މިޔަންމާ އާއި ރާއްޖެ ރޭ ކުޅުނު މެޗުގެ ތެރެއިން: މިޔަންމާ އަތުން ރާއްޖެ ބަލިވީ 7-0 ން --- އެމްއެފްއެފް
10 އޮކްޓޯބަރ 2022 - 09:38
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި މިޔަންމާ އަތުން 7-0 ރާއްޖެ ބަލިވެއްޖެ އެވެ.
މުބާރާތް ރާއްޖެއިން ނިންމާލީ ލަނޑެއް ނުޖެހި އެވެ. ސައުދީގެ ޚްބާރުގައި ހުންނަ ސައުދު ބިން ޖަލަވީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިޔަންމާގެ ސާ މައި ޒާ އަދި ދޭ ސޯން އައުންގް، ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ލަނޑު މައި ޒާ ޖެހީ ހަތްވަނަ މިނެޓްގަ އެވެ. ޓީމުގެ ދެވަނަ ލަނޑު ވެސް 28 ވަނަ މިނެޓްގައި ޖެހީ އޭނާ އެވެ. ތިންވަނަ ލަނޑު ޖެހީ ސޯން އައުންގް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޔަތު ޕޯން ކާންޓް އެ ޓީމުގެ ހަތަރުވަނަ ލަނޑޫ ޖެހި އެވެ.
ދެވަނަ ހާފުގައި ޖެހީ އަނެއް ތިން ލަނޑު ޖެހީ ސޯން އަުންގް އައުންގް ޒާ މިޔޯ އަދި މިޔޯ މިން ކާންޓް އެވެ.
ގުރޫޕްގެ ފަހު މެޗުގައި ސައުދީ އަރަބިއާ އަތުން 2-1 ން އިންޑިއާ ބަލިވި ނަމަވެސް، އިންޑިއާ ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރު ބާއްވާ މުބާރަތަށް ކޮލިފައި ވެފަ އެވެ. އިންޑިއާއިން ވަނީ ނުވަ ޕޮއިންޓް ހޯދާފަ އެވެ.
ގުރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވި ސައުދީ އަރަބިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަ
11 October 2022
އަޖައިބެއްފަހެނުވާނެ، މިޤައުމުދެކެ ފުޓުބޯޅަދެކެ ކުޑަކޮށްވެސް ލޯތްބެއްވާނަމަ، މިބައްސާމްއާއި އޭނަގެ އައްވާނުން އެތަނުން ވެއްޖެނޫން އިސްތިއުފާދޭން. ކިހާބޮޑުވެއޖެކަމެއްމީ ބައްސާމޫ
އާތިފާ
11 October 2022
ރާއްޖޭގެ އެއްމެން ފުޓްބޯޅަ ކުޅޭއިރު އަދި ނުވީތާކަށް ސަރުކާރުން ބޮޑުހަރަދު ކުރާ ޓީމްތަށް މިފަދަ ނަތީޖާ ނެރޭކަމަށްވަންޏާ މިކަން އެހެން ގޮތަކަށް ބަދަލުކުރަންޖެހޭ.
ހެހެހެ
11 October 2022
ފުޓްބޯޅަ ދެން ރަނގަޅުވާނީ ރާއްޖޭގައި ނުކުނިއްޔާ!
ކުނޫޓް
10 October 2022
ހަތަރު މެޗްކުޅެންވެސް އެރުވީ ހަމައެކަނި އެއްކުޅުންތެރިންތަކެއް. އެއްގޮތަކަށްވެސް ނުކުޅުވާ ކުޅުންތެރިން ނާއި ގޯލްކީޕަރުން އެބަތިބި. މިވަރަށް ލަނޑުޖެހިއިރުވެސް އެކުޅުންތެރިން ނަށްއެއްވެސް ފުރުސަތެއްނުދީ އެއަންނަނީ ހަމައެކަނި އުމްރާގެ އަޅުކަން އަދާކޮއްލާފަ.
ސަންބޯޅަ
10 October 2022
އެކަމަކު ހުނަރުގެ ގޮތުން އެންމެ މޮޅީ ދިވެހިރާއްޖެ. މީ ދެން އަޖައިބެއް ؟ . މިކަން އޮބޭނެ މާދަމާ . ހެޑުލައިނެއް އަޅާ ލާނެ މުޅި ރާއްޖެ ވަށާ ޖަހިގެން ވަރަށް މޮޅު ޓީމެއް ހަދައިގެން ކާމިޔާބު ތައް އުތުރި އަރާތަން ހުވަފެނުގަ ފެނިއްޖެއޭ!
ދޮހޮއްތު
10 October 2022
މިނޫން ވަރެއް ނުވޭދޯ. އަދިވެސް ދާތި ހެހެހެ
ތުނޑުހަސަނު
10 October 2022
ރާއްޖޭގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކަކީ ގޭންގްތަކަށް ފައިސާ ހޯދުމަށް ތަނަވަސްކުރި ފުރުސަތެއް. އެއީ ޕްލޭނެއް އޮވެގެން ޓާގެޓެއް ޙާސިލުކުރަން ކުރާ ކަމެއް ނޫން. ފައިސާ ލިބުނީމަ ނިމުނީ. ގޭތެރޭގައި ބޯޅައެއް ދީފައި ބެހެއްޓިޔަސްް ފައިން ބޯޅަ ޖަހަން އެނގޭނެ. ނުވިތާކަށް ބޯޅަކުޅެލަން ދާން އޮތް ދަނޑުތައް ވެސް ފައިސާދީގެން ނޫންގޮތަކަށް ބަޔަކަށް ބޭނުންކުރެވެނީއެއް ނޫން. ކުޅިވަރު މިނިސްޓްރީއާއި އެފްއޭއެމުން މިކަން ބަދަލުކުރުމަށް އާދޭހާއެކު ދަންނަވަން.
ބަލަ
10 October 2022
ފުޓުބޯޅައިން މިނޫންވާހަކައެއް ނެތް ރާއްޖޭގެ ޓޯމުތަކަށް “ބަލިވެއްޖެ، ބަލިވެއްޖެ، ބަލިބެއްޖެ، ބަލިވެއްޖެ’ މިނޫން ހަބަރެއް ރާއްޖޭގެ ފުޓްބޯޅަ ޓީމެއްގެ އިވޭހެއްޔެވެ. ޢެހެޔޮ ޤައުމީ ފުޓުބޯޅަ ކޮންމެ އޭޖް ކެޓަގަރި ޓިމެއްވިޔަސް އަދި ކްލަބް ޓީމއްވިޔަސް މިއިވެނީ މުޅިންވެސް “ބަލި” މިވަރަށް ފުތުބޯޅަ ދައްވީ ޕޮލިޓިކްސް ވަދެ ނާގާބިލް މީހުން ހިންގަންއެރުވުމުން.
ފަހުދު
10 October 2022
މިޔަންމާ މީހުން ފުޓްބޯޅަ ކުޅޭތަ
ރަދީފްއޮފިޝަލް
10 October 2022
އެގްރިގޭޓް ސްކޯ 0 . ބައިކޮޅަށް 28 ގޯލް.ލަދު ކޮބާ؟؟ އެކިޔާ ޔޫތު ޑިވެލޮޕްމެންޓް ލެވެލްގަ މަސައްކަތްކުރާ ކޯޗުން ކީއްބާ މިކުރަނީ؟؟ ޗުއްޓީ ހަދާލާފަ ޝޮޕިންގކޮށްލައިގެން އާދޭ.ލަދު ކޮބާ؟؟؟ ވ.ވެދުން