"އަހަރެމެން ނުކުތީ އެންމެ ދަށްވެގެން ތިން ލަނޑުން މޮޅުވާން. ނަސީބު ދެރަކަމުން އަހަރެމެންނަށް މި ޖެހުނީ ދެ ލަނޑު،" އޭނާގެ މޫނުމަތިން ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުން ފިލި÷ިންސްގެ ޑިފެންޑަރު ޖެފާސަން ބުންޏެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ރާއްޖޭގެ އީތަން އަތުން ބޯޅަ ހޯދަން ފިލިޕީންސްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ: ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުން ރަނގަޅު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 ނޮވެމްބަރ 2025 - 18:16
ފުރަތަމަ ހާފުގައި ޖެހި ލަނޑުތަކުން 2-0 ން ފިލިޕިންސުން ރާއްޖެ ބަލިކޮށްފި އެވެ.
އެކަމަކު މިއީ އެ ޓީމަށް ހިތްހަމަޖެހޭ ނަތީޖާއެއް ނޫނެވެ.
ފިލިޕީންސަށް ފުރަތަމަ ލަނޑު ޖަހައި ދިން ޖެފާސަން ޓަބީނަސް މެޗަށް ފަހު ޕީއެސްއެމް އަށް ދިން އިންޓަވިއުގައި ބުނީ ޓިމޯ ލެސްޓޭގެ މައްޗަށް 5-0 ން ތަޖިކިސްތާން މޮޅުވުމުން، ފިލޕީންސުން ނުކުތީ ރާއްޖެއާ ދެކޮޅަށް އެންމެ ދަށް ވެގެން ތިން ލަނޑުން މޮޅުވާން ކަމަށެވެ. އެ ނަތީޖާ ނުނެރެވުމުން އޭނާ ވާހަކަ ދެއްކީ ހިތްހަމަޖެހިގެން ހުރެއެއް ނޫނެވެ.
"މެޗު ފެށުމުގެކުރިން އަހަރެމެންނަށް އެނގުނު ތަޖިކިސްތާނުން ޓިމޯ ލެސްޓޭގެ މައްޗަށް 5-0 ން މޮޅުވިކަން. އެހެންވެ އަހަރެމެން ނުކުތީ އެންމެ ދަށްވެގެން ތިން ލަނޑުން މޮޅުވާން. ނަސީބު ދެރަކަމުން އަހަރެމެންނަށް މި ޖެހުނީ ދެ ލަނޑު،" އޭނާގެ މޫނުމަތިން ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުން ޖެފާސަން ބުންޏެވެ.
"މޮޅުވުމުން ހިތްހަމަޖެހޭ. އެކަމަކު އަހަރެމެން އެބަޖެހޭ ވަރަށް ގިނަކަންކަން ރަނގަޅުކުރަން."
ޖެފާސަން: މޮޅުވިޔަސް ނަތީޖާއާ މެދު އޭނާ ހިތްހަމައެއް ނުޖެހޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުގެ ފުރަތަމަ ހާފު ދިވެހި ޓީމަށް ދިޔައީ ގޮސްކޮށެވެ. އެކަމަކު ދެވަނަ ހާފުގައި މެޗުގެ ތެރެއަށް ވަދެ ގޭމް ކުޅެން ރާއްޖޭން މަސައްކަތް ކުރި އެވެ.
ފިލިޕީންސްގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ. އެ ޓީމަށް ލިބުނު ކޯނަރު ރެންޑީ ޝްނައިޑާ ނެގި ކޯނަރު ޖެފާސަން ބޮލުން ފޮނުވާލައި ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ޖެފާސަން ހުރީ އޭރިއާ ތެރޭގައި ލައިން ކައިރީގަ އެވެ. އޭނާ މާކު ކުރުމުގައި ދިވެހި ޑިފެންޑަރަށް ރަނގަޅަށް މަސައްކަތެއް ނުކުރެވުނެވެ.
މެޗު ފަށައިން ފުރަތަމަ ހަމަލާއެއް އުފައްދަން މަސައްކަތް ކުރީ ރާއްޖޭންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓްގައި ރާއްޖޭގެ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ފިލިޕީންސްގެ އޭރިއާގެ ތެރެއަށް ރަނގަޅު ހުރަހެއް ނަގައިދިނެވެ. އެކަމަކު ފިލިޕީންސްގެ އޭރިއާގެ ތެރެއަށް އެރި ދިވެހި ކުޅުންތެރިންނަށް އެ ބޯޅަ ބޭނުން ނުހިފި ބޯޅަ ދިޔައީ ބޭރަށެވެ.
ފޭދޫ އިއްބެ، ފިލިޕީންސް ކުޅުންތެރިޔެއްގެ ކައިން ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ --- --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފިލިޕީންސްގެ ދެވަނަ ލަނޑު ސެންޑްރޯ ރޭޔެސް ޖެހީ ހާވިއާ ގަޔޯސޯ ތިރިތރިން ހުރަސްކޮށްދިން ބޯޅައިންނެވެ. އޭނާ އެ ބޯޅަ އޭރިއާ ތެރެއަށްހުރަސްކޮށް ދިނީ ވެސް ފަސޭހަ ކަމާ އެކު އެވެ. ރޭޔެސް އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ވެސް އުނދަގޫކަމެއް ނެތި އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އިއްބެ ދިން ބޯޅައިން ނާއިޒު ހަސަން (ދާދު) ހުސްކޮށް ފިލިޕީންސްގެ އޭރިއާ ތެރެއަށް ވަނަވެ. ނާއިޒު މަސައްކަތް ކުރީ އެ ބޯޅަ ކީޕަރު ކެވިން ރޭ މެންޑޯޒާގެ ބޯ ބޯމަތިން ފޮނުވާލުމަށެވެ. އެ ވަގުތު މެންޑޯޒާ ވެސް ބޯޅަ އަށް ވިއްދުމުން ދާދު އަށް ރަނގަޅަށް ބޯޅަ ފޮނުވާމުލެވުނެވެ. ކީޕަރު ފަސްދީ ބޯޅަ މަޑުމަޑުން މަތިން ދިޔަ އެވެ. އެކަމަކު އޭނާ ގޮސް ބޯޅަ ވައިގެތެރޭގައި އޮއްވައި ބޯޅަ ހިފި އެވެ.
ދެވަނަ ހާފުގައި ފިލިޕީންސުން މަސައްކަތް ކުރީ އަތުގައި ބޯޅަ ގިނަ އިރު ބާއްވައިގެން ކުޅުމަށެވެ. ރާއްޖެ ޓީމަށް ފަޅި ފުރުސަތުތަކެއް އެ ހާފުގައި ތަނަވަސް ކުރި އެވެ.
ފިލިޕީންސުން ދެވަނަ ހާފުގައި އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ރާއްޖޭގެ ޑިފެންސުން ރަނގަޅަށް މަސައްކަތްކޮށް ހުއްޓުވި އެވެ.
އަލީ ފާސިރު ސެންޓޭ (ކ) ފިލިޕީންސްގެ ކުޅުންތެރިޔެއްގެ ކައިރިން ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުގެ ފަހުކޮޅުގައި ރާއްޖޭގެ އޭރިއާގެ ރޮނގުމަތިންކަހަލަ ގޮތަކަށް ފިލިޕީންސަށް ލިބުނު ހިލޭޖެހުން ރެންޑީ ޝްނައިޑާ ފޮނުވާލުމުން ވެސް ރާއްޖޭގެ ޑިފެންސުން ވެސް އެ ބޯޅަ ދިފާއުކޮށް އެ ބޯޅައިގެ ނުރައްކާ ކަނޑުވާލި އެވެ.
އެ ހާފުގައި ފިލިޕީންސަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސަބެސްޓިއަން ރަސްމުސަން އަށެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މެޗުގެ 85 ވަނަ މިނެޓްގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ފިލިޕީންސްގެ އޭރިއާގެ ތެރޭގައި ބޯޅަ ކޮންޓްރޯލްކޮށް ފަޔަށް ހެޔޮވަރުކޮށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ކަނާދިމާލުން ދަނޑި ކައިރިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙައގު
19 November 2025
ހަންނަ، ވ. ކޮންފިޑެންސް އާއެކު ކުޅުނުކަން ފާހަގަ ކުރަން، އަދި ޒުވާން ޢީތަން،ގެ ސުޕީޑު އަދި މޫވްމަންޓު ވ. ޜަނގަޅު، ޓީމްގެ ކެޕްޓަން ހަމަ 0، ގައުމީޓީމުގެ މެޗުތަށް ބަލާއިރު ކެޕްޓަން ވަރުގެ އެކުސް÷ޕީރިއަނސް ކުޅުންތެރިއަކު މިސްޓޭކު މައްޗައް މިސްޓޭކް، ކޮންމެ މިސްޓޭކަކީ ބައިކޮޅަށް ވަންނަ ގޯލް. ޙަމްޕު ޓޫ ސުލޯވް، ސިީނިއަރ ގައުމީ ޓީމު އޯވަހޯލް ކުރަން އެބަޖެހޭ! އެކުސްޕީރިއަންސް ހުރެގެން ވާކަމެއް ނެތް.
ކާރކް
19 November 2025
ފިލިޕިންސް އިން މި ފެންނަނީ މުޅީންވެސް ޔޫރަޕް މީހުނަށް ލިބިފަ ތިބި ދަރިން. މިރާއްޖޭގަ ބޭރުގެ މުޑުވަށް މަދުވީމަ މިފަދަ ފުރުޞަތެއް ދިވެހިޓިމަށް ނޯންނާނެ ދޯ؟
އަސޭ
18 November 2025
ދިވެހި ގައުމީޓީމު ރަނގަޅުކުރަން ބޭނުންނަމަ މޫނަށް ކަނދުރާއަށް ނުބަލާ ބޭރު ރަނގަޅު ކޯޗެއް ގެންނަންވީ، ސުޒޭނުމެން މޯހަން މެން އެބަ ޖެހޭ ދިވެހި ފުޓުބޯޅައާ ދުރަށްޖެހިލަން. ބައްސާމު ދިވެހި ފުޓުބޯޅަ ވައްޓާލާފަވާ އަޑިގަނޑުން ނެގުމަށް ލައްކަ މަސައްކަތާ ޚަރަދާ ދުވަސް ނަގާނެ
ރާކަނިި
18 November 2025
އެމީހުން ކުރި ހިތާމައިގެ ބަދަލަށް އަހަރެމެން އެބަޖެހޭ އުފާކުރާން.
ކޮރަލް
18 November 2025
މިމެޗް ގެ ރިޕީޓް ބަލާލެވޭނެ ލިންކް އެއް ދީ ބަލަށެވެ.
ނަސޭހަތް
18 November 2025
ރާއްޖެ އިހަށް ތިކަހަލަ މުބާރާތް ތަކުގަ ބައިވެރި ނުވެ ރެސްޓް ކޮށްލަން ފެންނަނީ.. ބޭކާރު ޚަރަދު ތަކެއް ކުރާނެ ކަމެއް ނެތް. މިހާރު ރާއްޖެ އަކީ ދުނިޔޭގެ ފުޓްބޯޅައިގަ އެންމެ ދަށް 5 ޤައުމު ތެރޭ ޤައުމެއް. މިހާރު ބޫޓާން ވެސް މޮޅު ރާއްޖެއަށް ވުރެން.
6ތ6ގޔ
19 November 2025
ސިޔާސީ މީހުން ލާންވީ މެޗުކުޅެން. އޭރުން ކުޅޭނެ
ރަދީފްއޮފިޝަލް.
18 November 2025
ހެހެހެހެހެ.
މޯހަން.
18 November 2025
ރާއްޖެ މޮޅުވީ.. އެމީހުން ގޯލްޖެހީ