ސައުވީސް އަހަރަށް ފަހު ތުރުކީން ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.

ތުރުކީން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ 2002 ގެ މުބާރާތުގަ އެވެ. އެ މުބާރާތުގެ މިއީ ސެމީ ފައިނަލަށް ގޮސް ތިންވަނަ ހޯދި ކާމިޔާބަކީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް މިހާތަނަށް ހޯދިފައި އޮތް އެންމެ ބޮޑު ކާމިޔާބެވެ. 

ޕްލޭއޮފްގެ ފައިނަލުގައި ކޮސޯވާގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި، ތުރުކީން ވަނީ އެ ގައުމުން ކުރި ދިގު އިންތިޒާރަށް ނިމުން ގެނެސްފަ އެވެ.  

މެޗުގެ ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި ޖެހީ ފޯވާޑް ކެރެމް އަކްތުރްކޮގްލޫ އެވެ. މި

މެޗަށް ފަހު ވާހަކަ ދައްކަމުން އަކްތުރްކޮގްލޫ ބުނީ، މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.، އޭނާ ބުނި ގޮތުގައި މިހާރު ތިބި ބައެއް ކުޅުންތެރިންނަކީ އެންމެ ފަހުން ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިވީއިރު އުފަންވެސް ނުވާ ކުޅުންތެރިންނެވެ. 

ދުނިޔޭގެ ރޭންކިންގެ 25 ވަނައިގައި އޮތް ތުރުކީން މިދިޔަ 24 އަހަރު އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އެ ގައުމުގެ ސަރުކާރަށް ވެސް އޮތީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ.

ކޯޗު ވިންޗެންޒޯ މޮންޓެލާގެ އިރުޝާދުގެ ދަށުން މިފަހަރު ނުކުތީ ބޮޑު ޕްރެޝަރަކާ އެކު އެވެ. ކާމިޔާބަށް ފަހު މޮންޓެލާ ބުނީ އޭނާގެ ކުޅުންތެރިންނާމެދު އިންތިހާއަށް ފަހުރުވެރިވާ ކަމަށެވެ. 
މި ކާމިޔާބީއަކީ މުޅީ ތުރުކީގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން،" އިޓަލީ އަށް ނިސްބަތްވާ ކޯޗު ބުންޏެވެ. 

ވޯލްޑް ކަޕުގައި ތުރުކީއާ ލައްވާލީ އޮސްޓްރޭލިއާ، ޕެރަގުއޭ އަދި މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާ އާ އެކު ގުރޫޕް ޑީ ގަ އެވެ. މި މުބާރާތް ބާއްވަނީ އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.