ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަންމޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި ބާއްވާ "އޯޝަންމޭން މޯލްޑިވްސް" މި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކ. މާފުށީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކުރާ މި އިވެންޓް ނުވަތަ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އެތުލީޓުން ބައިވެރިވާ، ބާއްވާ އިންޓަނޭޝަނަލް އެންމެ ބޮޑު ކުޅިވަރު ހަރަކާތަށް ވެގެންދާނެ އެވެ

މި މުބާރާތުގައި ޖުމްލަ 507 އެތުލީޓުން ވާދަކުރާނެ އެވެ. އޭގެ ތެރެއިން ބޭރުގެ 370 އެތުލީޓުން ހިމެނެ އެވެ . މިއީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ވުރެ ވެސް ބޮޑު ކޮންޓިންޖެންސީއެއް ހިމެނޭ ހަރަކާތެކެވެ. އައްޑޫގެ ކެނެރީފް ރިސޯޓްގައި ބޭއްވި ބޮޑީބިލްޑިން މުބާރާތުގެ ކޮންތިންޖެންޓުންގެ ގޮތުގައި 500 އެއްހާ މީހުން ބައިވެރިވި އެވެ. 

އޯޝަންމޭން އިވެންޓުގެ ކޮންތިންޖެންޓްގެ ޖުމުލަ އަދަދު 570 އަށް ވުރެ މައްޗެވެ. 

މި ބޮޑު ހަރަކާތަށް އެތުލީޓުންނާއި، އެމީހުންގެ އާއިލާތަކުގެ އިތުރުން ގާތް މީހުންނާ އެކު 1300 އަށް ވުރެ ގިނަ މީހުން މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް އާއި ކުޅިވަރު ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ މި މުބާރާތް އެންޑޯޒް ކޮށްފަ އެވެ. 

މުބާރާތުގައި ހިމެނޭ ކެޓަގަރީތައް 

  • 10 ކިލޯމީޓަރު
  • 5 ކިލޯމީޓަރު
  • 2 ކިލޯމީޓަރު
  • 2 ކިލޯމީޓަރު ފިންސް
  • އޯޝަންކިޑްސް
  • އޯޝަންޓީމްސް