02 ޑިސެމްބަރ 2018 - 08:38
ޕްލާސްޓިކަކީ ކިހާ ގެއްލުން ހުރި އެއްޗެއް ކަމާއި ޕްލާސްޓިކާ މެދު އަމަލުކުރަންވީ ކިހިނެއްކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މިހާރު އެނގޭނެ އެވެ. ފޮތްތަކުގެ ބޭރުގައި ތިޔަ ލައްވާ ސެލޯފޭނަކީ ވެސް ޕްލާސްޓިކް ކުންޏަށް ވެގެންދާ އެއްޗެއްކަން އެނގޭ ހެއްޔެވެ؟
ކުރިއަށް އޮތް ސްކޫލް އަހަރަށް ތައްޔާރުވާ އިރު، "ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕެއިނުން ދޭ ނަސޭހަތެއް އެބަ އޮތެވެ؛ ސެލޯފޭން ދޫކޮށްލާށެވެ!
"ސެލޯފޭން ބޭނުން ނުކުރުން ރަނގަޅު. މިހާރު މޮނިޓަ ފޮތްތައް ހުންނަނީ ވެސް ނުލާހިކު ރީތިކޮށް. އެހެންވީމާ އިތުރަށް ކަވަރެއް ލެއްވުމުގެ ބޭނުމެއް އޮތްހެނެއް ވެސް ހިއެއް ނުވޭ،" އެ ޕްރޮގްރާމްގައި އިސްކޮށް އުޅުއްވާ ހުދާ އަހުމަދު ވިދާޅުވި އެވެ.
ދަރިވަރުން ސެލޯފޭންއާ ދުރަށް ގެންދިޔުމުގެ މަސައްކަތް ޣިޔާސުއްދީން ސްކޫލުން މިހާރު ވެސް ކުރެ އެވެ. ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރަން އަހައްމިއްޔަތުކަން ދޭ އެ ސްކޫލުން ބެލެނިވެރިން ގާތު އެދެނީ ކުދިންގެ ފޮތްތަކުގައި ސެލޯފޭން ނުލައްވާ ބަހައްޓާށެވެ.
"ކޮންމެ ފޮތެއްގައި ކަވަރެއް ލައްވަން ބޭނުންވާ ޕްލާސްޓިކްގެ އަދަދާއި ތިމާވެށީގެ މައްސަލަތަކާ މެދު ވިސްނާލާ އިރު، ރަނގަޅު ގޮތަކީ ފޮތްތައް ފަރުވާތެރިކަމާ އެކު ގެންގުޅުމުގެ މުހިއްމުކަން ކުދިންނަށް ބުނެދިނުން،" ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.
ސެލޯފޭން ލެއްވުމަކީ ފޮތްތަކަށް ލިބޭ އިތުރު ރައްކާތެރިކަމެކެވެ. އެކަމަކު އެ ނުލައްވާ ވެސް، ގެއްލުން ނުލިބޭނެ ހެން ފޮތް ގެންގުޅެވިދާނެ އެވެ. ގައިމު ވެސް ޣިޔާސުއްދީންގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިންގެ ތަޖުރިބާއަކީ އެއީ އެވެ.
ޕްލާސްޓިކް މަދުކުރަން ކުރެވިދާނެ ކުޑަކުޑަ ކަމެކެވެ. ތިމާވެއްޓަށް ބަލައިގެން އުޅުމަށާއި ޒިންމާދާރުވުމަށް ކުދިންނަށް ދަސްކޮށްދޭ މުހިއްމު ފިލާވަޅަކަށް ވެސް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުޗުއްޓީ
06 December 2018
މޮޅު އާޓިކަލް އެއް ލިޔުނަކަސް ނުވާނެ ބޭނުންވަނީ އަމަލީ ސިފަގެނެސްދޭނެ ޒިންމާދާރު ފަރާތެއް. ލިޔުންތެރިން ބައިވަރު އެބަތިބި. ކޮންމެ ބޭފުޅަކަށް އެނގެނީ ބަސްބުނަން.
އޯނޯ
04 December 2018
ސެލޯފޭނާ ސެލޯ ޓޭޕާ ސެލޯ ގަލަމާ..މިއީ ހުސް ދޫކޮށްލަންޖެހޭ ތަކެތިބާ؟
ނޮޑީ
02 December 2018
ފޮތް ތަކުގައި އުކާލަން ނަގާ ހެދުން ތަކުގެ ފޮތި ކޮޅު ބޭނުން ކޮށްގެން ފަހާފައި ކަވަރެއް ލެއްވިދާނެ. ޙަޑިވީމާ ނަގާފައި ދޮވެލެވިދާނެ.
ކަކުނިބޯ
28 December 2018
ވެސްޓްމެޓީރިއަލް ކިޔަނީ މޮޅުކޮށްލަން މިހާރު މެގްނަމް ސްޓިކް ތޫތްޕިކް މިގަނެގެން ގެންދަނީ ހަމ އެގޮތަށް ތިޔަފޮތިވެސް ވާނީއެހެން
ާައައިސަ
02 December 2018
ކުދިން ގެންގުޅޭ ނޯޓު ފޮތަކީ ދެން ހަމަ އެހާ ރީތިކޮށް ބަހައްޓަން ޖެހޭ އެއްޗެއްބާ
ޔޭސް
03 December 2018
އައިޝާ...އަސްލު ފޮތްތަށް ވަރަށް ފަރުވާތެރިކަމާއެކު ރީތިކޮށް ގެންގުޅޭކުދިންތިބޭ..ވަރަށް ފަރުވާތެރިވެގެން..ފޮތުގައި ލިޔާއިރު ހެޑިންތަކާ ލިޔުންވެސް ވަރަސް ރީއްޗަށް ބަހައްތާ ކުދިންވެސް..އެވެސް ހަމަ އެކުއްޖެއްގެ އިންޓްރެސްޓް..އެކަމުން ކުެްޖާއަސް ތަރުތިބުކަމާ ފަރުވާތެރިވުމާ ގެންގުޅޭތަކެއްޗަށް ފަރުވަތެރިވެ ސާފުތާހިރުކަންފަދަ ރިތި އާދަތަށް ދަސްވާނެ.އަދި ހަމަ ވަރަށް މޮޅުކުއްޖެއްވެސް ފޮތަތަކުގައި އަވަސްއަރުވާލާފައި ލިޔެފަ ހުރެދާނެ..
ފސަަ
02 December 2018
ސެލޯފިން، ބަރުދަބަސް، ހޯމްވޯކް ކުދިންނަށް ދިނުން ދޫކޮށްލަންއެބަޖެހޭ.
މަރީމަރީ
02 December 2018
ސްކޫލް އައް އެންމެ ދުވަހަކު ސެލޯފެން ނުލައްވާ ފޮނުވިއަސް ހީވާނީ ޓީޗަރުންނައް އެހެންފަދަ ކަމެއްހެން..ސެލޯފެންނުލައްވާ ކިޔަވާ ނުދެވޭހެން..ސްކޫލް ގަބާއްވާފަ އޮންނަ ފައިލްވެސް ސެލޯފެން ނުލައްވަންޔާ ފައިލް ބަލައެއް ނުގަންނާނެ..
ހުވާ
03 December 2018
މަވެސް ތިހެންބުނަންވެގެން މިތަނަށް މިއައީ
ޢިޔާ
02 December 2018
ރަނގަޅި ވިސްނުމެއް...
ރާވެރިބެ
02 December 2018
މިފަހަރު މަށެއް ސެލޯފޭނެއް ނުލައްވާނަން
ޖުލައި
02 December 2018
ސެލޯފޭން އަކީ އަދި ޕްލާސްޓިކެއްނޫން، އެއީ ސެލިޔުލޯސް ، އިން އުފައްދާ އެއްޗެއް. ބަޔޯޑިގުރޭޑިބަލް އެއްޗެއް، އެކަމު މޫދަށް ކަނޑަށް އުކާލައިގެން ނުވާނެ ތިކަމަށް ވަކާލާތު ކުރާމީހުން ބުނެދޭންޖެހޭ ފުރަތަމަ މަސް ނުނިމެނީށް ފޮތްތަކުގެ ކަވަރު ހަލާކުވީމަ ހަދާނެ ގޮތްވެސް
ގަބުޅި
02 December 2018
ކެމިކަލް ފޯމިއުލާ ކޮންމެ ގޮތަކަށް ހުއްޓަސް އެއީ ހަމަ ޕްލާސްޓިކް. އެއްވެސް ޑިގުރެޑަބަލެއް ނޫން. ފުރަތަމަ މަސް ނުނިމެނީސް ފޮތްތަކުގެ ކަވަރު ހަލާކުވާނީ ދަރީންގެ ކުޅަދާނަކަމުން. ކިޔަވަން ގެންގުޅޭ ފޮތްފޮތަށް އިޙުތިރާމްކޮށް ރީއްޗައް ގެންގުޅެން ދަސްކޮށްދިނުން އެންމެ ހެޔޮ ގޮތަކީ.
އެޔާމީނު
02 December 2018
ކުޑަކުދިންނަށް ޕަޓަސްލާފަ އެއްޗެއް ދަސްނުވާނެ.
ވެސް
02 December 2018
ވަރަށް ބޮޑު ތެދެއް. ފޮތްތަކަށް ހަލާކުވުމުން ކާކު ޒިންމާ ވާނީ؟
ޖުމާ
03 December 2018
ރާއްޖޭގައި ސެލޯފޭން އޭކިޔާފަ ވިއްކަނީ އަސްލު ސެލޯފޭން އެއްނޫން. ޕްލާސްޓިކު ރެޕް. އެހެންވީމަ އަސްލު ސެލޯފޭން ލިބޭގޮތް ހަދަންވީ