ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ މާލެ ސިޓީއާ ވާދަކޮށް ދ. މާއެނބޫދޫ ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފި އެވެ.
މެޗުގެ ސެޓްތައް މާއެނބޫދޫ ގެންދިޔައީ 21-11، 25-5 އަދި 27-7 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާއެނބޫދޫގެ ފާތިމަތު ސީނާ އަބްދުއްރަޝީދެވެ.
ދެ ޕޫލަކަށް ބަހާލައިގެން ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގައި މިހާރު ވަނީ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފަ އެވެ. ޕޫލް ބީގައި މާއެނބޫދޫ އާއި ކ. ހުރާ މިއަދު ކާމިޔާބު ހޯދި އިރު، އިއްޔެ ކ. މާފުއްޓާއި ށ. ފުނަދޫ ވަނީ ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ޕޫލް އޭގެ ދެ މެޗެވެ. ހަވީރު 4:15 ގައި ބައްދަލުކުރާނީ ށ. ފުނަދޫ އާއި އައްޑޫ ސިޓީ އެވެ. އަދި ރޭގަނޑު 8:40 ގައި ބައްދަލުކުރާނީ ލ. ގަމާއި ކ. މާފުއްޓެވެ.