ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅޭ ސުވާލުތައް ގިނަވުމުން ޕޯޗްގަލްގެ ކޯޗު ހޯޖޭ ހެސޫސް ހިތްހަމަނުޖެއްހިޖެ އެވެ. 

ޕޯޗްގަލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ހެސޫސް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގޮންޖެހުމަކަށްވީ ރޮނާލްޑޯގެ ނުފޫޒެވެ. ސެޕްޓެމްބަރު މަހު ޔޫއެފާ ނޭޝަން ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި، ރޮނާލްޑޯއަށް ފުރުސަތު ނުދީ ބެންޗުގައި ބޭންދި އެވެ. 

އެ ހާދިސާއަށް ފަހު ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ އެވެ. މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ. 

ޑެންމާކް އަތުން 4-1 ން ޕޯޗުގަލް ބަލިވި މެޗަށް ފަހު، ރޮނާލްޑޯގެ މަންމަ މާރިއާ ޑޮލޮރެސް އަވޭރޯ ވަނީ އެ މެޗުން ޕޯޗުގަލް ބަލިވުމުން އެކަމާ އުފާކުރިކަމަށެވެ.

އެ މެޗަކީ އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން ޕޯޗުގަލް ބަލިވި ފުރަތަމަ މެޗެވެ.

ރޮނާލްޑޯގެ މަންމަ ބުނީ ހެސޫސް ވަނީ އޭނާގެ ދަރިފުޅަށް އޮޅުވާލާފައި ކަމަށެވެ. އެހެންކަމުން ހެސޫސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ބަލިވުމުން ވަރަށް އުފާވި ކަމަށް ޑޮލޮރެސް އަވޭރޯ ބުންޏެވެ.

ރޮނާލްޑޯއާ ގުޅޭ ސުވާލުތަކާ ހެދި ބޮލަށް އުނދަގޫވެފައި ހުރި ހެސޫސް ބުނީ މިހާރު ރޮނާލްޑޯގެ މަންމައަށް ވެސް އޭނާ ޖަވާބުދާރީވާން އެބަޖެހޭ ކަމަށެވެ. އަދި ނޫސްވެރިން އަންނަ އަހަރު ރޮނާލްޑޯއާ ސުވާލު ކުރިޔަސް ހަވާބުދާރީވާންޖެހޭނެ ކަމަށް ފޫހި ރާއްގެއްގައި އޭނާ ބުންޏެވެ. 

"މިހާރު އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމައަށް ވެސް ޖަވާބުދާރީވާން އެބަޖެހޭތަ؟" ހެސޫސް ސުވާލުކުރި އެވެ.

"މިކަން ހުއްޓޭނީ ކޮންއިރަކުން ކަމެއް އަހަންނަކަށް ނޭނގޭ. ތިޔަ ބޭފުޅުން [ނޫސްވެރިން ސުވާލުކުރާނަމަ އަހަރެން ޖެހޭނީ ޖަވާބުދޭން. އަންނަ އަހަރު ވެސް ރޮނާލްޑޯއާ ބެހޭގޮތުން ސުވާލުކޮށްފިއްޔާ އަހަރެން ޖަވާބުދޭނަން."