އެފްއޭއެމް ލީގު ކަޕް ކާމިޔާބު ކުރި މާޒިޔާގެ ޓީމު ތައްޓާ އެކު އުފާފާޅު ކުރަނީ: ޗެމްޕިއަންކަން ހޯދުމުން އިނާމު ފައިސާގެ ގޮތުގައި އެ ޓީމަށް 300މ000ރ. ލިބޭނެ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 މެއި 2025 - 12:58
ބުދަ ދުވަހުގެ ރޭ ނިންމާލި އެފްއޭއެމް ލީގު ކަޕްގެ އިނާމުފައިސާގެ ގޮތުގައި ޗެމްޕިއަން މާޒިޔާ އަށް 300،000ރ. ދޭން ކަނޑައަޅައިފި އެވެ.
އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅެ މާޒިޔާއިން މެޗު ކާމިޔާބު ކުރީ 4-0 ންނެވެ.
ފައިނަލު މެޗަށް ފަހު ދަނޑުގައި ބޭއްވި ހަފުލާގައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ރަނަރަފް ޓީމަށް މެޑައްޔާއި ފެއާ ޕްލޭ ޓީމަކަށް ހޮވުނު މަހިބަދޫ އަށް ރަމްޒީ ޗެކް ވެސް ހަވާލު ކުރި އެވެ.
ރަނަރަފް، އޮޑިއަށް ދޭން އެފްއޭއެމުން ނިންމީ 150،000ރ. އެވެ. މަހިބަދުއަށް ދޭން ނިންމީ 50،000 ރުފިޔާ އެވެ.
ރަސްމީ ފުޓްބޯޅަ ސީޒަނުން ބޭރުން ބޭއްވި މުބާރާތަށް ފީފާއިން 50،000 ޑޮލަރު އެފްއޭއެމަށް ޖަމާކޮށްދިނެވެ.
ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެފްއޭއެމްގެ ފައިސާއާ ގުޅޭ ކަންކަން ބަލަން ހަވާލު ކުރި އަންކޫރާ އަށް ހަރަދުތަކުގެ ތަފުސީލު އެފްއޭއެމުން ދުރާލައި ހުށަހެޅީ 771،000ރ ގެ ބަޖެޓެއް ހިންގާނެކަމަށް އަންދާޒާ ކުރުމަށް ފަހު އެވެ. އެފްއޭއެމުން އެދުނު އެ އަދަދު ޑޮލަރުން ފީފާއިން ޖަމާކޮށްދިނެވެ.
އެ ފައިސާ ހަމައެކަނި ހަރަދު ކުރަން ޖެހޭނީ މުބާރާތުގެ އިނާމު ހަރަދުތަކަށާއި އިނާމު ފައިސާގެ އިތުރުން އިދާރީ އަދި ލޮޖިސްޓިކް ހަރަދުތަކަށް އެކަނިކަމަށް ޝަރުތު ކުރި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ޖުލައި 31 ގައި ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
31 May 2025
ރާއްޖޭގެ ފުޓުބޯޅަ ހަލާކުކުރީ މާޒިޔާ އަޑީގައި އޮވެގެން އެނީހުންގެ އަމިއްލަ އެދުމެއް ޙާސިލުކުރަން. އެކަން އެމީހުން ކޮށްފި ބައްސާމު އަތުއަޅުވާލައިގެން.
އަހަންމާކަލޯ
30 May 2025
ސުރުހީ ފެނިފައި މަހީކުރީ މަހައް ގޮސްގެން މަސް ކިރުވައިގެން 300،000 ރުފިޔާ ލިބިގެން އޮޑި ވެރި ފަރާތަށް ދެބައިކޮޅު އެއްބައި 150،000 ދިނީކަމަށް ހީހީހަލާކު
ޙާލިދު
30 May 2025
50 ހާސް ޑޮލަރު .1519 ރޭޓް އިން ވިއްކީމާވެސް ލިބޭނެ 9ލައްކަ 60 ހާސް ރުފިޔާ ވަރު.
ޙާލީ
31 May 2025
ތިޔަ ހެދުނީ އަދުރޭ ހިސާބު. މަރުހަބާ
ނިއު ފޭން
30 May 2025
2018 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދޭން ބުނި އެއްލައްކަ ރުފިޔާ ކޮބާތޯ ؟ ބައްސާމު މި ފައިސާ ވެސް ފެންފޮދަކާ ނުލައި ދިރުވާލީތޯ ؟
އުދުހޭ
30 May 2025
ގޭންގުތަކަށް ފައިސާދިނުން ހުއްޓާލާކަށް ނުވޭތަ؟ އެހައްދުވަހު ފާސްކުރި ގޭންގު ބިލުގެ މޭވާތަ މީ؟
އޮޑި ކަންޓޭ
30 May 2025
ލާރި ދެނީ ސްޕޯޓްސް ކުލަބަކަށް. ކޮން ގޭންގެއް ކިޔާކަށް.
ޓައިޓާނު
30 May 2025
ރަނގަޅައް ތިބުނީ..މިހާރުހުރީ މޭވާއަޅާފަ.