ރިޕޯޓް / ސަލްޓަން ޕާކް

ސަލްޓަން ޕާކުގެ ބައެއް ތަންތަން ފަޅުވެ، އަޅާނުލެވޭ ކަމުގެ ޝަކުވާ!

ސަލްޓަން ޕާކުގައި ހަދާފައިވާ ޑެކެއް: ޕާކްގެ ބައެއް ތަންތަން ވަނީ ހަލާކުވެފައި ---މިހާރު ފޮޓޯ: ހުސައިން ވަހީދު

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ އެކި ޕްރޮޖެކްޓުތަކުގެ ތެރެއިން، އެންމެ ބޮޑަށް ޕްރޮމޯޓް ކުރި އެއް ތަނަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން، ސަލްޓަން ޕާކުގައި ހެދި ވިންޓަ ތީމް ޕާކެވެ. އެތަން އޭރުގެ ސަރުކާރުން ފާހަގަކުރީ ރާއްޖެއަށް ސްނޯ ފައިބައި، ފިނި މޫސުމުގެ އިހުސާސް ކުރެވޭނެ ފަދަ ތަނެއްގެ ގޮތުގަ އެވެ.

ސަލްޓަން ޕާކުގެ އިރު ދެކުނު ކަނުގައި ހުރި ކަޅުވަކަރު މިސްކިތް ނެގުމަށް ފަހު ހެދި ވިންޓަ ތީމު ޕާކު، މިދިޔަ އަހަރުގެ ޖޫންގައި އާއްމުންނަށް ހުޅުވާލުމާ އެކު ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ގިނަ ކުޑަކުދިންތަކެއް އެތަނަށް ގޮސް ފިނި މޫސުމުގެ އުފާ ލިބިގަތެވެ.

އެކަމަކު ބޮޑު ހަރަދެއްކޮށްގެން ހެދި ތަން މިހާރު އޮތީ ފަޅަށެވެ. އެތަނުގައި ހިދުމަތް ނުދޭތާ އެތައް ދުވަހެއް ވެފައިވާއިރު، ވިންޓަ ތީމް ޕާކާ އެކު ހިންގި ކެފޭ ވެސް ވަނީ ހުއްޓާލައިފަ އެވެ.

ވިޓަ ތީމް ޕާކްގައި ސްކޭޓް ކުރަނީ: ތަން ހުންނަނީ ބަންދުކޮށްފައި -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ވިންޓަ ތީމް ޕާކުގެ އިތުރުން ސަލްޓަން ޕާކުގައި ހެދި އެހެން ބައެއް ތަންތަން ވެސް މިހާރު ބޭނުމެއް ނުކުރެވެ އެވެ. އެއް ބަޔަކު މިކަން ސިފަކުރީ ކުރީގެ ސަރުކާރުން ހެދި ތަނަކަށް ވުމުން، މި ސަރުކާރުން އަޅާނުލައި ދޫކޮށްލީ ކަމަށެވެ. އެކަމަކު ސަރުކާރުން ބުނީ ބޮޑު ހަރަދެއްކޮށްގެން އެ ތަންތަން ހަދާފައިވަނީ ބޭނުމެއް ނުހިފޭ، އަވަހަށް ހަލާކުވާ ފަދަ ގޮތަކަށް ކަމަށެވެ. އަދި ޕާކު އަލުން ހެދިތާ އަހަރެއް ވީއިރު، އެކި ތަންތަން ހަލާކުވެފައިވާ ކަމަށް ވެސް އާ ސަރުކާރުން ބުނެ އެވެ.

އަގުބޮޑުކޮށް ހެދި ތަންތަނުގެ ބޭނުން ނުހިފި!

ސަލްޓަން ޕާކުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލުކޮށް، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެތަން ތަރައްގީކުރީ މި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ނުފެންނަހާ ޗާލު ބަގީޗާއެއްގެ ގޮތުގަ އެވެ. ސިފައިންގެ އެހީގައި އެތަނަށް ބޮޑެތި ބަދަލުތައް ގެނަ އެވެ. އެގޮތުން އެއް ތަނަކީ، ޑައިމަންޑް ވިންގްސްއާ ހަވާލުކޮށްގެން ހެދި ވިންޓަ ތީމް ޕާކެވެ.

ފިނިހޫނުމިން 4-14 ޑިގްރީގައި ހުންނަ އެ ތަނަށް ވަދެވެނީ ޓިކެޓް ނަގައިގެންނެވެ. ފިނި މޫސުމުގައި ބޭނުންކުރާ ބޫޓާއި ޖެކެޓް އަދި އަންގި ވެސް ދޫކުރީ ކުއްޔަށެވެ. ޑައިމަންޑް ވިންޑްސްއާ އެތަން ހިންގަން ހަވާލުކުރީ، އެ ތަނުގެ ބޭރުގައި ކެފޭއެއް ހިންގުމުގެ ހުއްދައާ އެކުގަ އެވެ.

އެކަމަކު އަގުބޮޑު ވިންޓަ ޕާކުގެ ހިދުމަތް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް އޮތީ ހުއްޓާލައިފަ އެވެ. މިހާރު އެތަން ހުރީ ފަޅަށެވެ.

ވިންޓަ ޕާކް: އެތަން މިހާރު ބޭނުންނުކުރާތާ އެތައް ދުވަހެއް ވެއްޖެ

ދެން ޕާކުގައި ހުރި ފާހަގަކޮށްލެވޭ އަނެއް ތަނަކީ ބިމުން ފެށިގެން 12 ވަރަކަށް ފޫޓު އުހުގައި ހަދާފައި ހުންނަ ބިއްލޫރި "ގެ" އެވެ. އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ދަރިވަރުންނަށް ކިޔެވޭ ގޮތަށް ކްލާސްރޫމުތަކަކާއި ކުރެހުމުގެ ހުނަރު ދައްކާލަން އާޓް ޑެކެއް، އެތަނުގައި ހުރެ އެވެ. ޕާކުގެ ފުރިހަމަކަން އެންމެ ރީތިކޮށް ފެންނަނީ ވެސް އެތަނަށް އެރުމެވެ. އެކަމަކު މިހާރު އެތަނުގެ ބޭނުމެއް ވެސް ނުކުރެ އެވެ.

ކުރީގެ ސަރުކާރުން ތަރައްގީކުރި މި ޕާކުގެ ހިދުމަތް އެންމެ އެދެވޭ ގޮތަށް ފޯރުކޮށް ނުދޭ ކަމަށް ބުނެ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ބުނީ ސަލްޓަން ޕާކު މިހާރު ދަނީ މަރުވަމުން ކަމަށާއި ކޮންމެ ސަރުކާރަކުން ތަރައްގީކުރި ތަނެއް ކަމުގައި ވިޔަސް، އެއިން ފައިދާތަކެއް ކުރާ ނަމަ އެތަން ރަނގަޅަށް ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ހަދާފައިވާ މިފަދަ ތަންތަން ވީރާނާވާން ދޫކޮށްނުލުމަށް ބައެއް މީހުން ގޮވާލާފައިވެ އެވެ.

"މިއީ މާލޭން އަހަރެމެންނަށް ހިތްހަމަ ޖައްސާލަން އޮތް ހަމައެކަނި ތަނަކީ. މިތަންތަން ހަލާކުވިޔަ ނުދީ ރަނގަޅަށް ބަލަހައްޓައިދީ،" މާލޭ ސިޓީ ކައުންސިލް ޓެގްކޮށް، މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ސަލްޓަން ޕާކުގެ "ބިއްލޫރި ގެ": މި ތަން ވެސް މިހާރު ހުންނަނީ ފަޅަށް-- ފޮޓޯ: ޓްވިޓާ

"ރަސްރަނި ވިއު"ގެ ނަމުގައި ހެދި ބިއްލޫރިގެ ފަޅަށް ހުންނަކަން ފާހަގަކޮށް އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ އެތަން ހުޅުވި ދުވަސްކޮޅު، ގިނަ ކުދިންތަކެއް ކުރަހައި މުނިފޫހިފިލުވާނެ ވަސީލަތްތައް އެތަނުގައި ހުރި ކަމަށާއި އެކަމަކު މިހާރު އެތަނުގެ ބޭނުން ނުހިފޭ ގޮތް ވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ބޮޑެތި ބަދަލުތަކަށް ފަހު ސަލްޓަން ޕާކު ހުޅުވި ދުވަސްކޮޅު އެތަނުގައި ޑިޖިޓަލް ސޭންޑް ބޮކްސް ފަދަ ބޭނުންތެރި ސާމާނު ހުއްޓަސް މާ ގިނަ ދުވަހެއް ނުވެ އެ އެއްޗެހި ވެސް އެތަނުން ގެއްލިއްޖެ ކަމަށް ޓްވީޓެއްގައި ބުނެފައިވެ އެވެ.

"މި ތަންތަނަށް މީހުން ދަނީ ވަކި މީހަކު ތަރައްގީކުރި ތަނެއް ވީމައެއް ނޫން. ރައްޔިތުންގެ ފައިސާއިން އެޅި ރައްޔިތުންގެ ތަނަކަށް ވީމައި. އެހެންވީމައި ކޮންމެ ސަރުކާރަކުން ވެސް މިތަން ބަލަހައްޓަން ޖެހޭނެ،" އާންމު މީހަކު ބުންޏެވެ.

ބައެއް މީހުން ވަނީ ޕާކުގެ ހިދުމަތް ދަށްވެފައިވަނީ، އެތަން ބަލަހައްޓައި، މަރާމާތު ކުރަން ތިބި މީހުން ވަޒީފާއިން ވަކިކުރުމުން ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު މާލޭ ސިޓީ ކައުންސިލުން އެކަން ދޮގުކުރެ އެވެ.

"ގިނަ ތަންތަން ހަދާފައި ހުރީ ހަމައެކަނި ނަމަކަށް، ގިނައީ އިސްރާފު"

ސަލްޓަން ޕާކްގެ ބިއްލޫރި "ގޭ"ގައި ބަޔަކު މަޑުކޮށްލައިން -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި ވަކި ސަރުކާރަކުން ތަރައްގީކުރި ތަނަކަށް ވާތީ އެތަނަކާ މެދު ކައުންސިލުން އިހުމާލެއް ނުވާނެ އެވެ. އެކަމަކު ޕާކު ހަދާފައި ހުރީ، އަވަހަށް މަރާމާތު ކުރަން ޖެހޭ ފަދަ ގޮތަކަށް، އިސްރާފު ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާކުގައި އެބަހުރި މަރާމާތުކުރަން ޖެހޭ ގިނަ ތަންތަން. އެކަމަކު އެ ތަންތަން ހަލާކު އެވީ އެތަނަށް އަދި އަހަރެއް ވީ ތަނުން. އެހެންވީމައި، ތަނުގެ ފެންވަރާ މެދު ވިސްނަވާ ލައްވާ،" ޝިފާ ވިދާޅުވި އެވެ.

''އަޅުގަނޑުމެން ސުވާލު އުފައްދަންވީ އެހާ ރަނގަޅަށް ހަދާފައި ހުންނަ ތަނެއް އަހަރެއް ވާތަނުން ހަލާކުވާން ވީ ކީއްވެގެން ކަމާ މެދު." އޭނާ ވިދާޅުވި ގޮތުގައި ބިއްލޫރިގޭގެ ބޭނުން ނުހިފާ ސަބަބު މިހާރު ދަނީ ބަލަމުންނެވެ.

ޝިފާ ވިދާޅުވީ ސަލްޓަން ޕާކުގައި ހަލާކުވާ ތަންތަން ވީ އެންމެ އަވަހަކަށް މަރާމާތު ކުރާ ކަމަށާއި އެކަމަށް ހާއްސަކޮށްފައި ބަޔަކު ވެސް ތިބޭނެ ކަމަށެވެ. އެކަމަކު އެއިން ކޮންމެ ކަމަކަށް ވެސް ބަޖެޓް ހަމަޖައްސަން ޖެހޭ އިރު އެކަމަށް ބައެއް ފަހަރަށް ވަގުތު ނަގާފާނެ ކަމަށް ވިދާޅުވި އެވެ.

ސަލްޓަން ޕާކް ތަރައްގީކޮށް، ބޮޑެތި ބަދަލުތަކާ އެކު ހުޅުވި ދުވަހު ނަގާފައިވާ ފޮޓޯއެއް ---މިހާރު ފޮޓޯ: ހުސައިން ވަހީދު

ޝިފާ ވިދާޅުވި ގޮތުގައި އެތަންތަން އިތުރަށް ތަރައްގީ ކުރެވޭނީ ކައުންސިލަށް މާލީ މިނިވަންކަން ލިބިގެންނެވެ. ކައުންސިލަށް ލިބިފައިވާ ބަޖެޓުން މުޅި މާލޭގެ ތަރައްގީއަށް ޚަރަދު ނުކުރެވޭނެތީ އޭނާ ވިދާޅުވީ ޕާކުން ލިބޭ އާމްދަނީއަކުން އެތަން ބެލެހެއްޓޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

ސަލްޓަން ޕާކު ބަލަހައްޓަން ތިބޭ މުވައްޒަފުންގެ ތެރެއިން އެކަކު ވެސް ވަޒީފާއިން ވަކި ނުކުރާ ކަމަށް ކައުންސިލުން ބުނެ އެވެ. އެކަމަކު ކުރީ ސަރުކާރުން އެތަނަށް ހަމަޖެއްސި ޓުއާގައިޑުން މިހާރު ބޭނުމެއް ނުކުރެ އެވެ.

ޝިފާ ތުހުމަތުކުރެއްވި ގޮތުގައި ހައުސިން މިނިސްޓްރީން އެ ޓުއާގައިޑުންނަށް ވަޒީފާ ދިނީ، ވަކި ބަޔަކަށް ވަޒީފާ ހޯދައިދިނުމުގެ ނިޔަތުގައި، ރަށްރަށުގެ ޕްރޮޖެކްޓުތަކަށް ހުރި ފައިސާއިން ކަމަށެވެ.

"އެއީ އެއްގޮތަކަށް ވެސް ތަން މަރާމާތު ކުރުމަށް ލާފައި ތިބި ކުދިންނެއް ނޫން. ޕްރޮޖެކްޓުތަކުން ފައިސާ ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ޓުއާގައިޑުން ހޯދާ، އެ ކުދިންނަށް ޓްރެއިނިން ދީގެން މަސައްކަތަށް ނެރޭނަން،" ޝިފާ ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ މަލާމާތުގެ ޓްވީޓެއް

އޭނާ ވިދާޅުވީ ފެން އަރުވާ ވަޑާމާއި މަސް ފެންގަނޑު ބެލެހެއްޓުމަށް އޭރުގެ ސަރުކާރުން ބަޔަކާ ހަވާލުކުރީ މަހަކު 156،000 ރުފިޔާއަށް ކަމަށް ވުމުން އެއީ ބޮޑު އިސްރާފެއް ކަމަށެވެ. އަދި އެތަނުގެ ގިނަ މަސައްކަތްތައް ކޮށްފައި ހުރީ ވަކި ބަޔަކަށް އާމްދަނީ ލިބޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނާ ގޮތުން ނަމަ ސަލްޓަން ޕާކު ބަލަހައްޓަން ކައުންސިލުން މިހާރު ވެސް ބޮޑު ޚަރަދެއް ކުރެ އެވެ. އެތަނުގައި ހަލާކުވެފައި ހުރި އެއްޗެހި ކުއްލިއަކަށް ނުހެދުނު ނަމަވެސް، ފައިސާ ހުރި މިންވަރަކުން މަރާމާތު ކުރާ ކަމަށް ވެސް ބުންޏެވެ. އެހެންވެ، އާންމުންގެ ކަންބޮޑުވުންތައް ޝިފާ ސިފަކުރެއްވީ، "އިދިކޮޅު ފަރާތްތަކުން ދައްކާ ސާބިތު ނުހިފޭ ވާހަކަތަކެއް"ގެ ގޮތުގަ އެވެ. "މާލޭގެ ތަންތަން ތަރައްގީ ކުރުމަށް އަޅުގަނޑުމެންނަށް އެބަ މަސައްކަތްތަކެއް ކުރެވޭ. އެހެންވެ، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކެއް އެއީ،" ޝިފާ ވިދާޅުވި އެވެ.

47 ކޮމެންޓް, 78 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 3%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕާކު

23 October 2019

މީ އެއްކަހަލަ އެއްކަމެއްވެސް ވާ ސަރުކާރެއް ނޫން! ފޭލިވެފައިވާ ސަރުކާރެއް!

The name is already taken The name is available. Register?

ހޮޓްކިންގ

23 October 2019

ކަމުން ރެކޭ މިވަރުގެ ކަޑަ މޭޔަރެއް ދުށީމުތަ؟ ކުށް ދެއްކުން އަބަދުވެސް ކަމަކީ. އޭނާ ޒިންމާވެ ކުރާކަމެއް ހަރާމް.

The name is already taken The name is available. Register?

ޥިސްނުން

23 October 2019

ތީހަމަ ރަސްރަނިބަގީޗާ ރަސްރަނިބަގީޗާ އަލުގަނޑަ ފެންނަނީ މިހާރުންމިހާރައް ތިތަންތަޅާސުންނާފަތިކޮށް އުކާލާފަ ގޯނިދާމާފަ އަލުންހުޅުވަން

The name is already taken The name is available. Register?

ާއުނިމާ

23 October 2019

މީ މިސަރުކާރުގެ ފެންވަރަކީ

The name is already taken The name is available. Register?

ވޯލް

22 October 2019

މާލެއަކީ ވިންޓަރ ޕާކް އަޢި އައިސް ރިކް އަޅާ ކަހަލަ ޤައުމެއް ނޫނޭ. ސަބަބަކި ބޭރު ޤައުމުތަކުގައި އެތަންތަނށް އަބަދުވެސް ވަންނާނެ މީހުން ވާކަން. އެއީ ބަލަހައްޓަންވެސް ޚަރަދު ބޮޑު ކަމެއް. މި މާލޭގެ މެޖޯރިޓީ މީހުންނަށް މަހަކު 1 ފަހަރުވެސް 500 ޚަރަދު ކޮށްފަ ކުދިން ގޮވައިގެން ނުދެވޭނެ. އެވަރުގެ އާބާދީއެއް އަދި ނެތް. ހުޅުމާލޭގައި އަޅާ ވޯޓަރ ޕާކަށްވެސް ހަމަ ވާނީ ތިހެން ބަލަންތިބޭތި.

The name is already taken The name is available. Register?

200000މީހުން

22 October 2019

150،000 މީހުން ދިރިއުޅޭ ކޮށީގައި ހިތްފަަސޭހަ ކޮށްލުމަށް ހިންގާ ޕާކަމަށް 150،000ރ އަކީ ކުޑަ އަދަދެއް. މަޖީދީ މަގު ފިހާރަތަކުގެ ކުލިވެސް ތިއަށް ވުރެ ބޮޑު. މި ކައުންސިލަކީ ހުރިހާ ކަމަކަށް އުޒުރުދަށްކާ ބޭކާރު ބޯތަކެއް. އެއްކަމެއްވެސް ރަނގަޅަކަށް ނުކުރޭ. ހުސް ޑްރާމާ.

The name is already taken The name is available. Register?

ހުވާ

22 October 2019

ފެއިލްވެފަހުރިމޭޔަރެއް. ކުރިއަށްއޮތް ދައުރަށް ކުރިމަތިލީ ލަދެއްގައިބެދެން.

The name is already taken The name is available. Register?

ހަސަންބޭ

22 October 2019

ﷲ އަށްޓަކައި ބުނަން ތިޔައީ ވަރަށް ރަގަޅު ފެންވަރަކަށް ހަދާފަވާ އަދި އެހާމެ ރީތި ލޭންޑްސްކޭޕެއް އޮތް ބަގީޗާއެއް ތިޔަތަނުގައި ފެޅި ޖޭމުގަސްތަށްވެސް ބޮޑުވެ މުޅިތަން ޖަންގަލި ކޮށްލީ ރޭވުމެއްގެ ތެރެއިން. މި ބައިގަޑަށް ވާނަމަ ބްރިޖްވެސް ވައްޓާލާނެ، އަސްލު ވަރަށް ބޮޑަށް ބަދަލް ހިފުމާއި އަނިޔާވެރިކަމުގެ ސަރުކާރެއްމީ އިންސާނުންނަކަށް އެކަންޏެއްނޫން މުދަލާއި އިމާރާތްތަކާއި ގަސްގަހާގެއްސާއި މަސްމަހާމެއްސަށްވެސް

The name is already taken The name is available. Register?

އަމައްޔާއި

22 October 2019

ތަނުގެ ނަން ބަދަލުކުރަންވީމަ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ހަރަދު. ތަން ހިންގަންވީމާ މިދިޔަ ސަރުކާރުން ކޮށްފައިވާ ބޭކާރު ކަމެކޯ. ރައްޔިތުންގެ ލާރިން ރައްޔިތުންގެ މަންފާއަށް ހަދާފަ ހުންނަ ތަންތަނަކީ ތިޔާހެން ވާނެއެއްޗެއް ވާން ދޫކޮށްލެވިގެންވާނެ ތަންތަނެއް ނޫން. ޔާމީނު ގެންނެވި ތަރައްގީ ވީމަ އެއީ ފަނާވާން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން. އެގޮތަށް ކަންތައްކުރުމަކީ ޚިޔާނާތެއް. މާދަމާ ތިތަން މަރާމާތު ކުރަން ޖެހުނަސް ޚަރަދު ކުރާނީ ރައްޔިތުންގެ ލާރިން!

The name is already taken The name is available. Register?

ހަނދު

23 October 2019

ނަން ބަދަލުކުރުމާއެކު ތަން ވެސް (އިހު ހުރިގޮތަށް) ބަދަލު ކުރެވޭތޯ ބަލަންވާނު

The name is already taken The name is available. Register?

އަސްތާ

22 October 2019

މި މާލޭ ސިޓީ ކަމއުންސިލަކީ ބޭކާރުތަނެއް

The name is already taken The name is available. Register?

ގިޔާސް

22 October 2019

ދެރައީ ޤާނޫނީބާރު ލިބިގެން ބޭކާރު ތަންތަން އުފައްދާތީ ދޯ!؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454