ކުޅުދުއްފުށީ ކުޅި: އެކުޅީގެ ނުވަ ހެކްޓަރު ހިއްކައިގެން އެއާޕޯޓް އަޅަން ވަނީ ނިންމާފަ-- މިހާރު ފޮޓޯ: އަހުމަދު ޝައްފާހް
27 އޮކްޓޯބަރ 2017 - 07:43
ހދ. ކުޅުދުއްފުއްޓަށް އެއާޕޯޓެއް ބޭނުން ނުވާ ކަމަށް އެތައް ބަޔަކު އެބަ ބުނެ އެވެ. އެކަމަކު ރަށު ކައުންސިލުން ބުނާގޮތުގައި އެ ރަށުގެ "95 ޕަސެންޓް" މީހުން އެއާޕޯޓެއް ބޭނުންވެ އެވެ. އެހެންވީމާ ކުޅުދުއްފުށީ މީހުންގެ އަޣުލަބިއްޔަތަށް އިހުތިރާމްކުރަމާ ހިނގާށެވެ. ނަމަވެސް މައްސަލަ ދިމާވާ ހިސާބަކީ މި އެވެ؛ ރަށުގެ މުހިއްމު ކުޅި ހިއްކައިގެން ނޫނީ އެއާޕޯޓެއް އެޅެން ނެތިއްޔާ، ކައުންސިލުން ބުނާގޮތުގައި، އެކަމަށް ވެސް އެ މީހުން ތާއީދެވެ.
"ކުޅުދުއްފުށީގެ ކުޅިއަކީ ހަމައެކަނި އެ ރަށުގެ ތަރިކައެއް ނޫން" ކަމަށާއި "އެއީ މުޅި ރާއްޖެ އަށް މުހިންމު ގައުމީ ތަރިކައެއް"ގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މުހިއްމު ތަނެއް ކަމަށް ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ދެކެ އެވެ. އެހެންވީމާ، އެ ކުޅި ހިއްކައިގެން އެއާޕޯޓެއް އަޅަން ކުޅުދުއްފުށީގެ "95 ޕަސެންޓް މީހުން" ބޭނުންވިޔަސް އަދި ކުޅީގައި ބޮނބި ފާކޮށްގެން އާމްދަނީ ހޯދާ މީހުންގެ ތާއީދު ވެސް އެކަމަށް އޮތަސް، ކުޅި ހިމާޔަތްކުރަން ބޭނުންވާ މީހުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.
އެކަމަކު ދެ ފަރާތް ވެސް ރުއްސައިގެން ކުޅުދުއްފުށީ މީހުންނަށް އެއާޕޯޓެއް އަޅައިދެވިދާނެ ގޮތެއް ފަހަރުގައި އެބަ އޮތެވެ.
އެމްޓީސީސީގެ ކޮންނަބޯޓު މިހާރު ވެސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައި އޮތް އިރު ކުޅީގެ 12 ހެކްޓަރުގެ ތެރެއިން ނުވަ ހެކްޓަރު ހިއްކަން އަންނަ ހަފްތާގައި ފަށަން ހުރިހާ ކަމެއް އޮތީ ނިންމައިފަ އެވެ. އެހެންވީމާ މާސިންގާ މަހާ ޖައްރާފުގެ ކިބައިން އެ ކުޅި ސަލާމަތްވާނެ ކަމުގެ އުއްމީދެއް މިހާރަކު ނެތެވެ. އެކަމަކު ކުޅީގެ ހިމާޔަތުގައި ތެދުވި މީހުން އެ މީހުންގެ ޒިންމާ އަދާކޮށްފި އެވެ. އެއާޕޯޓް އަޅަން އެ ކުޅި ހިއްކައިގެން ނުވާނެ ސަބަބުތައް ބުނެދީފި އެވެ. އަދި އެއް ބްލޮގަރަކު ވަނީ ކުޅި ނުހިއްކާ ވެސް އެއާޕޯޓު އެޅިދާނެކަން ތަފްސީލްކޮށް ކިޔައިދީފަ އެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ކުރިމަތިވި، ތިމާވެށި ހިމާޔަތްކުރުމާއި އުމްރާނީ ތަރައްގީ ފުށުއެރުމުގެ އެންމެ ޚިޔާލުތަފާތުވުން ބޮޑު މައްސަލައިގެ ހައްލެއްގެ ގޮތުގައި ތިން އިޚްތިޔާރެއް ސަރުކާރަށް އެބަ އޮތް ކަމަށް އޭނާ ދެކެ އެވެ.
ރާއްޖެ އިން ބޭރުގައި ކިޔަވަން ހުރެ ވޯޑްޕްރެސްގައި "ދެޓް މޯލްޑިވްސް ބްލޮގް" ޝާއިއުކުރަމުން އަންނަ ލިޔުންތެރިޔާ ގަބޫލުކުރަނީ ކުޅުދުއްފުއްޓަށް އެއާޕޯޓެއް ބޭނުން ނުވާ ކަމަށެވެ. އޭނާގެ ލިޔުމުގެ ސުރުޚީއަކީ ވެސް އެއީ އެވެ. އެކަމަކު އޭނާ ބުނަނީ، އެ ރަށު މީހުންނަށް އެއާޕޯޓެއް އަޅައިދޭން ސަރުކާރުން ކޮންމެހެން ބޭނުމިއްޔާ ކުޅި ނުހިއްކާ ވެސް އެކަން ކުރެވިދާނެ ކަމަށެވެ.
ކާކުކަން ބުނަން ބޭނުން ނުވާ ބްލޮގަރަށް ފެންނަ އެންމެ ރަނގަޅު އިޚްތިޔާރަކީ ކުޅުދުއްފުއްޓާ ހަތަރު ކިލޯމީޓަރު ދުރުގައި އޮތް ނޮޅިވަރަމުގައި މި އެއާޕޯޓް އެޅުމެވެ. އެއީ ގާތްގަނޑަކަށް މާލެ އާއި ހުޅުލެއާ ދެމެދުގެ ދުރުމިން ކަމަށްވާ އިރު ހަނިމާދޫ އެއާޕޯޓުން ކުޅުދުއްފުއްޓަށް ދިޔުމަށް ވުރެ ދަތުރު މާ ބޮޑަށް ވެސް ލުއިވާނެކަން އޭނާ ފާހަގަކުރެ އެވެ. ބްލޮގަރު ބުނަނީ ކުޑަވެގެން 1.2 ކިލޯމީޓަރުގެ ރަންވޭއެއް (ހަނިމާދޫ އެއާޕޯޓާ އެއްވަރު) ނޮޅިވަރަމުގައި އެޅިދާނެ ކަމަށާއި އެ ރަންވޭ 1.7 ކިލޯމީޓަރާ ހަމައަށް ވެސް ބޮޑުކުރެވިދާނެ ކަމަށެވެ. އެއާޚިލާފަށް، މީހުންގެ ގެދޮރު ތަޅާނުލައި، ކުޅުދުއްފުށީގައި އެޅޭނީ އެއަށް ވުރެ ކުޑަ، 900 މީޓަރުގެ ރަންވޭއެއް ކަމަށް އޭނާ ދެކެ އެވެ.
ނޮޅިވަރަމުގައި އެއާޕޯޓެއް އެޅިދާނެކަން ދައްކައިދީފައި. ފޮޓޯ: ދެޓް މޯލްޑިވްސް ބްލޮގް
ކުޅުދުއްފުށީ މީހުންނަށް އެއާޕޯޓެއް އަޅަން ބްލޮގަރު ދައްކާ އަނެއް ތަނަކީ އަށް ކިލޯމީޓަރު ދުރުގައި އޮތް ނޮޅިވަރަންފަރެވެ.
ދެން އޭނާ ބުނަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން ކޮންމެހެން ބޭނުމިއްޔާ ޗަސްބިން ނެތް ސަރަހައްދުގައި ވެސް އެކަން ކުރެވިދާނެ ކަމަށެވެ. ކައުންސިލުން އެ ޚިޔާލު ހުށަހެޅުމުން، އެ ހިސާބުގައި އެކަށީގެންވާ ޖާގައެއް ނެތް ކަމަށް ސަރުކާރުން ނިންމިޔަސް އޭނާ އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ. ބްލޮގަރު ބުނަނީ ކުޑަ ބިންކޮޅެއް ހިއްކައިގެން ދަތި ގޮތަކަށް 1.2 ކިލޯމީޓަރުގެ ރަންވޭއެއް އެ ސަރަހައްދުގައި އެޅިދާނެ ކަމަށެވެ؛ އެކަމަކު އެއީ މީހުން ދިރިއުޅޭ ސަރަހައްދުގެ ތެރެއިން ލާފަ އެވެ. އަދި އޭރުން ބަނދަރު ވެސް އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ވެސް ކުޅީގައި ހުރި މުހިއްމު ގަސްތައް ފަނާކޮށްލުމަށް ވުރެ އެ ގޮތް ވެސް މާ ރަނގަޅު ކަމަށް ބްލޮގަރު ލިޔެފައިވެ އެވެ.
"އުތުރުގެ އެއްވެސް ރަށެއްގައި އާ އެއާޕޯޓެއް އެޅުމުގެ ބޭނުމެއް އެބަ އޮތްތޯ އަހަރެން އަދިވެސް ސުވާލު އުފައްދަން. އެކަމަކު އެއާޕޯޓެއް ކޮންމެހެން ބޭނުން ވިޔަސް ކުޅުދުއްފުށީގެ މެންގްރޫވްތައް ސުންނާފަތިކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ނިންމާލަމުން އޭނާ ލިޔެފައިވެ އެވެ.
"އަހަރެން މި ހުށަހެޅި ގޮތްތަކުން ކުރެ ގޮތެއް އިޚްތިޔާރުކޮށްގެން ވެސް ސަރުކާރުން ބޭނުންވާ ނަތީޖާ (އިތުރު ވަޒީފާތަކާއި އުތުރުގައި އިގުތިސާދީ މަރުކަޒެއް ގާއިމްކުރުން) ހާސިލްކުރެވިދާނެ."
އޭނާގެ މި ޚިޔާލުތަކާ އެކު، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ނިންމުންތައް ފައިނަލްވެގެން އައި ގޮތަކާ މެދު އުފެދޭ ސުވާލުތައް ގިނަ އެވެ. ކުޅީގެ މުހިއްމުކަން ވަޒަންކޮށްފައިވަނީ ކޮން ގޮތަކަށް، ކިހާ މިންވަރަކަށްތޯ އާއި އެ ތަން ހިއްކައިގެން އެއާޕޯޓެއް އަޅަނީ އެ ނޫން އެއްވެސް ގޮތެއް ނުފެނިގެންތޯ މިހާރަށް ވުރެ ބޮޑަށް ސާފުވުން މުހިއްމެވެ.
އެއާޕޯޓެއް އަޅަން ކުޅުދުއްފުށީގެ 95 ޕަސެންޓް މީހުން ތާއީދުކޮށްފާނެ އެވެ. އެކަމަކު ކުޅި ހިއްކައިގެން އެކަން ކުރަން ރުހެނީ ކިތައް މީހުން ހެއްޔެވެ؟ އަދި ކުޅި ނައްތާނުލައި ވެސް އެއާޕޯޓް އެޅިދާނެކަން އެނގެންޏާ ކުޅުދުއްފުށީ މީހުންގެ ވިސްނުން ހުންނާނީ ކިހިނެއް ހެއްޔެވެ؟
އެ ރަށުގެ އެކަކުގެ ޝުއޫރަކީ މި އެވެ؛
"އަޅުގަނޑަކީ މި ރަށުގައި އެއާޕޯޓެއް އޮންނަން ބޭނުން މީހެކެވެ. ހަނިމާދޫގައި އެއާޕޯޓެއް އެބަ އޮތޭ ކިޔާ ދަލީލު ދައްކާ މީހުންގެ ވާހަކައަކަށް އެއްވެސް ކަހަލަ ތާއީދެއް ނުކުރެވޭނެ އެވެ. ގިނަ ފަހަރަށް އެ ވާހަކަ ދައްކަނީ ހަނިމާދޫ ދަތުރުގެ ތަކުލީފު ނޭނގޭ މީހުންނެވެ،" ކުޅުދުއްފުށި.ކޮމްގައި އަހުމަދު ދާވޫދު ލިޔެފައިވެ އެވެ.
"ދެން އޮތީ ކުޅީގެ ވާހަކަ އެވެ. މި ކުޅި އަކީ ރާއްޖޭގައި ވެސް އޮތް ހަމައެކަނި ހުދު މަށި ކުޅި އެވެ. ހިއްކައިގެން އެއާޕޯޓް އެޅުމަކީ އަޅުގަނޑު ވެސް އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. ބޭނުންވަނީ އެ ނޫން ގޮތެއް އޮތްތޯ އަދިވެސް ރަނގަޅަށް ދިރާސާކޮށް އެ ނޫން ގޮތަކަށް އެއާޕޯޓް އެޅޭ ނަމަ އެގޮތަކަށް ކަންތައް ކޮށްދިނުމެވެ."
އެހެންވީމާ އެފަދަ ދިރާސާއެއް ކުރި ހެއްޔެވެ؟ ކުޅި ހިއްކުން ނޫން ގޮތެއް ހަމަ ނެތީ ހެއްޔެވެ؟ ނުވަތަ ސަރުކާރުން އެހެން ގޮތެއް އޮތްތޯ ބަލަން ބޭނުން ނުވަނީ ހެއްޔެވެ؟
މި ސުވާލުތަކަށް ޖާގައެއް މި ލިބުނީ މަހާ ޖައްރާފު ކުޅުދުއްފުއްޓާ ދިމާއަށް މިސްރާބު ޖެހި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައި2ސެންޓްސް
28 October 2017
ކުޅުދުއްފުއްޓަކީ މާލެވަރު ތަނެއް. މާލޭގަ އެއާޕޯޓެއް އޮތްނަމަ މާލޭމީހުން މިހާރު ބިމަށް ޖެހޭނެވަރު ވިސްނާލާ. މިއީ މުސްތަގުބަލުގަ ތިރަށު މީހުންނަށް ދިމާވާނެ ބޮޑު މައްސަލައެއް. އަނެއްކާ އެއާޕޯޓަކާ މާ ބޮޑަށް ކައިރީގަ ރެސިޑެންޝަލް އޭރިޔާއެއް އޮތުމަކީވެސް ދުނިޔޭގެ އެއްވެސް ތަނެއްގަ މީހުން ބޭނުންވާ ކަމެއް ނޫން. އަދި އެކަން އިހްސާސް ނުވާތީ ނުވިސްނެނީ. އެއާޕޯޓާ ކައިރީ ހުންނަ ގެތަކުގެ މީހުން އެތަނުން ކިޔާ އަޑުންވެސް އުނދަގޫވެގެން އުޅޭނީ. ދެން އޮތީ ކުޅީގެ ކުޑަ ތަންކޮޅެއް ނުހިއްކާ ބާއްވާ ވާހަކަ. މިހެން ހެދީމަ އެ ތަންކޮޅުން ރަނގަޅަށް ފެން ދައުރު ނުވެގެން އެތަން ކުނިވެ އެތަނުން ނުބައިވަސް ދުވުމުގެ ފުރުސަތު ވަރަށް ބޮޑު. ދެން އަނެއްކާ ކުޅިއަކީ އާންމު ގޮތެއްގަ ދޫނިތައްވެސް ގިނަ ސަރަހައްދެއް. އެއާޕޯޓެއް ކައިރީ ދޫނި މާގިނަވުމަކީ ސިކިއުރިޓީ އިޝޫއެއް. ދޫނި މަރަން ނޫނީ ދޫނި އެތަނުން އެހެން ގޮތަކަށްނަމަވެސް މަދުކުރަން އުޅެން ޖެހޭނީ އަބަދު. މީގެ ހައްލަކަށް ވާނީ ކުޅީގެ ބާކީއިންބައިވެސް ހިއްކާލުން.
މާބުޅާ
28 October 2017
ކުޅި ހިއްކާފަ އެއާރޕޯޓް އަޅަންވީ ... ކީކުރާ ބޭކާރ ފެންގަންޑެ އެއީ.. މިހާރު މާލޭ މީހުންނަށް މި ކުޅިވަރް މުހިންމު ވެޖެ.. ދުރަކަމެކޭ
ައައްޑޫމީހާ
28 October 2017
ސާކް ސަމިޓް ބާއްވަން އައްޑޫ ގައި ހެދި ކޮންވެންޝަން ސެންޓަރ ހެދީ ކޮން ތަނެއް ހިއްކައިގެންތޯ.ހަަމަ މިސަރުކާރުން އެއަރޕޯޓް އަޅާފާނެތީ މާ ތިމާވެށި ވެގެން ތެޅިބާލަނީ. ތިމާމެންނަށް ނުވީމަ އެހެން ބަޔަކުވެސް ކުރިޔަ ނުދޭން. ތިމާވެއްޓަށް ބަލާ ބައެއް ނޫން ތިޔައީކީ.
ތަކުލީފު
28 October 2017
ދެން ހުރި ހުރިހާ ރަށަކުން ކުޅުދުއްފުއްޓަށް މީހުން ދަތުރު ކުރަނީ ހާދަ އަރާމެއްގައެވެ. އެކި އެކި ތަންތަން އަޅަންވީ އެކި ރަށުގައެވެ. ހުސްއެކަނި މާލެއާއި ކުޅުދުއްފުއްޓަކު ނޫނެވެ!
ހޯރަ
28 October 2017
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުން ކޮންމެހެން މުހިއްމެއްނޫން، އެހެންނަމަވެސް އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް ކޮންމެހެންވެސް އޮންނަންޖެހޭ
ސޮނިބެ
27 October 2017
ރައްޔިތުން ވިންދުނޭގޭ ރާއްޖޭން ބޭރުގައުޅޭ ބުލޮގަރު
މީހުންނޭ
27 October 2017
ބަލަގަ، އެއަރޕޯޓެއްއަޅަން މަދުވެގެން 3-4 މިލިއަން ޑޮލަރ އަދި ހިއްކަން އަނެއް 1-2 މިލިއަން ޑޮލަރު، އެއަރޕޯޓެއްގެ މުހިންމުކަމަކީ ހަނިމާދޫ ދުރުވެފަ މޫސުންގޯސްވުމުން ދަތުރުނުކުރެވޭތީ، މިކިއަނީ 20-25 މިނިޓްގެވާހަކަ، ނިކަން މާސިންގާ 100ވަރަކަށްމީހުންގެ ޖާގައިގެ 80-100 ވަރަކަށްފޫޓުގެ ސްޕީޑް 3 ފެރީބާއްބަލަ، ކަނޑުގަދަޔަސް އަރާމުގަ ދަތުރުކޮށްލެވޭނެ. މިކަމަށް ދާނީ ގިނަވެގެން 2މިލިޔަނެއްހާ ޑޮލަރު. ޙައްލުވީ އެއްނު.
ދިއްދޫބަކުރު
28 October 2017
ތިލަދުންމަތި އަތޮޅުގެ ބޮޑުމިނާ ރައްތައް ހުރިގޮތް ނޭގޭ މީހަކަށް ތިހެން ހިސާބުޖަހާލަން ވ.ވެސް ފަސޭހަވާނެ. ތިބޭފުޅާ ނިކަން 100ފޫޓްގެ 3ސްޕީޑް ފެރީބާއްވަބަލަ ކޮންމެ ރަށަކުން 1 މީހަކު ނަގައިގެން ހަނިމާދޫއަށް ދާން. ޔަގީން މަހެއްނުވެ ހުއްޓާލާނެ ދެކޮޅު ނުޖެހިގެން.
އަޙްމަދު މުޙައްމަދު
29 October 2017
ދިއްދޫބަކުރު ތިބުނަނީ އެެއަރޕޯޓް އެޅުމަކީ ދެކޮޅޮ ޖެހޭނެ ކަމެކޭތޯ؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
27 October 2017
އުސްތާޒު ޖަމީލް ދީދީގެ “ރަންގަނޑެކޭ ހިލަގަޑެކޭ ވާނީ އެއްވަރު” މިވާހަކަ އާއި ޔާމީން އަޅާން ތިޔަ އުޅޭ އެއަރޕޯޓަކާއި އެއްވެސް ތަފާތެއް ނުވާނެ. ވަގުތު ހަމަވީމަ ވެރިކަމަށް އުއްމީދެއް ލިބޭތޯ “ތިޔަ އެއަރޕޯޓް އެޅިކަމުގައި ވިޔަސް މިސަރުކާރަކީ ތިތަން ވަސީލަތް ޤާއިމް ކޮށްހިންގާނެ ބައެއްނޫން.” ބޭނުމީ ދެމެހެއްޓެނިވި ސަރަހައްދުގެ އު ފެއްދުން ތަކަށް ވިޔަފާރި ލިބި މެދުމިނުގެ ރައްޔިތުންގެ ދިރިއުޅުމަށް ފުރުސަތު ލިބޭ ގޮތަށް 10 މިނެޓް ގެ ދަތުރަކުން ދެވެން އޮތް އެއަރޕޯޓް ފެންވަރު ރަނގަޅުކޮށް ސިލޯނަށާއި އިންޑިޔާގެ އިތުރުން ތައިލެންޑަށް ޑައިރެކްޓް ފުލައިޓް ބާއްވުން. އަދި 100 މީހުންގެ ޖާގައިގެ 3 ފެރީން އަތޮޅުގެ ހުރިހާ ރަށަކާއި އެއަރޕޯޓް ފެރީގެ ނިޒާމަކުން ގުޅާލުން. އަދި ހަފުތާ އަކު 2 ދުވަހު މާލެ އަންނަ ގޮތަށް ހެދުން ހުރިހާ ގޮތަކުންވެސް މުޅި އަތޮޅު ރައްޔިތުންގެ ކުރިއެރުމަށް ކައުންސިލުން ވިސްނާންޖެހޭ. ތިޔަ އެއަރޕޯޓް އެޅި ކަމުގައި ވިޔަސް ތިއީ އައްޑޫ ގަމުގައި އޮތް ފަދަ “ތަޅުން ގަނޑަކަށް” ނޫނީ މިމީހުން ނަހަދާނެ.
ބޭރުވެލާ
27 October 2017
ކުޅުދުއްފުއްޓަށް އެއާޕޯޓެއް މިހާރުން މިހާރަށް އެހާ މުހިއްމުބާއޭ ހިތަށް އަރާ......އެކަމަކު ކުޅުދުއްފުށީ ރައްޔިތުން ރަށު ބަންދުން ވީއްލި ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވެންޖެހޭ...ރިޔާސީ ހަޅަ ޖެހުމަކީ ޒަމާނުއްސުރެ ދިވެހިރާއްޖެ ތަޖުރިބާކޮށްފައިވާ ކަންތައްތައް... އެކަހަލަ ވަގުތުތަކުގައި ސަރުކާރުން އަބަދުވެސް ބަލާނީ އިންތިހާބް ކާމިޔާބު ކުރުމަށް.....
ސިންތިލީ ވޫމް
27 October 2017
މިއޮތީވާ ކަމެއް ފެން މަތިވެފައި. 2 ބުރިޔައް ކުޅުދުއްފުށީ ހަދާފަ މަތީ ފަންގިފިލާގައި ތިޔަ އެއާޕޯޓު އަޅަން ވީނުން!
ނަލަ
27 October 2017
އެންމެ ސަޅި ޚިޔާލު
ޚުސެނު
27 October 2017
ޢެމްޑީޕީބއިން އޮތީ ތިޔަރަށް ދެބުރިޔަށް ނަގާގޮތައް ނިްމާފަޔޯ...ނުނެއގުނިސް ވެރިކަން ބަދަލްވިއްޔޯ..... ހީހީހަލާކު..... ދެން އަތްޖަހާ...