ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ރާއްޖޭން މިއަދު ލަންކާ އަތުން ހަނި ތަފާތަކުން ބަލިވެއްޖެ އެވެ. 

ޖުމުލަ 13 ލަނޑު ފެނުނު މެޗު، ލަންކާއިން ކާމިޔާބު ކުރީ 7-6 ންނެވެ. 

މުޅިން އަލަށް އަންހެން ފުޓްސަލް ޓީމެއް އެކުލަވާލައިގެން ރާއްޖޭން ކުރިމަތިލި މުބާރާތުގައި މިއަދުގެ މެޗަކީ ގައުމީ އަންހެން ފުޓްސަލް ޓީމުން އެންމެ ބޮޑު ކުރިއެރުމެއް ފެނުނު މެޗެވެ. ގައުމީ ކޯޗު މުހައްމަދު އާތިފް ވެސް ބުނެފައި ވަނީ މެޗަކުން މެޗަކުން ދިވެހި ޓީމުން ކުރިއެރުން ފެންނާނެ ކަމަށެވެ. 

މިއަދުގެ މެޗުގައި ރާއްޖޭގެ އާމިނަތު ފަޒްލާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. 

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ނޮތަންބުރީ ޕްރޮވިންސްގެ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލަންކާގެ އިމޭޝާ ވަރްނަކުލާސޫރިޔާ ވެސް، ވަނީ ހަދައިފަ އެވެ. އަދި އެ ޓީމުގެ ތަރީދީ ވެލިވީތާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ރާއްޖޭގެ މަރްޔަމް ނޫރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އަނެއް ލަނޑު ޖެހީ ސްޓެފަނީ ޑިއާޒް އެވެ.  

ރާއްޖޭގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކެޕްޓަން ފާތިމަތު ސާލިޔާ އާއި ރާނިޔާ އިބްރާހިމެވެ. ރާނިޔާ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އަނެއް ދެ ލަނޑަކީ ލަންކާގެ ކުޅުންތެރިން އަތުން  ބައިކޮޅަށް ވަން ދެ ލަނޑެވެ. 

މިއަދުގެ ފުރަތަމަ މެޗުގައި ބަންގަލަދޭޝްއިން ވަނީ 9-1 ން ޕާކިސްތާން ބަލިކޮށްފަ އެވެ.