ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން: އޭނާ ބުނީ މީގެ ތިން އަހަރު ކުރީގެ ހާލަތަށް ވުރެ މިހާރު ދިވެހި ޓީމުގެ ހާލަތު ރަނގަޅު ކަމަށް --- ފޮޓޯ: އެފްއޭއެމް
25 މާޗް 2025 - 12:07
މީގެ ތިން އަހަރު ކުރިން ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު އިރު އޮތް ހާލަތަށް ވުރެ ދިވެހި ޓީމުގެ މިހާރުގެ ހާލަތު ރަނގަޅުވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިއަދު ފިލިޕީންސާ ދެކޮޅަށް ދިވެހި ޓީމުން ނުކުންނާނެ އެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރީ 2021 ގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ފިލިޕީންސާ ދެކޮޅަށް އޭރު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
"މިދިޔަ ތިން އަހަރުތެރޭ އަހަރެމެން ގިން ކަންތަތަކުން އަރައިގެންފިން. ގިނަ ކަންތައްތަކެއް ރަނގަޅުކޮށްފިން. އަހަރެން އުއްމީދު ކުރަނީ (ތިން އަހަރު ކުރިން ކުޅުނު މެޗަށް ވުރެ) ވަރުގަދަ ޗެލެންޖެއް އަހަރެމެންނަށް ފިލިޕީންސަށް ދެވޭނެކަމަށް،" އޭރު ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުރި ސުޒޭން ބުންޏެވެ.
އޭނާ ބުނީ އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް ގިނަ ކަންތަތަކެއް ކުޅުންތެރިން ދަސްކުރި ކަމަށެވެ. އަދި އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ފިލިޕީންސް މެޗަށް ޓީމު އޮތީ ތައްޔާރަށް ކަމަށް ބުންޏެވެ.
ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް (ޓޯނީ) ބުނީ ކޮލިފިކޭޝަންގައި އެންމެ މުހިންމު މެޗަކީ އަބަދުވެސް ފުރަތަމަ މެޗު ކަމަށެވެ.
"ފުރަތަމަ މެޗުން މޮޅުވެގެން ކުރިއަށްދާން ފަސޭހަ ވާނީ. އެހެންވީމަ އަހަރެމެން އުއްމީދު ކުރަނީ މި މެޗުން މޮޅުވެވޭނެ ކަމަށް،" އައިސަމް ބުންޏެވެ.
މި ދެ ޓީމުގެ ފުރަތަމަ ލެގް މެޗު ކުރިން އޮތީ ރާއްޖޭގައި ކުޅޭ ގޮތަށެވެ. އެކަމަކު ރޯދަ މަހު ފަހު 10 އަކާ މެޗު ދިމާވާތީ ރާއްޖޭން އެދިގެން ފުރަތަމަ ލެގް މެޗު ފިލިޕީންސަށް ބަދަލު ކުރީ އެވެ.
ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސުޒޭނާއި މިޑްފީލްޑަރު އައިސަމް
މެޗު ކުޅެން ހަމަޖައްސާފައި ވަނީ ފިލިޕީންސްގައި 2019 ގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސްއާ ދިމާކޮށް ހުޅުވި ނިއު ކްލާކް ސްޓޭޑިއަމްގަ އެވެ.
ސުޒޭން ބުނީ އެ ދަނޑުގެ ޕިޗް ކޮންޑިޝަން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ފިލިޕީންސްގެ ކޯޗު އަލްބަޓް ކަޕޭޔަސް ވަނީ ގުދުރަތީ ވިނަ ހައްދާފައިވާ ދަނޑުގެ ޕިޗާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.
މިއަދުގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 16:00 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކޮމަން
27 March 2025
ޕިޗް ކޮންޑިޝަން ރަނގަޅު ވާނެ ކަމައް އުއްމީދު ކުރަމޭ؟ މިހެން ބުނާއިރުގަ ހީވަނީ ރާއްޖޭގަ މި މީހުން ކުޅެ ޕުރެޓިކްސް ކުރަނީ ވޯލްޑް ކްލާސް ޕިޗްގަ ހެން. ހުވާ މިބުނީ ހިތުން ފެންވަރުވެސް މައްޗޭ ނުކުޅެވުނަކަސް..
އާސޯކް
26 March 2025
އިަންޑިޔާ އާ ކުޅުމެޗައް ވުރެ ރަނގަޅު ، ރާއްޖޭގަ ކުޅޭ މެޗްތަކައް އަންނައިރު އިންނާނީ ޓީމް ހަމަޔަކައް އެޅިފަ
ބެލެނިވެރިން
26 March 2025
ރާއްޖޭގެ ފުޓްބޯޅަ . ބާސްކެޓް ޓީމްތަކެކޭ އެއްވަރު ، ފެންވަރެއް ނެތް ދަނީ ސޮޕިން ކޮއްލަން
ޑަބޯ
26 March 2025
ރާއްޖޭގެ ކޮމަންޓޭޓަރ ބުނީ ބައެއް ކުޅުންތެރިން ރޯދައޯ، މިހިރީ މި މީހުންގެ ފެންވަރު، ބައެއް ކުޅުންތެރިންތަ ރޯދަ ވާންޖެހެނީ؟ސާބަހޭ އަންހެން ކޯޗަށް!
ޑައްސަބެ
25 March 2025
ޙަމަ ޔަގީން ސުޒޭން ގެ ނެތް ރާއްޖެ ގޮވައިގެން ރަގަޅު ނަތީޖާއެއް ނެރޭނެ ފެންވަރެއް.އަނގަ ތަޅާފާނެ .އެހެން ކަމެއް ނުބާނެ
ސުޒާން
25 March 2025
މިރޭ މޮޅުވެބަލަ އަބަދު ތަޖުރިބާ ހޯދަނީއޭ ނުކިޔާ.
މުލޭ
25 March 2025
ކޮންކަމެއް ރަނގަޅުކުރީ. އެއްކަމެއް ވެސް ރަނގަޅެއް ނުވޭ. ރަނގަޅުވީކަން އަހަރެމެން ވަޒަންކުރަނީ ނެރޭ ނަތީޖާއިން. ނަތީޖާ ރަނގަޅުވާތަނެއް ނުފެނޭ. ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވާތަނެއް ކުޅުމަކުން ނުފެނޭ. ސްކިލްސް އިތުރުވާ ކަމަށް ބެލެވޭ ކަންކަކަމެއް ކުޅުމުގެތެރެއިން ނުފެނޭ. ބޯޅަ ހިފަހައްޓައިގެން ކުޅުމާއި އެކިއުރޭޓް ޕާސްތައް ދިނުމަކަށް ބަދަލެއް ނާދޭ. ބުނެލާ ބުނެލުން ނޫން އެހެން ކަމެއްނެތް. މިރަކަލް މޮޅަކަށް އުންމީދުކުރަން. ޓީމަށް ހެޔޮދުޢާ.
ބޮބްލީ ޔެން
25 March 2025
4-1 ބަލިވީ ނަތީޖާ ކިހާރަނގަޅު
ޖުބހޖނިހ
25 March 2025
ހަމަ ގައިމުވެސް މޮޅުވުމުގެ ކިކެއް ނުހުރޭ.. ހޮލިޑޭ ހަދަން ދެވޭތީ ދާކަން ދެން... ފަސްޓު ޓަޗް، ބޯލް ކޮންޓްރޯލިންގް، ވަރަށް ދަށް.. މިކަންކަން ރަނގަޅު ނުކޮށް ކުރިއެއް ނާރާނެ
ޖުބހޖނި
25 March 2025
ހަމަ ގައިމުވެސް މޮޅުވުމުގެ ކިކެއް ނުހުރޭ.. ހޮލިޑޭ ހަދަން ދެވޭތީ ދާކަން ދެން...
ރަދީފްއޮފިޝަލް / މެޗު ބަލާނީ ކްރިކްފައި ޓީވީން
25 March 2025
ގުޑް ލަކް.މަބުނީ ކުޅުންތެރިން މެޗުކުޅެނީ ރޯދައަށް ތިބެގެން ތަ؟؟ މެނީލާގެ ލޯކަލް ޓައިމް ރާއްޖޭގެ ގަޑިއަށްވުރެ 3 ގަޑިއިރު އަވަސް.