ޒުވާން ރެފްރީން އުފައްދަން އެފްއޭއެމުން ހިންގަން އިއުލާން ކޮށްފައިވާ ކޯސް، އުމުރުން 16 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ހުޅުވާލައިފި އެވެ.
މާލޭގައި ހިންގާ މި ކޯހަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަނޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިންނެވެ.
ކޯހަށް ކުރިމަތިލުމަށް އޮންލައިންކޮށް ފޯމު ފުރޭނެ އިންތިޒާމު އެފްއޭއެމުން ވަނީ ހަމަޖައްސައިފަ އެވެ. ދެ ޖިންސުގެ ޒުވާނުންނަށް ވެސް ކޯހުގައި ބައިވެރި ވެވޭނެ އެވެ.
ކޯހަށް ކުރިމަތިލުމުގެ ފޯމު:
އުމުރުން 18 އަހަރުން ދަށުގެ ކުރިން ކޯހަށް ކުރިމަތިލުމުގައި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލޔުން ހުށަހަޅަން އެފްއޭއެމުން އެދެ އެވެ.
އެފްއޭއެމްގެ އިއުލާނުން:
- މިކޯހުގައި ބައިވެރިވާ ބައިވެރިންގެތެރެއިން، 18 އަހަރު ނުފުރޭ ކުދިން، ބެލެނިވެރިޔާގެ އިއުތިރާޒެއްނެތްކަމުގެ ފޯމު ފުރިހަމަކުރުމަށްފަހު ފޯމް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- ބެލެނިވެރިޔާގެ އިއުތިރާޒެއްނެތްކަމުގެ ފޯމުގެ ލިންކް މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމުގައި ހިމަނާފައިވާނެއެވެ.
ކޯހުގައި އެންމެ އިސްކޮށް ކިޔަވައި ދޭނީ ކުރިން އޭއެފްސީ ރެފްރީސް ޑިޕާޓްމެންޓްގައި ވެސް އިސް މަގާމެއް އަދާ ކުރެއްވި މުހައްމަދު އަމީޒެވެ.
ގާތްގަނަޑަކަށް ދިހަ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ކޯސް ފަށާނީ މި މަހު 19 ވަނަ ދުވަހު އެވެ. ކޯސް ނިންމާ ތާރީހަކީ 28 ވަނަ ދުވަހެވެ.
ކޯހަށް ކުރިމަތިލުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ
. އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެނގުން
. ގްރޭޑް 7 އިން ފާސްވެފައިވުން
. 16 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުގެ ޒުވާނަކަށްވުން
. ޕޮލިސް ރިޕޯޓް ހުށަހެޅުން
އެފްއޭއެމުން ބުނީ އެ ކޯހުން ތަމްރީނުވާ ރެފްރީންނަށް އެ އެސޯސިއޭޝަނުން ބާއްވާ އެކިއެކި މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ތިންވަނަ ޑިވިޝަންގެ މުބާރާތައީ 14 އަހަރުންދަށުގެ އެކަޑަމީ ލީގު އެފްއޭއެމުން މިހާރު ވެސް ވަނީ އިއުލާން ކޮށްފަ އެވެ.