ރާއްޖޭގެ މިނިވަންކަމުގެ ބާނީ ކުރީގެ ބޮޑުވަޒީރު ނާސިރު
26 ޖުލައި 2025 - 01:17
މިއީ "ހަވީރު" ނޫހުގެ 26 ޖުލައި 1994 ގެ އަދަދުން ނަގާފައިވާ ލިއުމެކެވެ. މި ލިޔުން ލިޔުއްވީ "ހަވީރު" ނޫހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީއެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު ދުވަހާ ދިމާކޮށް މިއަދު "މިހާރު" ގައި މި ލިޔުން ޝާއިއު ކުރީ ކުދިކުދި ބަދަލުތަކާ އެކު އެވެ.
-------
ދިވެހިރާއްޖެ އަށް ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ވެލާނޭގޭ އިބްރާހީމް ނާސިރު ކުރެއްވި މަސައްކަތްޕުޅު ބަޔާން ކުރައްވައި ރާއްޖޭގެ ވަރަށް އުފެއްދުންތެރި، މަޝްހޫރު ލިއުންތެރިއެއް ކަމުގައިވާ މާދޫގޭ އަލީ އަހުމަދު 30 ޖުލައި 1965 ގައި "ވިޔަފާރި މިއަދު" އަށް ލިއުއްވި މަޒުމޫނެއްގައި ވެ އެވެ.
"ކަނޑި ބަޑީގެ ބާރަށް ވުރެ ސިކުނޑި އާއި ޙިކުމަތު ޢަމަލީގެ ބާރު މާގަދަވެއްޖެ އެވެ. ޚާއްޞަކޮށް ސިޔާސީ ރޮނގުގަ އެވެ. ވީމާ މިއަދު ޤައުމު ދެކެ ލޯބިވާ ބަޠަލަކަށް ޤައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރެވޭނީ މޮޅު ސިކުނޑިއަކާއި ޙިކުމަތު ޢަމަލީންނެވެ. ވަރުގަދަ ކެތްތެރި ކަމަކާއި ދުރު ވިސްނުމަކުންނެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ޒަޢީމު ޤައުމުގެ ލީޑަރ ޞ. ދ. އަލްފާޟިލް އިބްރާހީމް ނާސިރު ވެސް ދިވެހި ޤައުމަށްޓަކައި އެ ކުރެއްވީ ވަރުގަދަ ހަނގުރާމައެކެވެ. ޒަމާން ބަދަލުވެފައިވާކަމުން ޞާޙިބުއްދައުލާއަށް ހަތިޔާރަކަށް ބޭނުންކުރައްވާން ޖެހިވަޑައިގަތީ ކަނޑި އާއި ބަޑިއެއް ނޫނެވެ. ލޮންސި އާއި ހިފުމުގެ އުކުޅުތަކެއް ނޫނެވެ. ކީއްތޯ އެވެ. އެ މަނިކުފާނު ހަތިޔާރަކަށް ބޭނުންކުރެއްވީ ވަރުގަދަ މޮޅު ސިކުނޑިއެކެވެ. އަޖައިބެއް ކަހަލަ ޙިކުމަތު ޢަމަލީއެކެވެ. އަދި އެ އަށް ވުރެ ވެސް ޙައިރާން ކުރުވަނިވި މަތިވެރި ކެތްތެރިކަމެކެވެ."
ދިވެހިރާއްޖެ މިނިވަންވުމުގެ އެގްރީމެންޓުގައި ސޮއިކުރެވުނީ 26 ޖުލައި 1965 ގައެވެ. ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގަ އެވެ. އެގްރީމެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސީންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު ސާ މައިކަލް ވޯކަ އެވެ.
ރާއްހޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965 ގައި ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާއި ސިލޯނުގައި އެ ދުވަސްވަތު ހުންނެވި އިނގިރޭސި ހައިކޮމިޝަނަރު ސާ މައިކަލް ވޯކަ ސޮއިކުރައްވަނީ.
އެގްރީމެންޓުގައި ސޮއިކުރުމަށް ހައި ކޮމިޝަނަރު މައިކަލް ވޯކަގެ ގޭގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އިތުރަށް އަބްދުއްސައްތާރު މޫސާ ދީދީ އާއި ވަޒީރުލްއައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު އަލީ މަނިކާއި ސަފީރު އޮފީހުގެ 3 ވަނަ ސެކްރެޓަރީ އަހުމަދު އިސްމާއިލު ބައިވެރިވެވަޑައިގަތެވެ. އަދި އިނގިރޭސީންގެ ފަރާތުން ސާ މައިކަލް ވޯކަގެ އިތުރަށް ޑިޕިއުޓީ ހައިކޮމިޝަނަރު ޑީ ޖީ އެންޑަސަން އާއި އެއްވަނަ ސެކްރެޓަރީ ޕީ ޑަބްލިޔު ހީތު އާއި އިންފޮމޭޝަން ސާވިސްގެ ޑިރެކްޓަރު ބީ ޑީ ބްރައުން ވެސް ބައިވެރިވެވަޑައިގަތެވެ.
ދިވެހިރާއްޖެ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ދިޔައީ މީލާދީން 1887 ގައި އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު ކުރެވުނު ހިމާޔަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ވާގޮތުން އިނގިރޭސީން ނޫން އެހެން އެއްވެސް ގައުމަކާ ދިވެހިރާއްޖެއާ ދެމެދު ގުޅުމެއް ނުބޭއްވޭނެ އެވެ. ރާއްޖޭގެ ވެރިކަމަށް އިސްކުރެވޭނީ އިނގިރޭސީން ރުހި ގަބޫލުވާ ރަސްކަލެކެވެ.
ދިވެހިރާއްޖެ އިނގިރޭސި އަޅުވެތިކަމުގެ ދަށުގައި 78 އަހަރު އޮތުމަށް ފަހު، ރާއްޖެ މިނިވަންވީ ގޮތާ ބެހޭ ގޮތުން ތާރީހީ ލިއުންތެރިއެއް ކަމުގައިވާ ބަގީޗާގޭ އިބްރާހީމް ޝިހާބު ލިއުއްވާފައި ވެ އެވެ.
ކުރީގެ ބޮޑުވަޒީރު ނާސިރު އަރިސް ބޭފުޅުންނާ އެކު މަޝްވަރާއެއްގައި.
"ދެބަސްވާނެ އެކަކުވެސް ނެތެވެ. ރާއްޖޭގެ ތާރީޚު އަބަދަށްޓަކައި ފަޚުރުވެރިވާނޭ މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ޙާޞިލުވުމުގެ ހުރިހާ ވެސް ސިއްރަކީ ދިވެހި ޒަޢީމެއްގެ ހިތްޕުޅުގައި މާތްވެގެންވާ އިސްލާމް ދީނަށާއި ވަޠަނުގެ އިސްތިޤުލާލަށް އުފެދި ތަމްކީން ވެފައިވާ ވަރުގަދަ ލޯތްބެކެވެ. ޤައުމުގެ މިނިވަންކަމަކީ އެހެން އެއްވެސް އެއްޗަކާ އަޅައި ކިރުމުގައި ވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ނިޢުމަތެއްކަން ޔަޤީނެވެ.
މިދެންނެވި ޢިއްޒަތްތެރި މުޖާހިދަކީ ދިވެހި ހުރިހާ ހިތްތަކެއްގެ ލޯތްބާއި އިސްތިޙްސާން އެ އަރިއަހަކަށް ރައްދުވާ އަޅުގަނޑުމެންގެ ނާޞިރުލް ޙުއްރިއްޔާ އެވެ. ޞާޙިބުއްދައުލާ ދިވެހި ދައުލަތުގެ ވަޒީރުލްއަޢުޡަމް އެވެ. މިނިވަންކަމަކީ އޭގެ މާނަ އަމިއްލައަށް އެކަން އިޙްސާސް ކުރެވޭ ބަޔަކަށް ނޫނީ ދޭހަކޮށް ނުދެވޭފަދަ ބޮޑު ނިޢުމަތެކެވެ. މިނިވަންކަމަކީ މާތްވެގެންވާ އިސްލާމްދީން ދުނިޔެ އަށް ގެނައި އެންމެ ވަރުގަދަ އުޞޫލެވެ. އެންމެ އަލިގަދަ ނޫރެވެ.
ވީއިރު ބައެއްގެ މިނިވަންކަމާއި ނުލައި އެ ބައެއްގެ ދީނަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ކިތަންމެހާ ވެސް އުނި އެއްޗެކެވެ. މި އަށް ވުރެ ސަރީޙަ ޢިބާރާތުން ދަންނަވަނީ ނަމަ އިނގިރޭސީންގެ އަޅުވެތިކަމުގައި ހޭދަވެގެން ދިޔަ އަހަރުތަކުގައި ނިކަމެތިކަން ލިބިފައި އޮތީ ހަމައެކަނި ދިވެހިރާއްޖޭގެ ޤައުމިއްޔަތަކަށް ނޫނެވެ. އަދި ކީއްތޯއެވެ. މިނިވަންކަން ނެތުމުގެ ސަބަބުން ނުވަތަ އިސްލާމް ނޫން ބައެއްގެ ޙިމާޔަތުގެ ދަށުގައި ތިބުމުގެ ސަބަބުން އެ ނިކަމެތިކަން އޮތީ އަޅުގަނޑުމެންގެ ދީނީ ޙަޔާތަށް ވެސް އޭގެ ސުންޕާކަން ރައްދު ކޮށްކޮށެވެ.
ސްރީ ލަންކާގައި ތިއްބަވާ އިނގިރޭސި ދައުލަތުގެ މަންދޫބުންނާ އެކު، ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި، ވަޒީރުން ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން: ރާއްޖޭގެ މިނިވަންކަމުގެ މަޝްވަރާތައް އޮތީ ލަންކާގެ ވެރިރަށް ކޮޅުނބުގައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް
މިހެންކަމުން އަލްފާޟިލް އިބްރާހީމް ނާސިރުގެ އަރިހަށް އަޅުގަނޑުމެންގެ ޠާޢަތާއި އިޙްތިރާމް ރައްދުކުރުން ވާޖިބުވެގެން ވަނީ ހަމައެކަނި އެގްރީމެންޓެއްގައި ސޮއިކުރެއްވި އަޢުޡަމެއްގެ ޙައިޘިއްޔަތަކުން ނޫނެވެ. ކީއްތޯ އެވެ. އުއްމަތެއްގެ ދީން ރައްކައުތެރި ކުރެއްވި މުޞްލިޙެއްގެ ގޮތުންނެވެ. ވަޠަނެއްގެ ޙުއްރިއްޔަތު އަނބުރާ ގެނެސްދެއްވި މުޖާހިދެއްގެ ގޮތުންނެވެ. ދިވެހި ޤައުމުގައި އުފެދުނު އެންމެ އަގުހުރި ބަޠަލުންގެ ތެރެއިން ވެސް އަރައި ހުންނެވި ބަޠަލެއްގެ މަޤާމު ނުހަނު ޙައްޤު ގޮތެއްގައި އޭނާގެ ޤައުމީ ޚިދުމަތުން ލިބިވަޑައިގެންފި އެވެ."
މަރުހޫމް އިބްރާހީމް ނާސިރު ވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން 11 އަހަރު އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު 10 އަހަރު އަދާކުރައްވައިފަ އެވެ.
ހަގީގީ މިނިވަންކަމަކީ ވަރަށް ބުރަ މަސައްކަތުން ލިބޭ އެއްޗެކެވެ.
ރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވައި، މިނިވަންކަން ދިފާއު ކުރެއްވުމަށް މަސައްކަތްކުރެއްވި އަބްތާލުންގެ ޒިކުރާ އައު ކުރުމަކީ ގައުމީ ހިދުމަތް ދިރުވުމަށް ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސް
26 July 2025
ތެދަަށް ބުރަވާނަމަ މައުމޫނުވެސް ރާއްޖެއަށް މަތިވެރި ޚިދުމަތްތަކެއްކުރެއްވި. އެކަމަކު ނާޞިރުގެ ވިސްނުންފުޅު ހުރީ މާކުރީގަ. ނާޞިރުގެ ތަރައްޤީގެ ދުރު އަމާޒުގައި މައުމޫން ނުހިއްޕެވިކަން މިއީ ވަރަށް ދެރަކަމެއް.އެހެން ނޫންނަމަ ހަޤީޤީ ގަދަ 30 އަހަރަކަށް ވީސް. ދިވެހިރައްޔިތުންގެ ކުރިމަތީގައި ނާޞިރުގެ އަބުރުފުޅަށް މައުމޫން ކުރެއްވި ކަންކަން ތާރީޚަކުން ނުފޮހެވޭނެ.
އައިމިނާ
26 July 2025
3 އަތޮޅު ގެ ބައެއްމީހުންގެ ޒާތީޙަސަދަ ފިލުވާލުމުގެ މަގުސަދުގައި ރައީސް ނާސިރުގެ ތަރައްގީގެ ވާހަކަ ދައްކަން ނުޖެހުމަކީ އެހެން އަތޮޅުތަކަށް ވެވޭ ބޭއިންސާފެއް.
ހިސްޓްރީސޭކް
26 July 2025
މީ އޮޅުވާލާފަ އޮތް ހިސްޓްރީއެއް, މިނިވަންވިއިރު ދައުލަތުގެ އެންމެ އިސްފަރާތަކީ ރަސްގެފާނު ފަރީދު. އެކަމަކު އޭގެފަހުން ވެރިކަަމަށް އައިސް ހިސްޓްރީން އެބައިފޮހެ, ކްރެޑިޓް ނެގީ ނާސިރު. ރަސްގެފާނު އެއި ދައުލަތުގެ ފަހުބަސްބުނާ ފަރާތްކަންވެސް މިހާރު ހިސްޓްރީގަ ނެތް
އަލިފު ޙާ!
26 July 2025
ހިސްޓްރީ ސޭކަށް އެންމެ ލިޔުމެއް ކިޔައިގެން އެއްޗެއް އޮޅުމެއް ނުފިލާނެ، ހުރިހައި ބާރުތަކެއް ރައްޔިތުންގެ މަޖިލީހުން ނާޞިރަށް ދީފައިވާ ލިޔުންތައްވެސް ވިދާޅު ލައްވާ!
ލީޑަރެއް
26 July 2025
ފޮޓޯ ފުޅުންވެސް، ލީޑަރެއްގެ ސިފަ ފެނިގެންދޭ.
ގުދުގުދާބެއްޔާ
26 July 2025
މިނާސިރުދެކެ ހަވަރު ތިނަދޫމީހުންއަންނަނީ އަމަށަކު ކުޅިއެއްނޫން! އައްޑޫ މީހުންވެސް
ހަބީބު
26 July 2025
ރުޅިއަޔަސް ކީއްކުރެވޭނީ ނާސިރު އެކުރި ޖިހާދުގަ ވަނީ ބަރަކާތް ލައްވާ ގައުމު ސަލާމަތްކޮއް އިސްލާމްދީންމަތީ ގައުމު ބާއްވާފަ އިނގިރޭސިން ދެކެ ބިރެއް ނުގަނޭ ނާސިރަކީ ވަރުގަދަ އެއްކަށި ވީރެއް
ޖޯނިބޭ
26 July 2025
އިތުރު ވާހަކަ ދައްކާނެ ޖާގައެއްނެތް އިތުރަށް އަނގަ ހުޅުވާނެ ތަންމިނެއްނެތް ރައީސް ނާސިރާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށްތޯ؟ ނުވަތަ ހައްޤު އިހްތިރާމް ދެވުނުތޯ؟
ބަނީން
26 July 2025
ނާސިރު މިއީ ލެޖެންޑެއް ހަމަ! އޭނަ 1980 އަދި 1990 ގައި ރާއްޖޭގެ ވެރިކަން ކުރިނަމަ ރާއްޖެ އޮންނާނީ ސިންގަޕޫރު ފެންވަރުގައި! މައުމޫނު އަކީ ވިޔަފާރި އެނގޭ މީހެއް ނޫން ކަމުން މައުމޫނު ބެލީ ތައުލީމު ހޯދައިދޭން! ނާސިރު ހުރީ މެގަ ޕްރޮޖެކްޓް ޖައްސާ ވިސްނުން! އެހެންކަމުން ސުވާލަކީ މައުމޫނުގެ 30 އަހަރަކީ ރާއްޖޭގެ ތަރައްގީއަށް ގެއްލިގެން ދިޔަ 30 އަހަރުހޭ! ސޭޑްލީ ވީ ވިލް ނެވަރ ނޯ!
ސިންގަޕޫރު
26 July 2025
އެއަރ ޕޯޓާއި، ފޯނުގެ ޚިދުމަތާއި ރޭޑިއީ ޓީވީ އަދި އިނގެރޭސި ތަޢުލީމު ގެންނެވިއެވެ.. ނުވިތާކަށް ފަތުރު ވެރިކަން ތަޢާރަފްކޮށް މަސަދޯނިތަކިގައި އިންޖީނު އަޅައި އޭޝިޔާގެ އެއްވަނަ ޝިޕިންގ ލައިން މި ރާއްޖޭގައި އުފެއްދިއެވެ.. ( މަޢުމޫނު ވެރިކަމުގަ ފުނޑާލީ ކަރަޕްޝަންއާ ހެދި(…. ޥިޝަނަރީ ލީޑަރެއް…
އަފްރާސިޔާބު
26 July 2025
ގައުމެއްގައި ވިޝަނަރީ ލީޑަރުން އުފަންވަނީ މަދު ޙާލަތުގައި. އެކަމަކު އެ ބައިމީހުން ދެއްކިމަގުން ހިނގާނަމަ ގައުމަށް އާރޯކަމާއި ތާޒާކަން ކުރިއެރުމާއި ތަމައްދުނު ފެނިގެންދާނެ. ނާސިރަކީ ގައުމު ވަންތަ ބިޒްނަސް މައިންޑްގެ ވެރިޔެއް. މިހާރު އެފްރީކާ ބައްރުންވެސް އެ ފެންނަނީ އިބްރާހީމް ނާސިރު ވަރުގެ އިބްރާހީމެއް. ލީޑަރުން ބަލާނީ ގައުމަށް ކަމެއް ކޮށްދެވޭތޯ. މިހާރު މިބަލަނީ ގައުމު ދަވާލެވޭތޯ. ތަފާތު ދޯ ނަޒަރިއްޔާތު ތައް.
މަމީހާ
26 July 2025
ނާޞިރު ގެންނެވި ތަރައްޤީގައި ކިހާ ވަރެއްގެ ލޯނުތަނެއް ނެގިތޯ ސުވާލު ނުއުފެދޭތޯ؟ އެންމެ ބައި ލާރިއަށްވެސް ޤައުމު ދަރުވާނުލާ. އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ބޮލުގައި ދަރަނީގެ ކުޑަ މިންވަރެއްވެސް އެޅުވުމަކާއި ނުލައި ގެންނެވި ތަރައްޤީއަށް އައްސަރިބަހާ ސާބަސް ދަންނަވަންޖެހޭ.
ޢަލްޓިކޯ
26 July 2025
ޢާރޓިކަލް ކިތައްމެހާ ވެސް ފުރިހަމަ އެކަމަކު އަހަރެމެންނަށް ކުޑައިރުއްސުރެ ފެންނަނީ ނާސިރުގެ ތިފޮޓޯއެކަނި ދިގު އުމުރެއްގަ ދުނިޔޭގަ ހުންނެވި އިރު ކުޑަމިނުން އިންޓަވިއުއެއްވެސް ނެގިފަނެތުމުން ކަމުގެ މުހިންމުކަން ނުފެނުނު އަނެއްހިތާމަޔަކީ މިނިވަން އެގުރިމެންޓު ސަރުކާރުގެ އިހުމާލުން ގެއްލުވާލިކަން
ޖަގޭ
26 July 2025
ރ.ނާސިރު ގައުމު މިނިވަން ކުރެއްވީ އިގިރޭސިން އަތުން އެކަންޏެއްނޫން އެތެރޭގައި އުފެދުނު ވަރުގަދަ ނުރައްކާތެރި ބޮޑު ބަޣާވާތްތަކާވެސް އެކުގައި އެމަނިކުފާނަކީ، ރާއްޖެ އަދު މިދެކޭ ހުރިހާ ތަރަށްގީއެއްގެ ބިންގާ އެޅުއްވި މޭސްތިރި ދުރު ވިސްނުންފުޅުގެ ރާސްތާހުރީ 100 އަހަރުންވެސް މައްޗައް، ދެއްވީ ވަގައްގެ ލަގަބު ޢައްދާރެއްގެ ލަގަބު، ލޯމަރާލަން ޖެހުނީ އުފަން އެހާމެ ލޯބިވާ ފަސްގަޑުގައި ފައިބީއްސާލާނެ ފުރުސަތުވެސް ނުދީ، އުފަންވި އަމިއްލަ ގެ ޢަސްބުން ފޭރިގަތް