ރިޕޯޓް / ފުލުހުން

ރައްޔިތުން ނުކުމެ ގަންހިންގާ ހިސާބަށް ދިޔައީތަ؟

ފުލުހުންގެ މައި އިދާރާ: ހިއުމަން ޓްރެފިންގައި އުޅުނު މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ތިން ވަނަ ފަހަރަށް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން، މާލޭގެ ގެއަކުން ވައްކަން ކުރަނިކޮށް ފަޅާ އެރުމުން އޭނާ މަގުމައްޗަށް ނެރެ އާންމުން އޭނާ މަގުމަތީގައި ބަރަހަނާކޮށް މަގުމަތީގައި ދަމަމުން ދިޔަ އެވެ. ކަރުގައި އޭނާ އަކީ "ބޮޑު ވަގެއް" ކަމަށް ބުނާ ލިޔުމެއް އަޅުވާފައި ހުއްޓެވެ. ހުރީ ގޯނިގަނޑެއް އެލުވައިފަ އެވެ.

އެހެން ނުހެދުމަށާއި އޭނާ ފުލުހުންނާ ހަވާލުކުރުމަށް ބައެއް އާންމުން ގޮވަމުން ދިޔަ އެވެ. ޚުދު އޭނާ ވެސް ރޮމުން އެދެމުން ދިޔައީ އޭނާ ފުލުހުންނަ ހަވާލުކުރުމަށެވެ. އޭނާ ދުވަމުން ދުވަމުން ގޮސް، އެންމެ ފަހުން ފުލުހުންނާ އަމިއްލަ އަށް ހަވާލުވީ އެވެ.

އޭރުން ފެށިގެން އެކަހަލަ ކިތަންމެ ހާދިސާއެއް ހިނގައިފި އެވެ. ވައްކަންތަކުގެ އިތުރުން ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކާއި ޒިނޭގެ މައްސަލަތަކާއި އެފަދަ އެހެނިހެން މައްސަލަތަކުގައި ވެސް، ކުށުގެ ވެހިން ކަމަށް ބުނެ، މަގުމައްޗަށް ނެރެ އާންމުން އޭނާ އަށް ތަނެއްދޮރެއް ބެލުމެއް ނެތި އަނިޔާ ކުރާ މަންޒަރު ވަނީ އާންމުވެފަ އެވެ.

ސަބަބަކީ، އާންމުން ދެކޭ ގޮތުގައި އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ ހިތުގައި ނެތުމެވެ.

ކ. ދިއްފުށީގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ގަދަކަމުން ގެއިން ނެރެ އޭނާ ގައިގައި ތިން ގަޑިއެއް ހާއިރު ވަންދެން ތަޅައި އަނިޔާކުރި އެވެ. އެކަން ހުއްޓުވަން ދިޔަ ފުލުސް މީހާ ގައިގައި ވެސް ތަޅައިގަތެވެ.

ޓިއުޝަން ދޭން ގޮސް ކުޑަ ކުއްޖަކަށް ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދެއްކި ކަމުގެ ތުހުމަތުގައި ބަޔަކު ޓީޗަރެއް ހޯދަން ނުކުތެވެ. އޭނާ ދިރިއުޅެމުން އައި ހިޔާ ފްލެޓުން ނެރެ، ރުކެއްގައި ބަނުމަށް ފަހު އަތް ފައިން އޭނާގެ ގައިގައި ތަޅައި އަނިޔާ ކުރުމަށް ފަހު ކުށަށް އިއުތިރާފު ވާން ގޮވަމުން ދިޔަ އެވެ.

ގެއަކަށް ވަތް ވަގު ބޮލުގައި ކޯރާޑިއަކުން ޖަހައި ލޭ އޮހޮރުވާލައިފި އެެވެ. މާރުކޭޓަށް ވައްކަން ކުރަން ވަތް އެޑިކްޓެއް ހިފައި އެންމެން ވެގެން ތަޅައި އަނިޔާ ކުރުމަށް ފަހު މޫދަށް އެއްލައިލި އެވެ.

މަސް މާރުކޭޓުގައި މީހެއް ގައިގައި ތަޅައި އަނިޔާ ކުރަނީ

ދައުލަތަށް މައްސަލަ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ އެންމެން ވެސް އިންސާފު އަމިއްލަ އަތް މައްޗަށް ނަގާ ތަނެވެ! މުއައްސަސާތަކަށް ކުޑަ ވެސް އިތުބާރެއް ނެތެވެ!

"ސަރުކާރު ފެއިލްވެ، ގާނޫނު ތަންފީޒު ނުކުރެވެންޏާ ރައްޔިތުން ނުކުމެ މަގުމަތިން ހުކުމް ކޮށް އަޒުލު ކުރުން ގިނަވާން ފަށާނެ. މިއީ މިކަން ދާން ޖެހޭ ގޮތެއް ނޫން. އެކަމަކު މައްސަލަތައް ނުބެލި ލަސްވުމުގެ ޒިންމާ ނަގާނީ ކޮން ބަޔަކުތޯ؟" އެ މައްސަލާގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.

މިއީ މިކަން ދާން ޖެހޭ ގޮތެއް ނޫން. އެކަމަކު މައްސަލަތައް ނުބެލި ލަސްވުމުގެ ޒިންމާ ނަގާނީ ކޮން ބަޔަކުތޯ؟ -- އާންމު ރައްޔިތެއް

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި އަދުލު އިންސާފު ހޯދައިދިނުމުގެ އިސްލާހީ އެޖެންޑާތައް ހިފައިގެން އެތައް ސަރުކާރެއް އަތުވެއްޖެ އެވެ. މިފަދަ މައްސަލަތައް ދަނީ ހުއްޓުމެއް ނެތި އިތުރުވަމުންނެވެ. އަނިޔާވެރިކަން ދަނީ ބޮޑުވަމުންނެވެ.

މުއައްސަސާތަކުގެ އިތުބާރު އާންމުންނަށް މިހާ ބޮޑަށް ގެއްލުނީ ކީއްވެތޯ ސުވާލު އުފައްދާލަން ޖެހެ އެވެ. އެ ނޫނީ މި އުޅެނީ ސިސްޓަމްގެ މައްސަލައެއް ނަމަ އެކަން ވެސް ބަލަން ޖެހެ އެވެ.

މީހަކު ރުކެއްގައި އައްސާފައި އަނިޔާ ކުރަނީ

"މެތު ނަގައިގެން ހުރި މީހެއް ގައިގައި ކިތަންމެ ވަރަކަށް އާންމުން ތެޅިިޔަސް މޫދަށް ލިޔަސް، ގެންބިޔަސް މާ ބޮޑު އެއްޗެއް ހިތަކަށް ނާރާނެ. ޖެހިގެން އަންނަ ދުވަހު ވެސް އޭނާ ނުކުންނާނެ،" މިދިޔަ ހޮނިހިރު ދުވަހު މާރު ކޭޓު ސަަރަހައްދުން އަނިޔާ ކުރުމަށް ފަހު މޫދަށް އެއްލައިލި މީހާގެ މައްސަލަ އަށް އިޝާރަތް ކުރައްވައި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން "މިހާރު" އަށް ވިދާޅުވި އެވެ.

"ރުޅި އަންނާނެ ކަން އެނގޭ. އެކަމަކު އެއީ ހައްލެއް ނޫން. ހައްލަކީ ގާނޫނު އަތަށް ނެގުމެއް ނޫން. ކިތަންމެ ވަރަކަށް ތެޅިއަށް ހައްލެއް ނުވާނެ. އޮތް ގޮތަކީ ފަރުވާ ދިނުން،" އޭނާ ވިދާޅުވި އެވެ.

ރުޅި އަންނާނެ ކަން އެނގޭ. އެކަމަކު އެއީ ހައްލެއް ނޫން. ހައްލަކީ ގާނޫނު އަތަށް ނެގުމެއް ނޫން -- މުހުތާޒު

މުހުތާޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެކި ކުށްތަކަށް އަރައިގަންނަ މީހުންގެ ބޮޑު ޕަސެންޓޭޖަކީ މަސްތުވެގެން ތިބެ ކުށް ކުރާ މީހުންނެވެ. މީހުން މަގުމައްޗަށް ނިކުމެ ކުށްވެރިންނަށް އަނިޔާ ކުރުމާއި އެފަދަ ކަންކަން ހުއްޓުވޭނީ މަސްތުވާތަކެތީގެ މައްސަލަ އާއި އިޖްތިމާއީ އެހެނިހެން މައްސަލަތައް ހައްލު ކޮށްގެނެވެ.

އެކަންކަން ހުއްޓުވަން ރާއްޖޭގައި މިހާރު ޕްރެކްޓިސް ކުރާ ނިޒާމާއި އޭގެ ދަށުން ހަދާފައި ހުރި ގާނޫނުތައް ރަނގަޅު ކަމަށް މުހުތާޒު ވިދާޅުވި އެވެ. މައްސަލައަކަށް ވެގެން އުޅެނީ ނިޒާމް ހިންގަން ނޭންގުމާއި ހަވާލުވެ ތިބި މީހުންގެ ނާގާބިލް ކަމެވެ.

"އެއްވެސް ޕޮލިޓިކަލް ވިލް ޕަވާއެއް ނެތް. އެންޑީއޭ ފެއިލް. އެތަނާ ހަވާލުވެ ތިބި އެންމެން ފެއިލް،" މުހުތާޒް ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ބައެއް އެހެން ވަކީލުން ވެސް ވިދާޅުވި ގޮތުގައި ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ އާންމުން މިހާރު އެއްވެސް ކަމެއް ނުކޮށް ބަލަހައްޓައިގެން ތިބޭނެ ކަންކަމެއް ނޫނެވެ.

އާންމުންގެ އަތުން ދޫވާ ހިސާބުން އެ މީހަކަށް ލިބެން ޖެހޭ ހައްގު އަދަބު ވީއެންމެ އަވަހަކަށް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ދެތިން ދުވަހު ގޮޅީގައި ބެހެއްޓުމަށް ފަހު ދޫ ވެސް ކޮށްލަފާނެ އެވެ. އެއްވެސް ކޯޓަކުން ކަމެއް ރަނގަޅަށް ނިމޭނެ ކަމަށް ރައްޔިތުން އިތުބާރެއް ނުކުރެ އެވެ.

"މައްސަލައަކީ ފުލުހުންނެއް ވެސް ނޫން. މުޅި ދައުލަތް އޮތް ހާލަތު. މިއަދު މީހަކު ބަނދު ކުރިޔަސް ޖަލުގައި ޖާގައެއް ނެތް ކަން ފުލުހުންނަށް ރަނގަޅަށް އެނގޭ. ދެން ދޫކޮށްލަން ޖެހޭނީ ޕެޓީ ރޮބަރީ ކޭސްތައް. އޭނަ އަނެއްކާވެސް ދާނީ އާންމުންގެ ގޭގެއިންނާ ފިހާރަތަކުން އެއްޗެހި ކޮޅު ނަގަން،" ވަކީލަކު ވިދާޅުވި އެވެ.

"އާންމުންގެ ފަރާތުން އެ ފެންނަނީ ދެވަނަ ފަހަރަށް ކައިރިވާން ނުކެރޭ ވަރު ކޮށްލުން. އެއީ ވަރަށް ނުރައްކާތެރި ހިސާބަކަށް ގައުމުގެ ކަންކަން ދިޔުން،" އޭނާ ވިދާޅުވި އެވެ.

"މިހާރު ހައްލު ނުކޮށްފިއްޔާ ވަރަށް ގޯސްވާނެ"

ދައުލަތުން އަދާ ކުރަން ޖެހޭ ޒިންމާ އާންމުން މަގުމައްޗަށް ނުކުމެ އަމިއްލަ އަތަށް ނަގައިފި ނަމަ ކަންކަން ނިމޭނީ ރަނގަޅަކަށް ނޫން ކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ވެސް ވަނީ އެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އާންމުން ނުކުމެ ގާނޫނު ތަންފީޒު ކުރާ މައްސަލަ. މިހާރު އެޑްރެސް ނުކޮށްފިއްޔާ ވަރަށް ބޮޑު މައްސަލައަކަށް ވާނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އާންމުން ނުކުމެ މީހުންނަށް އަނިޔާ ކުރަން ދޫކުރެވިގެން ނުވާނެ އެވެ. އެކަން ކުރާ މީހުން ހުއްޓުވައި ފިޔަވަޅު އަޅަން ޖެހެ އެވެ.

އާންމުންގެ އެ ފްރަސްޓްރޭޝަން ހުންނަނީ ނިޒާމުގެ ފިޔަވަޅު އެޅުން ލަސްވާތީ ކަމަށް ޝަމީމް ގަބޫލު ކުރައްވަ އެވެ. އެހެން ނަމަވެސް އޭގެ ހައްލަކީ އާންމުން ނުކުތުމެއް ނޫން ކަމަށާއި ނިޒާމުގެ ތެރެއިން މައްސަލަތައް ހައްލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް، އެ މައްސަލައިގެ ތަފްސީލު ހިއްސާކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޖީ ޝަމީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންނަށް ދައުވާ ކުރެވިދާނެ. އެކަމަކު ކޯޓުން މައްސަލަ ނިމޭ ވަރަކަށް ނަތީޖާ ފެންނާނީ." ޝަމީމް ވިދާޅުވި އެވެ.

ނިޒާމުގައި އާންމުން އިތުބާރު ގެއްލޭ ގޮތަށް ކުރިން ހުރި ވަރަށް ގިނަ ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ނޫސްތަކުގެ ހެޑްލައިނަށް ގިނަ ފަހަރަށް އަރާނީ މައްސަލައެއް ސާބިތު ނުވެގެން ދޫކޮށްލާ ހަބަރު ކަމަށާއި ނަމަވެސް އެއީ 100 ކޭސްގެ ތެރެއިން ސާބިތު ނުވާ 20 ކޭސް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވެސް ދައުވާ ކުރަން ފޮނުވާ ކުށްތައް ސާބިތުވާ މިންވަރު 70-80 ޕަސަންޓާ ދެމެދުގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އެއް މިސާލަކީ ކުޑަ ކުދިންނާ ބެހޭ މައްސަލަތައް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެފަދަ މައްސަލަތައް ހުށަހެޅޭ މިންވަރާއި ދައުވާ ކުރަން ފޮނުވައި ކޯޓުގައި ކާމިޔާބު ވާ ވަރު ވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ އެފަދަ މައްސަލަތަކުގައި މިހާރު ސަރުކާރުން ދޫ ނުދޭނެ ކަމާއި ކުށް ކުރާ މީހާ އަށް ސަލާމަތް ވާން އުނދަގޫ ވާނެ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަ ކުއްޖަކާ ބެހިގެން ގޮސްފިއްޔާ މިހާރު ރައްޔިތުންނަށް ވެސް ގަބޫލު ކުރެވޭނެ އުނދަގޫވާނެ ކަން ނިޒާމްގެ ތެރެއިން ނިކުންނަން،" ޝަމީމް ވިދާޅުވި އެވެ.

ކުށްވެރިން ހިފަހައްޓައިގެން އަނިޔާ ކުރުން ހުއްޓުވާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެ މައްސަލަ ބޮޑޫވެގެން ފުލުހުން ޓުވީޓު ކުރި ނަމަވެސް މިފަހުން ހިނގި އެއްވެސް މައްސަލައަކާ ގުޅިގެން އަނިޔާ ކުރި މީހެއް ހައްޔަރު ކުރި ކަމެއް ނުވަތަ ފުލުހަށް ހާޒިރު ކުރި ކަމެއް ވެސް ސާފެއް ނުވެ އެވެ.

އެންމެ ފަހުން މާރުކޭޓު ދޮށުގައި މީހެއް ގައިގައި ތަޅައި މޫދަށް އެއްލައިލި ހާދިސާގައި ވެސް އެ ސަރަހައްދަށް އެޓެންޑުވި ފުލުސް މީހާ ވެސް އޭނާ ރުޅި އައިސްފައި ތިބި އާންމުންތަކެއްގެ ކުރިމަތީ ބަހައްޓައިގެން "އަތުގައި އޮތީ ކޯއްޗެއްތޯ" އާއި އެހެން ސުވާލުތައް ކުރި އެވެ. އެއީ އެތަނުގައި ތިބި އާންމުން ބޭނުންވި ގޮތަށް ފުލުހުން އަމަލު ކުރުމެވެ. ހަގީގަތަކީ އޭނާ ވަގުތުން އެތަނުން ވެހިކަލަށް އަރުވައިގެން ގެންދަން ޖެހެ އެވެ.

އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތިއްޔާ ރައްޔިތުން ދެން ވެސް ނުކުމެ ގަން ހިންގުވާނެ އެވެ. އަމިއްލަ އަށް އަދަބު ދޭނެ އެވެ. ކުށެއް ކޮށްގެން ފަސޭހައިން ސަލާމަތް ނުވެވޭނެ ކަމާއި އެކަށީގެންވާ އަދަބު ލިބޭނެ ކަން ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާ އެވެ. އަނިޔާ ކުރާ ފަރާތްތައް ހުއްޓުވައި އެކަށީގެންވާ ފިޔަވަޅު އަޅަން ފެށުމުން އެކަން ވެސް ހުއްޓުވޭނެ އެވެ.

21 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަން

30 August 2022

މެތް ނަގާމީހާ މެތް ނަގަނީ އެނގިހުރެ! އެހެންވީމަ މެތް ނަގާމީހުންނަށް ފިލާވަޅެއް ދޭންޖެހޭ!

The name is already taken The name is available. Register?

ޙައްބޭ

29 August 2022

ގަނޫނު ތަންފީޒު ނުކުރެވުން. އަދަބު ނުދެވުން. ހަމަހަމަކަން ނެތުން. ބޮޑެތި މީހުންނަށް ގާނޫނު ނުހިގުން. މިދައްކަނީ ދިރޭ މިސާލެއް. އެއްޖިންސުގެ ގުޅުން ހިންގި އަލަމްގީރަށް ދައުވާކުރަން ފެނުނީ ކުށާގުޅޭ ގާނޫނަކުން ނޫން. 9 މަހުގެ ހުކުމެއް އަންނަ ގާނޫނުލް އުގޫބާތުން. އެންމެ ފަހުން ކުށާނުގުޅޭ ދައުވާޔަކަށްވެ މައްސަލަ ކޯޓުން ބޭރުކޮށްލާނީ. މީގެ ބޭނުންވެސް އެނގޭ. ހަމަކަންނެތި ވަކިބަޔަކު ގާނޫނުން މަތީގައިި ތިބުން.

The name is already taken The name is available. Register?

ޥަކީލު

29 August 2022

"އަޅުގަނޑުމެންނަށް ދައުވާ ކުރެވިދާނެ. އެކަމަކު ކޯޓުން މައްސަލަ ނިމޭ ވަރަކަށް ނަތީޖާ ފެންނާނީ." ދައުވާ ކުރަނީ އަމާބުނީތީ ކުރާހެން.

The name is already taken The name is available. Register?

ދެބެންގެދަރި

29 August 2022

ޕެރަލައިޒް ކޮށްފައި މި އޮތީ ހުރިހާ މުންކަރާތްތައް 'ނޯމަލައިޒް' ކުރަން. މި ސްޓޭޖުގައި ވާނެ ހައެތި ވާނެ. ކަންވެ ނިމުނީމާ އެންމެން ކުއްވެރީންނަށްވެ ނިމޭނެ. އެންމެން ޖަލަކަށް ނޭޅޭނެ.

The name is already taken The name is available. Register?

ސުހާނާ

29 August 2022

އަހަރެމެން އަބދުވެސް އަދި ދިވެހިން އަބަދުވެސް މީހުނަށް އަނިޔާކުރުމާ ދެކޮޅު، ނަމަވެސް އެމް.ޑީ.ޕީ ސިޔާސަތަކީ ކުށްވެރިން ހިމާޔަތް ކުރުން، ފާޑެއްގެ ހިޔުމަންރައިޓްސް އޭ ކިޔައިގެން. ފެއިލްވެފައިވާ ސަރުކާރަކުން އަބަދުވެސް ފެންނާނީ މި ސިފަަ.

The name is already taken The name is available. Register?

ޔާޔާ

29 August 2022

އަދުލް ނެތި އަޒުލްވެދަނީ. ހަފުސް ވެ މިޖީލު ދަނީ.

The name is already taken The name is available. Register?

ކްރޫސް

29 August 2022

ތިކަން ތިމަގަށް އޮތްއިރު ސަރުކާރުގެ ވެރިން އަނގަ ފުޅާކޮށް ކަރުގެ ނާރުތައް ފުއްޕާފަ ބުނަނީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް މަދުވެ ގައުމުގެ އަމާންކަން ގާއިމުވެހެން ދިޔައީ ފާއިތުވި 4 އަހަތެރޭގަޔޯ. ހިތުން ރައްޔިތުން ގުނބޯ ހައްދަން.

The name is already taken The name is available. Register?

ބަޑިތަކުރު

29 August 2022

އިޖްރާއީ ޤޫނޫނުތައް ހަދައިގެން ޤާނޫނުގެ ތޮއްޑުދަށުން ބޭނުންވާ މީހާ ދުއްވާލެވޭނެ ހުރިހާ ގޮތެއް ހަދާފައި އޮތީމާ ދޫކޮށްލަން ބޭނުންވާ މީހުން ދޫކޮށްލަން ބޭނުންވާ ފަހަރު ދޫކޮށްލެވޭނެތާއެވެ. މިހާރު ކަންހިނގާ ގޮތުން އަލަންގީރުގެ މައްސަލައިގައިވެސް އެ ޢަމަލު ހިންގި މީހުންގެ ހުއްދަ ނެތި ވީޑިއޯކޮށްފައިވާތީ އެ ވީޑިޔޯވެސް ގަބޫލުނުކުރެވިދާނޭ ހީވާކަހަލައެވެ.

The name is already taken The name is available. Register?

ބަޖިޔާލެއް

29 August 2022

ފުރަތަމަ ހުސައިން ޝަމީމް އޭނަގެ މުވައްޒަފުންގެ މެދުގަ އިންސާފު ގާއިމު ކޮށްބަލަ. އޭނަ ހިތް ނުރުހޭ މީހުން ބާކީ ކޮށް ބުނި ގޮތަކަށް ސިޔާސީ ދައުވާ ކުރާ މީހުން އަންބޮނޑިއަށް ލައިގެން ތިއުޅެނީ. ނުވަންޔާ އިސްތިއުފާ ދީފަ ގޭގަ ދަރި ބަލަން އޮވެބަލަ

The name is already taken The name is available. Register?

އަލީލީ

29 August 2022

ޔާޔާ ނަބީލް ޓިކް ޓޮކުގަ އޮރިޔާން ވާއިރު ފުލުހުން ކުޅި ބަލަން. ދީނީ ކުއްޖެއްގެ ފަރާތުން ކުށެއް ފެނިއްޖެއްޔާ ވަގުތުން އުފުރާލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454