ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ހަތަރު ގައުމުގެ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު ލަންކާއާ ދެކޮޅަށް

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަްނޚާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

14 އޮކްޓޯބަރ 2021 - 16:51

12 comments

އަންނަ މަހު ލަންކާގައި ބާއްވާ ހަތަރު ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ވާދަ ކުރަން ޖެހިއްޖެ އެވެ.

އަންނަ މަހު 8-17 އަށް ކުރިއަށްދާ މުބާރާތް ކުޅޭނީ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގަ އެވެ. ލަންކާއިން 2012 ވަނަ އަހަރު ވެސް ވަނީ އިންޓަނޭޝަނަލް މުބާރާތެއް ރާއްޖެ އަށް ދައުވަތު ދީގެން ބާއްވައިފަ އެވެ. ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ނަމުގައި ބޭއްވި މުބާރާތް ހާއްސަ ކުރީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. ހަސަން އަދުހަމް (ސަޑޭ) ގެ ކެޕްޓަން ކަމުގެ ދަށުން ރާއްޖެ އިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ލަންކާގައި އަންނަ މަހު ބާއްވާ މުބާރާތް ހާއްސަކޮށްފައި ވަނީ ސީނިއާ ލެވަލް އަށެވެ. ލަންކާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް ވެސް ވާދަކުރެ އެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ އަންނަ މަހު 8 ވަނަ ދުވަހު އެވެ. ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 14 ވަނަ ދުވަހު އެވެ. އިންޓަނޭޝަނަލް މެޗެއްގައި ރާއްޖެ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ސީޝެލްސްއާ ދެކޮޅަށެވެ.

މުބާރާތުގެ މެޗު ޝެޑިއުލް

- ނޮވެމްބަރު 8: (ހަވީރު) ބަންގްލަދޭޝް - ސީޝެލްސް

- ނޮވެމްބަރު 8: (ރޭގަނޑު) ސްރީ ލަންކާ - ދިވެހި ރާއްޖެ

- ނޮވެމްބަރު 11: (ހަވީރު) ބަންގްލަދޭޝް - ދިވެހި ރާއްޖެ

- ނޮވެމްބަރު 11: (ރޭގަނޑު) ސްރީ ލަންކާ - ސީޝެލްސް

- ނޮވެމްބަރު 14: (ހަވީރު) ސްރީ ލަންކާ - ބަންގްލަދޭޝް

- ނޮވެމްބަރު 14: (ރޭގަނޑު) ސީޝެލްސް - ދިވެހި ރާއްޖެ

- ނޮވެމްބަރު 17: (ރޭގަނޑު) ފައިނަލް މެޗު

މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް އާއި ލަންކާ ވެސް ބަލިކޮށްފަ އެވެ. ރާއްޖެ އަށް މި މުބާރާތުގެ މުހިންމުކަން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ނޮވެމްބަރުގައި ލަންކާގައި އޮވޭ ފޯ ނޭޝަން ޓޯނަމަންޓެއް. އެހެންވީމަ އެކަހަލަ ކޮމްޕެޓެޓިވް ލެވެލްގެ ބައިވަރު މުބާރާތްތަކެއް ކުޅެގެން ކުޅުންތެރިންގެ އެންމެ މަތީ ލެވެލް ނެރުމަށްޓަކައި ފުރުސަތު ލިބުމަކީ ޓީމުގެ ފެންވަރު ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް،" ގައުމީ ކޯޗް ސުޒޭން ބުންޏެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ނުގޮސް ރާއްޖެ ވަނީ ކަޓައިފަ އެވެ. ލަންކާ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އަލަށް ހަމަޖައްސާ ކޯޗެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ހަމަޖައްސާ ކޯޗާ އެކު މިހާރު އެއްބަސްވުން ހަދައިފައި ވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކޯޗެއް ކަމެއް ބައްސާމް ހާމައެއް ނުކުރައްވަ އެވެ.

12 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާބެއްޔާ

16 October 2021

ރާއްޖޭގެ ގައުމީ ޓީމް ރަގަޅު ކުރެވޭނެ އެންމެ ރަގަޅު ގޮތަކީ 21 އަހަރާ 29 އަހަރުގެ ކުޅުންތެރިން ހޯދާ ޔޫކޭއިން ކޯޗެއް ހޯދާ 22 ކުޅުންތެރިން 3 އަހަރުވަންދެން ޔޫކޭގައި ބައިތިއްބާ ރަގަޅަށް ޓްރޭނިންގ އެއް ކޮއްގެން! އޭރުން މިސަރަހައްދުގެ އެއްވެސް ޓީމަކަށް ރާއްޖެ ބަލި ނުކުރެވޭނެ! ސަރުކާރުގައި ފައިސާ ނެތީކީ ނޫން މިކަހަލަ ކަމެއް ކުރަން! އޭރުން ދިވެހި ސަޕޯޓަރުންނަށް ވަރަށް އިތުބާރު\ބޮޑުވާނެ ދިވެހިޓީމާ ދޭތެރޭގައި.

The name is already taken The name is available. Register?

ޗޮސް

15 October 2021

ރާއްޖޭގައި ކޯޗްކަން ކުރެވޭނެ ފެންވަރުހުރި މީހެއް ނެތަސް، ދުވަހަކު ބޯޅައެއް ފައިގައި ނުޖެހޭ މީހުންނަށްވެސް ފާޑުކިޔަން މޮޅުވާނެ.

The name is already taken The name is available. Register?

ޒޯރޯ ދަ ލެޖަންޑް

15 October 2021

މިހާރުން ކޮންމެ ހަފްތާއަކު ފުޓުބޯޅަ ކުރިއަރުވަންކުރާ މަސައްކަތުގެ އަޕްޑޭޓެއް ގެނެސްދީފިއްޔާ ވަރަށް ރަނގަޅުވާނެ. ބައްސާމުއާއި އިނދަގޫ ސުވާލުތަކެއް ކޮށް ޒިންމާދާރު ޖަވާބުތަކެއް ހޯދުމުގެ ގޮތުން. ޒިންމާދާރު މަގާމެއްގައި ހުރެ އަބަދު ރެކިގެނެއް ނޫޅެވޭނެދޯ.

The name is already taken The name is available. Register?

ރަބަރެ

15 October 2021

ކޮން މުބާޜާތެއް. ހާދަ ފެންވަރުދަށޭ ލިޔާމީހުންގެ. ފުޓްބޯޅަހޭ ފަސްއޮށްހޭ?

The name is already taken The name is available. Register?

ޑރފަލަޑޭ

15 October 2021

ފަހަތުން އެއްވަނަ ނޫނީ ދެވަނަ ލިބޭނެ

The name is already taken The name is available. Register?

ބާރަވަނަކުޅުންތެރިޔާ

15 October 2021

ރާއްޖޭގައި މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފެދުނު. އެހެނަސް، މިހާތަނަށް އަޝްފާގު އެކަނި ބައިނަލް އަގްވާމީ ފެންވަރުގެ ކުޅުންތެރިޔަކީ. ހަގީގަތުގައި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަގަޅުކުރެވޭނީ ޒުވާންއުމުރުގައި ބައިނަލްއަގްވާމީ ލީގުތަކަށް ނިކުމެގެން. މިހާރުގެ ޒުވާން ކުޅުންތެރިންވެސް، ހަމައެކަނި ރާއްޖޭގައި ކުޅުމަށްވުރެ، ނޫނީ ހަމައެކަނި ސާފް ގޭމްސް އިން މޮޅުވުމަށްވުރެ، ދުނިޔޭގެ ފެންވަރުގެ ކުޅުމަށް އަމާޒުކުރަންވީ.

The name is already taken The name is available. Register?

ޙގގނ

15 October 2021

ލައްޗޭ އެއީ އޭރުގެ އަޝްފާގު.

The name is already taken The name is available. Register?

ފަރަންޖީ ކޯޗު

15 October 2021

ރާއްޖޭގައި ކޯޗުން ތިއްބައި ފަރަންޖީ މީހެއް ގެންނަނީ ކިއްކުރަންބާއޭ މަހިތައް އަރާ؟ ފަރަންޖީ ކޯޗުންނާ އެއްވަރަށް ރާއްޖޭގެ ކޯޗުން ފެންވަރު ނެތިއްޔާ ގެންގޮސް ޓްރޭނިން ދޭންވީނު؟ ދިވެހިން ކޯޗުންނަށް ތިބީމައި އަހަރުން މާ ރުޙޭ އަދި އުފާވެސްވޭ…

The name is already taken The name is available. Register?

ޙަމީދު އަބދުލަހި

14 October 2021

ޢަޝްފާގު، އެމެއިރު، އަކުރަމް މެން ނޫން ޒުވާން ކުދިންނަށް ތި މުބާރާތުން ފުރުސަތުދީބަލަ…..

The name is already taken The name is available. Register?

ޢަރުތަ

14 October 2021

އައްސަދު އަރުވަން ވާނެ ފުލް އެގާރައިގަ ކޮންމެހެންވެސް.

The name is already taken The name is available. Register?

ކެނެޑީ

14 October 2021

ނޫނޭ ނޫނޭ އަންދަރޭ ލައްޗޭ ކުޑަމޫސައާއި ކަލީމު މިފަހަރު އަރުވަންޖެހޭނީ

The name is already taken The name is available. Register?

ޓައްޕު

15 October 2021

ސުޒޭނު ކޯޗުކަމުން ބާލާފާ ފުރަތަމަ 11 ގާ އޭނާވެސް ހުންނަންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454