ނިއު އާއި ވިކްޓްރީ 2016 ކުޅުނު މެޗެއްގެ ތެރެއިން. -- މިހާރު ފައިލް ފޮޓޯ
21 އޮކްޓޯބަރ 2025 - 12:18
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި، ވިކްޓްރީން ހަތް އަހަރަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ބައްދަލުކުރާނެ އެވެ.
ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން 2019 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ސަސްޕެންޑްކުރުމުން ފުރަތަމަ ޑިވިޝަނުން ގެއްލިފައި އޮތް ނިއު އާއި ވިކްޓްރީ އަލުން މިއައީ މި ސީޒަނުގަ އެވެ. ވިކްޓްރީ ޕްރޮމޯޓްވީ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެންނެވެ. ނިއު އަށް ފުރުސަތު ލިބުނީ، ސަސް އިން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޫކޮށްލުމުން، އެ ފުރުސަތު ދެން ލިބުނު ދެ ވަނަ ޑިވިޝަނުގެ ޓެންޓް ސްޕޯޓްސް އިން އޭގެ ބޭނުން ނުހިފުމުން ދެން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ހައިސިއްޔަތުންނެވެ.
ނިއު އާއި ވިކްޓްރީ ވަނީ މިދިޔަ ތިން އަހަރުގެ ތެރޭ ދެ ވަނަ ޑިވިޝަނުގައި ދެ ފަހަރު ބައްދަލުކޮށްފަ އެވެ. އެއް ފަހަރު ނިއު މޮޅުވިއިރު، އަނެއް ފަހަރު މޮޅުވީ ވިކްޓްރީ އެވެ. އެ ދެ މެޗަށް ވެސް، ގިނަ އަދަދެއްގެ ބަޔަކު ކުޅިބަލަން ވަނެވެ. ދިވެހި ފުޓްބޯޅައިގެ "ރަސްވާދަ"އިގެ ގޮތުގައި މަޝްހޫރުވެފައިވާ މި މެޗު ޕްރޮމޯޓްކުރަން ދެ ކްލަބުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ނިއު އާއި ވިކްޓްރީން ވެސް މި މެޗު ހާއްސަކުރަނީ، 1980ގެ އަހަރުތަކުގައި އެ ދެ ޓީމުން ހޯދި ކާމިޔާބީތަކަށެވެ. ނިއު އިން ހާއްސަ ކުރަނީ، އެ ކްލަބުގެ ތާރީހުގައި ގައުމީ މުބާރަތް އެންމެ ފުރަތަމަ ކާމިޔާބުކުރި 1982 ގެ ޓީމަށެވެ. މި މެޗުގައި ނިއު އިން ބޭނުންކުރާނީ ވިކްޓްރީ އަތުން 2-1 އިން މޮޅުވެ ނިއު އިން އެ މެޗު ކާމިޔާބުކުރިއިރު ބޭނުންކުރި ފެއްސާއި، ހުދުގެ ހުރަސް ރޮނގު ދެމި ޖާޒީގެ ފަރުމާއެކެވެ.
ވިކްޓްރީ އާއި ނިއު އިން މިއަދު ބޭނުންކުރާނީ މި ޖާޒީގެ ފަރުމާއެއް.
ވިކްޓްރީން މެޗު ހާއްސަކުރަނީ ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށް 1985 ގައި ގައުމީ ތަށި މިކްލުކުރި ޓީމަށެވެ. އެ ކާމިޔާބަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވިކްޓްރީން މިއަދުގެ މެޗުގައި ބޭނުންކުރާނީ އެ ފަހަރު ފައިނަލުގައި ލީ އެ ކްލަބުގެ ސަގާފީ ރަތްކުލައިގެ ޖާޒީގެ ފަރުމާއެކެވެ.
މާލޭގެ އަވަށު ވާދަވެރިކަން އޮތް ދުވަސްވަރުން ފެށިގެން ނިއު އާއި ވިކްޓްރީގެ ކުރިމަތިލުން ވަރަށް ފޯރިގަދަ އެވެ. މިއީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބް ވެސް މެ އެވެ.
މި ސީޒަނުގެ ލީގުގައި ނިއު ވަނީ ކުޅުނު ފުރަތަމަ ތިން މެޗު ވެސް ކާމިޔާބުކޮށްފަ އެވެެ. ވިކްޓްރީގެ ތިން މެޗުން މޮޅުވީ އެއް މެޗުންނެވެ. އަނެއް ދެ މެޗުން ބަލިވީ އެވެ. އެކަމަކު އެ ޓީމުން ވަނީ މިހާރު ޓީމު ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ. ވިކްޓްރީ އަށް ހަމަޖެއްސި ސްލޮވާކިއާގެ ޖޯޖްލީ ގެރީ ވެސް މިއަދުގެ މެޗުން ފެށިގެން ކޯޗުކޮށްދޭނެ އެވެ.
މިއަދުގެ މެޗު ފަށާނީ ހަވީރު 3:50 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރަހިމް
21 October 2025
ޢަހަރެމެން ދާނަން ގަދަޔަށް ސަޕޯޓުވެސް ކުރާނަން
އޮނަރަބްލް އަފީފު ދީދީ
21 October 2025
ހަތް އަހަރު ކީއްކުރަން 50 އަހަރު ފަހުން މެޗް ކުޅުނު ކަމަށް ވިޔަސް ނަމުގެ ތެރެއަށް ޤައުމީ، ދިވެހި، މޯލްޑިވްސް، ރާއްޖެ، ނޭޝަނަލް އަދި ދިވެހި ފަދަ ނަންތައް ލައިގެން ކ.މާލޭ ކަންމަތީ ޤުރޫޕް ތަކަށާއި، ވަކި ޤަބީލާ އަކަށް ޙާއްސަކޮށްގެން ބާއްވާ އެއްވެސް ކަމަކަށް ހިތްވަރު ލިބޭ ގޮތަށް އެކަން ކަމުގައި އަހަރުމެން ބައިވެރިވާން ބޭނުން ނުވާނެތީ ތިއިން އެއްވެސް ބަޔަކު ކުޅޭ އެއްވެސް މެޗެއް ބަލަން އަހަރުމެން ގަލޮޅު ދަނޑަށް ނުވަންނާނަން.
ގަލޮޅު ކަންމަތި
21 October 2025
ބްރޯ ކަލޭ ހުރޭ ކަންމަތީ އާންޓީސް ތައް ގޮވައިގެން. ކަލޭ ނުދިއުމަކުން އެކަމާ ދެރަވާނެ މީހަކު ނެތް.
ލެއްގިކޮމިޝަނަރ
21 October 2025
އޮނަރަބަލް ކުރިޔަލައިގެން މިއުޅޭ އަފީފް ދީދި! ކަލޭ ހުރެބަލަ ކަންމަތީ އާންޓީންތައް އެއްކޮށްގެން އައްޑޫ ތަރައްގީއޭ، އެއްބައިވަންތަކަމޭ، ބަނޑުހަންގަޑޭކިޔަން. އަހަރުމެން މާލޭމީހުނަށް ރަނގަޅީވެސް ތިބައިގަނޑު ދަނޑަށް ނުވަނީޔާ. އައްޑޫމީހުންތަށް މާލެއަރާ ވައްކަންކޮށް، ފަތްބޯ، ޑްރަގު ވިއްކާ، ރޭޕުކޮށް، ޓުރެފިކް ގަވާއިދާހިލާފުވެ، މާރާމާރީ ހިންގާވަރުން މިއުޅެނީ އަހަރުމެންނަށް ނޭވާނުލެވިގެން.