އިންޓަގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރީ ހަތްވަނަ ފަހަރަށް
07 މެއި 2025 - 08:01
މިލާން (މެއި 7) - އިތުރު ވަގުތުގައި ގޯލު ޖަހައި އެގްރިގޭޓް 7-6 އިން ބާސެލޯނާ ބަލިކޮށް އިންޓަ މިލާން، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ދެ ޓީމު ސްޕެއިންގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. މިރޭގެ މެޗު އިންޓަ މިލާން ކާމިޔާބު ކުރީ 4-3 އިންނެވެ. އިތުރު ވަގުތު ކުޅެން ޖެހުނީ 3-3 އިން ފުރިހަމަ ވަގުތުގެ ކުޅުން ހަމަހަމަ ވުމުންނެވެ.
މިއީ އިންޓަ މިލާން ތިން އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ތިންވަނަ ފަހަރެވެ. ކޯޗު ސިމިއޯނީ އިންޒާގީ އާއެކު 2023 ވަނަ އަހަރުގެ ފައިނަލުން ބަލިވީ އިންގެލެންޑްގެ މެންޗެސްޓާ ސިޓީ އަތުންނެވެ.
ބާސާ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނީ މީގެ 10 އަހަރު ކުރިންނެވެ. އޭރު ޔުވެންޓަސްއާ ދެކޮޅަށް ފައިނަލުގައި ކުޅެ 2015 ގެ މުބާރާތް ބާސާއިން ކާމިޔާބު ކުރި އެވެ. އޭގެ ފަހުން އެ ޓީމަށް ފައިނަލާ ހަމައަށް ދެވިފަ އެއް ނުވެ އެވެ.
މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ބާސާއިން ވަނީ ދެ ތަށި މިހާރު ވެސް ކާމިޔާބުކޮށްފަ އެވެ. ދެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕާއި ކޮޕަ ޑެލްރޭ ނުވަތަ ސްޕެނިޝް ކަޕް ޗެމްޕިއަންކަން ވެސް ބާސާއިން ހޯދި އެވެ. ލަލީގާގެ އެއްވަނައިގައި އޮތް ބާސާ އަކީ ލީގުގެ ވެސް ފޭވަރިޓެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މި ސީޒަނުގައި ހަތަރު ތަށި ހޯދުމުގެ އުއްމީދު ބާސާގެ ކުޅުންތެރިން ގެންގުޅުނެވެ. އެކަަމަކު ރޭ ބަލިވުމުން އެކަން ހަގީގަތަކަށް ނުހެދުނެވެ.
މިއަހަރުގެ ފައިނަލުގައި އިންޓަ ކުޅޭނީ މިރޭ ޕީއެސްޖީ އާއި އާސެނަލް ބައްދަލުކޮށް ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ.
ފުރަތަމަ ލެގްގެ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް މިލާނުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލަޓާރޯ މާޓިނޭޒް ފުރަތަމަ ލަނޑު ޖަހައިދިނެވެ. އެ ހާފުގެ ފަހު މިނެޓުގައި ޕެނަލްޓީއަކުން ދެވަނަ ލަނޑު ޖެހީ ހަކަން ޗަލްހަނޮގްލޫ އެވެ.
ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން ޑެނީ އޮލްމޯ ވަނީ ބޮލުން ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ބާސާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 88 ވަނަ މިނިޓުގަ އެވެ. ރަފީނިއާ މި ލަނޑު ޖެހީ އޭނާ ފޮނުވާލި ހަމަލާ އިންޓަގެ ގޯލްކީޕަރު ޔާން ސޮމާ ދިފާއު ކުރުމުން ރީބައުންސް ވެފައި އައި ވަގުތު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ބާސާގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ
ނަމަވެސް އޭގެ ހަ މިނެޓް ފަހުން، ފްރެންސެސްކޯ އަސާބީ އިންޓަ އަށް ނަތީޖާ އެއްވަރު ކޮށްދިނުމުން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ.
ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބު ކޮށްފައިވާ އިންޓަ މި އަހަރުގެ ފައިނަލަށް ގެންގޮސް ދިން ލަނޑު މެޗުގެ 99 ވަނަ މިނިޓުގައި ޖަހައިދިނީ ޑޭވިޑް ފްރަޓޭސީ އެވެ.
އިންޓަ ގެ ކީޕަރު ޔާން ސޮމާ ވަނީ ބާސެލޯނާ މޮޅުވިޔަ ނުދޭން މެޗުގައި މުހިއްމު ހަތް ސޭވް ކޮށްފަ އެވެ. އެގޮތުން ރަފީނިއާ އާއި ގާސިއާގެ އިތުރުން ލަމީން ޔަމާލް ފޮނުވާލި ހަމަލާތައް ހިމެނެ އެވެ. ޔަމާލްގެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލި
07 May 2025
މަމެންގޭ އަބްދޯ ކުރީދުވަހު އުޅުން ފާޑުން މަ ހީކުރީ ދުނިޔެ އެއް ކޮން ލިބިގފެން އުޅުންހެން!
ރަދީފްއޮފިޝަލް / އާސެނަލް ފޯ ލައިފް
07 May 2025
މަރުހަބާ އިންޓަ.ބާސާއިން ކުރި ހިތްވަރަށް ސާބަސް.2 ލެގަށް ބަލާއިރު އިންޓަގެ ކުޅުން ތަފާތުވެފަ މޮޅު.އުއްމީދަކީ މިރޭގެ މެޗުން އާސެނަލް މޮޅުވެ ފައިނަލްގަ އިންޓަ ބަލިކޮށް ޔޫސީއެލް ކާމިޔާބްކުރުން.އިންޝާﷲ.
އާމީން
07 May 2025
އާމީން...
ޕުތަމެދްރިޑް
07 May 2025
ރެއާލްގެ ޕްލާސްޓިކް ފޭނެއް.
އާމީން
07 May 2025
ކަބީކަބީ މެރެދިލްމެ ޚަޔާލްއާތާހޭ.... ޗެމްޕިއަންސްލީގު: ދި އޯލްޓައިމްސް ގުރޭޓެސްޓު ހަލަމެޑްރިޑް: 15 ބޮޑުބާސާ، ފޮނިބާސާ، ގުއިޓައްޕުބާސާ:5 ދެން ރޮއެލާ އޯކޭ...