ބާސާ ބަލި ކުރުމަށް ފަހު އިންޓަގެ ކޯޗު އިންޒާގީ އުފާފާޅު ކުރަނީ: އޭނާ ބުނީ ޔޫަރަޕްގެ އެންމެ ވަރުގަދަ ދެ ޓީމު ބަލި ކުރެވިއްޖެ ކަމަށް --- ފޮޓޯ: އޭއެފްޕީ
07 މެއި 2025 - 09:08
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށް އިންޓަ މިލާނުން ކުރި ދަތުރުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ޓީމު ބަލި ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ކޯޗު ސިމޯން އިންޒާގީ ފާޅުކޮށްފި އެވެ.
ސެމީ ފައިނަލުގައި ރޭ 4-3 ބާސެލޯނާ ބަލިކޮށް އިންޒާގީގެ އިންޓައިން ވަނީ ހަތްވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ. އޭނާގެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ޗެމްޕިއަން ބެޔާން މިޔުނިކް ބަލި ކުރުމަށް ފަހު އެވެ.
ރޭގެ މެޗަށް ފަހު އިންޒާގީ ބުނީ އެ ދެ ޓީމަކީ މި ސީޒަނުގައި ޔޫރަޕްގައި އެންމެ ވަރުގަދަ ދެ ޓީމު ކަމަށެވެ. އެކަން ހާސިލު ކުރުމަށް އިންޓަގެ ކުޅުންތެރިން ކުރި މަސައްކަތަށް އޭނާ ތައުރީފު ބަންޑުން ކޮށްލި އެވެ.
ފައިނަލުގައި އިންޓައާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރު ވާނީ ސެމީ ފައިނަލުގެ ފަހު މެޗުގައި މިރޭ ޕިއެސްޖީ އާއި އާސެނަލް ކުޅޭ މެޗުންނެވެ. ލާޒިއޯގެ ކުރީގެ ކޯޗު ބުނީ އާސެނަލް އާއި ޕީއެސްޖީ އަކީ މޮޅު ދެ ކޯޗުން ތިބި ވަރުގަދަ ދެ ޓީމު ކަމަށެވެ.
"އެއީ ވަރަށް ވަރުގަދަ ދެ ޓީމު މޮޅު ކޯޗުން ހިމެނޭ. އާސެނަލް ނުވަތަ ޕީއެސްޖީއާ ކުޅެން ޖެހުނަސް ޗެމްޕިއަންސް ލީގު ފައިނަލު ވާނީ ވަރަށް ބޮޑު މެޗަކަށް،" އިންޒާގީ ބުންޏެވެ.
"އެކަމަކު ބެޔާން މިޔުނިކާއި ބާސެލޯނާ އަކީ (މި ސީޒަނުގައި) ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށް ވެދާނެ."
އޭނާ ބުނީ އެކަން އިންޓަގެ ޓީމަށް ހާސިލު ކުރެވުމުން އެކަމާ ފަހުރުވެރި ވާން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލަމެޑުރިޑު
07 May 2025
ޔޫރަޕްގެ އަދި ދުނިޔޭގެ އެންމެ ވަރުގަދަ ޓީމަކީ ރެއާލް މެޑުރިޑު... ގުއިޓައްޕުބާސާ އަކީ ދެވަނަ ދަރަޖައިގެ ޓީމުގަނޑެއް
ގުލޯރީމެންޔޫގާލް
07 May 2025
އެކަމެއް ނޭގެ އެޔޮށް ކަޑަ އާސެނަލް އިން ރެއާލް 2 ލެގު ގަ މުޅިން ހާރުވާލާ ލަދު ގަންނަވާފަ އެ ފޮނުވާލީ. އަދި ކޮބާ އަހަރުމެން ޓީމު މެޗެސްޓަރ ޔުނައިޓެޑް އާ ރެއާލް ނުޖެހޭކަން އެއީ ނަސީބު. އެހެންނަމަ ބިލަބާއޯއަށް ހަދާލި ގޮތުގެ 5 ގުނަ ހަދާލީސް.
ޚޒޖސުސ
07 May 2025
ތިވަރު ރެފުރީން ތިބިއްޔާ ބަލިކުރެވޭނެ ކޮންމެ ބަޔަކުވެސް
ޕުތަ ބާސާ
07 May 2025
އިންޓަރ އަދި ބާސާ ބައްދަލުކުރި މެޗަށް އިންސާފުކުރި ރެފްރީންގެ އެއްވެސް މައްސަލައެއް ނެތް، ބާސާ އާއި ފީފާގެ ޕަޕެޓް މެސީ އަށް ފޭވާ ނުކުރަންޏާ ރެފްރީ ގޯސް، ވީ.އޭ.އާރް ގޯސް، ބޯޅަ ގޯސް، ދަނޑުގެ ވިނަގަނޑު ގޯސް ގޯލު ދާގަނޑު ގޯސް