އަހްމަދު ތޯރިގާއީ ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް: އެ ކްލަބުން ވަނީ ޓޮމް އަށް ތާއީދު ކުރަން ނިންމާފަ
24 ޖޫން 2025 - 23:38
އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ފަޅީގައި ކުރިން އޮތް ގްރީން ސްޓްރީޓްސްއިން އިންތިހާބުގައި ވާދަކުރާ އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކޮށްފި އެވެ.
މިދިޔަ އަހަރު ކުރީކޮޅު އެފްއޭއެމުން ބާއްވަން މަސައްކަތް ކުރި ދެ އިންތިހާބުގައި ވެސް ގްރީން ސްޓްރީޓްސްއިން ތާއީދު ކުރީ ބައްސާމްގެ "ކޯލިޝަނަށެވެ."
މިދިޔަ އަހަރު ޖެނުއަރީ މަހު އެފްއޭއެމުން ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ބައްސާމް ކުރިމަތިނުލައްވައި އޭނާގެ ޓީމުން ކެނޑިޑޭޓެއްގެ ގޮތުގައި ނެރުނީ ކްލަބް އީގަލްސްގެ ނައިބު ރައީސް މުފާވިޒު ހާޝިމް (މުފާ) އެވެ.
އެ ފަހަރު މުފާ، އިންތިހާބަށް ކުރިމަތިލީ ގްރީންގެ ތާއީދާ އެކު އެވެ. އެ ފަހަރުގެ އިންތިހާބަށް ތޯރިގް ހުށަހެޅި ކެންޑިޑެސީ ބާތިލުކުރުމުން އުފެދުނު މައްސަލަތަކާ އެކު އެފަހަރުގެ އިންތިހާބު ފީފާއިން ހުއްޓިވި އެވެ.
#Mufa4Fam pic.twitter.com/KvLPaQlhCJ
— Muawiya (@mua_mv) January 1, 2024
ގްރީންގެ ރައީސް މުއާވިޔަތު، އެފްއޭއެމުން މިދިޔަ އަހަރު ޖެނުއަރީ މަހު ބާއްވަން އުޅުނު އިންތިހާބުގައި މުފާ އަށް ތާއީދުކުރާކަން ސޯޝަލް މީޑިއާގައި ހާމަ ކުރަނީ
މިދިޔަ އަހަރު މާޗް މަހު އަލުން އިންތިހާބަށް ހުޅުވާލުމުން، ތޯރިގާ ވާދަކުރައްވަން ދެން ކުރިމަތިލީ ބައްސާމެވެ. އެފަހަރު ވެސް ގްރީންއިން ތާއީދު ކުރީ ބައްސާމަށެވެ. އެ ކްލަބްގެ ރައީސް މުއާވިޔަތު ހަލީލަކީ ބައްސާމްގެ ފަހު ދައުރުގެ އެކްސްކޯ މެންބަރެކެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރާ ކޮންގްރެސް ކުރިމަތީގައި އޮތްވައި މުއާވިޔަތުގެ ކްލަބުން ވަނީ ތޯރިގަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.
ގްރީންއިން ނެރުނު ބަޔާނުގައި ބުނީ ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސް އާއި އެއަށް ފަހު ބާއްވާ އިންތިހާބުގައި ވެސް ތޯރިގްގެ ޓީމަށް ތާއީދު ކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށެވެ.
އެ ކްލަބުން ބުނީ ރާއްޖޭގެ ފުޓްބޯޅައަށްޓަކައި މި ވަގަތު އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ.
25 June 2025
ތިތަން އުވާލާ.
ރަދީފްއޮފިޝަލް / ނަތަންޔާހޫގެ ވައިފްގެ ހެކްސަގަން
25 June 2025
އެފްއޭމްގެ މައްސަލަތަކުގަ ގްރީންގެ ބައިވެރިވުން ވެސް އޮތްކަމަށް ބައެއް މަސްދަރުތަކުން ބުނޭ.އެހެންވީމަ މިވެގެން އުލޭ ގޮތް ވަަރަށް ސާފް. ލޮނދި ހިކައެއް ދެމިގަންނަ ގޮތަށް ދެމިގަނެވޭނީ ސިޔާސީ މީހުންނަށް ކުރުނީސްކޮށްގެން ކަން ޔަގީން.ވ.ވެދުން
ބޯޅަ ޖަންބެ
25 June 2025
މި ވޯޓުލުން އާމުންނަށް ހުޅުވާލަން ޖެހޭ! އަމިއްލަ ފައިސާ އެއް އުފައްދަން އިންގޭ ކުލަބެއް މާލޭގަ އޮތިކީ އެއްނޫން. ހުސް ޑީލް ހެދުން. ފީފާ، އޭ.އެފް.ސީ އަދި މެދު އިރުމަތިން ދިވެހި ފުޓުބޯޅަ އަށް މިލިއަނުން ދޭ އެހީ ކާ ހުސްކުރަނީ. އެ އެހީ އެ ހޯދަނީ ދިވެހި ދިދަ ދައްކައިގެން ގައުމީ ކަމެކޭ ކިޔައިގެން. ފުޓުބޯޅައިގެ އެއްމެ ބޮޑު ހިއްސާދާރުންނަކީ އާންމު ރައްޔިތުން. މި ކަމުގަ ބަސް ބުނުމުގެ ފުރުސަތު ލިބެންޖެހޭ.
ވޯލް
25 June 2025
ކުޅިވަރަކީވެސް ބޮޑު ސްކޭމްއެއް މިޤައުމުގައި
ﷲުޙީ
25 June 2025
ތޯރިގަކީ ސައްސާމައްވުރެން އެތައްގުނަޔެއް ކަރަޕްޓު މީހެއް ތިތަނުގެ ދުވަސްތިދިޔައީ ....ﷲ އާއި ވަކީލް
ޙާއްސާ
25 June 2025
އެތަނުގަ އިތުރަށްދާނެ ދުވަހެއްނެތް.. މުޅިތަން ދަރަނިވެރިވެ ތަންވަނީ ބަނގުރޫޓްވެފަ
މަ ބުނީ
25 June 2025
މައްސަލަ ނިމުނީ ވަރަންސަލާމް !
އޮނަރަބްލް އަފީފު ދީދީ
25 June 2025
ނަމުގެކުރިއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ Football Association of Maldives އުވާލާފައި ލާމަރުކަޒީއުސޫލުން ކުޅިވަރުތަށްވެސް ޑިސެންޓްރްލައިޒް ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންހަދާ ރީޖަންތަކުގެ އެސޯސިއޭޝަން ބައިވެރިވާ ޤައުމީ ފުޓްބޯޅަ ފެޑަރޭޝަން އުފައްދަންޖެހޭ ވަގުތު ޖެހިއްޖެ.
ކަދުރު ޒާހިދު.
25 June 2025
އަހަރުމެންނަށް ދައްކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ކިޔާ އުޅުނު ކަމަށް ވިޔަސް އެއީ އަސްލު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މާލެ އޭ.
އޮނަރަބްލް އަފީފު ދީދީ
25 June 2025
މިދެންނެވިގޮތަށް 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި ރީޖަނަލް އެސޯސިއޭޝަންތަކުގެ ރައީސް، ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަން ވޯޓްދީގެން އިންތިޙާބުކުރާ ބަޔަކުތިބޭ National Football Federation އުފައްދައިގެންނޫނީ ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކޮށްގެން އުޅޭ ފުޓްބޯޅަ އެސޯސިއޭޝަން ސަލާމަތްކޮށް އަދި ތިތަނުގެ ޙިޔާނާތް ނުހުއްޓުވޭނެ.
ކުރީގެ ޖީއެސް.
25 June 2025
އަފީފު ތިބުނީ ވަރަށް ރަނގަޅު ވާހަކަ އެއް. އެފްއޭ އަށް މިހާރު ގެންނަން އުލޭ ބަދަލު ތަކަކީ އެތަނުގައި ހުރި ވައްކަމާއި ޙިޔާނާތް އަދި މަޤާމްގެ ބޭނުން ކޮށްގެން ހިންގާ ޖަރީމާ ތަކަށް ނިމުން އަންނާނެ ކަމެއްނޫން.
ކަފިއްޓޭ.
25 June 2025
ވަރަށް ރަނގަޅު. ރީޖަނަލް އެސޯސިއޭޝަންތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި އެ ރީޖަނެއްގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަން ވޯޓްދީގެން ކަމަށް ވާނަމަ އެއީ ރީޖަނަކުން ޖުމްލަ 10 ވޯޓް. އެހެންވީމާ ނެޝަނަލް ފެޑެރާޝަންގެ ވެރިން އިންްތިހާބު ކުރުމަށް 3 ރީޖަނުން 30 ވޯޓް ބޭނުންވާނެ. ތިގޮތް މިހާރު އޮތް ގޮތަށް ވުރެން ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
25 June 2025
މަތީގައިދެންނެވި އިސްލާޙީ ބަދަލަށްޓަކާ FIFA އާއި AFC ގެ ފަންނީ މާލީއެހީތެރިކަމަށް ކުޅިވަރުގެ ވުޒާރާއިން އެދެންޖެހޭ. އަދި ބަހާލެވޭ 3 ރީޖަންގެތެރޭގައި ހޯމްއަވޭ އުސޫލުން މުބާރާތް ބޭއްވުމަށްޓަކާ ރާއްޖޭގެ ބައިނަލްއަޤުވާމީ 3 އެއަރޕޯޓްއޮތް ކ.ހުޅުމާލެ ހދ ހަނިމާދޫ އަދި އައްޑޫސިޓީގައި ސާފްގޭމްސް ބޭއްވޭވަރުގެ 3 ސްޓޭޑިއަމް ތައްޔާރުކުރުމަށް International Olympic Committee އާއި FIFA ގެ އެހީތެރިކަން ހޯދައި ވަސީލަތް ޤާއިމްކޮށް ކުޅިވަރަށް ކުރިއެރުން ހޯދަންޖެހޭ.
މަސަލަސް
25 June 2025
އޮނަރަބްލް އެބަޖެހިލައްވާ "މިހާރު" ކޮލަމްނިސްޓަކަށް ވެލައްވަން. އޭރުން ބޭޅާގެ ތަނަވަަސް ޚިޔާލުތަކާއި ހުށަހެޅުއްވުންތައް އޭގެ ފުރިހަމަގޮތުގައި މުޅިރާއްޖޭގެ އެންމެނަށް ކިޔާލަން ލިބިގެންދާނެ. އުއްމީދުކުރަން މިކަމަށް ވިސްނާވަޑައިގަންނަވާނެ ކަމަށް.
ހަސަނު.
25 June 2025
ދީދީ. ކަލޭ ތިހާ މޮޅު ނަމަ ކީއްވެ ކަލޭ ކުރިމަތި ނުލާ ތިހުންނަނީ؟
ސަސި
25 June 2025
ދެން ގްރީން ވިޔަސް ޔެލޯ ވިޔަސް ބައްސާމަށްވެސް އެއްޗެއް ދެވެން ނެތިއްޔާ ކޮޅު ބަދަދު ވެދާނެ ދޯ