ޓްރޭނިން ކޭމްޕަށް ރާއްޖެ އައި ފަލަސްތީނުގެ ޓީމުގެ އޮފީޝަލުންނާ، ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަ ދައްކަނީ: ޓީމުގެ ހަރަދުތަކަށް ސަރުކާރުން 546،000 ހާ ރުފިޔާ ހޭދަކުރާނެ
10 ނޮވެމްބަރ 2025 - 16:54
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ޓްރޭނިން ކޭމްޕެއް ކުރިއަށްގެންދަން މިއަދު ރާއްޖެ އައި ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް 546،000 ހާ ރުފިޔާ ސަރުކާރުން ހަމަޖައްސައިފި އެވެ.
މިއަދުން ފެށިގެން މި މަހު 19 ވަނަ ދުވަހާ ހަމައަށް ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށް ހިނގާ ހަރަދުތަކެއް ބަލަހައްޓާނީ ސަރުކާރުންނެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު "މިހާރު" އަށް ވިދާޅުވީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ހުރުމަށާއި ކެއުމަށް ގާތްގަނޑަކަށް 546،000ރ. ހަރަދު ކުރާނެ ކަމަށެވެ.
ޓީމު މާލާގައި ތިބޭނީ ބީހައިވް ހޮޓެލްގަ އެބެ. އެ ޓީމު މާލޭގައި ކުރަން ޖެހޭ ދަތުރުތައް ބަލަހައްޓާނީ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލޮޖިސްޓިކަލް ކަންތައްތައް ބަލަހައްޓާނީ އެފްއޭއެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޭމްޕްގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް ފަލަސްތީނުގެ ޓީމުން ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އެ ދެ މެޗަށް އާންމުންނަށް ހިލޭ ދަނޑަށް ވަދެވޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެކަމަކު ފަލަސްތީނުގެ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކެޓަގަރީއަކުން ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެއީ ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީގެ ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އެ ކެޓަގަރީގައި ކުޅިބަލާމީހުންނަށް ހާއްސަކޮށްފައި ވަނީ ރޮސްޓޮމް އާއި ވީއައިޕީ އެވެ. އެ ކެޓަގަރީގައި ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.
ގޯލްޑް ކެޓަގަރީގައި ޓިކެޓް ވިއްކާނީ ރޮސްޓްރަމް އޭރިއާގެ ދެ ފަޅިން އޮންނަ ގޮނޑިބަރިންނެވެ. އެ ކެޓަގަރީގެ ޓިކެޓްގެ އަގަކީ 500ރ. އެވެ. އެ ކެޓަގަރީން ވިއްކާނީ 200 ޓިކެޓެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މިމަހު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގވހޔ
12 November 2025
ކަޓު ނަގާބަޔަކަށް ފުރުސަތެއް ތިއޮތީ...
އަހަރެން މީ
11 November 2025
އަދިވެސް ފުޓްބޯޅަ ދޯ ތިމީހުން ކުލެނީ، މާދަމާވެސް ދިރިހުންނާނެ ކަމުގެ އުއްމީދެއް ނެތް، ކުޅިވަރު ކުޅުން ހުއްޓާލާފައި ފަލަސްތީނުގެ އަޚުންނަށް އެމީހުން އެހީވާންވީ ވަގުތުމީ، ކޮން ފުޓްބޯޅައެއް
ލާފްމް
10 November 2025
ރުޅި އަންނަ ޕަސެންޓް ތިބޭ ރުޅި އައިސްގެން
ާވީ ލަވް ފަލަސްތީން
10 November 2025
ހަ ގުނަ އިތުރު ކުރިޔަސް އޯކޭ.. މިހާރު ވެސް ވަގަށް އެފްއޭއެމް މީހުން ކޭވަރުގެ 1 ޕަސެންޓްވެސް ނުވޭ..
ޑަކު
10 November 2025
ސުބުޙާނަﷲ.
އާދަނު33
10 November 2025
ބޭކާރު ހަރަދު،،
ވަންޗޫ
10 November 2025
ތީ ބޭކާރު ހަދެއް! ހާލުގަ ޖެހިފަތިބި މީހުންނަށް ތިލާރިފޮނުވި ނަމަ މާރަނގަޅުވީސް!
އޮރެންޖްބެރީ
10 November 2025
މާލެ މިއޮތް ކޮންޖެސްޓެޑް ތަނުގައި ބެެހެއްޓުން އެއީ ތަ އެންމެ ރަނގަޅު ގޮތަކީ. ތިޔަހެން އަންނަ ޓީމުތަކަށް ކޮންމެ ވެސް ރަށެއްގެ ތިބެވޭނެ ގޮތެއް ހަދަންވީނު. އަހަރެން ބިރުގަނޭ މާލޭގަ މިއޮތް ދުއްވާ ސައިކަލްތަކުން ތިކުއްޖަކަށް އަނިޔާއެއް ވެދާނެތީ.