ފީފާގެ ރައީސް އިންފަންޓީނޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
21 އޮކްޓޯބަރ 2025 - 11:36
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެއް ދުވަހެއްގެ ދަތުރެއްގައި އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އިތުރު ތަފްސީލެއް އެފްއޭއެމުން އަދި ނުދެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންފަންޓީނޯގެ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން ފުޓްބޯޅައިގެ ސްޓޭކްހޯލްޑަރުންނާ އެކު ވެސް ބައްދަލުވުމެއް އޭނާ ބައްވާނެ އެވެ.
ޕްރައިވެޓް ޖެޓެއްގައި ހުކުރު ދުވަހުގެ ހެނދުނު ރާއްޖެ އަށް ވަޑައިގެންނެވުމަށް ފަހު، އެނގިފައިވާ ގޮތުގައި އެ ދުވަހު ހަވީރު އޭނާ ފުރުއްވާނެ އެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެޕް ބެލްޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.
އިންފަންޓީނޯގެ މި ދަތުރަކީ، ބެލެވޭ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ ފުޅައަޅައި، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.
ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވި އެވެ.
"ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތޯރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ،" އިންފަންޓީނޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބައްސާމުގެ ލީޑް ވަކީލު
21 October 2025
ތި އަންނަނީ ބައްސާމު ސަލާމަތް ކުރަން. އޭނާ ގޮވާލާނެ ބައްސާމަށްކުރާ އަނިޔާ ހުއްޓާލާށޭ
އިލަ
21 October 2025
އަހަރެމެން އުފަލެއްނުވޭ.. ތިޔައީ ޓުރަންޕަޓު ގޮތަށް އިޒުރާހެލަށް ވަރުގަދައަށް ތާއީދުކުރާ ޔަހޫދީއެއް..
ބޮޑުބޭ
21 October 2025
މީނާކާރީބުނޭ އިޒްރޭލް ޓީމްތަ ބޭންކުރާށޭ
ތާކިހާ
21 October 2025
ފީފާގެ ރައީސައް މަރުހަބާކިޔަން އެންމެ ކުރިއައް ނެރެންވީ ބައްސާމް އަދީލް ޖަލީލް.
އިންފަންޓީނޯ
21 October 2025
އެ އަންނަނީ ބައްސާމް ބަލައި...
އަބޫ
21 October 2025
މުއިއްޒު އާއި ބައްދުކޮށްފަ ދިވެހިރާއްޖޭގަ ވޯލްޑްކަޕް ބާއްވާނެ އަހަރެއް އިޢުލާނު ކުރާނެކަމަށް އުއްމީދުކުރަން ދިވެހިންނަށް ވޯލްޑްކަޕްގަ ކުޅެލަން ފުރުސަތު ލިބެން އޮތް ހަމައެކަނި މަގަކީ އެއީކަމަށްވެސް ފޯފާގެ ރައީސަށް ދަންނަވާ ދެއްވާތި
ދިވެހިންގެ ރާއްޖެ
21 October 2025
ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން އަދި އޮތް ބަދަހި ގުޅުން އެންމެ ރަނގަޅަށް ސާފުވެގެންދިޔައީ 2008 ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ވުމުން، ގައުމުގެ ކުދިބޮޑު އެންމެހައި ރައްޔިތުން ފެއްސާރަތާ ހުދުން ޖަރީކޮށް ގައުމީ ޓީމަށް އަދި ފުޓުބޯޅައަށް އޮތް ލޯތްބާއި ފޯރި ދައްކާލި ދައްކާލުމުން. މިއަދު ރާއްޖެއަށް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އިސް ފަރާތް ފީފާގެ ރައީސް އިންފަންޓީނޯ ވަޑައިގަންނަވާއިރު ދިވެހިންގެ ފަރާތުން ފުޓުބޯޅައަށް އޮތް ލޯބި ދައްކާލަންޖެހޭ
އަހުސަން ފަލީ
21 October 2025
ބައްސާމް ބަލާ ތަ؟ ނޫނީ އަމިން އެވެނިޔު ޕެންޓްހައުސް އާ ހަވާލުވާންތަ؟
ޣަނީބައި
21 October 2025
އެއަންނަނީ ޖަލައްލީ ސޮރު މިނިވަން ކުރަން
އަސަރަފަ
21 October 2025
ކޮންމެސް ދިވެހި ގައުމީ ފުޓްބޯޅަ ދަނޑު ނުދައްކާތިި. އެފް އޭއެމް އިން ކޭލާރިން ކޮށްފަ ހުރި ޖަރީމާތަށް އަހާފާނެ. ހެހެ މިއޮތީ ވާ ގައުމެއް
ގޭގަ
21 October 2025
ޖަރީމާ ހިންގި މީހުން މިހާރުތިބީ ހައްޔަރުގަ ނޫނީ ގޭގަ