ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީގެ މެންބަރަކަށް، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ޙައްވާ ނަޞްރާ ސައީދު އައްޔަންކޮށްފިއެވެ.

ނަޞްރާ އެ ކޮމިޓީ އަށް އައްޔަން ކުރީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެ ދައުރު ހަމަވާނީ 2029 ގެ ނިޔަލަށެވެ. މިއީ

ފީފާގެ މި ކޮމިޓީއަކީ ފުޓްބޯޅަ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާއީ ހެޔޮ ބަދަލުތައް ގެނައުމަށާއި، އިންސާނީ ހައްގުތަކާއި ތިމާވެށި ފަދަ މުހިންމު މައްސަލަތަކަށް މަސައްކަތްކުރާ ކޮމިޓީއެކެވެ.

ހައްވާ ނަސްރާ ސައީދު

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ނަސްރާއަކީ މިހާރު ވެސް އެ ދާއިރާގައި މަސައްކަތް ކުރައްވާ ޓީޗަރެކެވެ. އދ. މަހިބަދޫ އަށް އުފަން ނަސްރާ ވަނީ އެ ރަށުގައި ހުންނަ އދ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.  ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ނަޞްރާ މިހާރު މަސައްކަތް ކުރަވަމުން ގެންދަވަނީ ހިރިޔާ ސްކޫލްގަ އެވެ.

ފީފާގެ ރައީސްގެ މަގާމުގައި މިހާރު ތިންވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ޖިއާނީ އިންފަންޓީނޯ ވަނީ ދުނިޔޭގެ އެކި މައްސަލަތަކުގައި ފީފާގެ އިޖުތިމާމި ދައުރު ފުޅާކުރުމަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފަ އެވެ.