ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އިސްތިއުފާ އަށް ގޮވާލަނީ ކްލަބާ ދެކޮޅު ބައެއް ކަމަށް އެ ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ.
މިިދިޔަ ދެ ހަފުތާގެ މުއްދަތަކީ ރެއާލަށް ގޮންޖެހުންތައް ކުރިމަތިވި ދެ ހަފުތާ އެވެ. ސްޕެއިންގެ ސުޕަ ކަޕުގެ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވި އެވެ. ކޯޗުގެ މަގާމުގައި ހުރި ޒަބީ އަލޮންސޯ މަގާމުން ވަކި ކުރި އެވެ. އޭގެ ފަހުން މަގާމާ ހަވާލުވި އާބެލޯއާގެ ފުރަތަމަ މެޗުގައި ސްޕެނިޝް ކަޕުގައި ދެވަނަ ޑިވިޝަންގެ ކްލަބެއްގެ އަތުން ބަލިވެ ރެއާލް ކެޓި އެވެ.
ހޮނިހިރު ދުވުހު، އަމިއްލަ ދަނޑު ބާނެބޭއުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ބައެއް ސަޕޯޓަރުން ވަނީ ޕެރޭޒްގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.
އެ އަޑު ވަރަށް ބޮޑަށް މުޅި ދަނޑުގައި ގުގުމާލި އެވެ. ދި އެތުލެޓިކުން ބުނީ ޕެރޭޒްގެނިންމުންތަކާ މެދު ރެއާލްގެ ސަޕޯޓަރުންގެ ގުރޫޕްތަކުން ހިތްހަމަނުޖެހޭ ކަމަށެވެ. އެ ނިންމުންތަކުގެ ތެރޭގައި ކްލަބްގެ ރަސްމީ ސަޕޯޓަރުންގެ ގުރޫޕް ކަނޑައެޅި ގޮތާ މެދު ވެސް ސަޕޯޓަރުންގެ ނުރުހުން ޕެރޭޒަށް އަމާޒުވި އެވެ.
"ގްރާޑާ" ގެ ނަން ދީފައިވާ ސަޕޯޓަރުންގެ ގުރޫޕަށް، ޕެރޭޒްގެ ރިޔާސަތުގެދަށުން ވަނީ ވަކި ސަރަހައްދެއް ކަނޑައަޅާފަ އެވެ. އެ ނިންމުމާ ސަޕޯޓަރުންގެ އެހެން ގުރޫޕްތަކުން ހިތްހަމައެއް ނުޖެހެ އެވެ.
މީޑިއާގެ ސުވާލުތަކަށް ޕެރޭޒް މިހާރު ޖަވާބެއް ނުދެ އެވެ. އެހެންވެ އޭނާ އަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ޖަވާބު ދޭން ނުކުތީ އާބެލޯއާ އެވެ.
އޭނާ ބުނީ ޕެރޭޒްގެ އިސްތިއުފާ އަށް ގޮވަނީ ޕެރޭޒާ ދެކޮޅު ބައެއް ނޫން ކަމަށެވެ.
އޭނާ ބުނީ ޕެއ"އެއީ ރެއާލް މެޑްރިޑާ ދެކޮޅު ބައެއް،"" އާބެލާއޯ ބުންޏެވެ.
އޭނާ ބުނީ ޕެރޭޒްގެ އިސްތިއުފާ އަށް ގޮވައި ތުނބުން ފުމުނީ ކޮންދިމާލަކުންކަން އެނގޭ ކަމަށެވެ.
"އަހަނަކަށް ނުއޮޅޭނެ، އަހަންނަށް އެނގޭ އެ އަޑު އައީ ކޮން ދިމާލަކުންކަން،" ޕެރޭޒްގެ އިސްތިއުފާ އަށް ގޮވި މައްސަލައާ ބެހޭގޮތުން އާބެލާއޯ ބުންޏެވެ.
"މިއީ ފްލޮރެންޓީނޯ ދެކެ ހިތްހަމަނުޖެހިގެން އުޅޭ ބައެއް ނޫން. މި މީހުންނަކީ ރެއާލް މެޑްރިޑާ މެދު ނުރުހުންވާ ބައެއް. އެ މީހުންނަކަށް އަހަންނަކަށް އޮޅުވައެއް ނުލެވޭނެ،" އާބެލޯއާ ބުންޏެވެ.
"އަހަރެމެން ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ނަސީބެއް އެއީ ފްލޮރެންޓީނޯ ފަދަ ރައީސެއް ލިބުމުން. ސެންތިއާގޯ ބާނެބުއޭ (ޔެސްޓޭ) އާއި ފްލޮރެންޓީނޯ އަކީ މި ކްލަބަށް އެންމެ ބޮޑު ހިދުމަތެއްކޮށްދިން ދެ ރައީސުން."