ކުޅިވަރު / އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެމްޕިއަންޝިޕް

ސެމީގެ މެޗުގައި ވެސް ތަޖިކިސްތާން ބަލިކޮށް ރާއްޖެ ފައިނަލަށް

ތަޖިކިސްތާނާ ދެކޮލަށް މިރޭ ކުޅުނު މެޗުގައި ރާއްޖޭން އުފާފާޅު ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގައި މިހާރު ކުރިއަށްދާ، އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި ވެސް ތަޖިކިސްތާން ބަލިކޮށް ދިވެހި ޓީމު ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު ސެމީގެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

ފުރަތަމަ ސެޓް 25-17 އިން ރާއްޖޭން ކާމިޔާބު ކުރި އެވެ. އެ ޓީމުން އެ ސެޓް ގެންދިޔައީ 25-22 ންނެވެ.

ރައުންޑް ރޮބިން ސްޓޭޖުގައި ވެސް ރާއްޖޭން ތަޖިކިސްތާން ބަލި ކުރި އެވެ.

އަނެއް ދެ ސެޓް ރާއްޖޭން ހޯދީ އިތުބާރާ އެކު އެވެ. އެ ދެ ސެޓް ދިވެހި ޓީމުން ކާމިޔާބު ކުރީ ބޮޑު ފަރަގަކާ އެކު 25-12، 25-17 އިންނެވެ.

މާދަމާ ރޭ ކުޅޭ ފައިނަލު މެޗުގައި ރާއްޖޭން ނުކުންނާނީ މިއަދު ހަވީރު އަފްޣާނިސްތާން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކިރިގިސްތާނާ ދެކޮޅަށެވެ. ރައުންޑް ރޮބިންގެ ފަހު މެޗުގައި އެ ޓީމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވި އެވެ.

އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ކިރިގިސްތާނުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ދިޔައީ 25-21، 25-22 އަދި 25 19 އިންނެވެ.

ތިންވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ތަޖިކިސްތާނާ އަފްޣާނިސްތާނު ވާދަކުރާނެ އެވެ.

10 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޫޓް

11 September 2024

ކުޅޭން އިނގޭ 1 ޓީމު ދެން އޮތީ ކުޅެން ނޭގޭ 2 ޓީމު. ދިވެހި ޓީމު ތިޔަހާ މޮޅިއްޔާ ކީއްވެތޯ ކާވާ ޖަމިއްޔާގެ ނޫން ދެން ހުރި ދުނިޔެ ގަބޫލުކުރާ ފެޑެރޭޝަންތަކުން ބާއްވާ މުބާރާތްތަކުން ދަށް ނަތީޖާތަކެއް ނެރެނީ؟

The name is already taken The name is available. Register?

ކަލޯ0

11 September 2024

ޢެހެންތަ؟ ކުޅެން ނޭގެނަމަ ނާންނާނެ

The name is already taken The name is available. Register?

ާހުޒާމޫ

11 September 2024

އަފްގާނިސްތާން ސީރިޔާ ލީބިޔާ އިރާގް ތަޖަކިސްތާން ފަދަ ވޮލީ ނުކުޅޭ ގައުމުތަކާ ދެކޮޅަށް ކޮންމެވެސް ޗެލެންޖު ކަޕެކޭ ކިޔާފަ މުބާރާތެއް ރާވަފަ މިކިޔަނީ ޓީމު ވަރަށް މޮޅޭ. ހިނި އަންނަނީ ހަމަ

The name is already taken The name is available. Register?

ޖާނޫސް

11 September 2024

ކޮން ނެގަޓިޒަމެކޭ ކިޔާކަށް. ކޮރަޕްޓް އެސޯސިއޭޝަނަކުން ރައްޔިތުނއގެ ޓެކްސް ފައިސާއިން އަޗާ ތަޅާ ބާލާއިރު ބަލަންތިބެންވީ؟ ދެން އެއްޗެއް ބުނެފިއްޔާ ނެގެޓިޒަމޯ.

The name is already taken The name is available. Register?

ބޯހަލާކު 1

11 September 2024

ދިވެހިންގެ މި ނެގެޓިވިޒަމް މީ ކޮންތާކުން އައިސްގެން އުޅޭ އެއްޗެއްތަ؟ އެއްވެސް ކަމެއް ޕޮޒިޓިވްކޮށް ވިސްކާނަށް ނޭނގޭ. ދިވެހި ޓީމު އޮލިމްޕިކްސްއިން ތަށިނަގާކަސް ނުޖެހޭ. އަދި އެންމެން އަތުން މޮޅުވާކަށްވެސް ނުޖެހޭ. ޒާތީވެ ހުރިހާކަމެއް ޚަރާބު. ވަކިކަމެއް ކިޔާނެކަމެއް ނެތް

The name is already taken The name is available. Register?

ޓުކުރުޓުކުރު

11 September 2024

ފިރިހެން ފުޓްބޯޅަ ޓީމަށްވުރެ ރަނގަޅު، ބޮޑެތި ޚަރަދުތަކެއް ކޮށްގެން މިހާތަނަށް ގެނެވުނީ 1 ތަށި، އެ ޚަރަދު މިކުދިންނަށް ކުރިނަމަ މާ ރަނގަޅު ނަތީޖާ ގެންނާނެ.

The name is already taken The name is available. Register?

ރަދީފް.

11 September 2024

2 ތަށި

The name is already taken The name is available. Register?

ތޫޓޮ

11 September 2024

75،000 ރުފިޔާ ޔަގީންވީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް. ކުޅެން ނޭގޭ 3 ޓީމެއްގެނެސް ޖަހާ ސަކަރާތެއްދޯ. ޢަވައްޓެރި ޤައުމެއް ކުޅުނުނަމަ ރާކަނިމަސް ކާންދީފަ ނިންމާނީ

The name is already taken The name is available. Register?

ކާޖަލް

11 September 2024

މިހެން މިކަން އޮންނަކަމަށް ވާނަމަ ވަރަށް ގޯސް

The name is already taken The name is available. Register?

ސަގަރޭބެ

11 September 2024

ކީއްވެ ވޮލީ ޓީމި އޮލިމްޕިކްސްއަށް ޕެރިހަށް ނުފޮނުވީ؟ ޔަގީން ގޯލްޑް ނަގާނެ. ކިހާ މޮޅު ވޮލީ ޓީމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454