އެފްއޭއެ
26 ޖުލައި 2025 - 16:23
އެފްއޭއެމްގެ ރައީސްކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) ދެންމެ އިންތިހާބު ކޮށްފި އެވެ.
ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން ބޭއްވި އިންތިހާބަށް ވާދަކުރެއްވީ ވެސް ތޯރިގް އެކަންޏެވެ. މީރުމާ ހޮޓެލްގައި މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްއިން ނިންމީ، އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން، އަތް ހިއްލައިގެން ވޯޓް ނެގުމަށެވެ. ކޮންގްރެސްގެ 32 މެންބަރުންގެ އިއްތިފާގުން ތޯރިގްގެ އެކްސްކޯ ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމަށް އިންތިހާބު ކުރި އެވެ.
މީގެ ކުރިން 2016 ގައި ވެސް އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގް ވަޑައިގެންނެވި އެވެ. އެކަމަކު ހަތަރު މަސް ނުވަނީސް، އޭރުގެ އެކްސްކޯގައި ހިމެނުނު ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާދީ ތޯރިގްގެ ބާރުކަނޑުވާލި އެވެ.
މިދިޔަ އެއް އަހަރު އެފްއޭއެމް އޮތީ ފީފާގެ ނޯމަލައިޒޭޝަން ހާލަތުގަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން އަސާސީ ގަވާއިދު އިސްލާހު ކުރި އެވެ. އެކްސްކޯގައި ތިން ނައިބު ރައީސުންނާއި އަންހެން ދެ މެންބަރުން ތިއްބަވާގޮތަށް ޖުމުލަ 10 މެންބަރުންގެ އެކްސްކޯ އަށް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.
ތޯރިގްގެ ނައިބު ރައީސުންނަކީ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)ގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.
އޭނާގެ އެކްސްކޯގައި ދެން ހިމެނޭ މެންބަރުންނަކީ ރާއްޖޭގެ އުފެދުނު އެންމެ ކާމިޔާބު ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އުމޭރު އާއި ޓީސީ ސްޕޯޓްސްގެ ޗެއާމަން އަހުމަދު އައްބާހާއި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހު އެވެ. އަންހެން ދެ މެންބަރުންނަކީ ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކައި
26 July 2025
ކޮންތާކު މެޖެހުނީ
ގައުމީ ދޫ
26 July 2025
މަރުހަބާ ޓޮމް. ބޮޑެތި ރަށްތަކުގައި ފުޓްބޯޅާ އާއި ފުޓްސަލް ކުރިއަރުވަން އިސްކަން ދީގެން މުޅި ފުޓްބޯޅަ ކުރިއެރުވުމަށް ބޭނުންވާ އިންފްރަސްޓްރަކްޗަރ އާއި ރިސޯރސަސް މުޅިރާއްޖެއަށް ފޯރުކޮށްދީ ، ރަށްރަށުގެ ސްކޫލްތަކަށް ވެސް ބައިވެރިވެވޭނެހެން އިންޓަރ ސްކޫލް މުބާރާތް އަލުން ބާއްވައި ފުޓްބޯޅައިގެ ފޯރި އަލުން ގެންނަން މަސައްކަތްކޮށްދީ . އަދި ބޭރުގެ އެކަޑަމީ ތަކާއި ގުޅުން ގައިމްކޮށް ކުދިންނަށް އެތަންތަނުން ފުރުސަތު ހޯދައި އިތުރުކުރުމަށް މަސައްކަތްކޮށްދީ
ކޯޗް މަންނާނު.
26 July 2025
ބޮޑެތި ރަށް ތަކަކީވެސް ކުދި ރަށް ތަކަކީވެސް އަތޮޅު ތަކަކީވެސް ޒޯނަކީ ވެސް ހަމަ ކ.އަތޮޅު މާލެ. މިނޫން ގޮތަކަށް އެކަކުވެސް ތިތަން ނުހިންގާނެ. ޓޮމް އެއް ވިޔަސް ޖެރީ އަކަށް ވިޔަސް މިކަން އޮންނާނީ މިހެން. ބަލަންތިބޭ.