22 މެއި

May 22, 2019 27
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!

މާލޭ ގައި ބަސް ދަތުރުތައް ހަމަޖައްސައިދޭ ކުންފުނިން، މާލޭގެ މަގުތައް ބޭނުން ކުރާ މީހުންގެ ރައްކަލަކަށްޓަކައި، ފިޔަވަޅުތަކެއް އަޅައިފި ކަން ޢާއްމުކޮށްފި އެވެ. މާލޭގެ މަގުތަކުގައި ބަސް ދުއްވުމުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. މި ފިޔަވަޅު މި އެޅީ މަގުމަތީގައި ހިނގާބިނގާ މީހުން އުޅޭ ސަރަހައްދުން ކަސްރަތަށް ނުކުމެ އުޅުނު މީހަކު ބަސް...

20 މެއި

May 20, 2019 9
ލިންކް ރޯޑް ރަނގަޅުކުރުމުގެ މަސައްކަތް ފަށަން ތައްޔާރު

އައްޑޫ ލިންކް ލިންކް ރޯޑްގެ ސަލާމަތީ ކަންކަން ރަނގަޅުކުރަން ޓްރާންސްޕޯ މިނިސްޓްރީން ދިން ތަކެތި ބޭނުންކޮށްގެން މަގުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

19 މެއި

May 19, 2019 4
ބަސް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ޔުކްރެއިންގެ އަންހެނަކު ހިނގާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކު ޖެހި އޭނާ މަރުވި މައްސަލާގައި، އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ޓްރާންސްޕޯޓް މިނިސްޓްރީން...

May 19, 2019 14
ނުގަވައިދުން ޕާކްކޮށްގެން 800 ސްޓިކާ ޖަހައިފި

ގަވައިދާ ހިލާފަށް ޕާކް ކުރި ވެހިކަލްތަކުގައި މިދިޔަ ހަފުތާގައި 800 އަށް ވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

18 މެއި

May 18, 2019 17
އައްޑޫގެ އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް

ރޭ ދަންވަރު ސ. ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު ބޮޑެތި އަނިޔާތަކާ އެކު ހާލު ސީރިއަސް ވެއްޖެ އެވެ.

15 މެއި

May 15, 2019 20
ސައިކަލެއް ކޮންޓްރޯލުން ނެއްޓި ކުޑަ ކުއްޖަކު ޒަހަމްވެއްޖެ

މާލެ އިން ހުޅުމާލެ އަށް ކުޑަ ކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ ފެންސްގައި ޖެހި މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ކުއްޖަކު ޒަހަމްވެއްޖެ އެވެ.

May 15, 2019 26
ހައިވޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެެއްޖެ

ހުޅުމާލޭ ހައިވޭގައި ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެއްޖެ އެވެ.

May 15, 2019 8
އެމްޓީސީސީގެ ބަސް ދުއްވާ ނިޒާމު ވަރުގަދަކުރަނީ

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގެ ދަށުވެ، ޔުކުރެއިނުގެ ޓޫރިސްޓު އަންހެން މީހާ މަރުވި މައްސަލަ އަށް ފަހު، ބަސްތައް ދުއްވުމުގެ...

14 މެއި

May 14, 2019 8
ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ތ. ތިމަރަފުށީގައި މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީ އަށް ސްރީ ލަންކާގައި ފަރުވާދެމުން އަންނަނިކޮށް މިރޭ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ދެންމެ ބުނެފި އެވެ.

13 މެއި

May 13, 2019 43
މަޑުކޮށްފައި އޮތް ކާރެއްގައި ސައިކަލަކުން ޖެހިއްޖެ

ފުރޮޅު ފަޅައިގެން ދިއުމުން، ސިނަމާލެ ބްރިޖު ހައިވޭގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އޭނާ މިއަދު ޒަޚަމްވެއްޖެ އެވެ.

May 13, 2019
އެކްސިޑެންޓްވި ޒުވާނާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ކުޑަކުއްޖަކު ގޮވައިގެން އިއްޔެ ހަވީރު ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށް އެކްސިޑެންޓްވި ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

May 13, 2019 1
ބަސް އެކްސިޑެންޓުގައި މަރުވިމީހާގެ ހަށިގަނޑު ގެންދަނީ

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވި ޔުކްރެއިންގެ ޓޫރިސްޓު އަންހެންމީހާގެ ހަށިގަނޑު އޭނާގެ ގައުމަށް މިއަދު ފޮނުވާލާނެ ކަމަށް ފުލުހުން...

12 މެއި

May 12, 2019 35
އެކްސިޑެންޓެއް ހިނގައި އެކަކުގެ ހާލު ސީރިއަސް

އުމުރުން އަށް އަހަރުގެ ކުއްޖެއް އަރުވައިގެން ދިޔަ ސައިކަލެއް މިއަދު ހަވީރު އެކްސިޑެންޓްވެ، އެ ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން...

May 12, 2019 9
ބަސް ޑްރައިވަރުން އެއްގަމުގެ ގާނޫނުތަކަށް ހޭލުންތެރިކުރުވަނީ

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް އެމްޓީސީސީގެ ބަސް ޑްރައިވަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

10 މެއި

May 10, 2019 20
ހުޅުމާލޭގަ އެކްސިޑެންޓްވީ ކުޑަކުއްޖަކު ދުއްވި ސައިކަލެއް

ހުޅުމާލޭގައި ދެ ސައިކަލް ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު އޭގެ ތެރެއިން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

May 10, 2019 31
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި ދިވެއްސަކު ހޭނެތިއްޖެ އެވެ.

07 މެއި

May 07, 2019 28
މަރުވި މީހާގެ އާއިލާއަށް އެމްޓީސީސީން އެހީތެރިވަނީ

ހުޅުމާލޭގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިންގެ އަންހެން މީހާގެ އާއިލާއަށް އެހީތެރިވަމުން އަންނަ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

May 07, 2019 25
ޑްރައިވަރު ސިހިފައި ސްޕީޑަށް، ދެން ކޮންޓްރޯލެއް ނުވި!

އިއްޔެ ހެނދުނު ހުޅުމާލޭގައި ޔުކްރެއިންގެ ޒުވާން އަންހެން ޓޫރިސްޓަކު މަރުވި ހިތާމަވެރި ހާދިސާ ހިނގީ، އެމްޓީސީސީގެ ބަސް ޑްރައިވަރު ނިދިފައި އިންދާ އެހީތެރިޔާ ގޮވާލުމުން، އޮޅިގެން...

06 މެއި

May 06, 2019 26
ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ: ޝާހު

ދަތުރުފަތުރުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ސަރުކާރުގެ ކުންފުނި އެމްޓީސީސީގެ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު މިހާރު ވެސް ވަރަށް ރަނގަޅު ކަމަށާއި އެކަމަކު ޑްރައިވަރުންގެ...

May 06, 2019 123
ނިދާފައިއިނދެ ދުއްވި ބަހެއްގެ ދަށުވެ މީހަކު މަރުވެެއްޖެ

ހުޅުމާލޭގައި މިއަދު ހެނދުނު ޑްރައިވަރު ނިދާފައި އިނދެ ދުއްވާފައި ދިޔަ ބަހެއްގެ ދަށުވެ ޔުކްރެއިނުގެ އަންހެން ޓޫރިސްޓަކު މަރުވެއްޖެ އެވެ.

28 އެޕްރީލް

April 28, 2019 6
މިދިޔަ ހަފުތާގައި 56 އެކްސިޑެންޓް

މިދިޔަ ހަފުތާ ތެރޭ މާލޭގައި 56 އެކްސިޑެންޓެއް ހިނގައި 15 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފި އެވެ.

27 އެޕްރީލް

April 27, 2019 13
27 އަހަރު ކޯމާއެއްގައި އޮތް މީހަކު ހޭއަރައިފި

ދުބާއީ (އެޕްރީލް 27) - ޓްރެފިކް އެކްސިޑެންޓުގައި 1991 ވަނަ އަހަރު ސީރިއަސް ޒަޚަމްތަކެއް ލިބުނު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަންހެނަކު 27 އަހަރު ކޯމާއެއްގައި އޮތުމަށް ފަހު ހޭއަރައިފި އެވެ.

23 އެޕްރީލް

April 23, 2019 18
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސ. ހިތަދޫ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

April 23, 2019 6
ޒުލޭޚާގެ ސިކުނޑީގެ ތިން އޮޕަރޭޝަނެއް، އަދިވެސް ހޭނާރާ

ތ. ތިމަރަފުށީގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީ، އެއް މަސް ވީއިރު ވެސް ހޭނާރާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

19 އެޕްރީލް

April 19, 2019 20
ނޭޝަނަލްކޯލް ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

އަތޮޅުތެރޭގައި އެމްބިއުލާންސްގެ ޚިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޚާއްސަކޮށް އެއް ނަމްބަރަކުން އެ ޚިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

18 އެޕްރީލް

April 18, 2019 9
ގާނޫނު ނެތުމަކީ ރައްކާތެރިކަން ނުލިބެންވީ ސަބަބެއް ނޫން

ގާނޫނުތައް އިސްލާހު ކުރެވިފައި ނެތުމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

April 18, 2019
މީހެއްގެ ގައިގައި ޓެކްސީއަކުން ޖެއްސި މައްސަލަ ޕީޖީއަށް

ކަފި ހުރަހުން މަގު ހުރަސްކުރަނިކޮށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި މީހެއްގެ ގައިގައި ޓެކްސީއަކުން ޖެއްސި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ...

April 18, 2019 6
ސައިކަލެއް ކާރެއްގެ ދަށުވެ، ނުރައްކާތެރި އެކްސިޑެންޓެއް

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ކާރެއްގެ ދަށުވެއްޖެ އެވެ. ކާނިވާ ކައިރީގައި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

14 އެޕްރީލް

April 14, 2019
ލ.ގަމުގައި އެކްސިޑެންޓުވެ މީހަކު ސީރިއަސް ހާލަތުގައި

ލ.ގަމުގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

13 އެޕްރީލް

April 13, 2019
ސާރާ ހެލްމެޓް ނާޅައި ސައިކަލް ދުއްވި މައްސަލަ ޕޮލިހަށް

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ހާން ދާދި ފަހުން ފިލްމެއްގެ ޝޫޓިންގެ ތެރޭގައި ހެލްމެޓް ނާޅައި، ނިއު ދިއްލީގެ މަގެއްގައި ސައިކަލް ދުއްވި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

03 އެޕްރީލް

April 03, 2019 20
ސައިކަލު ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވައިފި

ތުއްތު ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.