06 ޖުލައި 2025 - 11:45
އެފްއޭއެމްގެ ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާ އެކު އަހުމަދު ތޯރިގް (ޓޮމް) އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.
މި މަހު 26 ގައި ބާއްވާ އިންތިހާބުގައި، އެފްއޭއެމްގެ މެމްބަރު 23 ކްލަބުން ވެސް ޓޮމް އަށް ތާއީދު ކުރުމުން އިތުރު ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
އެފްއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓްގެ ފޯމާ އެކު ފުރަތަމަ ޑިވިޝަނުން މަދުވެގެން ދެ ކްލަބްގެ ތާއީދު ސިޓީ ހިމެނޭ ގޮތަށް ޖުމުލަ ފަސް ކްލަބެއްގެ ތާއީދު ސިޓީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮންމެ ކްލަބަކަށް ތާއީދު ސިޓީ ދެވޭނީ އެންމެ ކެންޑިޑޭޓަކަށެވެ. އެހެންވެ ހުރިހާ ކްލަބެއްގެ ތާއީދު ސިޓީ ޓޮމް ހޯއްދަވާފައިވުމުން އެހެން ކެންޑިޑޭޓަކަށް ފުރުސަތު ނެތީ އެވެ.
ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓޮމް ވަނީ އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ދުވަސްކޮޅަކު ކުރައްވައިފަ އެވެ. ނަމަވެސް އެ ފަހަރު އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމުން، ކޮމިޓީ އުވި ޓޮމްގެ މަގާމު ގެއްލުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލީ
06 July 2025
ވަރަށް ބޭއިންސާފުން ކުރާ ކަމެއްތީ. ފައިސާ އާއި ބާރު އޮތީމާ ކްލަބުތަކުގެ ތާއީދު ލިބިދާނެ. އެކަމަކު މިނިވަންކަމާއެކު ކުރިމަތި ލެވޭނަމަ އިންތިޚާބުން ޓޮމް ބަލިކުރެވޭނެ.
ޖަގަޑާ
06 July 2025
ޢެކްސްކޯޢަށް ބަލާލީމަ މާ ބޮޑު ހިތްހަމަ ޖެހުމެއް ނެއް... ކޮރަޕްޝަންއާ ފަސާދައިގެ މިންގަނޑު ކަނޑައަޅާފަ އޮތީ ބައްސާމް!
ރަދީފްއޮފިޝިއަލް / ސްކެ ކާފެއި ރޭވާ ފެން
06 July 2025
ސަރުކާރުގެ ކެންޑިޓޭޓަށް ތާއީދުކޮށްގެން ދޯ ދަށުން ދަމަން ފުރުސަތު ލިބޭނީ.
އަންކަނޑޭ
06 July 2025
މާލޭޓީމުތަކަށް މަންފާ ހޯދައިދޭން އޮންނަ އެސޯސިއޭޝަނެއް. ރާއްޖޭގެ މޮޅެތި ކުޅުންތެރިން އުފެދިފަހުރީ އަތޮޅުތަކުން އެކަމަކު މާލޭ ޓީމަކަށްގޮސްގެން ނޫނީ ފުޓުބޯޅައިން ފައިދާއެއްނުވޭ.
ސަމަރު
06 July 2025
އެފަހަރު އެކްސްކޯ އެންމެން އިސްތިއުފާއެއް ނުދޭ. ކޯރަމް ގެއްލުވާލަން ބަޔަކު ލާރި ނަގައިގެން އިސްތިއުފާ ދިނީ.
ޤަބީލާ އެސޯސިއޭޝަން.
06 July 2025
ކޮން މޯލްޑިވްސް އެސޯސިއޭޗަނެކޭ ކިޔާކަށް. ތިތަނުގެ ނަމަކަށް މާލޭ ފުޓްބޯޅަ އެސޯސިއޭޝަން ކިޔާބަލަ. ތިއީ މުޅި ރާއްޖެ ތަމްސީލު ކުރާ ތަނެއްނޫން.