ގާތްގަނޑަކަށް 310 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 510 މިލިއަން ޑޮލަރު) ލިވަޕޫލުން ހޭދަކުރި ކުޅުންތެރިންނަށް އެ ޓީމުގައި ކޮމްބިނޭޝަން ގޭމެއް އެކުގައި ކުޅޭނެ ގޮތް ހޯދިއްޖެ އެވެ. 

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލަށް 3-1 ން މެޗު ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑު ހިއްސާއެއްވީ، އެ ޓީމުން ބޮޑު އަގުގައި ގަނެފައިވާ  ތަރިން ކަމަށްވާ ބްރެޑްލީ ބާކޯލާ، ފްލޯރިއަން ވާޓްޒް އަދި އަލެކްސަންޑާ އީސާކް އެވެ.

އީއެސްޕީއެންގެ ލިވަޕޫލްގެ ކްރޮސްޕޮންޑެންޓް ބެތު ލިންޑޮޕް ލިޔެފައިވާ އެނަލިސިސްގައި ބުނެފައި ވަނީ، އެ ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ގޭމް ފަށައިފިކަމުގެ ނިޝާންތައް ޕެލަސްއާ ދެކޮޅަށް ފެނުނު ކަމަށެވެ. 

އަލެކްސަންޑާ އީސާކް އުފާފާޅުކުރަނީ. --- ފޮޓޯ: ހެންރީ ނިކޯލްސް | އޭއެފްޕީ
އަލެކްސަންޑާ އީސާކް އުފާފާޅުކުރަނީ. --- ފޮޓޯ: ހެންރީ ނިކޯލްސް | އޭއެފްޕީ

އެ ތިން ކުޅުންތެރިންނަށް ލިވަޕޫލުން ކުރި ހޭދަ:

- އަލެކްސަންޑާ އީސާކް: 125 މިލިއަން ޕައުންޑް (170 މިލިއަން ޑޮލަރު)

- ބްރެޑްލީ ބާކޯލާ: 123 މިލިއަން ޕައުންޑް (167 މިލިއަން ޑޮލަރު)

- ފްލޯރިއަން ވާޓްޒް: 116 މިލިއަން ޕައުންޑް (158 މިލިއަން ޑޮލަރު)

މެޗުގެ ފުރަތަމަ ހާފުގައި އެލެކްސިސް މެކް އަލިސްޓާ ޖެހި ލަނޑުން ލިވަޕޫލުން ކުރިހޯދި އެވެ. އެ ޓީމުގެ އެންމެ ފުރިހަމަ ކުޅުން ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި ބާކޯލާ ތަނަވަސްކޮށްދިން ފުރުސަތަކުން ވާޓްޒް ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާފަ އެވެ.

މެޗު ނިމެން އުޅެނިކޮށް ވާޓްޒް ތަނަވަސްކޮށްދިން ބޯޅައަކުން އީސާކް ވަނީ ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މިއީ މި ސީޒަނުގައި އީސާކް ޖެހި އަށްވަނަ ލަނޑެވެ. ޕެލަސްގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއަކުން ޖެހީ އެޑީ އެންކެޓިއާ އެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހުމަށްފަހު، އެ ޓީމުގެ ސްވިޑަން ފޯވާޑް އަލެކްސަންޑާ އީސާކް އުފާފާޅުކުރަނީ. --- ފޮޓޯ: ހެންރީ ނިކޯލްސް | އޭއެފްޕީ
ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހުމަށްފަހު، އެ ޓީމުގެ ސްވިޑަން ފޯވާޑް އަލެކްސަންޑާ އީސާކް އުފާފާޅުކުރަނީ. --- ފޮޓޯ: ހެންރީ ނިކޯލްސް | އޭއެފްޕީ

މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ޕްރިމިާ ލިޣުގެ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު އެންޑޯނީ އިރައޯލާ ބުނީ މިދިޔަ ހަފުތާގެ ޗެމްޕިއަންސް ލީގުގެ މެޗުގައި ފެނަބާޗެ އަތުން ބަލިވުމުން ކުރިމަތިވި މާޔޫސްކަމަށް ހިތްހަމަެޖހުމެއް ލިބިގެންދިޔަ ކަމަށެވެ. 

"މިއީ އަހަރެމެން ވަރަށް ބޭނުންވެފައި ތިބި މޮޅެއް. ހާއްސަކޮށް ތުރުކީގައި ބަލިވި މެޗަށްފަހު. މިފަދަ އުނދަގޫ ސްޓޭޑިއަމްތަކުގައި މޮޅުވާނެ ގޮތް އަހަރެމެން ހޯދަންޖެހޭ،" މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 12 އަހަރަށް ފަހު ބަލިވި ޓީމުގެ ކޯޗު ބުންޏެވެ. 

"އަހަރެމެން އިތުރަށް ކުރިއަރަންޖެހޭކަން ސާފު. ނަމަވެސް އިންޓަނޭޝަނަލް ބްރޭކަށްފަހު ކުރިމަތިލާ މެންޗެސްޓާ ޔުނައިޓެޑް މެޗަށް ތައްޔާރުވާން މި މޮޅުގެ ސަބަބުން ބޮޑު އެހީއެއް ލިބިގެންދާނެ."