ކުޅިވަރު / ސްވިމިން އެސޯސިއޭޝަން

މިކްސް ރިލޭ ޓީމުގެ ރެކޯޑާ އެކު ރާއްޖެއަށް 8 ރެކޯޑް

ތަޒްކީ، މެރާލް، ރިހާން އަދި އާން.--

03 އޯގަސްޓް 2025 - 13:53

2 comments

ސިންގަޕޫރުގައި މިއަދުގެ ނިޔަލަށް ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖޭގެ މިކްސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ ޓީމުން ލޯންގްކޯސް ގައުމީ ރެކޯޑް އާކޮށްފި އެވެ.

މިކްސް ރިލޭ ޓީމުން 4 ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ގައުމީ ރެކޯޑް އާކުރީ އިއްޔެ ކުރިއަށް ދިޔަ ހީޓުގައި 4:04.21 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މިކްސް ރިލޭ ޓީމުގައި ހިމެނެނީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އަމްނާ ތަޒްކިޔާ މިރުސޯދު (ތަޒްކީ)ގެ އިތުރުން، ފިރިހެން ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު ރިހާން ޝިހާމް އަދި މުހައްމަދު އާން ހުސެއިން އެވެ.

މި ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ، 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި 04.12.35 އިން ހީޓް ފުރިހަމަ ކޮށްގެންނެވެ. މިދިޔަ އަހަރު ރެކޯޑް ހެދި އެ ޓީމުގައި ހިމެނުނީ މުހައްމަދު އާން ހުސައިން، އަލީ އިމްއާން، އާއިޝަތު އުލްޔާ ޝާއިގް އަދި އާއިޝަތު އައިނީ އަބްދުލް ހަމީދެވެ.

މިކްސް ރިލޭ ޓީމު ވަނީ މި މުބާރާތުގައި، 4 ގުނަ 100 މީޓަރު މެޑްލޭ އިވެންޓުގެ ހީޓުގައި ވެސް ގައުމީ ރެކޯޑް އާކޮށްފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕްސްގައި ދިވެހި ޓީމު ހެދި ރެކޯޑް މިފަހަރު މުގުރާލީ 4:40.23 އިން ހީޓް ފުރިހަމަ ކޮށްގެންނެވެ.

ޓީމް އިވެންޓުގެ އިތުރުން، ރާއްޖޭގެ ހަތަރު ފެތުންތެރިން ވެސް ވަނީ، ކޮންމެ ފެތުންތެރިއަކު ވެސް ދެ އިވެންޓެއްގައި ވާދަ ކޮށްފަ އެވެ. އާން އާއި ތަޒްކީ ވާދަކުރި ދެ އިވެންޓުން ވެސް ގައުމީ ރެކޯޑް އާކުރި އިރު، މެރާލް އާއި ރިހާން ވެސް ވަނީ އެއް އިވެންޓަކުން ރެކޯޑް އާކޮށްފަ އެވެ.

އެގޮތުން މުބާރާތުގެ ފުރަތަމަ ދުވަހު މެރާލް ވަނީ 02:44.34 އިން ފަތައިގެން އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގަައުމީ ރެކޯޑް އާކޮށްފަ އެވެ. އެއަށް ފަހު އެ ދުވަހު އޮތް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓް އޭނާ ނިންމީ 1:16.73 އިންނެވެ. މި އިވެންޓްގެ ރެކޯޑް އޮންނަނީ ވެސް މެރާލް އަތުގަ އެވެ. އެންމެ ފަހުން އޭނާ މި ރެކޯޑް އާކުރީ ސިންގަޕޫރުގައި މިދިޔަ އަހަރު އޮތް އެގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި 01:13.96 އިން ފަތައިގެންނެވެ.

ރިހާން ވަނީ ފިރިހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓުގައި ވާދަކޮށް 2:25.20 އިން ނިންމައިގެން އޭނާ 2023 ގައި ހެދި ރެކޯޑް އާކޮށްފަ އެވެ. ނަމަވެސް މިއަދު ހެނދުނު އޮތް ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓު އޭނާއަށް ނިންމުނީ 5:15.03 އިންނެވެ. އެންމެ ފަހުން އޭނާ މި ރެކޯޑް މުގުރާލީ 2023 ވަނަ އަހަރު ޗައިނާގެ ހަންގްޖޯ ގައި ކުރިއަދިޔަ 19 ވަނަ އޭޝިއަން ގޭމްސްގައި 05.14.03 އިން ފަތައިގެންނެވެ.

އާން ވަނީ ވާދަކުރި ދެ އިވެންޓުން ވެސް ގައުމީ ރެކޯޑް އާކޮށްފަ އެވެ. ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ހީޓުގައި 53.80 ސިކުންތުން ރޭސް ފުރިހަމަ ކޮށްފަ އެވެ. އަދި ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 23.81 ސިކުންތުން ހީޓް ފުރިހަމަ ކޮށްގެންނެވެ.

ތަޒްކީ ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ހީޓުގައި 1:13.49 ސިކުންތުން ފަތައިގެން، 2023 ވަނަ އަހަރުން ފެށިގެން ހަމްނާ އަހުމަދު އަތުގައި އޮތް ރެކޯޑެއް މުގުރާލައިފަ އެވެ. އުމުރުން 14 އަހަރުގެ ތަޒްކީގެ މި ޓައިމިންއަކީ ހަމްނާގެ ރެކޯޑަށް ވުރެ 4.2 ސިކުންތު އަވަސް ޓައިމިންއެކެވެ. އަދި އޭނާ ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި 01:04.04 އިން ރޭސް ނިންމައިގެން، މިދިޔަ އަހަރު އިޝަތު އުލްޔާ ޝާއިގް ހެދި ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަކު

03 August 2025

ޤައުމީ ރެކޯޑު.... އަމިއްލަ ރެކޯޑު... ޤައުމަށް ރީތިނަން ހޯދާކަށް ނޫންތަ ދަނީ..

The name is already taken The name is available. Register?

ބީބީ

07 August 2025

މިކަހަލަ ކުޅިވަރުތަކަކީ އިންޑިވިޑުއަލް ކުޅިވަރުތަކެއް. މީން ކޮންމެ ކުރިއެރުމަކީ ގައުމީ ކުރިއެރުމެއް. އަދި މިކަހަލަ ކުޅިވަރުތަކުގެ (އެތްލެޓިކްސް، ސްވިމިންގ، ރޭސިންގ) ރެކޯޑް ވެއްޓުމަކީ ކުރިއެރުން. ދުނިޔޭގެ ފެންވަރަށް ވާސިލްވާން އެޅޭ ފިޔަވަޅުތައް. މިހެން ކުރިއަރަމުން ގޮސް މިހާރު ލަންކާއާއި އެއްވަރުކޮށްފި. އިރާދަކުރެއްވިއްޔާ މިސަރަހައްދުން ކުރިއަށް އޮތް 10 އަހަރުތެރޭ ބޯ ހިއްލާލާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454