މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި ބޭއްވި ކާވާ ކްލަބް ޗެމްޕިއަންޝިޕްގައި: އެހެން ހަފުލާއަކަށް ޖާގަ ދޭން ޖެހިގެން ވޮލީ ސީޒަން ވަނީ ފަސް ކޮށްފަ --- ފައިލް ފޮޓޯ
08 ޖޫން 2025 - 05:46
މި ހަފުތާގައި ފަށަން ކުރިން ހަމަޖައްސާފައި އޮތް ފިރިހެން ޑިވިޝަންގެ ވޮލީ ސީޒަން، ފަސްކޮށްފި އެވެ.
އިންޑޯ ހޯލްގައި އެހެން ހަފުލާއެއް ބާއްވަން ޖެހޭތީ، މުބާރާތް ފަސް ކުރި އެވެ.
ވީއޭއެމް ކަޕާއި ގައުމީ ލީގާއި ގައުމީ މުބާރާތް އަދި ކާވާ ޗެމްޕިއަންސް ލީގު ހިމެނޭ ވޮލީ ސީޒަން ދެން ފަށާނީ މި މަހު 24 ގަ އެވެ.
ވީއޭއެމްގެ ސީނިއާ ނައިބުރައީސް އަދި ކުރީގެ ގައުމީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ވޮލީ ސީޒަން ފަސް ކުރަން ޖެހުމަކީ ޓީމުތަކަށާއި ކުޅުންތެރިންނަށް ލިބޭ ގެއްލުމެއް ކަމަށެވެ.
އޭނާ ބުނީ މުބާރާތް ކުރުގަޅުވާލުމުން ކުޅުންތެރިންނަށް ވެސް އެންމެ ރަނގަޅު ޕާފޯމަންސެއް ނުދެއްކޭނެ ކަމަށެވެ.
"މިހެންވެ ކްލަބްތައް ދަރަނިވެ، މުބާރާތް ކުރުކޮށްލާފަ ދުވާލަކު ތިން މެޗު ކުޅުނީމަ ކުޅުންތެރިން އިންޖަރީވެފަ އެންމެ ރަނގަޅު ޕާފޯމަންސެއް ނުދެއްކޭނެ،" ސޯޝަލް މީޑީއާގައި ސާޖިދު ލިޔުނެވެ.
އޭނާ ބުނީ މިފަހަކަށް އައިސް ވޮލީ މުބާރާތްތަކާ ދިމާކޮށް، އިންޑޯ ހޯލް އެހެން ކަންކަމަށް ބޭނުން ކުރަން ޖެހިގެން ސީޒަންގެ މެދުތެރެއިން މެދުކަނޑާލަން ޖެހޭ ކަމަށެވެ.
ވީއޭއެމަށް ދޫކޮށްފައި އޮންނަ މުއްދަތުގެތެރޭގައި މުބާރާތުގެ މެދުތެރެއިން ވެސް އެހެން ކަންކަމަށް ހޯލް ދޭން ޖެހި އެންމެ ފަހުން ބޭއްވި އަންހެން ޑިވިޝަނުގެ ވޮލީ ސީޒަން ވެސް މެދުކަނޑާލަން ޖެހުނު ކަމަށް ސާޖިދު ބުންޏެވެ.
ވީއޭއެމުން ޓީމުތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައި ވަނީ މުބާރާތް ފަސް ކުރަން ޖެހުމުން ޓީމުތަކަށް ދިމާވެދާނެ ދަތިތައް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.
މިނިސްޓްރީގެ ބޭނުމަކަށް އިންޑޯ ހޯލް ނަގާފައިވާ ދުވަސްތަކުގެތެރެއިން ދެ ދުވަސް ވީއޭއެމަށް މިނިސްޓްރީން ހަމަޖައްސާ ދީފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެއީ އަންނަ މަހުގެ 22 އަދި 23 އެވެ.
އެހެންވެ ވޮލީ ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ، ކާވާ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ކުޅެން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
10 June 2025
މުޅިރާއްޖޭގައި އެތެރެ ގޭގައި ކަމެއްކުރަން ވިއްޔާހުރީ ތިޔަތަން، ކޭމެއް ކާންވިޔަސް ސޯސަލް ކުއްޖަކު ހިތާންކުރަންވެސް ސޯސަލް.....
އިހްސާސް
08 June 2025
މިހާރުވެސް ހުޅުމާލޭގެ ރަން ބިމުން ހިޔާ ފުލެޓު 16 ކުރިމަތިން އެތައް ހާސް އަކަފޫޓެއްގެ ބޮޑު ބިމެއް ބިދޭސީން ކުރިކެޓު މުބާރާތްތައް ބާއްވަން އެޗްޑީސީ އާއި ދިވެހި ސަރުކާރުން ހިލޭ ސާބަހަށް އެއޮންނަނީ ދީފަ. ވޮލީ ބާސްކެޓް ނެޓްބޯލް ފަދަ ގިނަ ދިވެހިން ކުޅޭ ކުޅިވަރުތަކަށް ކޯޓު ހަދައިދިނިއްޔާ މާރަގަޅެއްނު.
ޕެންސަން
08 June 2025
ތިކަމުގައުމުރުދުއްވާލީމަޕެންސަނަވެސްނުލިބެ ދެންކީކުރާކަމެއްތި
ގަނޑިއަ
08 June 2025
މިކަހަލަ ކަންތަކާހެދިއޭ ކުޅިވަރުގެ ފޯރިގެއްލި ކުޅިވަރުގެ ފެންވަރު ދައްވަނީ. މިގޮތައް ކުޅިވަރުތަކަށް ސަރުކާރުން "ދޮންދަރިއަކަށް" އަޅާލާގޮތައް އަޅާލަންޏާ ކިހިނެތް ކުޅިވަރު ފޯރީގައި ކުޅެ އިތުރު ތަރަށްގީއަށް މަގުކޮށާނީ. ތިހަފުލާގަނޑެއްވެސް ބާއްވަން ޖެހޭނެ އެކަމަކު ތިހެން ހެދީމަ ކުޅިވަރުކުޅޭމީހުންނަށް ތިދެވެނީ ނުބައި މެސެޖެއް: ތިއަކީ އެހާ މުހިއްކު ކަމެއް ބުރަބައެއްނޫނޭ. ތަން ޝެއާރ ކުރަންވެސް ޖެހޭނެ އެކަމަކު މުބާރާތެއް މަޑުޖައްސާލައިގެނެއްނުން.
ވަރަށްވެދުން
08 June 2025
އެހެން ކޮންހަފުލާއެއް ކީވެބާނުބުނީ. ބާއްވަންއުޅޭނީ އޯލަވެލް،އޭލަވެލް ޓޮޕުޓެން ޖަލްސާ. މިވެސް ހާދަ މުޙީއްމުކަމެކޭ.
ލަސް
08 June 2025
އެއްވެސް މުހިންމުކަމެއް ނޫން. މިއީ 1980 އެއް ނޫނޭ. 2025 ތިޔަ އިމްތިހާނަކީ މިހާރުގެ އަސާސީ ތައުލީމްގެ ބަޔެކޭ.
ކުޅިވަރޭ
08 June 2025
ތި ކުޅިވަރުތައް ކުރިއަރުވަން މިނިސްޓަރަކު ހުންނަނީ ކީއްކުރަން؟ ކުޅިވަރުކުޅެން އޮތް ތިފެންވަރުގެ ހަމައެކަނި ކޯޓަކީ ތިތަން. ދެދުވަހުން އެއްދުވަހު އެމަނިކުފާނު ކޮންމެވެސް ބަޔަކާ ބައްދަލުކޮށް މޮޅު ވާހަކަދައްކަވަން ތަން ނަގައި ކުޅިވަރުތައް ހުއްޓިފަ. މި އަހަރުތެރޭވެސް ތިތާ ސަރުކާރު ޕްރޮމޯޓްކުރަން ކިތައް އިވެންޓް ބާއްވައި ކިތައް ކުޅިވަރު އިވެންޓް ކެންސަލްކޮށްފި؟ މައުމޫނުވެސް ނުކުރާވަރު މިމީހުން އެބަކުރޭ
ޢަލީބެ
08 June 2025
ތިޔަ ވޮލީ އަކާއި ފުޓުބޯޅައެއް ކުޅެގެން ވީ ފައިދާއެއް އެބައޮތްތަ. ތި ކުޅިވަރު ތަކުގަ ގިނައިން ތިބީ މުޖުތަމައުގެ އާންމު މިންގަޑާ ހިލާފަށް އުޅޭ ކުދިން. ފުޓުބޯޅައިގަ ވެސް ގްރޫޕްތައް މިހާރު ތިބީ. ބޭކާރުކަމެއް. ގައުމަށް ފައިދާ ހުރި ކަމެއް ކުރަންވީ.