ގޫގުލްއިން އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ދޫކޮށްލުމަށް ފަހު އެހެން އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ
05 ޑިސެމްބަރ 2018 - 07:30
ގޫގުލް އިން، މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި، އެންޑްރޮއިޑް ދޫކޮށްލަފާނެ ކަމަށް ބުނެވެން ފަށައިފި އެވެ. މި ގޮތަށް ޚަބަރުތައް ފެތުރެން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، ގޫގުލުން އިން އެހެން މޮބައިލް އެޕަރޭޓިން ސިސްޓަމެއް އުފައްދާކަން ކަށަވަރުވެފައި ވާތީ އެވެ. ޓެކްނޮލޮޖީ ޚަބަރުތައް ބުނާ ގޮތުގައި، ގޫގުލް އިން އުފައްދާ އޮޕަރޭޓިން ސިސްޓަމަށް ކިޔަނީ "ފިއުޝާ" އެވެ.
ފިއުޝާއާ ބެހޭ ގޮތުން ވާހަކަދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. ގޫގުލުން އިންތިިޒާމްކޮށްގެން ބާއްވާ ހަފުލާތަކުގައި ފިއުޝާއާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރެވިފައި ވެ އެވެ. ގޫގުލް ޑިވެލޮޕާ ސަމިޓްތަކުގައި ވެސް މިއީ ބަހުސްކުރެވޭ މައުލޫއުއެކެވެ. އެހެން ނަމަވެސް، ފިއުޝާ އޮޕަރޭޓިން ސިސްޓަމާ ގުޅޭ ގޮތުން އާންމުންނަށް އަދި މާ ބޮޑު އެއްޗެއް ނޭނގެ އެވެ.
މަސްރަހުގައި ވާހަކަތައް ހުރިގޮތަށް ބަލާއިރު، ފިއުޝާ އަކީ އޮޕަރޭޓިން ސިސްޓަމަށް ރަސްމީކޮށް ކިޔާ ނަމަށް ނުވުން ވެސް ގާތެވެ. ޑިވެލޮޕަރުން ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރާއިރު، ކޯޑު ނަމަކުން މުޚާތަބުކުރުމަކީ އާންމު ކަމެކެވެ.
އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ދޫކޮށް، ސްމާޓްފޯންތަކަށް މުޅިން އާ އޮޕަރޭޓިން ސިސްޓަމެއް، ގޫގުލުން އުފައްދަނީ ކީއްވެ ކަމެއް ނޭނގެ އެވެ. ގޫގުލުގެ ތެރޭގައި ވާނުވާ އެނގޭ މީހުން ބުނާ ގޮތުގައި، ފިއުޝާ އުފައްދަނީ ސްމާޓްފޯން، ޓެބްލެޓް، ލެޕްޓޮޕް އަދި މި ނޫން ޑިވައިސްތަކުގައި ބޭނުންކުރެވޭ ގޮތަށް، ބާރުގަދަ އޮޕަރޭޓިން ސިސްޓަމެއް ގޮތުގަ އެވެ.
އެންޑްރޮއިޑް ސްމާޓްފޯނުތައް ބޭނުންކުރާ މީހުންގެ މެދުގައި، އެންޑްރޮއިޑަށް ބޮޑު ގަދަރެއް ދެވިފައި އޮތްއިރު، ގޫގުލް އިން ކުއްލި ބަދަލެއް ގެނެސްފާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެހެން ނަމަވެސް، ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ހިތްގައިމު ތަޖުރިބާތަކެއް ތަސައްވުރުކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ގޫގުލް އަށް މުހިންމު ކަމަކަށް ވެސް ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެހެން
06 December 2018
ޢެޕަލް އައިއޯއެސް ވަރެއް ނުވާނެ.. ސޯ ސޮފްޓް ސޯ އަރާމު ޔޫސާފުރެންޑުލީ..
ފަސްކިލަނބު
06 December 2018
ބޭނުން ކުރަން ނޭންގޭ މޮޅު ފޯނެއް. މޮޅު އޯއެސް އެއް.