މިއަހަރު ވޯލްޑް ކަޕް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާއަކީ އިންސާނީ ހައްގުތަކަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމާއަތުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މުބާރާތުގެ އެންމެ ގިނަ މެޗުތައް ކުޅޭ އެމެރިކާގައި އިންސާނީ ހައްގުތަކުގެ "ކުއްލި ނުރައްކަލުގެ ހާލަތެއް" އޮތް ކަމަށެވެ. 

"މި މުބާރާތަކީ އަނިޔާވެރިކަމުގެ ސްޓޭޖަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް" އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ހާއްސަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހިންގާ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓްގެ އަމަލުތަކުގެ ސަބަބުން ސަޕޯޓަރުންނާއި ކުޅުންތެރިންގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފައްދާފަ އެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުބާރާތް ބާއްވާ ސިޓީތަކުގެ ސަލާމަތީ އޮޕަރޭޝަންތަކުން އާންމުންނާއި ސަޕޯޓަރުން ރައްކާތެރިކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އީރާން، ހެއިިޓީ، ސެނެގޯލް އަދި އައިވަރީ ކޯސްޓް ފަދަ ގައުމުތަކުގެ ސަޕޯޓަރުންނަށް އެމެރިކާ އަށް އެތެރެވުމުގައި ހުރަސްތައް ކުރިމތކޮށްފަ އެވެ. 

އުފަންވި ހުރި ޖިންސް ބަދަލުކުރާ މީހުންނަށް އޮތް ނުރައްކަލުގެ ސަބަބުން ޔޫރަޕްގެ ބައެއް ސަޕޯޓަރުންގެ ގްރޫޕްތަކުން ވަނީ މުބާރާތް ބޮއިކޮޓްކުރާނެ ކަމަށް ބުނެފައެވެ.ވމިހާލަތާ ގުޅިގެން އެމްނެސްޓީން ބުނީ މުބާރަތަކީ ނުރައްކާ ކުޑަ މުބާރާތެއްގެ ގޮތުގައި ކުރިން ބެލި ބެވެލުން މިހާރު ބަދަލުވެފައިވާ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު މުބާރާތް ފެންނަނީ ނުރައްކާތެރި ފިޔަވަޅުތަކެއް ކުރިމަތިކުރާނެ މުބާރާތެއްގެ ގޮތުގައި ކަމަށް އެ ޖަމާއަތުން ބުންޏެވެ. 

މި ފާޑުކިޔުންތަކާ ގުޅިގެން ފީފާއިން ބުނެފައިވަނީ މުބާރާތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި، ހުރިހާ އެންމެންނަށް ވެސް ރައްކާތެރި މުބާރާތަކަށް ހަދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، ފީފާއިން "ސުލްހައިގެ އިނާމު" ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފީފާ އަށް އަމާޒުވެފަ އެވެ. 

ހައްގުތައް ގެއްލުނަސް އެކަމާ އަޅަނުަލައި ވޯލްޑް ކަޕުން 11 ބިލިއަން ޑޮލަރުގެ ރެކޯޑް އާމްދަނީއެއް ހޯދަން ފީފާއިން މަސައްކަތްކުރަމުންދާކަމުގެ ތުހުމަތު ވެސް ވަނީ ފީފާ އަށް އަމާޒު ވެފަ އެވެ. 

އެމްނެސްޓީގެ އިގްތިސާދީ އަދި އިޖުތިމާއީ އަދުލުވެރިކަމާ ބެހޭ ޔުނިޓްގެ ޑިރެކްޓާ ސްޓީވް ކޮކްބާން ބުނިގޮތުގައި، ފުޓުބޯޅައަކީ ސަރުކާރުތަކުގެ ނުވަތަ ފީފާގެ އެއްޗެއް ނޫނެވެ. އޭނާ ބުނީ ސަޕޯޓަރުންނާއި މަސައްކަތްތެރިންގެ ހައްގުތަކަށް އިސްކަން ނުދީ ވޯލްޑް ކަޕްގެ ހަގީގީ ސިފައެއް ނުޖެހޭނެ އެވެ.