ބޮސްނިއާ ހާޒެގޮވީނާ އަތުން 2-0 އިން މޮޅުވެ، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ސެން ފްރަންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގުންނާއި ބޮސްނިއާގެ ޑިފެންޑަރަކާ ދެމެދު ހިނގި އާދައިގެ ކުރިމަތިލުމެއްގައި، ބަލޮގުންގެ ފައި ޑިފެންޑަރުގެ ތަނބިކަށީގައި ޖެހުމާ ގުޅިގެން ރެފްރީ އޭނާއަށް ރަތް ކާޑެއް ދެއްކި އެވެ.
އެވަރުގެ "އާދައިގެ ފައުލަކަށް" ރަތް ކަޑެއް ދެއްކުމުން އެމެރިކާގެ ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ.
އެމެރިކާގެ ފުރަތަމަ ލަނޑު 44 ވަނަ މިނެޓްގައި ޖެހީ ބަލޮގުން އެވެ.
ދެވަނަ ހާފު ބޮޑު ބައެއް ކުޅެން އެމެރިކާއިން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
އެކަމަކު ފަހުކޮޅު މާލިކް ޓިލްމަން ހިލޭޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު އެމެރިކާއިން ވަނީ މެޗުން، މޮޅު ކަށަވަރުކޮށްދީފަ އެވެ.
ވޯލްޑް ކަޕް 48 ޓީމަށް ފުޅާކުރުމން ގަދަ 16 ގެ ކުރިން ދެވަނަ ބުރުގެ ގޮތުގައި މިހާރު އޮންނަނީ ގަދަ 32 ގެ ބުރެވެ.
މީގެ ކުރިން އެމެރިކާގެ ފިރިހެން ޓީމު، ވޯލްޑް ކަޕްފެ ކުއާޓާ އަށް ދަތުރު ކުރި ނަމަވެސް ނޮކްއައުޓް މެޗަކުން މިގޮތަށް މޮޅުވުމަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެމެރިކާއިން އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން މޮޅުވީ 2002 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރި މުބާރާތުގަ އެވެ.
މި މޮޅާއެކު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅޭ އެމެރިކާ ޓީމު ގަދަ 16 ގެ ބުރުގައި ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.
މީގެ 12 އަހަރު ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން އެމެރިކާ ކެޓީ ބެލްޖިއަމް އަތުންނެވެ.