ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކުރި، ކޯޗު ލުއިސް އެންރީކޭގެ އެ އްބަސްވުމުގެދަށުން މުސާރައިގެ ތަފާތު ބޮޑު ކުރިއެރުމެއް ދީފި އެވެ.

ފްރާންސްގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި  2030 ގެ ޖޫން މަހުގެ ނިޔަލަށް ހެދި އެ އެއްބަސްވުމާ އެކު، އެންރީކޭއަށް ސީޒަނަކަށް ގާތްގަނޑަކަށް 20 މިލިއަން ޔޫރޯ ލިބޭނެ އެވެ.

މިއީ ކުރިން އޭނާއަށް ލިބެމުންދިޔަ މަހަކު އެއް މިލިއަން ޔޫރޯ (އަހަރަކު 12 މިލިއަން ޔޫރޯ) އާ އަޅާބަލާއިރު އަހަރަކު އަށް މިލިއަން ޔޫރޯގެ ބޮޑު ކުރިއެރުމެކެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފީ. ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި ސިފަކުރައްވާ އެންރީކޭ އަށް ދިން މުސާރައިގެ ކުރިއެރުމާ އެކު، އޭނާ ވެފައި ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ.

ޕީއެސްޖީއާ 2023 ގައި ހަވާލުވިފަހުން އެންރީކޭ ވަނީ އެ ކްލަބްގެ ތާރީހު ބަދަލުކޮށްލައިފަ އެވެ. އޭނާއަކީ މިހާތަނަށް އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން ކޯޗެވެ.

އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ވަނީ 13 ތަށި ހޯދައިފަ އެވެ. އޭގެތެރޭގައި އެންމެ ފަހު ދެ ސީޒަނުގައި ވެސް ޔޫއެފާ ޗެމްޕިއަންސް ލީގު ވިދިވިދިގެން ކާމިޔާބުކޮށް ދިނުން ހިމެނެ އެވެ.

މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ވިދިވިދިގެން ފަސްވަނަ ފަހަރަށް ކާމިޔާބު ކުރި އެވެ.

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކޯޗަކީ އެތުލެޓީކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 26 މިލިއަން ޔޫރޯ ލިބެ އެވެ.

ސިމިއޯނީ ފާހަގަ ކުރެވިފައިވަނީ ކުޅުންތެރިން ވިއްކައިގެން އެތުލެޓިކޯ އަށް ބިލިއަނުން އާމްދަނީ ހޯދައިދޭ ކޯޗުގެގޮތުގަ އެވެ. އަދި އޭނާ 2011 ގައި އެ ކްލަބާ ހަވާލުވެ، ވަރުގަދަ ކްލަބެއްގެ ގޮތުގައި ހެދުމުން، އެ ކްލަބްގެ ބްރޭންޑް ވެލިއު ވެސް މަތިވެގްން ދިޔަ އެވެ. 

އެތުލެޓީކޯގެ ތެރެއިން މަޝްހޫރު ތަރިންނަށް ހެދުމަށް ފަހު އޭނާ ވިއްކާލި ކުޅުންތެރިންގެ ތެރޭގައި ސާޖިއޯ ކުން އަގުއޭރޯ، ރޮޑްރީ ފާހަގަކޮށްލެވެ އެވެ. އެ ދެ ކުޅުންތެރިން ވެސް މެންޗެސްޓާ ސިޓީއަށް ވިއްކާލީ ބޮޑު އަގުގަ އެވެ.