ޒަޕޯޕަން (ޖޫން 19) - ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗު ވެސް ކާމިޔާބު ކޮށް، މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ ފުރަތަމަ ޖާގަ މެކްސިކޯ ހޯދައިފި އެވެ.

މުބާރާތުގެ ކޯ ހޯސްޓް މެކްސިކޯ ނޮކައުޓް ބުރުގެ ޖާގަ ހޯދީ މިއަދު ހެނދުނު 1-0 އިން ދެކުނު ކޮރެއާގެ މައްޗަށް ކުރި ހޯދައި، ދެ މެޗުން ޖުމްލަ ހަ ޕޮއިންޓް ހޯދައިގެންނެވެ.

މެކްސިކޯގެ ހަމައެކަނި ގޯލު 50 ވަނަ މިނިޓުގައި ޖަހައިދިނީ ލުއިސް ރޯމޯ އެވެ.

މެކްސިކޯގެ ގޯލްކީޕަރު ރައުލް ރެންހެލް ވަނީ މެޗުގެ ފަހު ކޮޅު އެ ޓީމުގެ ލީޑު ދަމަހައްޓަން ނުރައްކާތެރި ދެ ހަމަލާއެއް ގާތްގާތުގައި ދިފާއު ކޮށްފަ އެވެ.

މެކްސިކޯ އިން ދެކުނު ކޮރެއާ ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މެކްސިކޯ އިން ދެކުނު ކޮރެއާ ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު މެކްސިކޯ ވަނީ އަމިއްލަ ފަސްގަނޑުގައި، 48 ޓީމު ހިމެނޭ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ތެރޭން ޖާގަ ޔަގީން ކޮށްފަ އެވެ.

އެންމެ ފަހުން އޮތް 2022 ގެ މުބާރާތުގައި ގުރޫޕް ސްޓޭޖާ ހަމައިން ނިންމާލި ނަމަވެސް މެކްސިކޯ ވަނީ އޭގެ ކުރީ ހަތް މުބާރާތުގައި ގުރޫޕް ސްޓޭޖް ފަހަނައަޅައި ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ.

މެކްސިކޯ ހިމެނޭ ގުރޫޕް އޭގެ ދެވަނައިގައި ދެކުނު ކޮރެއާ އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ޗެކިއާ އާއި ދެކުނު އެފްރިކާ އަށް ވެސް ދެ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

ކެނެޑާ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނުކުންނާނީ ޗެކިއާއާ ދެކޮޅަށެވެ. އަދި ދެކުނު ކޮރެއާ ބައްދަލުކުރާނީ ދެނުކު އެފްރިކާއާ އެވެ.