ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި އޯޑީ ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ ސީޒަނުގައި، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް އެ ޓީމުގެ ކޯޗު އަންޑްރޭސް ގާސިއާ ބުނެފި އެވެ. 

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކޮށް އޮޑި ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އެ ޓީމުގެ އަލަތު ތަށި އުފުލާލާފަ އެވެ. ސްޕެއިންގެ ކޯޗު ގާސިއާ ބުނީ މި ކާމިޔާބު ސިފަ ކޮށް ދޭނެ ގޮތެއް ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ މިއީ މުޅި ޓީމު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް މެޗަށް ފަހު ޕީއެސްއެމަށް ދިން އިންޓަވިއުގައި ގާސިއާ ބުންޏެވެ. 

މިއީ ހަމައެކަނި ފުޓްބޯޅަ މެޗަކުން މޮޅުވުން ނޫން ކަމަށާއި، މިއީ މުޅި ސީޒަނުގައި ކުރި ބުރަ މަސައްކަތުގެ ހައްގު މިންވަރެއް އޭނާ ބުންޏެވެ. 

"މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް. އަހަރެމެން މި އައީ ވަރަށް ވަރުގަދަ އަށް ފައީޓް ކުރަމުން. އަދި މިއަދު އަހަރެމެން މިވަނީ ފައިޓް ކާމިޔާބުކޮށްފައި،" އޭނާ ބުންޏެވެ.

މިއީ މާޒިޔާއާ ދެކޮޅަށް އޮޑިން ކުޅުނު ދެވަނަ ފައިނަލެވެ. މިދިޔަ އަހަރު އޭޕްރީލް މަހު އެފްއޭއެމުން ބޭއްވި އޮފް ސީޒަން މުބާރާތް ލީގު ކަޕް ގައި ވެސް މާޒިޔާއާ ދެކޮޅަށް ކުޅުނީ އޮޑިންނެވެ. ރަސްމީ ސީޒަނުގެ ހަވާސާއިން ބޭރުން ބޭއްވި އެ މުބާރާތުގެ ތަށި ގެންދިޔައީ މާޒިޔާއިންނެވެ.

އޮޑީގެ ކޯޗުކަމާ ގާސިއާ ހަވާލުވީ އޭގެ ފަހުންނެވެ. އޭނާ ޓީމާ ހަވާލުވެ ކުޅުމަށް ބަދަލެއްތަކެއް ގެނެ އެވެ. އޭނާ ބުނީ ލީގުގައި މާޒިޔާ އަތުން ބަލިވި ނަމަވެސް، އެ މެޗުތަކުގައި ދެއްކި ކުޅުމުން ޓީމަށް ވަރަށް ބޮޑު އިތުބާރެއް ލިބުނު ކަމަށެވެ. 

"މާޒިޔާއަކީ ވަރަށް ވަރުގަދަ ޓީމެއް، އެކަމަކު އަހަރެމެންނަށް އެނގޭ އަހަރެމެންނަށް އެމީހުން ހުއްޓުވިދާނެކަން،" ގާސިއާ ބުންޏެވެ.  

ކުޅުންތެރިންނާ އޮންނަ ގުޅުން: ގާސިއާ ސިފަ ކުރި ގޮތުގައި އޮޑީގެ ކުޅުންތެރިންނަކީ އޭނާގެ އާއިލާގެ ބައެކެވެ. އޭނާ ބުނީ ބައެއް ފަހަރު އޭނާގެ ދަރިންނާ ވެސް ހަރުކަށިކޮށް ވާހަކަ ދައްކަން ޖެހޭ ހާލަތްތައް އަންނަ ކަމަށެވެ. އެއީ އޭނާގެ ދަރިންގެ ކަންކަން ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ސިފަ ކުރި އެވެ.

އެގޮތަށް އޭނާގެ ކުޅުންތެރިންނާ މެދު ވެސް ބައެއް ހާލަތްތަކުގައި ހަރުކަށި ވަނީ ކުޅުންތެރިންގެ ކުޅުން ރަނގަޅުކޮށް ޓީމަށް އޭގެ ފައިދާ ހޯދައި ދިނުމަށް ކަމަށް ގާސިއާ ބުންޏެވެ. 

"މި ކުޅުންތެރިންނަކީ އަހަރެންގެ އާއިލާގެ ބައެއް، ބައެއް ފަހަރު އަހަރެން އެމީހުންދެކެ ރުޅިއައިސްގެން ހަރުކަށިވާން ޖެހުނު ނަމަވެސް އެއީ ހަމަ އަހަރެންގެ ދަރިން ފަދަ ބައެއް،" އޭނާ ބުންޏެވެ. 

ކޯޗު ބުނި ގޮތުގައި، ކުޅުންތެރިންނަށް އޭނާ ހަރުކަށިކޮށް އެއްޗެއް ބުނި ނަމަވެސް، އެ ކުޅުންތެރިން އޭނާއަށް ކުރާ އިތުބާރަކީ މި ކާމިޔާބީގެ އަސްލެވެ.