17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލި ހަތަރު ކޯޗުން: ޝާޑް، ސޮބާ، ނާދު ފަރިއްޓޭ
18 އޯގަސްޓް 2025 - 14:42
ސަތާރަ އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލުމުން، ތަޖުރިބާކާރު ހަތަރު ކޯޗަކު ކުރިމަތިލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާ ކޯޗުންގެ ސަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ އޭ އެފްސީ އޭ ލައިސެންސް ފުރިހަމަކޮށްފައި ވުމެވެ.
މަގާމަށް ކުރިމަތިލި ކޯޗުންގެ ތެރޭގައި ރާއްޖޭގައި ބޭއްވި ފުރަތަމަ އޭ ލައިސެންސް ކޯހުން، ތަމްރީނުވި އަހްމަދު ނާޝިދު (ނާދު) އާއި މުހައްމަދު ޝާހިދު (ޝާޑް) ހިމެނެ އެވެ.
ދެން ކުރިމަތިލި ދެ ކޯޗުންނަކީ، މިދިޔަ އަހަރު ބޭއްވި އޭ ލައިސެންސް ކޯޗިން ކޯހުން ތަމްރީނުވި ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އާއި ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.
ސޮބާ، އެންމެ ފަހުން މަސައްކަތް ކުރީ ނިއު ރޭޑިއަންޓްގަ އެވެ. އެފްއޭއެމުން އޭޕްރީލު މަހު ބޭއްވި ލީގު ކަޕްގައި އޭނާގެ ކޯޗުކަމުގެ ދަށުން ނިއު އެ މުބާރާތުގައި ވާދަ ކުރި އެވެ.
އެފްއޭއެމުން 17 އަހަރުންދަށުގެ ޓީމަށް ކޯޗަކު ހޯދަނީ ފުލުޓައިމް ވަޒީފާއެއްގެ ގޮތުގައި އެ މަގާމު އަދާކުރާނެ މީހެކެވެ.
- ޔޫތު ފުޓްބޯޅައިގައި ނުވަތަ ކްލަބް ލެވަލްގައި މަދުވެގެން ފަސް އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- އުމުރުފުރާތަކުގެ ކުދިންގެ އުމުރާ ގުޅޭ ތަމްރީނުތަކާއި ޓެކްނިކަލް ސްޓްރެޓަޖީތައް ތަންފީޒުކުރަން އެނގުން
- 17 އަހަރުންދަށުގެ ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދުމަށް ސްކައުޓްކޮށް ހުނަރު ދެނެގަނެވޭނެ ގާބިލުކަން ހުރި މީހެއްކަމުގައިވުން.
އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓާއި އަދި ގައުމީ ޓީމުތަކުގެ އެހެން ކޯޗުންނާ ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެފްއޭއެމުން ކުރި އިއުލާނުގައި ވެއެވެ.
މަގާމަށް ކުރިމަތިލި ހަތަރު ކޯޗުން ވެސް އެފްއޭއެމްގެދަށުން އެކި ގައުމީ ޓީމުތަކުގައި މަސައްކަތް ކޮށްފަ އެވެ. ޝާޑް ވަނީ ސީނިއާ ޓީމާއި 23 އަހަރުންދަށުގެ ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ނާދު ވަނީ ގައުމީ އަންހެން ޓީމާއި އުމުރުފުރާތަކުގެ ޓީމުގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ވިކްޓަރީ، ވެލެންސިއާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ދަ ގްރާންޑޭގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.
ސޮބާ ވެސް ވަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެދަށުން 23 އަހަރުންދަށުގެ ގައުމީ ޓީމުގައި އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ.
ޑިވެލޮޕްމެންޓް ފުޓްބޯޅައިގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ފަރީދު ވަނީ މީގެ ކުރިން 19 އަހަރުންދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. މިހާރު އޭނާ އަކީ އޮޑި ސްޕޯޓްސް އެކަޑަމީގެ ހެޑް ކޯޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
19 August 2025
އަހަންނަށް ތިތަނުން އެންމެ ކަމުދާ ކޯޗަކީ ފަރިއްޓޭ. ފަރިއްޓޭ އަކީ ކުރީގެ އިންޓަސުކޫލް ފުޓުބޯޅަ މިބާރާތުގައި އެންމެ ކާމިޔާބު ކޯޗް. އަދި ސަސް ޔުނައިޓެޑްގައި މޮޅެތި ކުޅުންތެރިން އުފެއްދި ކޯޗެއް. 17 އަހަރުން ދަށުގެ ޓީމެއް ގެންގުޅެވޭނީ ފަރިއްޓޭއައް. ހަމަ ބުނެލީ.. ވައްސަލާމް
ހަޖަމޯލާ
19 August 2025
ސޮބާހު ލަދުގަންނަން ޖެހޭ މިވަރުގެ މަގާމުތަކައް ކުރިމަތިލާއިރު… ދަރިންނަށް ހަރަދުކުރަނީއެއްނޫން… އަންހެނުން ފެލައިގެން އުޅެނީ
ހަސަންދި
19 August 2025
މިހާރު މިތިބަ ލެވެލް އަށްވުރެ މައްޗަށް ދިއިމަށް އެދެންޏާ، އަހަރެމެން އެބަޖެހޭ ތަންކޮޅެއް ލެވެލް މަތި ( ދުނިޔޭގެ ފެންވަރުގެ) ކޯޗެއް ހޯދަން.
އައްޔަ އަލީ
19 August 2025
އަހަރެމެން ދިވެހިނައް ހަމަ ރަގަޚު އެކަކުވެސް ނުހުންނާނެދޯ ފާޑު ކިޔުން އޯކޭ އެކަމަކު ބިނާކުރުވަނި ހެޔޮ ވާއެއް ނުވާއެއް ނޭގުނަސް
ހަސަންކަލޭފާނު
18 August 2025
ތި ހުރިހައި ޝަރުތު ތަކެއްނޫސްވެރިއާ ލިއެނިންމާލައިފި. ހަމަ ތިޔަމަގާމުގެ މުސާރަވެސް ތިހާ ތަފްސީލީ މައުލޫމާތެއް ދިން ފަރާތަކުން އޮޅުން ފިލުވާލިނަމަދޯ.
ވަކަޖެމް
18 August 2025
ރާއްޖޭގައި މުސާރައަކީ ބޮޑުސިއްރެއް. އާންމުގޮތެއްގައި ވަރަށްކުޑަވާނެ. ދެން އޮންނާނީ ހުސް އެލަވަންސް. ދުވަހު އެލަވަންސް ޖާޒީ އެލަވަންސް ބޫޓް އެލަވަންސް ހާޒިރީ އެލަވަންސް ގަޑީގެ އެލަވަންސް ހުކުރު އެލަވަންސް ޓްރޭނިންގް އެލަވަންސް މިހެންގޮސް ލިސްޓް ވަރަށް ދިގުވާނެ
ޣަނީބެ
18 August 2025
ހެޔޮނުވާނެ ސޮބާ ކަހަލަ ގަމާރެއް ނުލާތި
ފާގަސަން
19 August 2025
ސޮބާ ނުވާނެ ގޯހެއް ޓުރޭން ކުރާ ލެއް! . އެންމެ މައްސަލައެއް އުޅެނީ .. އޭނަ ހިތުން އޭނަ އެއީ އެންމެ މޮޅު މީހާ.އެހެން ވީމަ ނުޖެހޭނެ އެހެން މީހުންނަށް ރެސްޕެކްޓް ދޭކައްވެސް ކުރާކައްވެސް!
އަހުމިއްޓޭ
18 August 2025
ބަލަގަ އޮޑިގެ ވާހަކަ ކޮންމެހެންވެސް ގެންނަންޖެހޭތަ. ދެންތިބި ކޯޗުންނަކީވެސް މިހާރުވެސް އެކި އެކަޑަމީތަކުގެ ކޯޗުން.
އިމަ
18 August 2025
ބަލަ ފަރީދުގެ ލިޔާނެ މާގިނަ ހާސަރެއް ނެތީމަ އޮޑިޔާ ލޯންޗާ ވެސް ލިޔާނެ ދޯ..