ކުޅިވަރު

އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްސް: ފުރަތަމަ ދުވަހު އަހްނާ މުގުރާލީ ޓްރިޕަލް ޖަމްޕްގެ ގައުމީ ރެކޯޑް

15 މެއި 2023 - 10:59

އިއްޔެ ފެށި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ ޓްރިޕަލް ޖަމްޕް އިވެންޓުގައި ވާދަކޮށް، ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު، ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ފެށި މުބާރާތުގައި އުމުރުން 17 އަހަރުން ދަށުގެ އަންހެން ޓްރިޕަލް ޖަމްޕުގައި ވާދަކޮށް އަހުނާ ގައުމީ ރެކޯޑް ހެދީ 10.63 މީޓަރަށް ފުންމައިގެންނެވެ. މިއީ މިދިޔަ މާޗު މަހު އޮތް އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 10.47 މީޓަރަށް ފުންމައިގެން ނޫރާ އަބްދުލް ވަހީދު އާ ކުރި ގައުމީ ރެކޯޑަށް ވުރެ 16 ސެންޓިމީޓަރުގެ ކުރިއެރުމެކެވެ.

އަހުނާގެ ފަހަތުން ޓްރިޕަލް ޖަމްޕުގެ ދެވަނަ ހޯދީ 8.71 މީޓަރަށް ފުންމި ރެހެންދި ސްކޫލުގެ ހަނާން އަހުމަދު ޒާހިރެވެ. ތިންވަނަ އަށް ދިޔައީ ކަނޑުހުޅުދޫ ސްކޫލްގެ މަރިޔަމް ނޫޔާން ނިޔާޒެވެ. ނޫޔާން ވަނީ 8.68 މީޓަރަށް ފުންމައިފަ އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މި މަހުގެ 19 ގެ ނިޔަލަށް ކުރިއަށް ގެންދާއިރު، 47 ސްކޫލަކުން 1،495 އެތުލީޓުން ވާދަ ކުރެ އެވެ.

އުމުރުން 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޑިސްކަސް އުކުމުން އެއްވަނަ ހޯދީ މުހްޔިއްދީން ސްކޫލުގެ ޔޫސުފް ނިހާލް އަހުމަދެވެ. އޭނާ ވަނީ 23.06 މީޓަރު ދުރަށް އުކައިފަ އެވެ. ދެވަނަ ހޯދީ 21 މީޓަރު ދުރަށް އުކި ރެހެންދި ސްކޫލުގެ އަބްދުﷲ ޔައިޝް އަހުމަދެވެ. ތިންވަނައަށް ދިޔައީ 17.36 މީޓަރަށް އުކި އިސްކަންދަރު ސްކޫލުގެ މުހައްމަަދު ޝިބާން ބިން ޝެރީން އެވެ.

އުމުރުން 15 އަހަރުން ދަށުގެ އަންހެން ލޯންގް ޖަމްޕް އިވެންޓުގެ އެއްވަނަ ހޯދީ 4.20 މީޓަރަށް ފުންމި ދާންދޫ ސްކޫލުގެ ލުޔޫނާ ހަސަން އަހުމަދެވެ. އިމާދުއްދީން ސްކޫލުގެ އީލާފް އަބްދުއްލަތީފް 3.93 މީޓަރަށް ފުންމައިގެން ދެވަނަ ހޯދި އިރު ތިންވަނައަށް ދިޔައީ 3.90 މީޓަރަށް ފުންމި ލ. އަތޮޅު ސްކޫލުގެ އާމިނަތު ލަޔާ އިބްރާހިމް އެވެ.

މުބާރާތުގައި އުމުރުން 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޝޮޓް ޕުޓް އުކުމުން އެއްވަނަ ހޯދީ ލ. އަތޮޅު ސްކޫލުގެ މުހައްމަދު ޝިޒާން ފާރޫގެވެ. ރެހެންދި ސްކޫލުގެ މީސަމް މުހައްމަދު އަބްދުއްރައްޒާގު ދެވަނަ ހޯދި އިރު ތިންވަނައަށް ދިޔައީ ލ. އަތޮޅު ސްކޫލުގެ މުހައްމަދު އަނޫފް އަފީފް އެވެ.

އުމުރުން 20 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިސްކަސް އުކުމުން އެއްވަނައަށް ދިޔައީ އައްޑޫ ހައި ސްކޫލުގެ ކައުސަރު އާދަމް އެވެ. ދެވަނަ އަށް ހޮވުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މަލްހާ މުހައްމަދު މާދީ އެވެ. ތިންވަނަ ދަރިވަކީ ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޝާވިން ނިޝާ ސެލްވަރާޖް އަލްބިން އެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ލޯންގް ޖަމްޕުން އެއްވަނަ ހޯދީ މިލަންދޫ ސްކޫލްގެ އާދަމް ޒާން ޔަޒްމީން އެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޔުއާން އަހްތަރު ޒާހިރު ދެވަނަ ހޯދިއިރު ތިންވަނަ އަށް ހޮވުނީ ހިތަދޫ ސްކޫލުގެ އަލީ ޝާއިލް އާސިމެވެ.

އުމުރުން 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ހާޑްބޯލް ތުރޯ އިން އެއްވަނަ ހޯދީ މުންޑޫ ސްކޫލްގެ އައިޝަތު އިމާން އަހުމަދު ނިޒާރެވެ. ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ މަރިޔަމް ރައުލާ ސާމިރު ދެވަނަ ހޯދިއިރު ތިންވަނަ ހޯދީ ރެހެންދި ސްކޫލުގެ އައިޝަތު އީލިޔާ ބިންތި މުހައްމަދެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454