ރިޕޯޓް / ޓީޗަރުންގެ ދުވަސް

ޑިންގީގައި ކޮންމެ ދުވަހަކު ސްކޫލަށް: މިއީ އަޒުމް ވަރުގަދަ ޓީޗަރެއް!

ކޮންމެ އާދީއްތަައަކުން ބުރާސްފައްޗާ ހަމައަށް، އެންމެ ދުވަހެއް ވެސް ވައްޓާނުލައި ފަޅުތެރެއިން ލާފައި އެ ކުޑަ ޑިންގީގައި މުއްޔަށް ދަތުރު ކުރަނީ ދޭ އަތްވަކަށް ވިއްސާރަ އަށް ބެލުމެއް ނެތި އެވެ. ޝަމްހާ ގަޑިއަށް ވަޒީފާ އަށް ގެންދަން ކުރާ ދަތުރުގައި އެ ދެބަފައިން ތަޖުރިބާ ނުކުރާ މޫސުމެއް ނެތެވެ.

ކޮންމެ ދުވަހަކު ޝަމްހާ ޔޫސުފް ވަޒީފާ އަށް ދާން ހޭލަނީ ފަތިހު އެވެެ. ހޭލައިގެން ގޭތެރޭގެ މަސައްކަތްތައް ނިންމައި، ތައްޔާރު ވަނީ ފަޅު ހުރަސްކޮށްފައި މ. ނާލާފުށިން އެ އަތޮޅު މުއްޔަށް ދާށެވެ. ނާލާފުއްޓާ އެއް ފަޅެއްގައި އޮންނަ މުލީގައި އަދާ ކުރަން ޖެހޭ ޒިންމާދާރު ވަޒީފާއަކާއި އެ ވަޒީފާއާ އެކު އަންނަ މުހިންމު ވާޖިބުތައް ހުރުމުންނެވެ. އޭނާ އަކީ މުލީގައި ހުންނަ މ. އަތޮޅު ސްކޫލްގެ ގްރޭޑް 1،2،3،4ގެ ދަރިވަަރުންނަށް ކިޔަވައިދޭ ޓީޗަރެކެވެ.

ޝަމްހާ އޮފީހަށް ދާން ތައްޔާރުވެ ގެއިން ނުކުމެގެން ބަނދަރުމައްޗަށް ދާއިރު، އޭނާގެ ބައްޕަ ޔޫސުފް ނައީމް ކުރަމުންގެންދާނީ މުއްޔަށް ކުރާ ދަތުރަށް ޑިންގީ ތައްޔާރުކޮށް ބަނދަަރު ކައިރިއަށް ގެންދިޔުމުގެ މަސައްކަތެވެ. ކޮންމެ އާދީއްތަައަކުން ބުރާސްފައްޗާ ހިސާބަށް އެންމެ ދުވަހެއް ވެސް ވައްޓާނުލައި ފަޅުތެރެއިން ލާފައި އެ ކުޑަ ޑިންގީގައި މުއްޔަށް ދަތުރު ކުރަނީ ދޭ އަތްވަކަށް ވިއްސާރަ އަށް ބެލުމެއް ނެތި އެވެ. ޝަމްހާ ގަޑިއަށް ވަޒީފާ އަށް ގެންދަން ކުރާ ދަތުރުގައި އެ ދެބަފައިން ތަޖުރިބާ ނުކުރާ މޫސުމެއް ނެތެވެ.

ފަސް ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ނާލާފުށީގައި، ވަރަށް ފަހަކާ ޖެހެންދެން ތައުލީމު ހާސިލު ކުރެވެނީ ގްރޭޑު ފަހަކާ ހިސާބަށެވެ. އެ ރަށުގައި ގްރޭޑު 6،7 އަށް ކިޔަވައިދޭން ފެށީ މިދިޔަ ދެ އަހަރުގެ ތެރޭގަ އެވެ. އެއާ ހިލާފަށް ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މުއްޔަކީ އޯލެވެލް ފެންވަރަށް ކިޔަވައިދޭ ސްކޫލެއް އޮންނަ ރަށެކެވެ. އެހެންވެ، ނާލާފުށީގެ ދަރިވަރުން ވަކި ހިސާބަކުން ސްކޫލަށް ދާން ޖެހެނީ މުއްޔަށެވެ.

ނާލާފުށީގެ ދަރިވަރުން މުއްޔަށް ގެންދަން ހާއްސަކޮށް ސްކޫލު ފެރީއެއް އޮވެ އެވެ. ދެހާސް ދިހަ ވަނަ އަހަރު ފެށި އެ ފެރީއިން މިހާރު ވެސް ތިރީހަކަށް ދަރިވަރުން ކޮންމެ ދުވަހަކު މުއްޔަށް ދަތުރު ކުރެ އެވެ. ޝަމްހާއަކީ ވެސް ތައުލީމީ ހަޔާތުގައި އެތައް އަހަރެއް ވަންދެން އެ ފެރީގައި ދަތުރު ކުރި އެކަކެވެ.

ޝަމްހާ ޔޫސުފް އޭނާގެ ބައްޕައާއެކު ނާލާފުށިން މުއްޔަށް ދަތުރު ކުރަނީ: ކޮންމެ މޫސުމެއްގައި ވެސް މި ދަތުރު ކުރަނީ މަސައްކަތަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށް ޝަމްހާ ބުނޭ -- ފޮޓޯ: މިހާރު

އެކަމަކު، އޭރު ކުރަން ޖެހުނު ދަތުރުތައް މިހާރު ނިމިއްޖެ އެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ކުރި، އަދި މިހާރު ވެސް ކުރަމުންދާ ދަތުރުތަކަކީ އުނގެނުމުގެ ބަދަލުގައި އުނގަންނައިދިނުުމަށް ކުރާ ދަތުރުތަކެކެވެ. އެހާ އުނދަގުލުގައި ވެސް އެ ދަތުރު ކުރަނީ އޭނާ ކުރާ މަސައްކަތަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. އެ މަސައްކަތުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ބޮޑުކަމުންނެވެ.

ޝަމްހާ ޔޫސުފް އޭނާގެ ބައްޕައާއެކު ނާލާފުށިން މުއްޔަށް ދަތުރު ކުރަނީ: ކޮންމެ މޫސުމެއްގައި ވެސް މި ދަތުރު ކުރަނީ މަސައްކަތަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށް ޝަމްހާ ބުނޭ -- ފޮޓޯ: މިހާރު

މަސައްކަތަށް ގުރުބާނީތަކެއް

ޝަމްހާ ކިޔަވައި ނިމިގެން އެންމެ ފުރަތަމަ މަސައްކަތް ކުރީ ރަށުން ވަޒީފާއެއް ލިބޭތޯ އެވެ. އޭރު ދެ ވަޒީފާއަކަށް ހުޅުވާލާފައި އޮތް ނަމަވެސް އެއިން އެއްވެސް ވަޒީފާއަކަށް އޭނާ ނުހޮވުނެވެ. ވަޒީފާ ލިބުނީ، ކައިރީގައި އޮތް މުލީ ސްކޫލުންނެވެ.

އެންމެ ފުރަތަމަ އޭނާ ވަޒީފާ އަށް ނުކުންނަން ފެށީ ހެނދުނު 7:00ގައި ނާލާފުށީގެ ދަރިވަރުން މުއްޔަށް ގެންދާ ފެރީގަ އެވެ. އެކަމަކު، ދަރިވަރުންނަށް ވުރެ ކުރިން ޓީޗަރުން ސްކޫލަށް ހާޒިރުވުމަށް އެންގުމުން އޭނާ ޖެހުނީ ފެރީއަށް ވުރެ އަވަހަށް މުއްޔަށް ދަތުރުކުރެވޭނެ ގޮތެކެވެ. އެ ހިސާބުން އޭނާ ބައްޕަގެ ޑިންގީގައި ކުރާ ދަތުރުތައް ފެށުނީ އެވެ. އެއީ އޭނާ އަށް އާ ކަމެއް ނޫނެވެ.

"އަޅުގަނޑުމެން ކުރިން ސްކޫލުގައި އުޅުނު އިރު ވެސް ފެރީގައި އުޅުނީ. ފެރީ މިކޮޅަށް އައިސްފައި ރަށަށް ގޮސް، އެހެންވެ، އެކަމަށް އިންނަނީ ހޭނިފައި،" އޭނާ ކިޔައިދިނެވެ.

ކަނޑު ގަދަ ދުވަސްތަކުގައި ޝަހްމާ ވާރެ އާއި ލޮނުން ސަލާމަތް ވަނީ ޑިންގީގައި އެކަމަށް ހާއްސަކޮށް އޭނާގެ ބައްޕަ ރައްކާކޮށްފައި އޮންނަ ސަތަރިގަނޑެއްގައި ގައިގައި އޮޅައި ނިވާވެގެންނެވެ.

"މިހާރު"އިިން ޝަމްހާ އާއި އޭނާގެ ބައްޕަ ކޮންމެ ދުވަހަކު ކުރާ ދަތުރު ބަލަން ދިޔަ ދުވަހަކީ ވެސް ކޮންމެވެސް ވަރަކަށް ކަނޑުގަދަ ދުވަހެކެވެ. އެ ދުވަހު ވެސް ބައްޕަ ޑިންގީ ދުއްވަމުން ދިޔަ އިރު އޭނާ އިނީ ޑިންގީގެ މެދުގައި ހުދު ކުލައިގެ އެ ސަތަރިގަނޑު ގައިގައި އޮޅައިގެންނެވެ. އެކަމަކު، އޭގެން ވެސް ޝަމްހާ ހިމާޔަތް ވަނީ ވަކި ވަރަކަށެވެ.

ޝަމްހާ އޭނާގެ ބައްޕައާއެކު ނާލާފުށިން މުއްޔަށް ދަތުރު ކުރަނީ: ކޮންމެ މޫސުމެއްގައި ވެސް މި ދަތުރު ކުރަނީ މަސައްކަތަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށް ޝަމްހާ ބުނޭ -- ފޮޓޯ: މިހާރު

"ކިތަންމެ ގަދަވިޔަސް، އެހެން އަންނަން ޖެހޭނީ. އެހެން ނޫނީ ގަޑިޖެހިގެން އަންނަން ޖެހޭނީ،" އޭނާ ކިޔައިދިނެވެ.

ބައެއް ދުވަސް ދުވަހު ވިއްސާރަވެގެން ޑިންގީގައި ނުފިރިގެން ލޯންޗުގައި ވެސް ދާން ޖެހޭ ކަމަށް ޝަމްހާ ކިޔައިދިނެވެ. އެއީ އޭނާ އަމިއްލަ އަށް ހަރަދުކޮށްގެންނެވެ. އޭނާ ބުނީ ބައެއް ފަހަރު ވިއްސާރަވެގެން ނުފުރި މަޑުކުރަން ވެސް ޖެހޭ ކަމަށެވެ.

ބައްޕައާއެކު ހެނދުނު މުއްޔަށް ދިޔަ ނަމަވެސް، ޝަމްހާ އޭނާގެ މަސައްކަތް ނިންމާލާފައި އަނބުރާ ރަށަށް އަންނަނީ ބައްޕައާއެކުއެއް ނޫނެވެ. އޭނާގެ ބައްޕައަކީ ފާނަ މަސްވެރިކަން ކުރާ މީހަކަށްވުމުން، އެ މަސައްކަތަށް އޭނާ ވެސް ވަގުތު ހުސްކުރަން ޖެހެ އެވެ. އެހެންވެ، ޝަމްހާ އަނބުރާ ރަށަށް އަންނަން ޖެހެނީ ނާލާފުށީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުން އަނބުރާ ރަށަށް ދާ އިރު އެ ފެރީއިންނެވެ.

ޝަމްހާއާއި އޭނާގެ ބައްޕަ ޔޫސުފް ނައީމް ދަތުރު ފަށަން ތައްޔާރުވަނީ: ޔޫސުފް ބުނީ އޭނާ ހުރީ ޝަމްހާ ކުރިއަށްދާން ބޭނުންހާ ހިނދެއްގައި އެކަމަށް ކުރަން ޖެހުނު މަސައްކަތެއް ކުރަން ކަމަށް -- ފޮޓޯ: މިހާރު

ޝަމްހާ ބުނި ގޮތުގައި އޭނާގެ ޑިއުޓީ ނިމެނީ މެންދުރު 1:00 އެހާއިރު އެވެ. އެކަމަކު، ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުން ނިމެނީ 4:00 އެހާއިރު ކަމުން އޭނާ ޖެހެނީ އެ މީހުން ނިމެންދެން މުލީގައި މަޑުކުރާށެވެ. އެ ވަގުތު ހޭދަ ކުރަނީ މަސައްކަތްތައް ނިންމުމަށް ކަމަށް ޝަމްހާ ބުންޏެވެ.

ބައްޕަ ހުރީ ކުރިއަށް ދާން ބޭނުންހާ ދުރަކަށް ގެންދަން

ސްކޫލުގެ އިތުރު ހަރަކާތްތަކަށް ވެސް ދާން ޖެހެނީ ފާނަ މަސްވެރިކަން ކުރާ އޭނާގެ ބައްޕައާ އެކު ޑިންގީގަ އެވެ. އެކަމަކު، ބައެއް ދުވަސް ދުވަހު އެ ހަރަކާތަކަށް ދާން ޖެހޭ ގަޑީގައި ބައްޕަ މަސައްކަތެއް ކުރަން ޖެހޭތީ ނުދެވި ވެސް އެބަ ހުއްޓެވެ. ބައްޕަ އަށް ނުދެވޭ ނަމަ ދެން ދާން ޖެހޭނީ ކޮންމެވެސް އެހެން ގޮތަކަށް އުޅަނދެއް ހަމަޖައްސައިގެންނެވެ.

އޭނާ ބުނި ގޮތުގައި މި ދަތިތަކާ ހެދި ބައެއް ދުވަސް ދުވަހު ސްކޫލުގެ އިތުރު ހަރަކާތްތަކަށް ނުގޮސް ދޫކޮށްލަން ޖެހެ އެވެ. އެހެންނަމަވެސް، ކޮންމެ ދުވަހަކު ވަޒީފާއަށް ގެންގޮސްދޭން ބައްޕަކޮށްދޭ މަސައްކަތަށް ޝަމްހާ ޝުކުވެރިވެ އެވެ.

"ބައްޕަ ދާނެ ކޮންމެ ދުވަހަކު ފާނައަށް. ފާނައަށް ދާން ވެސް ދަތިވޭ އަސްލު ކޮންމެ ދުވަހަކު އަޅުގަނޑު ގޮވައިގެން އަންނަން ޖެހޭތީ. އެކަމަކު، ވެސް ބައްޕަ އަޅުގަނޑަށްޓަކައި ކޮށްދޭ މަސައްކަތަށް ޝުކުރުވެރިވަން. ބައްޕަ ނެތީސް އަޅުގަނޑަކަށް މިހާ ހިސާބަކަށް ނާދެވޭނެ." ޝަމްހާ ކިޔައިދިނެވެ.

ޝަމްހާ އޭނާގެ ބައްޕައާއެކު ނާލާފުށިން މުއްޔަށް ދަތުރު ކުރަނީ: ކޮންމެ މޫސުމެއްގައި ވެސް މި ދަތުރު ކުރަނީ މަސައްކަތަށް އޮންނަ ލޮތްބެއްގެ ސަބަބުން ކަމަށް ޝަމްހާ ބުނޭ -- ފޮޓޯ: މިހާރު

ޔޫސުފް ބުނި ގޮތުގައި އޭނާ އަށް އެންމެ ދަތިވަނީ ވިއްސާރައިގައި ދަތުރު ކުރަން ޖެހޭ ދުވަސްތަކުގަ އެވެ. ވިއްސާރަވެގެން ދަތުރު ނުކުރެވިގެން، ރަށުން ލޯންޗެއް ހިފައިގެން ޝަމްހާ މުއްޔަށް ފޮނުވި ހަނދާން ވެސް އޭނާ އާ ކުރި އެވެ.

ކުރަން ޖެހޭ ދަތުރުތަކާ ހެދި އޭނާގެ މަސްވެރިކަމުގެ މަސައްކަށް ވެސް ދަތިވެ އެވެ. އެކަމަކު، އޭނާ ބުނި ގޮތުގައި އެ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އެކަން ކުރަނީ ޝަމްހާ މަތީ ތައުލީމު ހާސިލުކޮށް، އޭނާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާތީ އެވެ.

"އަޅުގަނޑު ވެސް ހަމަ އޭނައަށް ކުރިއަށް ދެވޭނެ ގޮތަކަށް ވިސްނައިގެން މި މަސައްކަތް ކުރަނީ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި، އޭނާ ހުރީ ޝަމްހާ ކުރިއަށްދާން ބޭނުންވާހާ ދުރަކަށް ގެންދަން ތައްޔާރަށެވެ. އޭނާ ކުރެވެން ކުރި މަސައްކަތެއް ވިއްޔާ ކުރާށެވެ.

"އަޅުގަނޑުގެ އުންމީދަކީ އޭނާ މޮޅު ކުއްޖަކަށް ވުން އޭނާގެ އުމުރާއި މަސައްކަތުން. އަޅުގަނޑަށް ހަމަ ވެވޭ މަސައްކަތެއް ކޮށްގެން އޭނާ ކުރިއަށްގެންދަންށޭ އަޅުގަނޑު މިހިރީ. އަދި ވާރޭތެރޭ ވެސް ފަތާފައި ފިޔަސް އަޅުގަނޑު މިހިރީ އެގޮތަށް." ޔޫސުފް ނައީމް ބުންޏެވެ.

ޝަމްހާ އަދިވެސް އެންމެ ބޮޑު ޝުކުރެއް އަދާ ކުރަނީ އޭނާގެ މައިންބަފައިންނަށެވެ. އޭނާ ބުނާ ގޮތުގައި މައިންބަފައިން ކޮށްދޭ މަސައްކަތާ ނުލައި އޭނާ މިހާ ހިސާބަކަށް ނާންނާނެ އެވެ.

ޝަމްހާގެ ބައްޕަ ޔޫސުފް ނައީމް: ޔޫސުފް ބުނީ އޭނާ ހުރީ ޝަމްހާ ކުރިއަށްދާން ބޭނުންހާ ހިނދެއްގައި އެކަމަށް ކުރަން ޖެހުނު މަސައްކަތެއް ކުރަން ކަމަށް -- ފޮޓޯ: މިހާރު

އެކުވެރިން ކުރަނީ ތައުރީފު

މުލީ ސްކޫލު އިސްވެރިންގެ ފަރާތުން ވެސް ޝަމްހާ އަށް އޮތީ ޝުކުރެވެ. އެންމެން ވެސް އޭނާގެ ބުރަ މަސައްކަތް ފާހަގަ ކުރެ އެވެ.

ލީޑިން ޓީޗަރު އައިޝަތު ޝިއުނާ ފާހަގަކުރެއްވީ، ކޮންމެ ފަދަ މޫސުމެއްގައި ޝަމްހާ ދަތުރުކޮށްފައި އަޔަސް އޭނާގެ ފަރާތުން އެއްވެސް ވަރަކަށް ވަރުބަލިވެފައި ހުރި ކަމެއް އިހުސާސެއް ނުވާނެ ކަމަށެވެ. އަދި އޭނާގެ މަސައްކަތަށް ނުރަނގަޅު އަސަރެއް ކުރާ ކަމެއް ފާހަގައެއް ވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިއުނާ ކިޔައިދިން ގޮތުގައި ދަރިވަރުންނަށް ވުރެ އަވަހަށް ސްކޫލަށް އައުމަށް މުލީ ސްކޫލުގެ ޓީޗަރުންނަށް އެންގުމުން ޝަމްހާ އަމިއްލަ އަށް ގަޑިއަށް އޮފީހެއް ދެވޭނެ ގޮތެއް ހޯދީ އެވެ. ގަޑިއަށް ދެވޭނެ ގޮތެއް އަމިއްލައަށް ހޯދި ނަމަވެސް، ވަރަށް ވިއްސާރަވެގެން ނޫނީ އޭނާ ގަޑި ވެސް ނުޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ހެނދުނު ކިތަންމެ ގަަދަޔަސް ދަތުރުކުރައްވައިގެން މިކޮޅަށް ވަޑައިގެން ދަރިވަރުންނަށްޓަކައި ކުރާ ބުރަ މަސައްކަތް އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން،" ޝިއުނާ ވިދާޅުވި އެވެ.

މުލީ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ނާހިދު ވިދާޅުވީ، ޝަމްހާ ކޮންމެ ދުވަހަކު އުފުލާ ބުރައަކީ އޭނާ އިންސާނިއްޔަތަށްޓައި ކޮށްދޭ ކަމެއް ކަމަށެވެ.

"އެ ޓީޗަރު އެ އުފުލާ ބުރަ މަސައްކަތް އެއީ، ރާއްޖޭގެ ހުރިޙާ ވެސް ގަބޫލު ކުރާނެ ޑިންގީއެއްގައި މިކޮޅަށް އައިސް އަދި ދަރިވަރުންނަށް ކިޔަވައިދިނުމުގައި މިކޮށްދޭ މަސައްކަތްތަކަކީ އަޅުގަނޑު ދެކޭ ގޮތުގައި އިންސާނިއްޔަތަށް ޓަކައި ކޮށްދޭ ކަމެއް ކަމަށް ދެކިގެންދާނެ ކަމަށް،" ނާހިދު ވިދާޅުވި އެވެ.

ޝަމްހާ އާއި އޭނާގެ ބައްޕަ ޔޫސުފް ނައީމް: ޔޫސުފް ބުނީ އޭނާ ހުރީ ޝަމްހާ ކުރިއަށްދާން ބޭނުންހާ ހިނދެއްގައި އެކަމަށް ކުރަން ޖެހުނު މަސައްކަތެއް ކުރަން ކަމަށް -- ފޮޓޯ: މިހާރު

ޝަމްހާ ބުނި ގޮތުގައި، އޭނާގެ ވެސް އަދި ނާލާފުށިން މުއްޔަށް ދަތުރު ކުރާ ގިނަ ދަރިވަރުން ވެސް އެދެނީ އެ ދެ ރަށް ކޯޒްވޭއަކުން ގުޅާލުމެވެ. ދެ ރަށް ގުޅުވާލައިފި ނަމަ އެ މީހުން އުފުލަން ޖެހޭ ތަކުލީފުތައް ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށް އޭނާ ދެކެ އެވެ.

"އުުންމީދަކީ ވީހާ ވެސް އަވަހަކަށް ކޯޒްވޭ އެޅި އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ކަންތައްތަކެއް ވުން. މިހާރު ކިޔަވަމުންދާ ކުދިންނަށް ވެސް އީޒީ ވާނީ އަޅުގަނޑަށް ހީވަނީ އެކަހަލަ ގޮތެއް ވީމަހެން. މިހާރު އެ އުޅޭ ގޮތް ވަރަށް އުނދަގޫވާނެ، އަޅުގަނޑު ވެސް އެކްސްޕީރިއެންސް ކުރީމަ."

69 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 8%
icon angry icon angry 6%
icon wow icon wow 1%
icon inlove icon inlove 77%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީމު

06 October 2022

ތިޔަ ޕްރިންސިޕަލަށް ތިއޮތީ ތަފާތު ނުކުރްންވާ ހާލަތާއި ތަފާތު ކުރަންވާ ހާލަތް ރަނަގަޅަށް އޮޅިފައި! ތިއޮތީ ފޮތުގައިވާ ގޮތަށް ގަވާއިދު ހިންގާފައި!

The name is already taken The name is available. Register?

ސަބުޖު

06 October 2022

500 އަށް ވުރެ ދަށް ، އެތައް އާބާދީ އެއް އެބައުޅޭ ރާއްޖޭގައި ސަރުކާރުން ބޮޑެތި ޚަރަދުތައް ކުރާ މާ ބޮޑު ތަރައްޤީއެއް ކުރިއެރުމެއް ނުލިބި ، ރަނގަޅު ތައުލީމާ ، ޟިއްޙަތާއި އިޤްތިޝާދީ ގުތުންވެސް ވަރަށް ދަތި ، މިރަށް ތައް އެއްކޮށްލާ ބޮޑު އާބާދީ އެއް ބިނާ ކުރުމުން ސަރުކާރަށް ކުރަންޖެހޭ ޙަރަދުވެސް ކުޑަވާނެ.އެތައް މިލިއަންރުފިޔާ އެއް މިއިންރަށްރަށް ޙަރަދުކުރޭ.އޭގެ ބަދަލުގައި ބިންބޮޑު ރަށްރަށުގައި ގެދޮރު އަޅާދީ ، ނުވަތަ ބިންހަމޖައްސާދީ ބަދަލު ކުރަންވި.

The name is already taken The name is available. Register?

އަހުމަދޫ.

06 October 2022

ކޮންމެއަކަސް ތިމަންޖެ ވ ރީތި އަދި އެހާމެ މުރާލި ކަމަށް ފެންނަނީ. މީހަކާ އިނދެގެންތަ އުޅެނީ. ؟

The name is already taken The name is available. Register?

ޖަޖު

17 October 2022

މަނިކުފާނު ވާނެ އިނގޭ ރީތީގެ މުބާރާތުގެ ޖަޖުކަން ކޮށްދެއްވަން

The name is already taken The name is available. Register?

އިހްސާސް

06 October 2022

ކޮބާ ލައިފްޖެކެޓް

The name is already taken The name is available. Register?

އިއްސާ

05 October 2022

ނާލާފުއްޓާ މުއްޔާ ކޯޒްވޭއަކުން ގުޅާލުމަކީ ރާއީސްއިބުރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް. އެކަމަކު އަދިވެސް މިވީހާތަނަށް އެއްވެސް މަސައްކަތެއް ނުކުރޭ މިއަހަރުގެ ބަޖެޓްގައިވެސް ވަނީ މިކަމަށް ފައިސާވެސް ހިމަނާފައި.

The name is already taken The name is available. Register?

ސަންގޯރު

05 October 2022

އިންސާނިއްޔަތު ކަމެއްނެއް ފުރިންސިޕަލް

The name is already taken The name is available. Register?

ނަންބް

05 October 2022

ސްކޫލް ހުންން ރަށުން ކުއްޔަށްދޭ ކޮޓަރި ވެސް ނުލިބޭތޯ؟ ވީކް ޑޭސްގައި މަސައްކަތް ކޮށްފައި ވީކްއެންޑްގައި އާއިލާއާއި އެކު ވަގުތުހޭދަ ކުރެވޭނެ ގޮތަކަށް ހަމަޖެހިގެން ދިއުމުން ކިހިނެއްބާވާނީ؟ ކޮަންމެ ދުވަހަކު ފަޅު ހުރަސްކުރުމުގެ ބަދަލުގައި އަލްޓަރނޭޓިވް އެހެން ޗޮއިސް އެއް ހޯދުން ރަނގަޅު. ވަރަށް ހިތްވަރުގަދަ، އާއިލާއަށް ވެސް ފުލްކޮށް ވަގުތުދެމުން ދަރިވަރުންނަށް ވެސް ވަގުތުދެމުން ތިޔަ ކުރައްވަނީ ވަރަށް އަގުހުރި މަސައްކަތެއް. ފާގަތިކަމަށް އެދެން

The name is already taken The name is available. Register?

ސްމޭޝް-ފުވައްމުލައް

06 October 2022

ވަޒީފާ އަދާކުރާ ރާއްޖޭގެ މީހުންވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގެއާއި ދުރުގައި އަދާކުރާވަޒީފާއަށް ކޮންމެ ދުވަހަކުގޮސްފައި ގެއަށް އަނބުރާ އައުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން އެހެންގައުމުތަކުގެ މިސާލުން ވެސް އެއީ ކިޔާވާ ކުއްޖާއަށް ވިޔަސް ވަޒީފާ އަދާކުރާ މުވައްޒިފު ވެސް... އެހެން ގޮތެއް ހޯދަން ޖެހޭ. ވީކެންޑްގައި ފެމިލީ އާއި ބައްދަލުކުރުން- ވީކްޑޭސްގައި ވަޒީފާގެ މަސައްކަތައި އަމިއްލަ އެހެންހިހެން ކަންކަން އެރަށެއްގައި ކުރަން ދިރިއުޅުން ރޭވުން.

The name is already taken The name is available. Register?

ސާފު

05 October 2022

1000 އިން ދަށުގެ އާބާދީތައް ބޮޑެތި އާބާދީތަކާ އެއްކޮށްލާ! ތިޔަ އަޅާ އިންޖީނުގެތަކާއި ސުކޫލްތަކާއި، ބަނދަރުތަކާއި ބްރިޖް ތައް އަޅާކަށް ނުޖެހޭނެ! ބަދަލުގައި އެމީހުން އަށް ގެދޮރު އަޅަންޖެހޭނީ.. . ސިޔާސީ ބޭނުމުގައި ސިޔާސީ ވެރިން ގެންގުޅޭ ދެއުޅިއެއްނުވާ ސިޔާސަތު ދޫކޮށްލާ!

The name is already taken The name is available. Register?

މަހައްތިޔާ

05 October 2022

ޝިއުނާ ތިޔަ ސްކޫލްގައި އުޅޭ ގަޑިޖެހޭ 2 ޓީޗަރުންނަށް އެންގިންތަ ގަޑިޔަށް ސްކޫލަށް އައުމަށް. ތިޔަ ސްކޫލަކީ ވަކިބަޔަކަށް ހިންގާދޭ ސްކޫލެއް. ވަކި ޓީޗަރުންތަކެއް ބްލޮކަށް ކިޔަވަން މާލެ/ ރާއްޖެއިން ބޭރަށް ދިޔައިރު މައްސަލައެއްނޫން. އޭގެތެރޭގައި ތިޔަ ޝިއުނާ އަދި ނާހިދުވެސްހިމެނެ. ނަމަވެސް މިހާރު މައްސަލައެއް އެޑިޔުކޭޝަނުން ހުއްދަ ދީފައި އޮތަސް ސްކޫލުން ހުއްދައެއް ނުލިބެ. މިވީކިހިނެތް

The name is already taken The name is available. Register?

ފަންގަނޑުވަރު

05 October 2022

ސާބަހާ އައްސަރިބަސްދެން. ނަމަވެސް ބުނެލަންއޮތީ ޓީޗަރުންގެ ގޮތުގައި ނާލާފުށީގެ މީހުން ކުރިންވެސް ވަޒީފާ އަދާކުރި. ސްކޫލުން ހަމަޖައްސައިދިން ދަރިވަރުންނާއެކު ޓީޗަރުދަތުރުކުރަން، ދަރިވަރުން ގެންގޮސްދެނީ ސައްތާރުބޭގެ ފެރީން، ދަރިވަރުން ގަޑި ނުޖެހި. 6.45 ހިނގާއިރު ފެރީއޮންނާނީ މުލީގައި. އެޑިޔުކޭޝަންއާއި ވާހަކަ ދައްކައިގެން 5 މިނެޓް ލަސްވުމުގެ ލުޔެއްދިންއޭރު. މިހާރުގެ ޕްރިންސިޕަލަށް ތިކަންކޮށްދޭން ރަނގަޅު ކަމުން ނުކެރުނުދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454