވެ. އުމުރުގެ 32 އަހަރު ހޭދަ ކުރެއްވީ ގައުމުގެ އެކި ދާއިރާތަކަށް ބޭނުންވާ މީހުން ބިނާ ކުރުމުގަ އެވެ. ފަސް ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމް އަދާ ކުރައްވަައި، ރައްޔިތުންނާ ވަރަށް ކައިރިން ތައުލީމީ ދާއިރާ އަށް ގިނަ ގުނަ ހިދުމަތްތައް ކޮށްދެއްވި އެވެ.

މިއަދު އޭނާ ނިސްބަތްވާ ކޮމަންޑޫ ދާއިރާ އިން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަނީ، ހަންނާން ވިދާޅުވާ ގޮތުގައި އޭނާ ގައުމަށް ކޮށްދެއްވި ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ދާއިރާ ތަރައްގީ ކުރުމުގެ އަޒުމުގަ އެވެ. އެކަމުގައި ހަންނާނަށް އިތުބާރު ކުރަންވީ ސަބަބެއް ކަމުގައި އޭނާ ވިދާޅުވަނީ ވެސް މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ނޫޅެމެވެ.

"ކޮމަންޑު އަށް ވާދަކުރާ އެހެން ކެނޑިޑޭޓުންނާ އަޅުގަނޑާ ތަފާތަކީ ސިޔާސީ ކިލަނބުކަމެއް ސިޔާސީ ގޮތުން ފަސް ބައި ހަޑިކަމެއް ނެތުން. ސިޔާސީ ގޮތުން ބަޔަކު ކިޔާނެ އެއްޗެއް ދައްކާނެ ވާހަކައެއް ނޯންނާނެ،" ހަންނާން ވިދާޅުވި އެވެ.

"ރައްޔިތުން ވާހަކަ ދެއްކީމަ އަޑުއެހުމުގެ ގާބިލްކަން އަދި އެ ވާހަކަތައް ހިފައިގެން ހައްލު ހޯދުމުގެ ހުނަރު އެބަހުރި ކަން މިހާރު ވެސް ވާނީ ސާބިތު ކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

ދާއިރާ އޮތީ މާޔޫސްވެފައި!

ކޮމަންޑު އަށް ވާދަކުރައްވަން ނިންމެވި ހިސާބުން ފެށިގެން ހަންނާން މިހާތަނަށް ވަނީ ދެ ބުރަށް ދާއިރާގެ ހުރިހާ ރަަށަކަށް ވަޑައިގެން، ރައްޔިތުންގެ ވާހަކަ އަޑުއަހައިފަ އެވެ. އޭނާ އަށް ފެނިވަޑައިގަތް މަންޒަރާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވިދާޅުވީ "ރައްޔިތުން ތިބީ ބޮޑެތި އުންމީދުތަކެއް ކޮށްގެން، އެއްވެސް ކަމެއް ހާސިލް ނުވެ މުޅިން މާޔޫސްވެފައި" ކަމަށެވެ.

ސަރުކާރުން ކޮންމެ ރަށެއްގައި ވެސް މަޝްރޫއުތަކެއް ހިންގުމުގެ ވާހަކަ ދައްކާ ކަމަށް ހަންނާނު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުން ބޭނުމީ ހަމައެކަނި ވާހަކަތަކަކަށް ވުރެ ބޮޑަށް އަވަސް ސްޕީޑެއްގައި މަސައްކަތް ކުރިޔަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް މިސާލަކީ ރަށުގެ ފަޅު ބޮޑު ކުރުމުގެ މައްސަލަ ކަމަށް ހަންނާން ވިދާޅުވި އެވެ. ކިރިޔާ ވެސް މޫސުން ގޯސްވެއްޖެ ނަމަ އެތަން ބޭނުން ނުކުރެވޭ ކަމަށާއި އެ މަސައްކަތް ލަސްވާތީ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ވެސް ވަރަށް ސްޕީޑް ލަސްކޮށް ދާ ތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

އެ އަތޮޅު މަރޮށީގައި ވެސް ފަޅު ބޮޑު ކުރާ ވާހަކަ ދައްކަ އެވެ. އެ މަސައްކަތް ވެސް ކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންގެ ނެތް ކަމަށް ހަންނާން ވިދާޅުވި އެވެ. ސިއްހީ މަރުކަޒު ވެސް ހުރީ ތިން މީހުން ބާއްވާއިރަށް ފުރޭ ހާލަތެއްގައި ކަމަށާއި މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ އިރު އެއަށް ވުރެ ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށް ހަންނާން ވިދާޅުވި އެވެ.

ކޮމަންޑޫގައި އެއާޕޯޓް އެޅުމަކީ މި ސަރުކާރު ރިޔާސީ އިންތިހާބުގައި ވީ ވައުދެއް ކަމަށް ހަންނާނު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުން ބަލަބަލާ ތިއްބާ އެ އަތޮޅު ކައިރީ އެހެން ތަނެއްގައި އެއާޕޯޓް އަޅާ ވާހަކަ މިހާރު ދައްކަމުން އަންނަ ކަމަށް ހަންނާނު ވިދާޅުވި އެވެ.

މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅާ ވާހަކައަކީ ވެސް އަބަދު ދައްކާލަ ދައްކާލަ އޮންނަ ވާހަކައެއް ކަމަށާއި ދުވަހަކު ވެސް ކަމެއް ކުރާތަން ނުފެންނާތީ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމަށް ހަންނާނު ވިދާޅުވި އެވެ.

"ދެ ކޮމަންޑޫ ގުޅާ ވާހަކަ އަބަދު އިވޭ، ރައްޔިތުންނަށް ދުވަހަކު ވެސް އެ މަންޒަރެއް ނުފެނޭ،" ހަންނާނު ވިދާޅުވި އެވެ.

ރައްޔިތުންގެ އަނެއް ކަންބޮޑުވުމަކީ ރަށް ވަށައި ހިއްކުމަށް ފަހު ބޭނުން ނުކުރާ މައްސަލަ ކަމަށް ހަންނާނު ވިދާޅުވި އެވެ. ވަށައި ވެލި އެޅިޔަސް އެތަން ތަރައްގީ ނުކުރާ ނަމަ އެއްވެސް ބޭނުމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެތަނުން ބިން ދޫކުރިޔަސް، ފްލެޓް އެޅުމުގެ ނިޒާމަށް ވިޔަސް ބޯޯހިޔާވަހިކަން ހޯދުމުގެ އުންމީދު ވެސް ރައްޔިތުން ކުރާ ކަމަށް ހަންނާނު ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމެއް ނުފެނޭ. އަޅުގަނޑާ ބައްދަލުވި ރައްޔިތުން ތިބީ އެކީ މާޔޫސްވެފައި،" ހަންނާނު ވިދާޅުވި އެވެ.

އެމްއެންޕީ އާއެކު ނަތީޖާ ނެރެވޭނެ!

ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ވެރިއެއް ގޮތުގައި ހުންނެވި ހަންނާނަކީ އެމްއެންޕީއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތް 200 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫޅެ އެމްއެންޕީ އާ ގުޅިވަޑައިގަތީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ނަތީޖާ ފެންނާނެތީ" އެވެ.

"އަޅުގަނޑަށް ކޮންމެ ސިޔާސީ ޕާޓީއަކާ ވެސް ގުޅުމުގެ ފުރުސަތު އޮތް. އަމިއްލަ ގޮތުން ވެސް މި އިންތިހާބަށް ވާދަ ކުރެވިދާނެ. އެކަމަކު އެމްއެންޕީގެ މިއޮތް ލީޑާޝިޕާ އެކު އަޅުގަނޑަށް ކަށަވަރު ވޭ ވަރަށް އަވަހަށް ދާއިރާ އަށް ހިދުމަތް ކޮށް ނަތީޖާ ނެރެވޭނެ ކަން،" ހަންނާނު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގައި އެމްއެންޕީން ކެމްޕެއިން ކުރަނީ-- ފޮޓޯ/އެމްއެންޕީ

ރައްޔިތުންނަށް ވައުދެއް ވުމަށް ފަހު އެކަންކަން ދިގުދެމިގެން ދާ ގޮތަށް ބަލަހައްޓަވައިގެން ހުންނަވަން ބޭނުން ނުވާ ކަމަށް ހަންނާން ވިދާޅުވި އެވެ. އެމްއެންޕީގައި ހުންނެވި، ރާއްޖޭގެ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުންނާ އެކު ދާއިރާގެ ކުރިއެރުމަށްޓަކައި ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ހަންނާން ގަބޫލު ކުރައްވަ އެވެ.

އެމްއެންޕީ އަކީ ގުޅިލާމެހިގެން ރައްޔިތުންގެ ފުދުންތެރިކަމާއި ފޯރުންތެރިކަން އިތުރުކޮށް، ހެޔޮ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ހަންނާން ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރު ނިސްބަތްވާ ޕާޓީ ނޫނަސް ޕާޓީގެ އެހީތެރިކަމާއި މެންބަރުގެ ހީވާގި ކަމާއެކު މަޝްރޫއުތައް ކުރިޔަށް ގެންދަން ކުރެވިދާނެ އެތައް ކަމެއް އެބަހުރި ކަމަށް ހަންނާނު ވިދާޅުވި އެވެ.

"ވަކިވަކި މަޝްރޫއުތަކާ ގުޅޭ ގޮތުން ކަމާބެހޭ މިނިސްޓަރު ކައިރިއަށް ގޮސް އެ މަޝްރޫއުތައް ކުރިޔަށް ދާ ގޮތް ބަލައި ރައްޔިތުންނާ ބައްދަލުކޮށް އެ ވާހަކަތައް ކިޔައިދޭ ކަމަށް ވާނަމަ ނަތީޖާ ފެންނާނެ، މަސައްކަތް ވެސް ކުރިއަށް ދާނެ،" ހަންނާން ވިދާޅުވި އެވެ.

ރައްޔިތުންގެ އިތުބާރު އެބައޮތް

ހަންނާން ވިދާޅުވި ގޮތުގައި އޭނާ ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ދުވަސްވަރަކީ އެތައް ޒުވާނުންތަކެއް ބިނާ ކުރުމަށާއި ރައްޔިތުންނަށް ހިދުމަތް ކޮށްދީ އިތުބާރު ހޯދަން ލިބުނު ފުރުސަތެކެވެ. ކޮމަންޑޫ ދާއިރާ އަށް ވާދަ ކުރައްވަން ނިންމެވުމާ އެކު އެ ދާއިރާ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަރުހަބާ އާއި ހިތްވަރު ދިން ކަމަށް ހަންނާނު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާ އާއި ސިޔާސީ ދާއިރާއަކީ ގިނަ މީހުން ހީނުކުރާ ގޮތްތަކަކަށް ގުޅިފައި އޮންނަަ ދެކަަން ކަމަށް އޭނާ ވިދާޅުވި އެވެ. ތައުލީމީ ދާއިރާގައި ބިނާ ކުރަނީ މީހުންނެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރާނީ ގައުމު ބިނާ ކުރުމަށެވެ. ދެ ދާއިރާއަކީ ވެސް ރައްޔިތުންނާ ވަރަށް ކައިރިން ހިދުމަތް ދީގެން ނޫނީ ރަނގަޅަށް ކުރި ނުހޯދޭނެ ދެ ދާއިރާއެއް ކަމަށް ހަންނާނު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް މަސައްކަތް ކުރީ ރައްޔިތުން ގޮވައިގެން. ބެލެނިވެރިންނާއި ދަރިވަރުން ޒުވާނުންނާއި ރަށުގެ އެންމެނަކީ ވެސް ރައްޔިތުން. މަދަރުސާއެއް ނުހިންގޭނެ މި އެންމެން ގޮވައިގެން ނޫނީއްޔާ. ޕްރިންސިޕަލަކަށް ރަނގަޅަކަށް މަސައްކަތެއް ނުކުރެވޭނެ ރައްޔިތުންގެ ހިޔާލަކާ ނުލައެއް،" ހަންނާނު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާ އަށް ވާދަ ކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓު ހަންނާނު-- ފޮޓޯ/އެމްއެންޕީ

އޭނާ ކޮންމެ ދުވަހަކު ވެސް ބައްދަލު ނުވާ މީހެއް ނުހުންނާނެ ކަމަށް ހަންނާނު ވިދާޅުވި އެވެ. ބެލެނިވެރިންނާއި ދަރިވަރުން އަދި ރަށުގެ އެތައް ޒުވާނުންނާ ކޮންމެ ދުވަހަކު ވެސް ބައްދަލުކޮށް އެކުގައި މަސައްކަތް ކުރައްވާ ކަމަށް ވެސް ހަންނާނު ވިދާޅުވި އެވެ. އެ ތަޖުރިބާ ބޭނުން ކުރައްވާނީ ގައުމު ބިނާ ކުރުމާއި ރަށުގެ ތަރައްގީއަށް ކަމަށް ވެސް ހަންނާނު ވިދާޅުވި އެވެ.

"ސިޔާސީ މައިދާނަށް ނިކުމެ ރައްޔިތުން ގޮވައިގެން އުޅުން، ނޫނީ ރައްޔިތުންނަށް ކަމެއް ކޮށްދިނުން، ގުޅުން ބަދަހި ކުރުމަކީ ދަސްކުރަން ޖެހޭ ކަމެއް ނޫން. ވަރަށް ފަސޭހަ އިން ސިޔާސީ މައިދާނުގައި ރައްޔިތުން ގޮވައިގެން އުޅެވިދާނެ،" ހަންނާނު ވިދާޅުވި އެވެ.

ށ. އަތޮޅާ ދޭތެރޭ ފުންކޮށް އަބަދު ވެސް ވިސްނަވާ، ދާއިރާ ކުރިއެރުވޭނެ ގޮތްތަކެއް ހޯއްދަވަން އޭނާ މަސައްކަތް ކުރައްވާ ކަމަށް ހަންނާނު ވިދާޅުވި އެވެ. ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެކަމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށާއި ސިޔާސީ ކުރިމަގު އޮތް ޕާޓީއެއްގެ ފަހަތުގައި ހުރެ ޒިންމާ ފުރިހަމަ އަށް އަދާ ކުރެވޭނެ ކަމަށް ހަންނާނު ވިދާޅުވި އެވެ. ނަތީޖާ ދައްކަން ރައްޔިތުންގެ ފަރާތުން ހަންނާނު ބޭނުން ވަނީ ވޯޓެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ ކުރިއަށް އޮތް، ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަންގެ ކެންޑިޑޭޓުންނަށް އަމާޒުކޮށް، "މިހާރު"ން ތައާރަފުކޮށްފައިވާ ކެމްޕޭން ޕެކޭޖްގެ ތެރޭގައި ހިމެނޭ އާޓިކަލްއެކެވެ.

20 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތިމަތު މުޙައްމަދު

18 January 2022

ޙަންނާނު އަކީ ވަރަށް ފޮނި މީހެއް. ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނުހުންނާނެ. ހަންނާނު ރަގަޅަހ އެގޭތީ މިހެން މިބުނި

The name is already taken The name is available. Register?

މަރޮށި އަލީ

12 January 2022

ގޮނޑި ކާމިޔާބު ނުކުރެވެންވީ ސަބަބެއްނެތް. ނުކެވެންވީސަބަބަކަށް އޮތަށް އޮތީ ފާޅުގަރައްދުދިނަސް އަގައިން ބުނަށް ނުކެރޭވަރަށް ދަށުވެފައި ހުރުން.

The name is already taken The name is available. Register?

9282ު2ޖ2ޮއ

11 January 2022

ހަންނާނޫ...ހުޅުދުއްފާރު މިސްވޭތަ

The name is already taken The name is available. Register?

ޑޮޓޭ

11 January 2022

މަށަކަށް ނޭނގުނު ހަމަ އެއްގޮތަކަށްވެސް ޔޫސުފް ޝަފީއު އާއި މަނިކުމެން ގޮވައިގެން ގޮސް ވަކި އިތުރުވާނެ ވޯޓެއް

The name is already taken The name is available. Register?

ހޮޅި އަބުޅޯ

11 January 2022

ތިވިދާޅުވާ ތަރައްގީއަކީ މެންބަރަކަށް ކުރެވޭނެ ކަންތަކެއްނޫން އެއކަން ކުރެވޭނީ ސަރުކާރަށް? ސަރުކާރު ކެންޑިޑޭޓަށް ވޯޓްދީ

The name is already taken The name is available. Register?

އަލިބޭބެ

11 January 2022

(ޕްރޮޖެކްޓްތައް ކުރިއަށްދާލެއް ލަސްކަމުން، ނަތީޖާނެރެވޭނެ ކަމުގެ ޔަޤީން ކަމުގައި،) މަށަށް އޮޅިއްޖެ! ހަންނާނު ކޮންކަމަކާ ތަ ހަވާލުވާން މިއުޅެނީ؟

The name is already taken The name is available. Register?

ހުސޭނު2022

12 January 2022

ވެދާނެ ޕްރޮޖެކްޓް އޮފިސަރަކަށް ކަމަށް

The name is already taken The name is available. Register?

ހަންނާނު

12 January 2022

ޕްރޮޖެކްޓް ސެކްސަނާއި.. ނަމުން ޤާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައިގެން މިއުޅެނީ..

The name is already taken The name is available. Register?

ނާމްދި ކާނޫ

11 January 2022

އެހެން ދެއްތޯ! ހުރިހާ ބޭފުޅުންވެސް ހަމަ ދައްކަވަނީ ތިވާހަކަ މަގާމަށް އަންނަންދެކަ!

The name is already taken The name is available. Register?

މޫސާ މުސްތަފާ

11 January 2022

ސަރުކާރު ކޮޅުގައި 65 ގޮނޑި ވީ ކޮންކަމެއް، ހަންނާނު ތިޔަކަމުގައި ކުޅަދާނެވާނެ

The name is already taken The name is available. Register?

މަދީހު

11 January 2022

ޙަންނާނު އެއީ ކޮމަންޑޫ ދާއިރާގެ ތިޔަ ގޮނޑިއަށް އެންމެ ގާބިލު ކެނޑިޑޭޓު، ދޮގު ނަހަދާނެ، އިލްމީ ގާބިލު އެކި ތަފާތު ތަޖުރިބާކާރުންނާ އެކު މަސައްކަތް ކުރެވޭނެ ކެނޑިޑޭޓެއް

The name is already taken The name is available. Register?

ފޯކައިދޫ ހަސަނު

11 January 2022

ހައްނާނު ނޫނީ ނެތް ތާކުންތާކުޖެހޭ މީހަކު ކުރިމަތި ލައިފައެއް. ރާޑޯއަކީ ސިޔާސީ ގޮތުން ބަފައިކަށަވަރުނުވާ އަބަދުވެސް ހިހޫ ތަނުން ކައިގެން އުޅޭ މީހެއް. މައުމޫނު އިރުގަ ޑީއާރުޕީ، ޔާމީނު އިރުގަ ޕީޕީއެމް، މިވެރިކަމުގަ އެމްޑީޕީ، މީނާ ލަދު ގަންނަން ޖެހޭނެ މިގޮނޑައަށް ކުރިމަތިލާންވެސް، ، އެހެންވީމަ ކޮންމެ ޕާޓީއަކުން ކުރިމަތިލާފަ ހުއްޓަސް މިފަހަރު ހަންނާނު ނޫން ގޮތެއްނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454